ނިޝާން އަލީ
16 ޖޫން 2025
ބ. ކަމަދޫ- ޖޫން 16، 2025: ކަމަދޫ ލުހާ, ހުސެއިން އާދިލް, 46 އަކީ އަތްތެރި މަސައްކަތުގައި ހުނަރުވެރިއެއް. ކުޑައިރުއްސުރެ ކުޑަ ވަޅިއެއް ބޭނުންކޮށްގެން ކަށިކެޔޮ ފަތާއި ބޮނބި ބޭނުންކޮށްގެން ކުދި ދޯންޏާއި ރިޔާ ބޭބެ ހަދާތަން ފެނި މި މަސައްކަތަށް ހިތްޖެހުނީކަމަށް އާދިލް ބުނި. އަތްތެރި މަސައްކަތަކަށް އެންމެ ފުރަތަމަ އާދިލް ތައްޔާރުކުރީ މީގެ ވިއްސަކަށް އަހަރު ކުރިން އޭނާގެ ދޮށީ ދަރިފުޅަށް ކިޔަވައި ދިނުމަށް ލަކުޑިން ތާނަ އަކުރާއި އިނގިރޭސި އަކުރު އަދި ހިސާބު އަކުރު ސެޓެއް. ސީދާ މެޝިންތަކާއި އެއާ ގުޅޭ ވަސީލަތްތައް ބޭނުންކޮށްގެން އޭނާ މި މަސައްކަތް ފެށީ ކަމަދޫގެ އެންމެ ހިތްގައިމު އެއް ގެސްޓް ހައުސް ކަމަށްވާ ސޭންޑް އިން ރެސިޑެންސް ތައްޔާރު ކުރުމަށް. މިއީ އޭނާގެ މަންމަގެ ގޭގައި ބޭބެ ފެށި ވިޔަފާރިއެއް. މިތަނުގައި ދިރިއުޅެމުން ގެސްޓް ހައުސްގެ އިންޓީރިއާ ހުރިހާ މަސައްކަތްތަކެއް އިސްވެ ކުރީ އާދިލް އާއި އޭނާގެ ރަހުމަތްތެރިއެއް. މި ގެސްޓް ހައުސްގައި މުޅިން ވެސް ހުރީ އާދިލް އަމިއްލަ އަތުން ހަދައިގެން ނުވަތަ ޑިޒައިން ކޮށްފައިވާ ތަކެތި. މި މަސައްކަތަށް ހާއްސަ ލަކުނޑީގެ އިތުރުން ކޮޓަރިތަކުގެ ލަގެޖް ރެކްތަކާއި އިންޓީރިއާ ފްރޭމްތަކާއި އަދި ރެސްޓޯރެންޓްގެ ކައުންޓަރަކީ ރަށުގައި ވެއްޓިފައި އޮތް ނިކަގަހެއް ގަނެގެން އޭނާ އަމިއްލަ އަށް ހަދާފައިވާ ތަކެތި.-- ފޮޓޯތައް: ނިޝާން އަލީ | މިހާރު
ކަމަދޫ ލުހާ, ހުސެއިން އާދިލް: އޭނާ އަކީ އަތްތެރި މަސައްކަތުގައި ހުނަރުވެރިއެއް.---ފޮޓޯ: ނިޝާން އަލީ | މިހާރު
އާދިލް އަމިއްލަ އަށް ޑިޒައިން ކޮށްފައިވާ ސޭންޑްއިން ގެސްޓް ހައުސް: މި ގެސްޓް ހައުސްގައި މުޅިން ވެސް ހުރީ އާދިލް އަމިއްލަ އަތުން ހަދައިގެން ނުވަތަ ޑިޒައިން ކޮށްފައިވާ ތަކެތި. މި މަސައްކަތަށް ހާއްސަ ލަކުޑީގެ އިތުރުން ކޮޓަރިތަކުގެ ލަގެޖް ރެކްތަކާއި އިންޓީރިއާ ފްރޭމްތަކަކީ އޭނާ އަމިއްލަ އަށް ހަދާފައިވާ ތަކެތި.---ފޮޓޯ: ނިޝާން އަލީ | މިހާރު
ލަކުޑިގަނޑެއް ބޭނުންކޮށްގެން ގެސްޓް ހައުސްގެ ބޭނުމަށް އާދިލް ހަދާފައިވާ ގޮނޑިއެއް: ކަމަދޫގައި ދިރިއުޅެމުން ގެސްޓް ހައުސްގެ އިންޓީރިއާ ހުރިހާ މަސައްކަތްތަކެއް އިސްވެ ކުރީ އާދިލް އާއި އޭނާގެ ރަހުމަތްތެރިއެއް..-- ފޮޓޯ: ނިޝާން އަލީ | މިހާރު
އާދިލް އަމިއްލަ އަށް ޑިޒައިން ކޮށްފައިވާ ސޭންޑްއިން ގެސްޓް ހައުސް: މި ގެސްޓް ހައުސްގައި މުޅިން ވެސް ހުރީ އާދިލް އަމިއްލަ އަތުން ހަދައިގެން ނުވަތަ ޑިޒައިން ކޮށްފައިވާ ތަކެތި. މި މަސައްކަތަށް ހާއްސަ ލަކުޑީގެ އިތުރުން ކޮޓަރިތަކުގެ ލަގެޖް ރެކްތަކާއި އިންޓީރިއާ ފްރޭމްތަކަކީ އޭނާ އަމިއްލަ އަށް ހަދާފައިވާ ތަކެތި.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ކަމަދޫ ސޭންޑް އިން ރެސްޓޯރެންޓްގެ ކައުންޓަރު: މިއީ ވެސް މި ރަށުގައި ވެއްޓިފައި އޮތް ނިކަގަހެއް ގަނެގެން އާދިލް އަމިއްލަ އަށް ހަދާފައިވާ ކައުންޓަރެއް.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ލަކުޑިގަނޑެއް ބޭނުންކޮށްގެން ގެސްޓް ހައުސްގެ ބޭނުމަށް އާދިލް ހަދާފައިވާ ބެޑް ލޭމްޕެއް: ކަމަދޫގައި ދިރިއުޅެމުން ގެސްޓް ހައުސްގެ އިންޓީރިއާ ހުރިހާ މަސައްކަތްތަކެއް އިސްވެ ކުރީ އާދިލް އާއި އޭނާގެ ރަހުމަތްތެރިއެއް..--- ފޮޓޯ: ނިޝާން އަލީ | މިހާރު
އާދިލް އަމިއްލަ އަތުން ހަދައިގެން ނުވަތަ ޑިޒައިން ކޮށްފައިވާ ތަކެތި: މި މަސައްކަތަށް ހާއްސަ ލަކުޑީގެ އިތުރުން ކޮޓަރިތަކުގެ ލަގެޖް ރެކްތަކާއި އިންޓީރިއާ ފްރޭމްތަކަކީ އޭނާ އަމިއްލަ އަށް ހަދާފައިވާ ތަކެތި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ލަކުޑިގަނޑެއް ބޭނުންކޮށްގެން އާދިލް ހަދާފައިވާ ގަޑިއެއް. ކަމަދޫގައި ދިރިއުޅެމުން ގެސްޓް ހައުސްގެ އިންޓީރިއާ ހުރިހާ މަސައްކަތްތަކެއް އިސްވެ ކުރީ އާދިލް އާއި އޭނާގެ ރަހުމަތްތެރިއެއް.--- ފޮޓޯ: ނިޝާން އަލީ | މިހާރު
ލަކުޑިގަނޑެއް ބޭނުންކޮށްގެން އާދިލް އަމިއްލަ އަތުން ހަދާފައިވާ ދޯންޏެއް: މީގެ ކުރިން އޮތެންޓިކް މޯލްޑިވްސްގައި ވެސް އާދިލްގެ ބައެއް އުފެއްދުންތައް ވިއްކި. ނަމަވެސް އޭނާ ބުނީ ކުރާ މަސައްކަތާ އަޅާބަލާއިރު އެކަށީގެންވާ މާކެޓެއް އަދިވެސް ނެތް ކަމަށް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ލަކުޑިގަނޑެއް ބޭނުންކޮށްގެން އާދިލް އަމިއްލަ އަތުން ހަދާފައިވާ ސޭންޑް އިން ގެސްޓް ހައުސްގެ މޫނު ދޮންނަ ތަށި: މި ތަނުގައި ދިރިއުޅެމުން ގެސްޓް ހައުސްގެ އިންޓީރިއާ ހުރިހާ މަސައްކަތްތަކެއް އިސްވެ ކުރީ އާދިލް އާއި އޭނާގެ ރަހުމަތްތެރިއެއް.--- ފޮޓޯ: ނިޝާން އަލީ | މިހާރު
އާދިލް އަމިއްލަ އަތުން ހަދައިގެން ނުވަތަ ޑިޒައިން ކޮށްފައިވާ ސޭންޑްއިން ގެސްޓް ހައުސް. މި ތަނުގައި ދިރިއުޅެމުން ގެސްޓް ހައުސްގެ އިންޓީރިއާ ހުރިހާ މަސައްކަތްތަކެއް އިސްވެ ކުރީ އާދިލް އާއި އޭނާގެ ރަހުމަތްތެރިއެއް.--- ފޮޓޯ: ނިޝާން އަލީ | މިހާރު
އާދިލް އަމިއްލަ އަތުން ހަދައިގެން ނުވަތަ ޑިޒައިން ކޮށްފައިވާ ސޭންޑްއިން ގެސްޓް ހައުސް. މި ތަނުގައި ދިރިއުޅެމުން ގެސްޓް ހައުސްގެ އިންޓީރިއާ ހުރިހާ މަސައްކަތްތަކެއް އިސްވެ ކުރީ އާދިލް އާއި އޭނާގެ ރަހުމަތްތެރިއެއް..--- ފޮޓޯ: ނިޝާން އަލީ | މިހާރު
އާދިލް އަމިއްލަ އަތުން ހަދައިގެން ނުވަތަ ޑިޒައިން ކޮށްފައިވާ ތަކެތި: މި މަސައްކަތަށް ހާއްސަ ލަކުޑީގެ އިތުރުން ކޮޓަރިތަކުގެ ލަގެޖް ރެކްތަކާއި އިންޓީރިއާ ފްރޭމްތަކަކީ އޭނާ އަމިއްލަ އަށް ހަދާފައިވާ ތަކެތި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އާދިލް އަމިއްލަ އަތުން ޑިޒައިން ކޮށްފައިވާ ލަކުޑި ބައިސިކަލެއް. މީގެ ކުރިން އޮތެންޓިކް މޯލްޑިވްސްގައި ވެސް އާދިލްގެ ބައެއް އުފެއްދުންތައް ވިއްކި. ނަމަވެސް އާދިލް ބުނީ ކުރާ މަސައްކަތާ އަޅާބަލާއިރު އެކަށީގެންވާ މާކެޓެއް އަދިވެސް ނެތް ކަމަށް.--- ފޮޓޯ: ނިޝާން އަލީ | މިހާރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy