ފޮޓޯގެލަރީ / ފުލުހުން

ދައުވާއިން ރިޔާޒް ސަލާމަތްވުމާ އެކު އައި ހިނތުންވުން

ހުސެއިން ވަހީދު

9 ޖުލައި 2017

މާލެ: ޖުލައި 9، 2017- ފުލުހުންގެ ތަހުގީގެއްގައި ފޯނެއް ހުޅުވައި ނުދިން މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރުމުން ކޯޓުން ބޭރުގައި އެކަން ފާހަގަކުރުން: މިިދިޔަ މާޗްމަހުގެ ތެރޭގައި ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ ކުރި ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރީ އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން.---މިހާރު ފޮޓޯތައް: ހުސެއިން ވަހީދު

މާލެ: ޖުލައި 9، 2017- ފުލުހުންގެ ތަހުގީގެއްގައި ފޯނެއް ހުޅުވައި ނުދިން މައްސަލާގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުކުމުގެ ޝަރީއަތަށް ކްރިމިނަލް ކޯޓަށް ވަދެވަޑައިގަންނަވަނީ: ކޯޓުން ހުކުމް ކުރީ އެ ދައުވާ ސާބިތުނުވާ ކަމަށް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖުލައި 9، 2017- ފުލުހުންގެ ތަހުގީގެއްގައި ފޯނެއް ހުޅުވައި ނުދިން މައްސަލާގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ހުކުމް އިއްވުމަށްޓަކައި އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު، ރިޔާޒްގެ އިންތިޒާރުގައި ބައެއް މީހުން ކޯޓުން ބޭރުގައި މަޑުކޮށްލައިގެން: ރިޔާޒްގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ނިންމި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖުލައި 9، 2017- ފުލުހުންގެ ތަހުގީގެއްގައި ފޯނެއް ހުޅުވައި ނުދިން މައްސަލާގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ހުކުމް އިއްވުމަށްޓަކައި އޭނާ ކްރިމިނަލް ކޯޓަށް ވަދެވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ކޯޓުން ހުކުމް ކުރީ އެ ދައުވާ ސާބިތުނުވާ ކަމަށް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖުލައި 9، 2017- ފުލުހުންގެ ތަހުގީގެއްގައި ފޯނެއް ހުޅުވައި ނުދިން މައްސަލާގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން، އެކަމުގެ އުފާ ކޯޓުން ބޭރުގައި ފާހަގަކުރާއިރު، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެކަމުގައި ބައިވެރިވެވަޑައިގަންނަވަނީ.--މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖުލައި 9، 2017- ފުލުހުންގެ ތަހުގީގެއްގައި ފޯނެއް ހުޅުވައި ނުދިން މައްސަލާގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ހުކުމް އިއްވުމަށްޓަކައި އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު، އެސްއޯ ފުލުހުން ކޯޓުގެ ބޭރުގައި މަޑުކޮށްލައިގެން: ރިޔާޒްގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ނިންމި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖުލައި 9، 2017- ފުލުހުންގެ ތަހުގީގެއްގައި ފޯނެއް ހުޅުވައި ނުދިން މައްސަލާގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން، އެކަމުގެ އުފަލުގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މީޑިއާއާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖުލައި 9، 2017- ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތަށް ފަހު، ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްގެ ވަކީލު ހިސާން ހުސެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖުލައި 9، 2017- ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތަށް ފަހު، ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްގެ ވަކީލު އަލީ ޒާހިރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖުލައި 9، 2017- ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތަށް ފަހު، ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ކޯޓުން ނުކުމެވަޑައިގެން، އެސްއޯ ފުލުހަކާ ސަލާމް ކުރައްވަނީ: އޭނާ ވަނީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ދެ އަހަރު އަދި ފުލުހުންގެ ޚިދުމަތުގައި ގާތްގަނޑަކަށް 25 އަހަރު ހޭދަކުރައްވާފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖުލައި 9، 2017- ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތަށް ފަހު، ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ކޯޓުން ނުކުމެވަޑައިގެން، ފުލުސް ވެހިކަލެއްގައި އިން އެސްއޯ ފުލުހަކާ އަތްޖައްސަވާލައްވަނީ: ރިޔާޒަކީ ފުލުހުންގެ ޚިދުމަތުގައި ގާތްގަނޑަކަށް 25 އަހަރު އަދި ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ދެ އަހަރު ހޭދަކުރެއްވި ބޭފުޅެއް.--- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ: ޖުލައި 9، 2017- ފުލުހުންގެ ތަހުގީގެއްގައި ފޯނެއް ހުޅުވައި ނުދިން މައްސަލާގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ކޯޓުން ނުކުމެވަޑައިގެން، އާއިލާގެ ބޭފުޅަކާ އެކު އެކަން ރިޔާޒް ސެލެބްރޭޓް ކުރަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖުލައި 9، 2017- ފުލުހުންގެ ތަހުގީގެއްގައި ފޯނެއް ހުޅުވައި ނުދިން މައްސަލާގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ކޯޓުން ނުކުމެވަޑައިގެން، ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ އަހުމަދު ސަމީރާ އެކު ރިޔާޒް އެކަން ސެލެބްރޭޓް ކުރަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖުލައި 9، 2017- ފުލުހުންގެ ތަހުގީގެއްގައި ފޯނެއް ހުޅުވައި ނުދިން މައްސަލާގައި ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއެކު، ކޯޓުން ނުކުމެވަޑައިގެން، އޭނާއާ އެކު ސިޔާސީ ދާއިރާގައި އެންމެ ގާތްކޮށް މަސައްކަތް ކުރައްވާ އެއް ބޭފުޅެއް ކަމަށްވާ އާދަމް އާޒިމްއާ ދެ ބޭފުޅުން އެކަން ސެލެބްރޭޓް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލެ: ޖުލައި 9، 2017- ފުލުހުންގެ ތަހުގީގެއްގައި ފޯނެއް ހުޅުވައި ނުދިން މައްސަލާގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން، ކޯޓުން ނުކުމެވަޑައިގެން އިދިކޮޅު އިއްތިހާދުގެ މެމްބަރު، އަދި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް އާ އެކު އެކަން ސެލެބްރޭޓް ކުރަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy