ފޮޓޯގެލަރީ / ބާސެލޯ ނަސަންދުރާ

ބާސެލޯ ނަސަންދުރާ: ސިޓީ ހޮޓާ ވިޔަފާރިއަށް ބަދަލެއް

ފަޔާޒް މޫސާ

15 މެއި 2025

މާލެ - މެއި 15، 2025: މާލޭގައި ހުރި އެންމެ ދުވަސްވީ އެއް ޓޫރިސްޓު ހޮޓާ ކަމަށްވާ ނަސަންދުރަ ޕެލަސް ހޮޓެލް މެއި 2015 ގައި ބަންދުކުރުމަށް ފަހު ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގައި މިހާރު ވަނީ ހުޅުވާފައި. މިހާރު މި ތަނުގައި 136 ކޮޓަރި ހިމެނޭ އިރު އޭގެތެރޭގައި 116 ސާވިސް އެޕާޓްމެންޓް ވެސް ހިމެނޭ. އަދި ތިން ރެސްޓޯރެންޓް ހުންނައިރު ކޮންފަރެންސާއި މީޓިންތަކަށް ހާއްސަ އޭރިއެއް ހުރޭ. -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ބާސެލޯ ނަސަންދުރަ ހޮޓެލްގެ ރޫފް ޓޮޕް: އެތަނުގައި ޕޫލް އޭރިއާގެ އިތުރުން ސްނެކް ބާއެއް ހުރޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނަސަންދުރާގެ 16 ބުރީގެ އިމާރާތް: ދެ ބަޔަކަށް ހުންނަ އެ ހޮޓަލުގެ ކޮޓަރިތަކުގެ އިތުރުން ސާވިސް އެޕާޓްމެންޓްތައް ވެސް ހުރޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބާސެލޯ ނަސަންދުރާގެ އެކްޓިން ޖެނެރަލް މެނޭޖަރު އެންރިކް ރެއިނާ ކެނިޓްރޮޓް "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބާސެލޯ ނަސަންދުރާގެ ޕޫލް ބާ ސަރަހައްދު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބާސެލޯ ނަސަންދުރާގެ ކޮޓަރިއެއް: އެ ހޮޓަލުގައި 136 ކޮޓަރި ހިމެނޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބާސެލޯ ނަސަންދުރާގެ އެޕާޓްމެންޓް ކޮޓަރިއެއްގެ ޑައިނިން އޭރިއާ ސަރަހައްދު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބާސެލޯ ނަސަންދުރާ ހޮޓެލްގެ އޯޝަން ވިއު ރޫމްގެ ބެލްކަނި: ކޮންމެ ކޮޓަރިއަކުން ވެސް މާލޭ ސަރަހައްދުގެ ގާތްގަނޑަކަށް 270 ޑިގްރީ ވިއުއެއް ލިބޭނެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފަސް ތަރީގެ ބާސެލޯ ނަސަންދުރާ ހޮޓެލްގެ ބީ ހެވެން ރެސްޓޯރެންޓް، މިތަނުގައި ޖުމްލަ 3 ރެސްޓޯރެންޓް ހުރޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބާސެލޯ ނަސަންދުރާގެ ކޮޓަރިއެއްގެ ފާހާނާ. ހޮޓަލުގައި އެކި ފެންވަރުގެ އަދި އެކި ވިއުތަކުގެ 136 ކޮޓަރި ހިމެނޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބާސެލޯ ނަސަންދުރާގެ ބިއްލޫރި ބްރިޖް: މިތަނުގެ ރޫފް ޓޮޕަށް އެރުމުން ގާތްގަނޑަކަށް މި ސަރަހައްދުގެ 360 ޑިގްރީ ވިއު ލިބޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބާސެލޯ ނަސަންދުރާގެ ޕޫލް އޭރިއާގައި އޮންނަ ބިއްލޫރި ބްރިޖްގައި ދެ މީހަކު މަޑުކޮށްލައިގެން. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ބާސެލޯ ނަސަންދުރާގެ ކޮޓަރިއެއް: އެ ހޮޓަލުގައި 136 ކޮޓަރި ހިމެނޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބާސެލޯ ނަސަންދުރާގެ އޮއިވަރު ރެސްޓޯރަންޓުގެ ޝެފެއް ކެއްކުމުގައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޮއިވަރު ރެސްޓޯރެންޓްގެ ބުފޭ އޭރިއާ. އެ ހޮޓަލުގެ މައި ތިން ރެސްޓޯރެންޓް ހުރޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފަސް ތަރީގެ ބާސެލޯ ނަސަންދުރާ ހޮޓެލްގެ އޮއިވަރު ރެސްޓޯރެންޓް، ހޮޓެލްގައި ޖުމްލަ ތިން ރެސްޓޯރެންޓް ހުރޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފަސް ތަރީގެ ބާސެލޯ ނަސަންދުރާ ހޮޓެލްގެ ސްޕާ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބާސެލޯ ނަސަންދުރާ ހޮޓެލްގެ ސްޕާގައި މަސައްކަތްކުރާ މުވައްޒަފަކު މަސާޖްކުރަން ބޭނުން ކުރާ ބައެއް ތަކެތި ހިފައިގެން ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފަސް ތަރީގެ ބާސެލޯ ނަސަންދުރާ ހޮޓެލްގެ ޖިމް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނަސަންދުރާގެ ރިސެޕްޝަން އޭރިއާ. މިތަނުގައި ރާއްޖޭގެ ކަނޑުތަކުގެ ރީތިކަމާއި ސާފުކަން ސިފަވާ ގޮތަށް ފަރުމާތައް ހިމަނާފައިވޭ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހޮޓަލުގެ ލޮބީގައި އޮންނަ ކެފޭ އޭރިއާ: އެ ހޮޓަލުގެ ކެފޭތަކުން އާންމުންނަށް ވެސް ހިދުމަތް ލިބޭނެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy