09 ސެޕްޓެމްބަރ

September 09, 2017 2
އަނަސްގެ "ގާތިލުން"ގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި މުހައްމަދު އަނަސްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުުރުކޮށްފި އެވެ.

September 09, 2017 1
މަރަކާ ގުޅިގެން ލ. އަތޮޅުން މީހަކު ހައްޔަރުކޮށްފި

މާލޭގަައި ހިންގި މާރާމާރީއެއްގައި މީހަކު މަރާލި މައްސަލައަކާ ގުޅިގެން ލ. އަތޮޅުން މީހަކު ހައްޔަރުކޮށްފި އެވެ.

28 އޯގަސްޓް

August 28, 2017 4
މަފާޒުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

މިދިޔަ މަހުގެ 27 ވަނަ ދުވަހު ކެފޭއެއްގައި އިންދާ މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މުހައްމަދު މަފާޒުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެެވެ.

22 އޯގަސްޓް

August 22, 2017
އަނަސްގެ މަރުގެ ތުހުމަތުކުރެވޭ މީހުންގެ ބަންދަށް 15

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މުހައްމަދު އަނަސްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލާގައި އެންމެ ފަހުން ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ދީފި އެވެ.

17 އޯގަސްޓް

August 17, 2017 4
އަނަސްގެ މަރާގުޅިގެން އިތުރު ދެ ޒުވާނަކު ހައްޔަރުކޮށްފި

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅި ހަރައި މަރާލި މުހައްމަދު އަނަސްގެ މަރާ ގުޅިގެން މާލޭގެ ގެއެއް ފާސްކޮށް، އިތުރު ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

August 17, 2017 15
މާރާމާރީތަކުގައި ހައްޔަރުކުރި ފަސް މީހަކު ދޫކޮށްލައިފި

މާލޭގައި ފަހަކަށް އައިސް، ހިންގި މާރާމާރީތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

16 އޯގަސްޓް

August 16, 2017 9
އަނަސްގެ މަރާ ބެހޭ މައުލޫމާތުތައް އާއިލާއާ ހިއްސާކޮށްފި

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅި ހަރައި މަރާލި މުހައްމަދު އަނަސްގެ މަރުގެ ތަހުގީގާ ބެހޭ މައުލޫމާތުތައް ފުލުހުން އޭނާގެ އާއިލާއާ މިއަދު ހިއްސާކޮށްފި އެވެ. ޕޮލިސް ކޮމިޝަނަރު...

August 16, 2017 23
މާލޭގައި މަގުތަކުގައި ކެމެރާ ދެ ގުނަ އިތުރުކުރަނީ

މާލޭގައި މިހާރު ހަރުކޮށްފައި ހުރި ފުލުހުންގެ ސީސީޓީވީ ކެމެރާގެ އަދަދު ދެ ގުނަ އިތުރު ކުރަން ފުލުސް އޮފީހުން ނިންމައިފި އެވެ.

13 އޯގަސްޓް

August 13, 2017 31
މަފާޒުގެ ހުކުމް ވަނީ ތަންފީޒުކޮށް ނިމިފައި: ޕޮލިސް

މާލޭގެ ކެފޭއެއްގެ ތެރޭގައި ބޮލަށް ވަޅި ހަރައި، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލާގައި ހައްޔަރުކުރި މުހައްމަދު މަފާޒު، ގ. ޝާރާޒް، އަކީ މޮނިކޮން އަމުރު ތަންފީޒުކޮށް ނިމިފައިވާ މީހެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

11 އޯގަސްޓް

August 11, 2017 17
ނަދީމްގެ މަރާ ގުޅިގެން ހައްޔަރުކުރި މީހާ ބަންދަށް

މިދިޔަ މަހު މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް އިތުރުކޮށްފި އެވެ.

August 11, 2017 16
އަނަސްގެ މަރުގެ މައްސަލަ ކޮމެޓީން ބޭރުކޮށްލައިފި

ލިޓަސް ސާވިސް ސެންޓަރުގައި ވަޅި ހަރައި މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ނުބަލަން ނިންމައި، އެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމެޓީން އިއްޔެ ބޭރުކޮށްލައިފި އެވެ.

10 އޯގަސްޓް

August 10, 2017 3
އަނަސްގެ މަރުގެ މައްސަލަ ބަލާ ކޮމެޓީ ސިއްރުކޮށްފި

ވަޅި ހަރައި މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ބެލުމަށް މިއަދު ބޭއްވި ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

09 އޯގަސްޓް

August 09, 2017 15
އަނަސްގެ ގާތިލުންގެ ބަންދަށް 8-10 ދުވަސް

މާލޭގައި މިދިޔަ ހަފުތާގައި ހިންގި މާރާމާރީގައި މަރާލި މުހައްމަދު އަނަސްގެ ގާތިލުންގެ ބަންދަށް ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން ދީފައި ވަނީ 8-10 ދުވަހުގެ މުއްދަތެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

08 އޯގަސްޓް

August 08, 2017 1
އަނަސްގެ މަރުގެ މައްސަލަ މަޖިލީހުގެ ތިން ކޮމެޓީއަކަށް

ވަޅި ހަރައި މަރައިލި މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ބެލުމަށް އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންތަކެއް ރައްޔިތުންގެ މަޖިލީހުގެ ތިން ކޮމެޓީއަކަށް އިއްޔެ...

