ފަޔާޒް މޫސާ
27 އޯގަސްޓް 2022
މާލެ - އޮގަސްޓް 27، 2022: މި މަހު 25 އިން 27 އަށް މާލޭ ސިންތެޓިކް ޓްރެކްގައި ކުރިއަށް ދިޔަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑް ހޯދާފައިވަނީ ހަސަން ސާއިދު އާއި އައިޝަތު ހިމްނާ ހަސަން އާއި ފާތިމަތު ދާނާ ސައީދު އަދި ޔޫސުފް އަޔާން އާމިރު އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކްލަބަކަށް ސިފައިގެން ކްލަބް ހޮވުނުއިރު އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކްލަބަކަށް ހޮވުނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އެވެ. -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
ނިމިދިޔަ އެތުލެޓިކްސް އެސޯސިއޭޝަން ކަޕުގައި އެންމެ މޮޅު އެތުލީޓުންގެ މަގާމު ހޯދި ދާނާ، ހިމްނާ، ސާއިދު އަދި އަޔާން: ސާއިދު އާއި ހިމްނާ އަކީ އޯޕަން ކެޓަގަރީގެ އެންމެ މޮޅު ދެ އެތުލީޓުން، ދާނާ އާއި އަޔާން އަކީ 15 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އަންހެން އެތުލީޓުކަން ހޯދި އައިޝަތު ހިމްނާ ހަސަން މެޑެލްތައް ދައްކާލަނީ: މިއަދު ބޭއްވި އަންހެނުންގެ 400 މީޓަރު ދުވުން ހިމްނާ ވަނީ ކާމިޔާބުކޮއްފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޖޫނިއާ ބައިގެ އެންމެ މޮޅު ފިރިހެން އެތުލީޓްގެ އެވޯޑް ހޯދީ އިސްކަންދަރު ސްކޫލްގެ ޔޫސުފް އަޔާން އާމިރު މެޑްލްތަކާއި ތަށި ހިފައިގެން ފޮޓޯއަކަށް ހުއްޓިލައިގެން: އަޔާން ވަނީ 100 މީޓަރު، 200 މީޓަރުން އެއްވަނަ ހޯދާފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޖޫނިއާ ބައިގެ އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް ހޯދީ ފާތިމަތު ދާނާ ސައީދު މެޑްލްތަކާއި ތަށި ހިފައިގެން ފޮޓޯއަކަށް ހުއްޓިލައިގެން: ސ. ހިތަދޫ ސްކޫލުން ވާދަކުރި ދާނާ ވަނީ އެ އުމުރުފުރާގެ 100 މީޓަރު، 200 މީޓަރުން އެއްވަނަ ހޯދައިފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިއަދު ނިމުނު އެސޯސިއޭޝަން ކަޕުގެ ފިރިހެން އެންމެ މޮޅު ޓީމަކަށް ހޮވުނު ދިވެހި ސިފައިންގެ ކުލަބުގެ ބައިވެރިންނަށް ޝަރަފުވެރި މެހުމާން އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު ތަށި ހަވާލުކޮއްދެއްވަނީ: ދިވެހި ސަފައިންގެ ކްލަބަކީ ވޭތުވެދިޔަ 16 ވަރަކަށް އަހަރު އެއް ކްލަބަކުން އެތުލެޓިކްސްގައި އެންމެ ބޮޑު ކާމިޔާބު ހޯދި ޓީމެވެ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިއަދު ނިމުނު އެސޯސިއޭޝަން ކަޕުގެ އަންހެން އެންމެ މޮޅު ޓީމަކަށް ހޮވުނު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ބައިވެރިންނަށް ޝަރަފުވެރި މެހުމާން އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު ތަށި ހަވާލުކޮއްދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފަނަ އަހަރުން ދަށުގެ އަންހެން އެންމެ މޮޅު ޓީމަކަށް ހޮވުނު ދަ ބްލެކް މާލިން ޓީމުގެ އެތްލީޓުން ތައްޓާއެކު ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފަނަރަ އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު ޓީމަކަށް ހޮވުނު އިސްކަންދަރު ސްކޫލް އެތްލީޓުން ތަށި އުފުލާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުންގެ މަގާމަށް ހޮވުނު ހިމްނާ އާއި ސާއިދު އެތުލެޓިކްސް އެސޯސިއޭޝަން މިހާރުގެ ރައީސް މުހައްމަދު ތޮލާލް އަދި ކުރީގެ ރައީސް އަލީ މަނިކް (މައިޒާން އަލިބެ) އާއި އެކު ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޖޫނިއާ ބައިގައި އެންމެ މޮޅު އެތުލީޓުންގެ އެވޯޑް ހޯދީ ދާނާ އާއި އަޔާން ފޮޓޯއަކަށް ހުއްޓިލައިގެން: އަރިހުގައި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މުބާރާތުގެ 400 މީޓަރުގެ ފިރިހެނުންގެ ބައިން ވަނަ ވަނައަށް ހޮވުނު އެތްލީޓުން މެޑްލް އާއިއެކު ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މުބާރާތުގެ 15 އަހަރުން ދަށުގެ 400 މީޓަރުގެ ފިރިހެން ކުދިންގެ ބައި ވަނަ ވަނައަށް ހޮވުނު އެތްލީޓުން މެޑްލް އާއިއެކު ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މުބާރާތުގެ 15 އަހަރުން ދަށުގެ 400 މީޓަރުގެ އަންހެން ކުދިންގެ ބައި ވަނަ ވަނައަށް ހޮވުނު އެތްލީޓުން މެޑްލް އާއިއެކު ފޮޓޯއަކަށް ހުއްޓިލައިގެން އަރިހުގައި ސްޕޯޓްސް ކޮމިޝަނަރު ހީނާ ސަލީމް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ނިންމާލުމެ ރަސްމިއްޔާތުގައި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް އާއި މުހައްމަދު އަބްދުއްލް ސައްތާރު އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަލީ މަނިކު (މައިޒާން އަލިބެ) ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެތުލެޓިކްސް އެސޯސިއޭޝަން ކަޕްގެ ފިރިހެނުންގެ ބައިގެ 400 މީޓަރު ދުވުމުގެ ފައިނަލްގައި ހަސަން ސާއިދު ދުވަނީ، ސާއިދުގެ ފަހަތުގައި ދެވަނަ ހޯދި ރިޒާ ދުވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މުބާރާތުގެ 15 އަހަރުން ދަށުގެ 400 މީޓަރު ދުވުމުގެ ފައިނަލްގައި ދުވުންތެރިން ދުވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy