ފަޔާޒް މޫސާ
7 އޯގަސްޓް 2022
މާލެ- އޮގަސްޓް 7، 2022: ކޮވިޑްގެ ކުރިން އޮތް ހާލަތާ އެއްގޮތަށް އަދި އަހަރު މެދަށް ބަދަލުކުރި ފުރަތަމަ ބޮޑު ޗުއްޓީ ނިމި، ދިރާސީ އާ އަހަރުގެ ކިޔެވުން ވަނީ މިއަދު ރާއްޖޭގެ ސްކޫލްތަކުގައި ފަށާފައި. ސަރުކާރާއި އަމިއްލަ ސްކޫލްތައް ހިމަނައިގެން 92،300 ދަރިވަރުންނާއެކު ފެށި ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު ސްކޫލްތަކުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި. އަމީނިއްޔާ ސްކޫލްގައި ބޭއްވި ހާއްސަ ސްކޫލް އެސެމްބްލީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގެންނެވި އިރު، މިއަދު މެންދުރުފަހު މަޖީދިއްޔާ ސްކޫލްގައި ބޭއްވި އެސެމްބްލީ ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް. ކިޔެވުން ފެށިއިރު ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެފައިވޭ.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު ކަލާފާނު ސްކޫލުގެ ކުދިންތަކެއް ސްކޫލަށް ވަންނަނީ: އެ ސްކޫލުގެ ޓީޗަރުން ވަނީ އެ ކުދިންނަށް ހޫނު މަރުހަބާއެއް ކިޔާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކަލާފާނު ސްކޫލު ކުއްޖަކު އެ ސްކޫލުގެ ދޮރުމަތީގައި މަޑުކޮށްލައިގެން: ދިރާސީ އާ އަހަރަށް އެ ސްކޫލުން ވަނީ ކުދިންނަށް ހޫނު މަރުހަބާއެއް ކިޔާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށި ފުރަތަމަ ދުވަހު ކަލާފާނު ސްކޫލުގެ ކުއްޖަކު ސްކޫލަށް ވަންނަ އިރު، އެ ސްކޫލުގެ ޓީޗަރުން ކްލާސް ތަކުގެ ބޯޑުތައް ހިފައިގެން ހޯލުގައި އެ ކުދިންނަށް މަރުހަބާ ކިޔަން މަޑުކޮށްލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ތައުލީމީ އާ އަހަރުފެ ފުރަތަމަ ދުވަހު ކަލާފާނު ސްކޫލުގެ ކުދިންތަކެއް އެ ސްކޫލަށް ވަންނަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު ހިރިޔާ ސްކޫލުގެ ކުދިންތަކެއް ސްކޫލަށް ދަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ފާހަގަކުރުމަށް މަޖީދިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލުގެ ކުދިންތަކެއް ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ފާހަގަކުރުމަށް މަޖީދިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި ނައިބު ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ (ވ) ބައިވެރިވެވަޑައިގަންނަވަނީ: އެ އެސެމްބަލީ ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު އަމީނިއްޔާ ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލުގެ ކުއްޖަކު ގައުމީ ދިދަ ވިހުރުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދިރާސީ އާ އަހަރު ފެށުމަށް އަމީނިއްޔާ ސްކޫލުގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުވެރި ކޮށްދެއްވައި، ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް އަމީނިއްޔާ ސްކޫލުގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލްގެ ކުދިންތަކެއް ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް އަމީނިއްޔާ ސްކޫލްގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލްގެ ދެ ކުއްޖަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަދިޔާއެއް އަރުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު އަމީނިއްޔާ ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުވެރި ކޮށްދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާއިރު، އެ ސްކޫލުގެ ކުދިން ގައުމީ ދިދަ އާއި ސްކޫލުގެ ދިދަ ވިހުރުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު އަމީނިއްޔާ ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލްގެ ޓީޗަރުން ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު އަމީނިއްޔާ ސްކޫލްގެ ކުދިންތަކެއް އެ ސްކޫލަށް ވަންނަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ތައުލީމީ އާ އަހަރުގެ ފުރަތަމަ ދުވަހު އަމީނިއްޔާ ސްކޫލުގެ ކުދިންތަކެއް އެ ސްކޫލަށް ވަންނަނީ: ދިރާސީ އާ އަހަރުގެ ފުރަތަމަ އެސެމްބްލީ އެ ސްކޫލުގައި ޝަރަފުވެރި ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy