ހުސެއިން ވަހީދު
17 މެއި 2017
މޭ 16، 2017- ވެރިކަން ކުރާ ޕީޕީއެމް ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އާއި ޑީއާރުޕީން އެމްޑީއޭ ޖަގަހައިގައި ބޭއްވި ޖަލްސާ އަދި އިދިކޮޅު ކޯލިޝަން ތަމްސީލް ކުރާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫންގެ ފެކްޝަނުން ވަކިވަކިން ބޭއްވި ދެ ޖަލްސާ: ޖުމްހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބާއްވަމުން އައި ސިލްސިލާ ޖަލްސާތައް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކްރިމިނަލް ކޯޓުން ކުރި ބޮޑެތި ޝަރުތުތަކާ އެކު އެ ހަރުގޭގައި ކުރިއަށް ގެންދެވޭ ގޮތް ނުވުމުން ޖަލްސާތައް މިހާރު ވަނީ އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެމްޑީޕީގެ ހަރުގެ އަށް ބަދަލުކޮށްފައި. އިދިކޮޅު އެ ހަރަކާތް ކުރިއަށް ދަނިކޮށް، މި މަހުގެ ހަވަނަދުވަހު ބޭއްވި ލޯކަލް އިންތިޚާބަށް ފަހު، ޕީޕީއެމް ކޯލިޝަނުން ވެސް ވަނީ ހަމަ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީއޭގެ ހަރުގޭގައި އެ ކޯލިޝަންގެ ޖަލްސާތައް ފަށާފައި.---މިހާރު ފޮޓޯތައް: ހުސެއިން ވަހީދު
މާލެ، މޭ 16، 2017- އިދިކޮޅު ކޯލިޝަނުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އިބްރާހިމް މުއްތަލިބް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މާލެ، މޭ 16، 2017- އިދިކޮޅު ކޯލިޝަނުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މާލެ، މޭ 16، 2017- ޕީޕީއެމްގެ ކޯލިޝަނުން އެމްޑީއޭގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޑެޕިއުޓީ ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މާލެ، މޭ 16، 2017- އިދިކޮޅު ކޯލިޝަނުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މާލެ، މޭ 16، 2017- އިދިކޮޅު ކޯލިޝަނުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާ އަޑުއެހުމަށް، ހަރުގެ ކުރިމައްޗަށްވާ ގޮތަށް ހަރުކޮށްފައިވާ، ރައީސް އަބްދުﷲ ޔާމީނުގެ ފޮޓޯފުޅު ޖަހާފައިވާ ބިލްބޯޑެއްގެ ކައިރީގައި ބަޔަކު މަޑުކޮއްލައިގެން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މާލެ، މޭ 16، 2017- އިދިކޮޅު ކޯލިޝަނުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މާލެ، މޭ 16، 2017- ޕީޕީއެމްގެ ކޯލިޝަނުން އެމްޑީއޭގެ ޖަގަހައިގައި ބޭއްވި ޖަލްސާގެ ތެރެއިން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މާލެ، މޭ 16، 2017- ޕީޕީއެމްގެ ކޯލިޝަނުން އެމްޑީއޭގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މާލެ، މޭ 16، 2017- ޕީޕީއެމް ކޯލިޝަނުން އެމްޑީއޭގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މާލެ، މޭ 16، 2017- ޕީޕީއެމްގެ ކޯލިޝަނުން އެމްޑީއޭގެ ޖަގަހައިގައި ބޭއްވި ޖަލްސާގެ ތެރެއިން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މާލެ، މޭ 16، 2017- އިދިކޮޅު ކޯލިޝަނުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މާލެ، މޭ 16، 2017- އިދިކޮޅު ކޯލިޝަނުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy