ނިޝާން އަލީ
5 ސެޕްޓެމްބަރ 2023
ގުޅިފަޅު- ސެޕްޓެމްބަރު 5، 2023: ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް މިއަދު ބިން ކަނޑައި ގޯތީގެ ރަޖިސްޓްރީ ދޭން ފެށުން: އެ ރަށުން ގޯތި ލިބުނު 21 މީހަކަށް ބިން ކަނޑައި އެ ތަންތަނުގެ ރަޖިސްޓްރީ ސަރުކާރުން މިއަދު ހަވާލުކުރި. ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގުޅިފަޅުން ގޯތި ލިބުނު އިތުރު މީހުންނަށް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ބިން ކަނޑައި ގޯތީގެ ރަޖިސްޓްރޭޝަން ހަވާލު ކުރާނެ ކަމަށް. އޭނާ ވިދާޅުވީ، ގޯތި ދޫކޮށް ގުޅިފަޅުގައި މީހުން އާބާދުވާނެ ކަމަށް ބެލެވެނީ ދެ އަަހަރުގެ ތެރޭގައި ކަމަށް.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ގުޅިފަޅުން ގޯތި ލިބުނު ބަޔަކު، އެ މީހުންގެ ގޯތި ކަނޑައަޅާފައިވާ ސަރަހައްދަށް ދަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު
ގުޅިފަޅުން ގޯތި ލިބުނު ބަޔަކު، އެ މީހުންގެ ގޯތި ކަނޑައަޅާފައިވާ ސަރަހައްދަށް ދަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު
ގުޅިފަޅުން ފުރަތަމަ ގޯތި ލިބުނު އަހުމަދު ޝާކިރަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން (ކ) ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރަނީ: ޝާކިރަށް ލިބުނީ 2،400 އަކަފޫޓުގެ ގޯއްޗެއް.--- ފޮޓޯ: ނިޝާން އަލީ / މިހާރު
ގުޅިފަޅުން ގޯތި ލިބުނު ބަޔަކު، އެ މީހުންގެ ގޯތި އޮތް ސަރަހައްދު ބަލަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު
ގުޅިފަޅުން ގޯތި ލިބުނު ބަޔަކު، އެ މީހުންގެ ގޯތި އޮތް ސަރަހައްދު ބަލަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު
ގުޅިފަޅުން ގޯތި ދޫކުރަން ހަމަޖެހިފައިވާ ބިމުގައި ހައުސިން މިނިސްޓްރީގެ މުވައްޒަފުން މިއަދު ފާހަނގަ ޖަހައި، އިން ވަކި ކުރަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު
ގުޅިފަޅުން ގޯތި ލިބުނު ބަޔަކު މިއަދު ގޯތި ނަންބަރު ކައިރީ ފޮޓޯއެއް ނަގަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy