ފޮޓޯގެލަރީ / އިއްޒުއްދީން ފާލަން

އިއްޒުއްދީން ފާލަން ދަބަރަށް ވެ ހަލާކުވަނީ

ފަޔާޒް މޫސާ

13 ސެޕްޓެމްބަރ 2022

މާލެ - ސެޕްޓެމްބަރު 14، 2022: ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2015 ގައި އަލުން ޑިޒައިންކޮށް ހެދި މާލޭގެ ރަސްމީ ފާލަން މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. އެމްޓީސީސީން ބަލަހައްޓާ އިއްޒުއްދީނުގެ ފާލަމުގެ އޮނިގަނޑު ދޭތެރެދޭތެރެއިން މަރާމާރާތު ކުރަމުން އައި ނަމަވެސް އެ ތަން ހެދުމަށް ބޭނުން ކޮއްފައިވާ ގިނަ ދަގަނޑުތަކުގައި ވަނީ މިހާރު ވަނީ ދަބަރު ޖަހައި ހަލާކުވާން ކައިރި ވެފައި. ބައެއް ދަގަނޑުތައް ހުރީ ފޫ ގޮސްފައި. ފާލަމުގެ ކުރިމަތީގައި އޮންނަ ޖުމްހޫރީ މައިދާނުގައި ބާއްވާ ގައުމީ ހާއްސަ މުނާސަބުތަތާ ދިމާކޮށް، ފާލަމުގެ ތިރީގައި ހުންނަ ލަކުޑިބައި މަރާމާތުކޮށް، ވަރުނީސްކުރި ނަމަވެސް މަތީގެ ދަގަނޑު ސްޓްރަކްޗާ ހަލާކުވެފައިވާ ވަރު މި ފޮޓޯތަކުން ފެންނާނެ. ފާލަމުގެ ބައެއް ލައިޓްތައް ނެއްޓި، ސަތަރިގަނޑުގެ އެތެރެ އާއި ބޭރު ހުރީ ވަރަށް ބޮޑަށް ބާ ވެފައި.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ރިޔާ ނެގި ނާލު ދޯންޏެއްގެ ސިފައިގައި އެމްޓީސީސީން 2015 ގައި ހެދި އިއްޒުއްދީން ފާލަމުގެ ދަގަނޑުތަކުގައި ވަރަށް ބޮޑަށް ދަބަރު ޖަހާފައި: އެ ތަންތަން މަރާމާތުކުރުން ވަރަށް ލަސް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފާލަމަށް ރިޔަލުގެ ސިފަ ގެންނަން ޖަހާފައިވާ ދަގަނޑުތަކުގައި ދަބަރު ޖަހާފައި: މަރާމާތުތައް ލަސްވުމުން ފާލަމުގެ މަތީ ސްޓްރަކްޗާ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާލޭގެ ރަސްމީ ފާލަމުގެ މަތީ ސްޓްރަކްޗާގެ ދަގަނޑުތަކުގައި ދަބަރު ޖަހާފައިވާއިރު، އެ ތަނުގައި ހަރުކޮއްފައިވާ ލައިޓްތައް ވެސް ވަނީ ނެއްޓިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްޓީސީސީން ބަލަހައްޓާ އިއްޒުއްދީން ފާލަމުގެ މަތީގެ ސްޓްރަކްޗާގެ ދަގަނޑެއްގައި ދަބަރު ޖަހާފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިއްޒުއްދީން ފާލަމުގެ މަތީ ސްޓްރަކްޗާގެ ދަގަނޑު ހޮޅިއެއްގައި ދަބަރު ޖަހައި، ފޫ ވެއްޓިފައިވާއިރު ފަހަތުން ފެންނަ ދަގަނޑުތަކުގައި ވެސް ދަބަރު ޖަހާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާލޭގެ ރަސްމީ ފާލަމުގެ މަތީ ސްޓްރަކްޗާގެ ދަގަނޑުތަކުގައި ދަބަރު ޖަހާފައިވާއިރު، އެ ތަނުގައި ހަރުކޮއްފައިވާ ލައިޓްތައް ވެސް ވަނީ ނެއްޓިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްޓީސީސީން ބަލަހައްޓާ އިއްޒުއްދީން ފާލަމުގެ މަތީގެ ސްޓްރަކްޗާގެ ދަގަނޑެއްގައި ދަބަރު ޖަހާފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ފޮޓޯ އިން އެ ފެންނަނީ އިއްޒުއްދީން ފާލަމުގެ މަތީގެ ސްޓްރަކްޗާގެ ދަގަނޑުތަކުގައި ދަބަރު ޖަހާފައިވާއިރު، ސަތަރިގަނޑަށް ވެސް ދަބަރު ފައިބާފައިވާ ތަން: ފާލަމުގެ ތިރީގައިވާ ލަކުޑިތައް މަރާމާރުތުކޮށް، ބައެއް ލަކުޑިތައް ދޭތެރެދޭތެރެއިން ބަދަލުކުރިޔަސް މަތީގެ ސްޓްރަކްޗާ އަށް މާ ބޮޑަށް އަޅާނުލެވޭކަން ފާހަގަކުރެވޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިއްޒުއްދީން ފާލަން ހިޔާކުރުމުށް ހަދާފައިވާ ބައިގެ ފުރާޅުތައް ކައިރީގައި ހުރި ދަގަނޑުތަކުގައި ދަބަރު ޖަހާފައިވާއިރު، ގިނަ ދަގަނޑުތައް ހުރީ ފޫ ގޮސްފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރިޔަލުގެ ސަފައިގައި ހަދާފައި ހުރި މާލޭގެ ރަސްމީ ފާލަމުގެ ދަގަނޑުތައް ހަރުކުރަން ޖަހާފައި ހުރި އިސްކުރުތަކާއި ދަގަނޑުތަކުގައި ދަބަރު ޖަހާފައިވާއިރު، ސަތަރިގަނޑުގެ މައްޗަށް ވެސް ދަބަރު ފައިބާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރިޔާ ނެގި ނާލު ދޯންޏެއްގެ ސިފައިގައި ހަދާފައިވާ އިއްޒުދީން ފާލަމުގެ މަތީ ސްޓްރަކްޗާގެ ދަގަނޑެއްގެ ކޮޅުގައި ދަބަރު ޖަހާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާލޭގެ ރަސްމީ ފާލަމުގައި ދެ މީހަކު މަޑުކޮށްލައިގެން: ފާލަމުގެ މަތީގައި ދަމާފައިވާ ސަތަރިގަނޑު ވެސް ވަނީ ވަރަށް ބޮޑަށް ބާވެފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާލޭގެ ރަސްމީ ފާލަމުގައި ދެ މީހަކު މަޑުކޮށްލައިގެން: ފާލަމުގެ މަތީގައި ދަމާފައިވާ ސަތަރިގަނޑު ވެސް ވަނީ ވަރަށް ބޮޑަށް ބާވެފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާލޭގެ ރަސްމީ ފާލަން ދުރުން ފެންނަ ގޮތް: އެ ފާލަން ރަނގަޅަށް ނުބެލެހެއްޓޭކަން މުޅި އޮނިގަނޑަށް ބަލައިލުމުން އެނގޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާލޭގެ ރަސްމީ ފާލަން: އެ ފާލަން ހެދުމަށް ބޭނުންކޮށްފައިވާ ދަގަނޑު ސްޓްރަކްޗާގައި ދަބަރު ޖަހައި، ހަލާކުވާން ކައިރިވެފައިވާތާ ދުވަސްތަކެއް ވަނީ ވެފައި. މަތީގައި ދަމާފައިވާ ސަތަރިގަނޑު ވެސް ވަނީ ބާވެ، އެ ސަތަރިގަނޑަށް ދަބަރު ފައިބާފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2024 Mihaaru · Terms and Conditions · Privacy Policy