ހަފީޒާ އަހުމަދު
22 މެއި 2017
އަރަބް އިސްލާމިކް އެމެރިކަން ސަމިޓު: މި ސަމިޓުގައި 55 ގައުމަކުން ވަނީ ބައިވެރިވެފައި. އޭގެތެރެއިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ބައިވެރިވެ ވަޑައިގެންފައި. މި ސަމިޓުގައި ވާހަކަ ދައްކަވަމުން ސައުދީ ރަސްގެފާން ސަލްމާން ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އެކުގައި ނައްތާލައްވާނެ ކަމަށް ވިދާޅުވެފައި. އަދި ޓެރަރިޒަމް އެކްސްޕޯޓް ކުރާ އެންމެ ބޮޑު ގައުމަކީ ޝިއައީ އީރާން ކަމަށް ވިދާޅުވި.-- އޭއެފްޕީ
ސައުދީ އަރަބިއާ، ރިޔާޒް: މޭ 22، 2017: އެމެރިކާގެ ރައީސް ޓްރަމްޕް (ކ) އަދި ބަހްރައިންގެ ރަސްގެފާން ހައްމާދް ބިން އީސާ އަލް ހަލީފާ އާއި ސަލާމް ކުރައްވަނީ.-- ފޮޓޯ: އޭއެފްޕީ
ސައުދީ އަރަބިއާ، ރިޔާޒް: މޭ 22، 2017: ގަލްފް ކޯޕަރޭޝަން ކައުންސިލް ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޓްރަމްޕް (މ) ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ
ސައުދީ އަރަބިއާ، ރިޔާޒް: މޭ 22، 2017: އެމެރިކާގެ ރައީސް ޓްރަމްޕް (ކ) ސައުދީ އަށް ކުރައްވާ ދަތުރުފުޅުގައި އިޖިޕްޓުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ އާއި ބައްދަލު ކުރައްވަނީ.-- ފޮޓޯ: އޭއެފްޕީ
ސައުދީ އަރަބިއާ، ރިޔާޒް: މޭ 22، 2017: އަރަބް އިސްލާމިކް އެމެރިކަން ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް މެލޭޝިއާގެ ޕްރައިމް މިނިސްޓަރު ނަޖީބް ރައްޒާގު ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ
ސައުދީ އަރަބިއާ، ރިޔާޒް: މޭ 22، 2017: އަރަބް އިސްލާމިކް އެމެރިކަން ސަމިޓުގައި އެމެރިކާގެ ރައީސް ޓްރަމްޕް (މ) ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ
ސައުދީ އަރަބިއާ، ރިޔާޒް: މޭ 22، 2017: އަރަބް އިސްލާމިކް އެމެރިކަން ސަމިޓުގައި އެމެރިކާގެ ރައީސް ޓްރަމްޕް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އޭއެފްޕީ
ސައުދީ އަރަބިއާ، ރިޔާޒް: މޭ 22، 2017: އަރަބް އިސްލާމިކް އެމެރިކަން ސަމިޓުގައި އެމެރިކާގެ ރައީސް ޓްރަމްޕް (ކ)، ކުވެއިތުގެ އާމިރް ޝޭހް ސަބާހް އަލް-އަހުމަދް އަލް ޖަބަރް އަލް ސަބާހާއި ބައްދަލު ކުރައްވަނީ.-- ފޮޓޯ: އޭއެފްޕީ
ސައުދީ އަރަބިއާ، ރިޔާޒް: މޭ 22، 2017: ގަލްފް ކޯޕަރޭޝްން ކައުންސިލް ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޓްރަމްޕް (މ-ވ) އަދި ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް-ސައުދު (މ) ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ
ސައުދީ އަރަބިއާ، ރިޔާޒް: މޭ 22، 2017: ގަލްފް ކޯޕަރޭޝަން ކައުންސިލް ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޓްރަމްޕް (މ) އަދި ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް-ސައުދު (މ-ކ) ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ
ސައުދީ އަރަބިއާ، ރިޔާޒް: މޭ 22، 2017: އަރަބް އިސްލާމިކް އެމެރިކަން ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް އޮމާންގެ ޑެޕިއުޓީ މިނިސްޓަރު ސައީދް ފަހްދް ބިން މުހައްމަދު އަލް ސާއިދް ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ
ސައުދީ އަރަބިއާ، ރިޔާޒް: މޭ 22، 2017: އަރަބް އިސްލާމިކް އެމެރިކަން ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާގެ ރައީސް ޓްރަމްޕް (މ-ވ) އަދި ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް-ސައުދު (މ-ކ) ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ
ސައުދީ އަރަބިއާ، ރިޔާޒް: މޭ 22، 2017: އަރަބް އިސްލާމިކް އެމެރިކަން ސަމިޓުގައި ޖޯޑަންގެ ރަސްގެފާނު އަބްދުﷲ (މ-ވ)، ކަޒަކިސްތާންގެ ރައީސް ނޫރްސުލްތާން ނަޒަރްބައީ އާ ސަލާމް ކުރައްވަނީ.-- ފޮޓޯ: އޭއެފްޕީ
ސައުދީ އަރަބިއާ، ރިޔާޒް: މޭ 22، 2017: އަރަބް އިސްލާމިކް އެމެރިކަން ސަމިޓުގައި އެމެރިކާގެ ރައީސް ޓުރަމްޕް (ވ-3)، އަނބިކަނބަލުން މެލާނީ ޓްރަމްޕް (ވ-2)، ސައުދީ އަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް-ސައުދު (މ) އަދި އިޖިޕްޓުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy