ފަޔާޒް މޫސާ
9 ސެޕްޓެމްބަރ 2022
ހުޅުމާލެ - ސެޕްޓެމްބަރު 9، 2022: މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބާއްވާ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު 2022" ގެ ޕްރީ ޝޯ މިއަދު ހަވީރު ވަނީ ހުޅުމާލޭގެ ރުއްގަނޑު 1 ގައި ބާއްވާފައި. އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ތަފާތު އެކި އުމުރުފުރައާ ގުޅޭ މުނިފޫހިފިލުވުމުގެ ކަންކަން ބޭއްވި. ބޮޑުބެރާއި ޒުމްބާ އަދި ކުޑަކުދިންނަށް ހާއްސަ ކަރާޓޭގެ ހަރަކާތްތަކުގެ އިތުރުން ރޭސިން އެސޯސިއޭޝަންގެ ފަރާތުން ރާއްޖޭގައި ދުއްވާ ބައެއް ރޭސް ކާރުތައް ދައްކައިލަން ރުއްގަނޑުގެ ތެރޭގައި އަތުރާލާފައި ހުރި. ސްޓެލްކޯގެ ފަރާތުން ލެޑް ބޮކި ހިލޭ އަދި ލިޓަސް އިން ވަނީ ހިލޭ ހެލްމެޓް ބަހާފައި.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބާއްވާ މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑުގެ ޕްރީ ޝޯގައި ޒުމްބާގެ ހަރަކާތެއް ކުރިއަށް ގެންދަނީ: އެ ހަރަކާތުގައި ބައިވެރިވި އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބާއްވާ މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑުގެ ޕްރީ ޝޯގައި ޒުމްބާގެ ހަރަކާތެއް ކުރިއަށް ގެންދަނީ: އެ ހަރަކާތުގައި ބައިވެރިވި އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްގެ ޕްރީ ޝޯ ހުޅުމާލޭގެ ރުއްގަނޑު 1 ގައި ކުރިއަށް ގެންދިޔައިރު، ރޭސިން އެސޯސިއޭޝަންގެ ފަރާތުން މާލޭގައި ދުއްވާ ބައެއް ރޭސް ކާރުތައް ދައްކައިލަން ބަހައްޓާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުޑަކުދިންނަށް ހާއްސަ ކޮށްގެން ސްޓެލްކޯ އިން ބޭއްވި ހަރަކާތެއްގައި ކުއްޖަކު ކުޅެނީ: އެއީ މި މަހުގެ 14 ވަނަ ދުވަގެ ރޭ ބާއްވާ މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑުގެ ޕްރީ ޝޯގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތްތަކެއް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުޑަކުދިން ބޭނުންކުރާ ނެޕީ އާއި ސިއްހީ ކަންކަމަށް ބޭނުންކުރާ ސާމާނު މެޑް ޓެކްގެ ސްޓޯލުގައި ދައްކައިލުމަށް ބަހައްޓާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑުގެ ޕްރީ ޝޯ އަށް ޒިޔާރަތްކުރި ކުއްޖަކަށް ލިޓަސް އިން ހިލޭ ދިން ހެލްމެޓެއް އަޅަނީ: ގިނަ ބަޔަކު އެ ހެލްމެޓް ގެންދިޔަ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑުގެ ޕްރީ ޝޯ އަށް ޒިޔާރަތްކުރި މީހުންނަށް ލިޓަސް އިން ހިލޭ ހެލްމެޓް ބަހަނީ: ގިނަ ބަޔަކު އެ ހެލްމެޓް ގެންދިޔަ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުުމާލޭގައި ކުރިއަށް ގެންދިޔަ މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑުގެ ޕްރީ ޝޯގައި ސްޓެލްކޯގެ ފަރާތުން ބޭއްވި ކުލަޖެއްސުމުގެ ހަރަކާތުގައި ކުދިންތަކެއް ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސްޓެލްކޯގެ ސްޓޯލުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ކުދިންތަކެއް ބައިވެރިވަނީ: އެ ކުންފުނިން ވަނީ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު 2022"ގެ ޕްރީ ޝޯ އަށް ޒިޔާރަތްކުރި މީހުންނަށް ހިލޭ ލައިޓް ބަހާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު 2022"ގެ ޕްރީ ޝޯގައި ބައިވެރިވި ކުދިންނަށް ހާއްސަކޮށްގެން އެމްޓީސީސީ ސްޓޯލުން ބޭއްވި ހަރަކާތުގައި ކުދިން ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އާރްޓީއެލްގެ ހިދުމަތް ފެންނަ ފްރޭމެއް ހިފައިގެން ކުއްޖަކު ފޮޓޯއެއް ނަގަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލޭގެ ރުއްގަނޑު 1 ގައި ކުރިއަށް ގެންދިޔަ މޯލްޑިވްސް ބްރޯޑްކާސްޓިން އެވޯޑުގެ ޕްރީ ޝޯގައި އެމްޓީސީސީން ބާއްވައި އޮތް މިނީ ބަހަކަށް ކުޑަކުއްޖަކު އަރުވާފައި: އެ ތަނުގައި ދައްކައިލަން މިނީ ބަހެއް ބާއްވާފައި އޮތް އިރު ކުޑަކުދިންގެ ޝައުގުވެރިކަން އެ އަށް ވަރަށް ބޮޑުވި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މޯލްޑިވްސް ބްރޯޑްކާސްޓިން އެވޯޑްގެ ޕްރީ ޝޯގައި ބައިވެރިވި ކުއްޖެއްގެ އަތުގައި އެމްޓީސީސީގެ ޓީމުގެ މުވައްޒަފަކު ކުރަހަނީ: އެ ހަރަކާތް ކުރިއަށް ގެންދިޔައިރު، އެމްޓީސީސީން މާލެ އަށް ތައާރަފުކުރި މިނީ ބަހާ ގުޅޭ މައުލޫމާތު ވެސް ދިނުން އޮތް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މެޑް ޓެކްގެ ސްޓޯލުގައި ހުރި ބައެއް ސިއްހީ ހިދުމަތްތަކަށް ބޭނުންކުރާ އެއްޗެހި މީހަކު ބަލަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު 2022"ގެ ޕްރީ ޝޯގެ ސްޓޯލަކުން ކުރިއަށް ގެންދިޔަ ހަަރަކާތެއްގައި ކުއްޖަކު ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޕްރީ ޝޯ ބޭއްވި ސަރަހައްދުގައި ރޭސިން އެސޯސިއޭޝަންގެ ފަރާތުން ދައްކައިލުމަށް ބާއްވާފައި އޮތް ރޭސިން ކާރެއްގެ ކައިރީގައި ކުއްޖަކު ފޮޓޯއެއް ނަގަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު 2022"ގެ ޕްރީ ޝޯ އަށް ޒިޔާރަތްކުރި މީހުންނަށް ބްރޯޑްކޮމްގެ ފަރާތުން ކާއެއްޗެހި ބަހަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އާއްމުންނަށް ހުޅުވާލައިގެން ހުޅުމާލޭގައި ބޭއްވި "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު 2022"ގެ ޕްރީ ޝޯގައި ބްރޯޑްކާސްޓް ކޮމިޝަންގެ ބަައެއް މުވައްޒަފުން ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
Copyright © 2024 Mihaaru · Terms and Conditions · Privacy Policy