ފަޔާޒް މޫސާ
21 މެއި 2023
މާލެ - މޭ 21، 2023: ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީ، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީއެއް އުފެެއްދުމުގެ ހުއްދައަށް އެދި މިއަދު ވަނީ އިލެކްޝަން ކޮމިޝަންއަށް ހުށަހަޅާފައި، އެމްޑީޕީގެ ތެރެއިން ނަޝީދު އިއުލާން ކުރެއްވި "ފިކުރެއްގެ ދިރުން" ފެކްޝަން، ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރުމުގެ ހުއްދަ އަށް އެދުނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައި. ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ނަޝީދުގެ ފެކްޝަންގެ 12 މެމްބަރަކު ވަނީ އާ ޕާޓީއާ ގުޅިވަޑައިގަތުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންފައި.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީ އުފެއްދުމުގެ ފޯމު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބާ ހަވާލުކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދަން އުޅުއްވާ އާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ގެ ހުއްދަ އަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށްޓަކައި އެ ކަމުގައި އިސްކޮށް އުޅުއްވާ ބައެއް މެމްބަރުން އެ ކޮމިޝަނަށް ވަދެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެލްޖީއޭގެ ސީއީއޯ ކަމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަން އުޅުއްވާ އާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ގެ ތަރުޖަމާނުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވި އަފްޝަން ލަތީފް (ކ) އާއި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޝްވަރާއެއްގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރައްޔިތުންގެ މަޖިލިހުގައި ކުރިން އެމްޑީޕީ ތަމްސީލް ކުރެއްވި ބައެއް މެމްބަރުން، މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަން އުޅުއްވާ އާ ޕާޓީ، "ދަ ޑިމޮކްރެޓްސް"ގެ ހެދުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހެޅުމަށް ވަޑައިގެން ހދ. ކުޅުދުއްފުށީގައި މޭޔަރު އަހުމަދު އާތިފާ ސަލާމް ކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް އެދި އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހެޅުމަށް ފަހު، އެ ކަމުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން އީސީގައި މަޝްވަރާ ކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ \ މިހާރު
ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް އެދި އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހެޅުމަށް ފަހު، އެ ކަމުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން އީސީގެ މެމްބަރުންނާ މަޝްވަރާ ކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ \ މިހާރު
"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދަ އަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށް ފަހު، ދަ ޑިމޮކްރެޓްސްގެ ބައެއް އިސްބޭފުޅުންނާއި އީސީގެ މެމްބަރުން މަޝްވަރާ ކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީ ހެދުމުގެ ހުއްދަ އަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށް ފަހު، އެ ކޮމިޝަންގެ މެމްބަރުންނާ އީސީން ބައްދަކުރަމުން ގެންދާއިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ފޯނުން ފޮޓޯއެއް ނަންގަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީ، "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށް ފަހު ބޭއްވި ބައްދަލުވުމުގައި ހދ. ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީ، "ދަ ޑިމޮކްރެޓްސް"ގެ އުފެެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށް ފަހު، ދެ ފަރާތުން މައުލޫމާތު ބަދަލުކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީ ހަދަން ހުއްދަ އަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހަވާލުކުރުމަށް ފަހު އެ ކޮމިޝަންގެ މެމްބަރުންނާ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ދަ ޑިމޮކްރެޓްސް" އުފައްދުމުގެ ހުއްދަ އަށް އެދި އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހެޅުމަށް ފަހު، އެ ޕާޓީގެ ބާނީ ހަސަން ލަތީފް ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު، އަރިހުގައި އެ ޕާޓީގެ ތަރުޖަމާން، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށް ފަހު، ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދުގެ ފެކްޝަންގެ ބައެއް މެމްބަރުން ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
Copyright © 2023 Mihaaru · Terms and Conditions · Privacy Policy