ފަޔާޒް މޫސާ
9 ޑިސެމްބަރ 2025
ހުޅުމާލެ ފޭސް 2-- ޑިސެމްބަރު 8، 2025: ހުޅުމާލެ ފޭސް2 ގައި ހުންނަ ވިނަރެސް 1 ވަނަ ޓަވަރުގައި އީވްގެ އާ ކްލިނިކް ހުޅުވުން. އެ ކްލިނިކް ހުޅުއްވައިދެއްވީ އީވް ކްލިނިކްގެ ޗެއާމަން ހުސެއިން މުހައްމަދުފުޅު. ހުޅުމާލޭގައި ހުޅުވި އެ ކްލިނިކަކީ މަލްޓި ސްޕެޝަލްޓީ ކްލިނިކެއް. އަދި ޖުމްލަ 17 ކޮންސަލްޓޭޝަން ރޫމް ހުންނަ ޖާގަ ތަނަވަސް އެ ކްލިނިކުގައި ޔޫރޮލޮޖިސްޓުންނާއި ކާޑިއޮލޮޖިސްޓުންނާއި ފިޒިޝަނުން ފަދަ އެކި ދާއިރާތަކަށް ހާއްސަ ޑޮކްޓަރުން ކޮންސަލްޓް ކުރާނެ. ސްކޭން ކުރުމާއި އެކްސްރޭ ނެގުމުގެ އިތުރުން ފިޒިއޮތެރަޕީގެ ހިދުމަތް ވެސް އީވް ކްލިނިކް ވިނަރެސް އިން ލިބޭނެ -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސްގެ އެއް ވަނަ ޓަވަރުގައި ހުޅުވި އީވް ކްލިނިކް ވިނަރެސް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އީވް ކްލިނިކްގެ ޗެއާމަން ހުސެއިން މުހައްމަދުފުޅާއި ހުޅުމާލެ އުތުރު ދާއިރާ މެމްބަރު ހުސައިން ޝަރީފް އީވް ކްލިނިކް ހުޅުއްވައިދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އީވް ކްލިނިކް ވިނަރެސް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައެއް މީހުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އީވް ކްލިނިކް ވިނަރެސް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޗެއާމަން ހުސެއިން މުހައްމަދުފުޅާއި ކުންފުނީގެ އިސްވެރިން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އީވް ކްލިނިކް ވިނަރެސް އެ ކުންފުނީގެ ޗެއާމަން ހުސެއިން މުހައްމަދުފުޅު ރަސްމީކޮށް ހުޅުވައިދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އީވް ކްލިނިކް ވިނަރެސްގެ ހިދުމަތް ހޯދަން އަންނަ މީހުން މަޑުކޮށްލަައިގެން ތިބޭ ސަރަހައްދު. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އީވް ކްލިނިކް ވިނަރެސްގެ އަވަސް ފަރުވާ ދޭ ކޮޓަރި. އެ ކްލިނިކްގައި އެކި ދާއިރާތަކުން ގިނަ ސްޕެޝަލިސްޓުން ހިދުމަތް ދޭނެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އީވް ކްލިނިކް ވިނަރެސް ހުޅުވުމަށްފަހު އީވް ކްލިނިކްގެ ޗެއާމަން ހުސެއިން މުހައްމަދުފުޅު އެ ކްލިނިކްގެ އެކްސްރޭ ނަގާ ކޮޓަރި ބައްލަވާލައްވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އީވް ކްލިނިކް ވިނަރެސްގައި ދަތުގެ ފަރުވާދޭ ކޮޓަރި. އެ ކްލިނިކްގައި އެކި ދާއިރާތަކުން ގިނަ ސްޕެޝަލިސްޓުން ހިދުމަތް ދޭނެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އީވް ކްލިނިކް ވިނަރެސް ހުޅުވުމަށްފަހު އީވް ކްލިނިކްގެ ޗެއާމަން ހުސެއިން މުހައްމަދުފުޅު އެ ކްލިނިކް ބައްލަވާލައްވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އީވް ކްލިނިކް ވިނަރެސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކްލިނިކާ ބެހޭގޮތުން ބައެއް މައުލޫމާތު ދެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހަރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy