ފޮޓޯގެލަރީ / ކުޅިވަރު

މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާ

ފަޔާޒް މޫސާ

18 މާޗް 2023

ސްޕޯޓްސް މިނިސްޓްރީން އިންތިޒާމްކޮށްގެން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ: މި ހަފުލާގައި ވަނީ މިދިޔަ އަހަރުގެ ކުޅިވަރު މުބާރާތްތަކާއި ކާމިޔާބީ އަށް ބަލައި، ކުޅުންތެރިންނާއި އެތުލީޓުންނަށް އެވޯޑް ދީފައި. ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ތަރިން ބައިވެރިވި ހަފުލާގައި ކުޅިވަރަށް އެކި ގޮތްގޮތުން ހިދުމަތްކޮށްދީފައިވާ މީހުންނަށް ވެސް އެވޯޑް ދިން. މި ކުލަގަދަ ރަސްމިއްޔާތުގައި އިޓަލީގެ ލެޖެންޑް ފަބިއޯ ކަނަވާރޯ އާއު އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޖޭމްސް އާއި އާސެނަލްގެ ކުރީގެ ފޯވާޑް ންވަކްވޯ ކާނޫ އާއި ކްރިކެޓްގެ ތާރީހީ ރެކޯޑްތަކެއް އޮތް ކުރިކެޓް ކުރީގެ ކުރިކެޓް ކުޅުންތެރިޔާ ބްރަޔާން ލާރާ އާއި ސްޕެޝަލް އެތުލީޓް އާއި މާލޫ ވެން ރައިންގެ އިތުރުން އޮޮލިމްޕިކް އިން މެޑަލް ހޯދާފައިވާ ފެތުންތެރިޔާ، ޕަނީއަލް ބްލޫމް އާއި ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރަން މެޑެލް ހޯދާފައިވާ ޖެވެލިން އުކުންތެރިޔާ ޕާކިސްތާންގެ އަރުޝަދު ނަދީމް ވެސް ބައިވެރިވި. އަދި ނައިޖީރިއާގެ ސްޕޯޓްސް މިނިސްޓަރު ސަންޑޭ އަކިންޑާރޭ ވެސް ބައިވެރިވެވަޑައިގެންނެވި. މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ދީމާ އަލީ ހޮވުނުއިރު ފިރިހެން އެތުލީޓަކީ ބޮޑީ ބިލްޑަރު އަޒްނީން ރަޝާދު.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

އެންމެ މޮޅު އަންހެން އަދި ފިރިހެން އެތްލީޓުންނަށް ހޮވި މީހުންނާ، އެ އެވޯޑަށް ނޮމިނޭޓްވި އެތްލީޓުންނާއެކު ރައީސް އިބްރާހިމް މިހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ފޮޓޯއަކަށް ހުއްޓި ވަޑައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން އެތްލީޓަކަށް ހޮވި ބޮޑީބިލްޑަރު އަޒްނީން ރަޝާދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނިމިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން އެތްލީޓަކަށް ހޮވުނު ޓީޓީ ކުޅުންތެރިޔާ ފާތިމަދު ދީމާ އަލީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެންމެ އުންމީދީ ފިރިހެން އެތުލީޓަކަށް ހޮވުނު އާމިން އުމަރު މޫސާ އެވޯޑާ ހަވާލުވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެންމެ އުންމީދީ އަންހެން އެތުލީޓަކަށް ހޮވި ޓީޓީ ކުޅުންތެރިޔާ ފާތިމަދު ދީމާ އަލީ އެވޯޑާ ހަވާލުވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅިވަރު ފޮޓޯގްރާފަރަކަށް ހޮވި މުހައްމަދު ޝާބިން އެވޯޑާ ހަވާލުވަނީ -- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

މިދިޔަ އަހަރު ކުޅިވަރުގެ ޚަބަރުތައް އެންމެ ރަނގަޅަށް ގެނެސްދިން ބްރޯޑްކާސްޓިން މީޑިއާއަކަށް ސްޕޯޓްސް އެވޯޑްގައި ހޮވި "ރާއްޖެ ޓީވީ" ގެ ފަރާތުން އެވޯޑާ ހަވާލުވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ އަހަރު ކުޅިވަރުގެ ޚަބަރުތައް އެންމެ ރަނގަޅަށް ގެނެސްދިން އޮންލައިން މީޑިއާއަކަށް ސްޕޯޓްސް އެވޯޑްގައި ހޮވި "އަދަދު" ގެ ފަރާތުން އެޑިޓަރު ހުސައިން ފިޔާޒް މޫސާ އެވޯޑާ ހަވާލުވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެއް ވަނަ ކުޅިވަރު އެސޯސިއޭޝަަނަކަށް ހޮވުނު ބެޑްމިންޓަން އެސޯސިއޭޝަންެ ފަރާތުން އެ އެސޯސިއޭޝަންގެ ރައީސް މޫސާ ރަޝީދު (ކ) އެވޯޑާ ހަވާލުވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ހޮވި ގައުމީ ޓީމް އަދި މާޒިޔާގެ ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕް) އެވޯޑާއެކު ފޮޓޯއަކަށް ހުއްޓި ވަޑައިގެން: އަރިހުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އާސެނަލްގެ ކުރީގެ ފޯވާޑް ންވަކްވޯ ކާނޫ އާ އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޖޭމްސް އަދި އިޓަލީގެ ލެޖެންޑް ފަބިއޯ ކަނަވާރޯ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބޮޑީބިލްޑިން އިން އެންމެ މޮޅު އެތުލީޓަކަށް ހޮވި އަޒްނީން ރަޝާދަށް ޕާކިސްތާންގެ ޖުވެނިލް އުކުންތެރިޔާ އަރުޝަދު ނަދީމް އެވޯޑް ހަވާލުކޮށްދެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކްރިކެޓްގެ ތާރީހީ ރެކޯޑްތަކެއް އޮތް ބެޓްސްމަން ބްރަޔާން ލާރާ، ހޭންޑްބޯލުން އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނު ޒުލައިހާ އިބްރާހިމަށް އެވޯޑު ހަވާލުކޮށްދެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކްރިކެޓުން ފިރިހެން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އާދަމް ނާސިފް އުމަރަށް ކްރިކެޓްގެ ތާރީހީ ރެކޯޑްތަކެއް އޮތް ބެޓްސްމަން ބްރަޔާން ލާރާ އެވޯޑު ހަވާލުކޮށްދެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވޮލީބޯޅައިގެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވި އަލީ ހުޒާމަށް ކްރިކެޓްގެ ތާރީހީ ރެކޯޑްތަކެއް އޮތް ބެޓްސްމަން ބްރަޔާން ލާރާ އެވޯޑު ހަވާލުކޮށްދެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިއަކަށް ހޮވި ފާތިމަތު ދީމާ އަލީ އަށް އާސެނަލްގެ ކުރީގެ ފޯވާޑް ންވަކްވޯ ކާނޫ އެވޯޑު ހަވާލުކޮށްދެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެންމެ މޮޅު ޓެނިސް ކުޅުންތެރިއަކަށް ހޮވުނު އާރާ އާސާލް އާޒިމަށް އާސެނަލްގެ ކުރީގެ ފޯވާޑް ންވަކްވޯ ކާނޫ އެވޯޑު ހަވާލުކޮށްދެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެންމެ މޮޅު ފިރިހެން ބޮޑީބޯޑިން އެތްލީޓަކަށް ހޮވުނު އަލީ އަކުޝަމް އަހުމަދަށް އެވޯޑު ހަވާލުކޮށްދެނީ: މި އެވޯޑު ހަވާލުކޮށްދެއްވީ އޮޮލިމްޕިކް އިން މެޑަލް ހޯދާފައިވާ ފެތުންތެރިޔާ ޕަނީއަލް ބްލޫމް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެންމެ މޮޅު އަންހެން ސާފިން އެތްލީޓަކަށް ހޮވުނު މަރިޔަމް ރާހިލް ނަސީމަށް އެވޯޑް ހަވާލުކޮށްދެނީ: މި އެވޯޑު ހަވާލުކޮށްދެއްވީ އޮޮލިމްޕިކް އިން މެޑަލް ހޯދާފައިވާ ފެތުންތެރިޔާ ޕަނީއަލް ބްލޫމް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެންމެ މޮޅު އަންހެން ފެތުންތެރިޔާ އަށް ހޮވުނު އައިމިނަތު ސައުސަންއަށް އެވޯޑު ހަވާލުކޮށްދެނީ: މި އެވޯޑު ހަވާލުކޮށްދެއްވީ އޮޮލިމްޕިކް އިން މެޑަލް ހޯދާފައިވާ ފެތުންތެރިޔާ ޕަނީއަލް ބްލޫމް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެންމެ މޮޅު އަންހެން ބާސްކެޓް ކުޅުންތެރިޔާ އަށް ހޮވުނު އައިމިނަތު އިސްރާއު އަބްދުއްޝަކޫރަށް އެވޯޑު ހަވާލުކޮށްދެނީ: މި އެވޯޑު ހަވާލުކޮށްދެއްވީ ނައިޖީރިއާގެ ސްޕޯޓްސް މިނިސްޓަރު ސަންޑޭ އަކިންޑާރޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެންމެ މޮޅު ފިރިހެން ޕޫލް ކުޅުންތެރިޔާއަށް ހޮވުނު މުހައްމަދު ޝަރީފްއަށް ޗެސް ގްރޭންޑް މާސްޓަރ ނިގެލް ޝޯޓް އެވޯޑު ހަވާލުކޮށްދެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެންމެ މޮޅު އަންހެން ޕޫލް ކުޅުންތެރިޔާއަށް ހޮވުނު އައިމިނަތު ފަތީއަށް ޗެސް ގްރޭންޑް މާސްޓަރ ނިގެލް ޝޯޓް އެވޯޑު ހަވާލުކޮށްދެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޕޯޓްސް އެވޯޑު ހަފްލާގައި ބޮޑުބެރުގެ މުނިފޫހިފިލުވުމުގެ އައިޓަމެއް ހުށަހަޅައިދެނީ -- ފޮޓޯ: ފަޔާޒު މޫސާ |މިހާރު

ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މާޒިޔާ ސްޕޯޓްސްގެ ޗެއާމަން އަހުމަދު ސާޖިދުއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޕޯޓްސް އެވޯޑުގައި ފެތުންތެރިޔާ ޕަނީއަލް ބްލޫމްއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޕޯޓްސް އެވޯޑުގައި އާސެނަލްގެ ކުރީގެ ފޯވާޑް ންވަކްވޯ ކާނޫއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޕޯޓްސް އެވޯޑުގައި އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ފަބިއޯ ކަނަވާރޯއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޕޯޓްސް އެވޯޑުގައި ސްޕެޝަލް އެތުލީޓް، މާލޫ ވެން ރައިން އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވޯޑު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަލްމަރުހޫމް ސަމަރުބްލޫ އިބްރާހިމް މަނިކުގެ ހަނދާނުގައި މި އަހަރުގެ ސްޕޯޓްސް އެވޯޑް ހަފުލާގައި ދިން އެވޯޑާ، އޭނާގެ ފަރާތުން އަހުމަދު ފާރިސް މައުމޫން ހަވާލުވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ބައެއް ފެތުންތެރިން މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާގައި ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީޓީގެ ދެ ތަރިން ކަމަށް ވާ ދީމާ އަލީ އާއި ރަފާ، ސްޕޯޓްސް އެވޯޑު ހަފްލާގައި ބައިވެރިވަނީ: މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓަށް ހޮވިފައިވަނީ ދީމާ އަލީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގައުމީ ފުޓްބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން ރޭގެ ސްޕޯޓްސް އެވޯޑުގައި ބައިވެރިވަނީ: އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދީ ގައުމީ ޓީމާއި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕް) -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މޯލްޑިވިސް ސްޕޯޓްސް އެވޯޑު ހަފްލާގައި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ޖޭމްސް އާއި ންވަކްވޯ ކާނޫ ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2023 Mihaaru · Terms and Conditions · Privacy Policy