ފޮޓޯގެލަރީ / މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)

ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުން

ފަޔާޒް މޫސާ

27 މެއި 2023

މާލެ - މެއި 26، 2023: ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް ރިޔާސީ ޓިކެޓް މިރޭ ވަނީ ހަވާލުކޮށްފަ، އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް "އުޖާލާ ޒަމާން" ސްލޯގަން އާއި ކެމްޕެއިންގައި ބޭނުން ކުރާނެ ލޯގޯ ވެސް ވަނީ މި ޖަލްސާގައި އިފްތިތާހުކޮށްފަ. މިރޭ މި ޖަލްސާގައި އެ ޕާޓީގެ އިސްބޭފުޅުންނާއި އަދި ގިނަ އަދަދެއްގެ އާންމު މެމްބަރުން ވެސް ވަނީ ބައިވެރިވެފަ. ވެރިކަމަށް ކުރިމަތިލައްވަން ނިންމެވީ ރާއްޖޭގެ ކަންކަން ގޯހުންގޯހަށް ގޮސް، ގައުމު އޮޔާ ދިޔުމުގެ ބިރުހީވެ، އެކަމާ ކަންބޮޑުވާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ކަމަށް މިރޭ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވި -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއެންޕީގެ ރިޔާސީ ޓިކެޓާ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ހަވާލުވެވަޑައިގަންނަވަނީ: އިންތިހާބުގައި އެމްއެންޕީ ބޭނުންކުރާނެ ލޯގޯއާ ސްލޯގަން ވެސް ވަނީ ދައްކައިލި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި އަހަރިގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ރިޔާސީ ޓިކެޓްގެ ގޮތުގައި ހަދާފައިވާ އައްޑަނަ ހަވާލުވެވަޑައިގެން، ފޮޓޯއަކަށް ހުއްޓި ވަޑައިގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ރިޔާސީ ޓިކެޓްގެ ގޮތަށް ހަދާފައިވާ އައްޑަނަ ހިފަހައްޓަވައިގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި އެ ޕާޓިގެ ލީޑާޝިޕް ބޭފުޅުން ބައިވެރިވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއެންޕީގެ ރިޔާސީ ޓިކެޓް މުހައްމަދު ނާޒިމަށް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީގެ ބައެއް އަންހެން މެމްބަރު ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއެންޕީގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި އޭނާގެ އަނބިކަނބަލުން އަފާފް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއެންޕީގެ ރިޔާސީ ޓިކެޓް ޕާޓީގެ ރައީސް ނާޒިމްއާ ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ނާޒިމް ވާހަކަ ދައްކަވަނީ: ނާޒިމް ވިދާޅުވީ ގައުމާ މެދު އޭނާގެ ތަސައްވުރެއް އެބަ އޮތް ކަމަށާއި ދިވެހިންގެ ހުވަފެންތަކުގައި ކުލަ ޖެހެން ޖެހޭ ކަމަށް - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ޒުވާނަކު ވާހަކަ ދައްކަނީ -- ފޮޓޯ: ފަޔާޒު މޫސާ \ މިހާރު

"އުޖާލާ ޒަމާން" ސްލޯގަންއާ އެކު ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރި ޖަލްސާގައި ނާޒިމްއަށް ތާއީދުކުރާ އެ ޕާޓީގެ މެމްބަރުނަށް ހަނާ އަޅަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް އިބްރާހިމް ވަހީދު (އޮގަރު) އާ ސަލާންކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއެންޕީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު މެމްބަރު މުހައްމަދު ނާޒިމަށް ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީގެ އާންމު މެމްބަރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއެންޕީގެ އާންމު މެމްބަރުން ރިޔާސީ ޓިކެޓް އެ ޕާޓީގެ ރައީސް ނާޒިމްއަށް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ނާޒިމް އަތް ޖަހަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ޒުވާން ލަވަކިޔުންތެރިންގެ ހަރަކާތެއް ކުރިއަށް ގެންދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް މިރޭ ބޭއްވި އެމްއެންޕީގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއެންޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރަން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ އިސްބޭފުޅުންނާ އާންމު މެމްބަރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއެންޕީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު މެމްބަރު މުހައްމަދު ނާޒިމަށް ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި: މި ޖަލްސާގައި ގިނަ އަދަދެއްގެ އާންމު މެމްބަރުން ވަނީ ބައިވެރިވެފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއެންޕީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު މެމްބަރު މުހައްމަދު ނާޒިމަށް ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީގެ އާންމު މެމްބަރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2023 Mihaaru · Terms and Conditions · Privacy Policy