ހަފީޒާ އަހުމަދު
22 މެއި 2017
މާލެ: މޭ 22، 2017: ލޯކަލް މާރުކޭޓު: ދިވެހި އުފެއްދުންތައް ތިޔާގިވެ، ބައެއް ބާވަތްތަކުގެ އަގު އުފުލުން: ރޯދަސް ފެށެން ފަސް ދުވަހަށްވީއިރު ލޯކަލް މާރުކޭޓުގައި ދިވެހި އުފެއްދުންތައް ތިޔާގިވެ، ބައެއް ބާވަތްތަކުގެ އަގުތައް ވަނީ އުފުލެން ފަށައިފައި. އާއްމުކޮށް ކެއުމަށް ބޭނުންކުރާ ގިނަ ބާވަތްތަކުން މާރުކޭޓު ވަނީ ފުރިފައި. ކުރިން ދިހަ ރުފިޔާއަށް ވިއްކި ކާޓެއްގެ އަގު މިހާރު ވަނީ 25ރ. އަށް އުފުލިފައި. ކާއްޓެއްގެ އަގު އުޅެނީ 10ރ. 15ރ. އަދި 25ރ. އަށް. ދޮންކެޔޮ ކިލޯއެއްގެ އަގު އުޅެނީ 45ރ. އަށް. އެވްރެޖްކޮށް ދޮންކެޔޮގަނޑެއް އަގު ވަނީ 400ރ. އާއި 600ރ އަށް. ފަޅޯ ކިލޯއެއްގެ އަގު އުޅެނީ 8ރ. އާއި 20ރ. އާ ދެމެދު އަގެއްގައި. ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 35ރ. އާއި 45ރ. އާ ދެމެދުގެ އަގެއްގައި. 100 ގްރާމްގެ ޔުގެންޑާ މިރުސް 20ރ. އަށް ވިއްކާއިރު ކަނޑޫދޫ މިރުސް ވިއްކަނީ 100 ގްރާމް 60ރ. އަށް އަދި އާދައިގެ ގިތެޔޮ މިރުސް ކިލޯއެއް ވިއްކަނީ 35ރ..-- މިހާރު ފޮޓޯތައް: ނިޝާން އަލީ
މާލެ: މޭ 22، 2017: ލޯކަލް މާރުކޭޓު ގޮޅިއެއް ކައިރީގައި މީހަކު މަޑުކޮށްލައިގެން--. ފޮޓޯ: ނިޝާން އަލީ /މިހާރު
މާލެ: މޭ 22، 2017: މަސް މާރުކޭޓުގައި މީހަކު ބޮޑު ކަންނެލި މަހެއް ކަނޑަނީ--. ފޮޓޯ: ނިޝާން އަލީ /މިހާރު
މާލެ: މޭ 22، 2017: ލޯކަލް މާރުކޭޓު ސަރަހައްދުގައި އޮތް ބޯޓަކަށް މުދާ އަރުވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
މާލެ: މޭ 22، 2017: ލޯކަލް މާރުކޭޓުގައި ބަހައްޓާފައި ހުރި ކާށިތަކެއް: ކާއްޓެއްގެ އަގު މިހާރު 25ރ. އަށް އުފުލިފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
މާލެ: މޭ 22، 2017: ލޯކަލް މާރުކޭޓުގައި ބަހައްޓާފައި ހުރި ކާށިތަކެއް: ކާއްޓެއްގެ އަގު މިހާރު 25ރ. އަށް އުފުލިފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
މާލެ: މޭ 22، 2017: ލޯކަލް މާރުކޭޓު ބޭރުގައި ވިއްކަން ބަހައްޓާފައި ހުރި ފަޅޯތަކެއް: ފަޅޯ ކިލޯއެއްގެ އަގު ވަނީ 20ރ. އަށް އުފުލިފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
މާލެ: މޭ 22، 2017: ލޯކަލް މާރުކޭޓު ސަރަހައްދުގައި މީހަކު ކަރާތަކެއް ގެންދަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
މާލެ: މޭ 22، 2017: ލޯކަލް މާރުކޭޓު ސަރަހއްދުގައި މީހަކު ބިސް ކޭހެއް އުފުލަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
މާލެ: މޭ 22، 2017: ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ދޮންކެޔޮގަނޑެއް މީހަކު ބަލަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
މާލެ: މޭ 22، 2017: ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި މިރުސްތަކެއް: މިރުހުގެ އަގު ވަނީ ބޮޑުވެފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު
މާލެ: މޭ 22، 2017: ލޯކަލް މާރުކޭޓުގައި މީހަކު ބާޒާރުކުރަނީ: އާއްމުކޮށް ބޭނުންކުރާ ގިނަ ބާވަތްތަކުގެ އަގު ވަނީ އުފުލިފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
މާލެ: މޭ 22، 2017: ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ލުނބޯތަކެއް: ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 35ރ. އާއި 45ރ. އާ ދެމެދު. ފޮޓޯ: ނިޝާން އަލީ /މިހާރު
މާލެ: މޭ 22، 2017: ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ދޮންކެޔޮގަނޑުތަކެއް ކައިރީގައި މީހަކު މަޑުކޮށްލައިގެން: ދޮންކެޔޮގަނޑެއްގެ އަގު ވަނީ 600ރ. އަށް އުފުލިފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
މާލެ: މޭ 22، 2017: ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ދޮންކެޔޮގަނޑުތަކެއް ކައިރީގައި މީހަކު މަޑުކޮށްލައިގެން: ދޮންކެޔޮގަނޑެއްގެ އަގު ވަނީ 600ރ. އަށް އުފުލިފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
މާލެ: މޭ 22، 2017: މަސް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ރޯމަސްތަކެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy