ފޮޓޯގެލަރީ / ފިތުރު އީދު

ފިތުރު އީދު ނަމާދު

ފަޔާޒް މޫސާ

21 އެޕްރީލް 2023

ހުޅުމާލެ - އޭޕްރީލް 21، 2023: ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮތް އީދު ނަމާދުގެ ބޮޑު ޖަމާއަތް. އީދުގެ އުފާ ފާޅުކުރުން ފެށޭ އީދު ނަމާދުގައި ހުރިހާ އުމުރެއްގެ މީހުން ބައިވެރިވެ ދުވަސް ފަށަނީ ހިނިތުންވުމާ އެކު. މީ ދެވަނަ ފިޔަވަހީގައި ބޮޑު ޖަމާއަތް ހަދައިގެން އީދު ނަމާދު ކުރި ފުރަތަމަފަހަރު. މިއަދު އީދު ނަމާދުގައި ކުދިބޮޑު ގިނަބަޔަކު ވަނީ ބައިވެރިވެފަ. -- ފޮޓޯތައް: ފަޔާޒް މޫސާ | މިހާރު

ހިޔާ ސަރަހައްދުގައި ކުރެވުނު އީދު ނަމާދުގައި ބައިވެރިވި ކުޑަކުއްޖަކު ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ފަޔާޒު މޫސާ \ މިހާރު

ހިޔާ ސަރަހައްދުގައި ކުރެވުނު އީދު ނަމާދުގައި ގިނަބަޔަކު ބައިވެރިވަނީ: މީ ހިޔާ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ކުރެވުނު ފުރަތަމަ އީދު ނަމާދު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުއްޖަކު އުރާލައިގެން މީހަކު އީދު ނަމާދަށްފަހު ނިކުންނަނީ -- ފޮޓޯ: ފަޔާޒު މޫސާ \ މިހާރު

ހިޔާ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ކުރެވުނު އީދު ނަމާދުގައި މީހުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހިޔާ ސަރަހައްދުގައި ކުރެވުނު އީދު ނަމާދުގައި އިމާމު ހުތުބާ ކިޔަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އީދު ނަމާދުގައި ބިދޭސީން ބައިވެރިވަނި: ހިޔާ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ކުރެވުނު އީދު ނަމާދުގައި ގިނަބަޔަކު ވަނީ ބައިވެރިވެފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހިޔާ ސަރަހައްދުގައި ބޮޑު ޖަމާއަތް ހަދައިގެން ކުރެވުނު ފުރަތަމަ އީދު ނަމާދުގައި އިމާމް ހުތުބާކިޔަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހިޔާ ސަރަހައްދުގައި ކުރެވުނު އީދު ނަމާދުގައި ހުތުބާ އިއްވާއިރު މީހުން ހުތުބާ އަޑުއަހަން މަޑުކޮއްލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އީދު ނަމާދަށްފަހު ދެ އަންހެނަކު އީދު ސަލާންކޮއްލުމަށްފަހު ބައްދާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އީދު ނަމާދުގައި ބައިވެރިވި އާއިލާއެއް ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބޮޑު ޖަމާއަތުގައި ހިޔާ ސަރަހައްދުގައި ކުރެވުނު އީދު ނަމާދައްފަހު ބިދޭސީ ބަޔަކު ގްރޫޕް ފޮޓޯއެއް ނަގާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އީދު ނަމާދުގައި ބައިވެރިވި އާއިލާއެއް ނަމާދައްފަހު ނިކުމެގެން ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލޭ ހިޔާ ސަރަހައްދުގައި ކުރެވުނު އީދު ނަމާދުގައި ބައިވެރިވި ދުވަސް ވީ މީހަކު ގޮވައިގެން މީހަކު ދަނީ: މީ ހިޔާ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ކުރެވުނު ފުރަތަމަ އީދު ނަމާދު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އީދު ނަމާދުގައި ބައިވެރިވި އާއިލާއެއް، ކުޑަ ކުއްޖާއާއި މައްމަގެ ފޮޓޯއެއް ނަގާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އީދު ނަމާދުކުރުމަށް ފަހު ކުޑަކުއްޖަކު މައްމަ އަތުގަ ހިފައިގެން ދަނީ -- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2024 Mihaaru · Terms and Conditions · Privacy Policy