ފޮޓޯގެލަރީ / މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން

މަހްލޫފުގެ ޝަރަފުގައި ބޭއްވި ޖަލްސާ

ހުސެއިން ވަހީދު

10 ޖޫން 2017

ޖޫން 9، 2017- ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމަށް ފަހު، މިނިވަންވުމުގެ އުފަލުގައި އޭނާގެ ޝަރަފުގައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާ: މި ޖަލްސާގައި މަހްލޫފު ވަނީ އޭނާގެ ސިޔާސީ ފިކުރު ކުރިއަށް ވުރެ ވަރުގަދަވެ، އެ އަޒުމްގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި. އަދި އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ނުކުމެ ރައީސް އަބްދުﷲ ޔާމީން ބޮޑު ބައްޔަކުން ބަލިކުރާނެ ކަމަށް ވިދާޅުވި.---މިހާރު ފޮޓޯތައް: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާ ބެލުމަށް މަގުމަތީގައި ތިބި ބަޔަކާއި ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ހިނގަނީ: އެ ސަރަހައްދުން މީހުން ފޮނުވާލުމަށް ފުލުހުން މަސައްކަތް ކުރި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި މަހްލޫފު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި މަހްލޫފު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ޖަލްސާ ކުރިއަށް ގެންދާއިރު، ހަރުގެ ފުރި ބާރުވެގެން، މަގުމަތީގައި ތިބެގެން ޖަލްސާ ބަލާ މީހުން ފޮނުވާލުމަށް އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ: އެ މީހުން އެ ސަރަހައްދުން ފޮނުވާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ބޭނުންކޮށްފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ޝެޑޯ މިނިސްޓަރު އަދި ރައީސް ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި މަލީހް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ޖަލްސާ ކުރިއަށް ގެންދާއިރު، ހަރުގެ ފުރިގެން ބޭރުގައި ޖަލްސާ ބަލަން ތިބި މީހުން ފޮނުވާލުމަށް ހަރަކާތްތެރިވި އެސްއޯ ފުލުހަކާ، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވާހަކަ ދައްކަވަނީ: އެ ސަރަހައްދުން މީހުން ފޮނުވާލުމަށްޓަކައި ފުލުހުން ޕެޕާ ސްޕްރޭ ވެސް ބޭނުންކުރި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ޖަލްސާ ކުރިއަށް ގެންދާއިރު، އެމްޑީޕީގެ ޗެއާޕާސަން ނައިބު ނިޔާޒް (ކ) އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ، ހަރުގޭގެ ބޭރުން މަގުމަތީގައި ތިއްބަވައިގެން ޖަލްސާ ބައްލަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމާއި މަހްލޫފު ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި މަހްލޫފާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ ވާހަކަ ދައްކަވާއިރު، މަހްލޫފުގެ އަނބިކަނބަލުން ނަޒޫ (މ)..---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާ ކުރިއަށް ގެންދާއިރު، މަގުމަތީގައި ތިބެގެން ޖަލްސާ އަޑުއަހަނީ: މިއީ ރޯދަމަހުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ފުރަތަމަ ޖަލްސާ ކަމަށްވާއިރު، ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެ، މުޅި ސަރަހައްދު އޮތީ ފުރިފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާ އަށް މަހްލޫފު ވަޑައިގަންނަވާނެ ވަގުތެއްގެ އިންތިޒާރުގައި ބޭރުގައި އާންމުން މަޑުކޮށްލައިގެން: އެމްޑީޕީ ހަރުގެ އިން މަހްލޫފަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާ އަށް މަހްލޫފު ވަޑައިގަތުމުން ސަޕޯޓަރުން މަރުހަބާ ކިޔަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާ އަށް މަހްލޫފު ވަޑައިގަތުމުން ސަޕޯޓަރުން މަރުހަބާ ކިޔަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާ އަށް މަހްލޫފު ވަޑައިގަތުމުން ސަޕޯޓަރުން މަރުހަބާ ކިޔަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާ އަށް މަހްލޫފު ވަޑައިގެން ސަޕޯޓަރަކު މަހްލޫފާ އެކު ސެލްފީއެއް ނަގަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާ އަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ: ސިޔާސީ ހަރަކާތްތަކާ އަލުން ގުޅިވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާ އަށް މަހްލޫފު ވަޑައިގަތުމުން، ސަޕޯޓަރުން އޭނާގެ ކަރުގައި އެޅުވި މާފައްޗާއެކު، ފޮޓޯއެއް ނަންގަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި، އެމްޑީޕީގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި މަހްލޫފް ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި މަހްލޫފް ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފް ޖަލުން މިނިވަންވުމަށް ފަހު، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާ ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ޖަލްސާ ކުރިއަށް ގެންދާއިރު، މަގުމަތީގައި އެއްވެ ތިބި އިިދިކޮޅު މީހުން އެ ސަރަހައްދުން ފޮނުވާލުމަށް އުޅުނު އެސްއޯ ފުލުހުންގެ ހަރަކާތްތައް މީހަކު ފޮޓޯ ނަގަނީ: ހަރުގޭގެ ބޭރުގައި މަގުމަތީގައި ތިބި އިދިކޮޅު މީހުން އެ ސަރަހައްދުން ފޮނުވާލުމަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ޖަލްސާގައި ބައިވެރިވުމަށް މީހުންތައް މަގުމަތީގައި ތޮއްޖެހިފައި: ޖާގަ ކުޑަ ހަރުގެ ފުރިގެން މަގުމަތީގައި ގިނަ ބަޔަކު މި ޖަލްސާ ބަލަން ތިބި ނަމަވެސް، އެ މީހުން އެ ސަރަހައްދުން ފޮނުވާލުމަށް ފުލުހުން ޕެޕާ ސްޕްރޭ ވެސް ޖެހި. އެކަމަކު އެ ސަރަހައްދު ހުހެއް ނުކުރެވުނު.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ޖަލްސާ ކުރިއަށް ގެންދާއިރު، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް (މ) އަދި ޗެއާޕާސަންގެ ނައިބު ނިޔާޒް ހަރުގޭގެ ބޭރުން މަގުމަތީގައި ތިއްބަވައިގެން ޖަލްސާ ބައްލަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖޫން 9، 2017- މެމްބަރު މަހްލޫފު ޖަލުން މިނިވަންވުމާ ގުޅިގެން އޭނާ އަށް ޓަކައި އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި ޖަލްސާ ކުރިއަށް ގެންދާއިރު، އެސްއޯ ފުލުހުން ބޭރުގައި ފޯރިމަރަނީ: ހަރުގޭގެ ބޭރުގައި މަގުމަތީގައި ތިބި އިދިކޮޅު މީހުން އެ ސަރަހައްދުން ފޮނުވާލުމަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy