ފޮޓޯގެލަރީ / ކަރެކްޝަނަލް ސާވިސް

ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަހުގެ ޖަލްސާ

ފަޔާޒް މޫސާ

7 ސެޕްޓެމްބަރ 2022

މާލެ - ސެޕްޓެމްބަރު 6، 2022: މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ޖަލްސާ. އެ ޖަލްސާ ޝަރަފުވެރި ކޮއްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. އަދި ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ބައިވެރިވެވަޑައިގެންނެވި. އެ ރަސްމިއްޔާތުގައި ވަނީ ކަރެކްޝަންސްގެ އަހަރީ ރިޕޯޓް ހުށަހަޅައި، އެ ސާވިސް އަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދިން ފަރާތްތަކުގެ އަގުވަޒަންކުރި.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ކަރެކްޝަނަލް ސާވިސްއަށް ދިގުމުއްދަތަކަށް ހިދުމަތް ކޮއްދެއްވި އަންހެން އޮފިޝަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަނދާނީ ފިލާދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ދައުވަތު ދެވިގެން ވަޑައިގެންނެވި ބައެއް ބޭފުޅުންނާއި އެ ސާވިސްގެ ބައެއް ޖަލު އޮފިޝަރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި އެ ސާވިސްގެ ބައެއް ޖަލު އޮފިޝަރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކި ޖަލުތަކުގައި މަތީ މަގާމުތައް ފުރުއްވި ބޭފުޅަކަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަގުވަޒަންކުރުމުގެ ފިލާ ދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކަރެކްޝަނަލް ސާވިސްއިން ހިންގާ އެކި ޖަލުތަކުގައި އެކި މަގާމު ފުރުއްވި ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެ ސާވިސްގެ ކޮމާންޓަރަކަށް ދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކަރެކްޝަނަލް ސާވިސްއަށް ދިގުމުއްދަތަކަށް ހިދުމަތް ކޮއްދެއްވި ފަރާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަނދާނީ ފިލާދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކަރެކްޝަނަލް ސާވިސްއަށް ދިގުމުއްދަތަކަށް ހިދުމަތް ކޮއްދެއްވި އަންހެން އޮފިޝަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަނދާނީ ފިލާދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކަރެކްޝަނަލް ސާވިސްއަށް ދިގުމުއްދަތަކަށް ހިދުމަތް ކޮއްދެއްވި ފަރާތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަނދާނީ ފިލާދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ: ގައިދީން ތިބީ މަސްތާއި ހަރުކަށި ފިކުރުގެ ވަރަށް ނުރައްކާތެރި އޮއިވަރެއްގެ ތެރޭގައިކަމަށް ރައީސް ވިދާޅުވި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިސްލާމީ މަަރުކަޒުގައި ބޭއްވި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51ވަނަ އަހަރީ ޖަލްސާގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކި ގޮތްގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އެހީތެރިވެދެއްވި ފަރާތްތަކަށް ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ހަނދާނީ ފިލައެއް ދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކި ގޮތްގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އެހީތެރިވެދެއްވި ފަރާތްތަކަށް ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ހަނދާނީ ފިލައެއް ދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކަރެކްޝަންސްގެ 51ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާއަށްފަހު ގައުމީ ސަލާމުގައި ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2024 Mihaaru · Terms and Conditions · Privacy Policy