ފޮޓޯގެލަރީ / ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރު

ޑރ. މުއިއްޒު ތ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު

ފަޔާޒް މޫސާ

4 ސެޕްޓެމްބަރ 2023

ތ. އަތޮޅު - ސެޕްޓެމްބަރު 2023: ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް ތ. އަތޮޅަށް ކުރެއްވި ދަތުރުގެ ބައެއް މަންޒަރުތައް: މުއިއްޒާއި ކެމްޕެއިން ޓީމު ވަނީ މި އަތޮޅުގެ ހަ ރަށަކަށް ވަޑައިގެންފައި. ތިމަރަފުށިން ފެށި ދަތުރު ނިންމަވައިލެއްވީ ގުރައިދޫގައި ބޭއްވި ބޮޑު ޖަލްސާއަކުން. އެ ޖަލްސާގައި މުއިއްޒު ވަނީ ގުރައިދޫގައި އެއާޕޯޓެއް ހަދައި އަދި ދިޔަމިގިއްޔާއި މަޑިފުށި ގުޅުވާލުމަށް ކޯޒްވޭއެއް އަޅަން ވައުދުވެވަޑައިގެންފައި.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ތ. އަތޮޅު ކެމްޕެއިނު ދަތުރުގެ ފަހު މަންޒިލަކަށް ގުރައިދު އަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ވަނީ ކިޔާފައި.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް ތ. ގުރައިދު އަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ގުރައިދޫގައި ބޭއްވި ޖަލްސާ އަށް ދިޔަ ސަޕޯޓަރުން: އެ ރަށުގައި އެއާޕޯޓެއް ހަދަން އޭނާ ވައުދުވެވަޑައިގެންނެވި.--- ފޮޓޯ: ފަޔާޒް މުސާ | މިހާރު

ތ. ގުރައިދޫގައި ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި އެ ދާއިރާގެ މަޖިލިސް މެމްބަރު ޣައްސާން މައުމޫން ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް ތ. ގުރައިދު އަށް ވަޑައިގަތުމުން އޭނާގެ ކަރުގައި ސަޕޯޓަރަކު މާފައްޗެއް އަޅުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް ތ. ގުރައިދު އަށް ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ކިޔަން ނުކުތް ބަޔަކު ތާރަ ޖަހަނީ: މުއިއްޒަށް މަރުހަބާ ކިޔަން ގުރައިދޫން ވަރަށް ގިނަ ބަޔަކު ނުކުތް.---- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް ތ. ގުރައިދު އަށް ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ކިޔަން ނުކުތް ބަޔަކާ ސަލާން ކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔަން ތ. ގުރައިދޫ ބަނދަރު ސަރަހައްދަށް ނުކުމެ ހުރި، އުމުރުން ދުވަސްވީ މީހަކު ކެންޑިޑޭޓް ނަންބަރު 4 ހިފައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް ތ. ގުރައިދު އަށް ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ކިޔަން ނުކުތް ގިނަ ބަޔަކު ސަފު ހަދައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ތ. ހިރިލަންދު އަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރަން ބޭއްވި އެއްވުމުގައި އުމުރުން ދުވަސްވީ މީހަކު މަލެއް އަދި މުއިއްޒުގެ ކެންޑިޑޭޓް ނަންބަރު 4 ހިފައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ތ. މަޑިފުއްޓަށް ވަޑައިގަތުމުން އޭނާގެ ކަރުގައި ކުޑަކުއްޖަކު މާ ފައްޗެއް އަޅުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް ތ. މަޑިފުއްޓަށް ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ކިޔަން ނުކުތް މީހުން ސަފު ހަދައިގެން.--- ފޮޓޯ: ފަޔާޒު މޫސާ /މިހާރު

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ތ. ހިރިލަންދު އަށް ވަޑައިގެން ސަޕޯޓަރުންނާ އެކު ފޮޓޯއެއް ނަންގަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް ތ. ހިރިލަންދު އަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ތ. ވިލުފުއްޓަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާން ކުރައްވަނީ: ވިލުފުށީގެ އެއާޕޯޓް ހަގީގަތަކަށް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ތ. ވިލުފުއްޓަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ސަޕޯޓަރުންނާ ސަލާން ކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް ތ. ވޭމަންޑު އަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ފަހު ފުރަން ވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް ތ. ވޭމަންޑު އަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް ކުދިންތަކަކާ ސަލާން ކުރައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ތ. ވޭމަންޑު އަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް މީހަކާ އެކު ގެންދިޔަ ތުއްތު ކުއްޖަކު އުރާލައްވައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް ތ. ތިމަރަފުއްޓަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމަށް ދިޔަ ބައެއް މީހުން.--- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް ތ. ތިމަރަފުއްޓަށް ވަޑައިގެން އެ ރަށު ޕީޕީއެމް ޖަގަހަ ހުޅުއްވައި ދެއްވަނީ.--- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2024 Mihaaru · Terms and Conditions · Privacy Policy