August 08, 2017 18
އަނަސްގެ ގާތިލުން އެންމެންނަށް ފެންނަން ބޭނުން: ބައްޕަ

ވަޅި ހަރައި މިދިޔަ ހަފުތާގައި މަރާލި މުހައްމަދު އަނަސްގެ ގާތިލުން އެންމެންގެ ލޯތަކަށް ހާމަވާން ބޭނުންވާ ކަމަށް އޭނާގެ ބައްޕަ އަބްދުއްރާފިއު އިއްޔެ ބުނެފި އެވެ.

06 އޯގަސްޓް

August 06, 2017 8
މާރާމާރީތަކާ ގުޅިގެން ހޯދި ހަ މީހަކު ހައްޔަރުކޮށްފި

މާލޭގައި މިހާރު ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހޯދަމުން ދިޔަ މީހުންގެ ތެރެއިން ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

August 06, 2017 49
"އަމާންކަން ގާއިމްކޮށެއް ނުދެވުނު، އިސްތިއުފާ ދެއްވާ"

ގުރޫޕް މާރާމާރީތައް ހުއްޓުވައި ރައްޔިތުންނަށް އަމާންކަމާ އެކު އުޅެވޭނެ މާހައުލެއް ގާއިމް ކޮށްދިނުމުގައި ސަރުކާރު ނުކުޅެދިފައިވާތީ، ކަމާ ގުޅޭ އިދާރާތަކާއި މުއައްސަސާތަކުގެ އިސް...

05 އޯގަސްޓް

August 05, 2017 17
އަނަސް އަށް އިންސާފު ހޯދައިދޭން ގޮވާލައި ހިނގާލުމެއް

މެޔަށް ވަޅި ހަރައި މިދިޔަ ހަފުތާގައި މަރައިލި މުހައްމަދު އަަނަސް، ރ. މީދޫ، 25، އަށް އިންސާފު ހޯދައިދޭން ގޮވާލައި އެ ރަށުގައި މިއަދު ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ.

01 އޯގަސްޓް

August 01, 2017 14
ދެ ޒުވާނުންގެ ގާތިލުން އަދިވެސް ނުހޯދޭ

މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އާއި ރޭގައި މާލޭގައި ހިންގި މާރާމާރީގައި މަރާލި ދެ ޒުވާނުންގެ ގާތިލުން އަދިވެސް ނުހޯދޭ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

August 01, 2017 40
އިންޓެލް މައުލޫމާތުގެ އަލީގައި ފިޔަވަޅު އަޅާނެ:އަޒްލީން

އެކި ކަންކަމާ ގުޅޭ ގޮތުން ސިފައިންނާއި ފުލުހުންނަށް ލިބޭ ޖާސޫސީ މައުލޫމާތުތަކުގެ އަލީގައި އެކަމަކަށް ބަރާބަރަށް ފިޔަވަޅު އަޅަމުން ގެންދާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު...

31 ޖުލައި

July 31, 2017 231
ޒުވާނެއްގެ މެޔަށް ވަޅި ހަރައި މަރާލައިފި

މާލޭގައި މިރޭ ޒުވާނެއްގެ މެޔަށް ވަޅި ހަރައި މަރާލައިފި އެވެ.

30 ޖުލައި

July 30, 2017 19
މާވެޔޮ މަގުން ފެނުނީ ފޭރި، އަނިޔާ ކޮށްފައިވާ މީހެއް

ޒަހަމުތަކަކާއެކު ރޭ ދަންވަރު މާވެޔޮ މަގަށް ވެއްޓިފައި އޮއްވާ ފެނުނީ، އޭނާގެ އަތުން ފޯނެއް ފޭރިގަތުމަށް ފަހު އަނިޔާ ކޮށްފައި އޮތް މީހެއް ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

29 ޖުލައި

July 29, 2017 29
ޒަޚަމް ކޮށްލި ޒުވާނާ ފަރުވާ ދެނިކޮށް މަރުވެއްޖެ

މި ދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ކެފޭއެއްގެ ތެރޭގައި ހުއްޓައި ތޫނު އެއްޗަކުން ބޮލަށް ހަމަލާދީ ޒަޚަމް ކޮށްލި ޒުވާނާ އަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެނިކޮށް މިއަދު މަރުވެއްޖެ އެވެ.

28 ޖުލައި

July 28, 2017 20
އިއްޔެގެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރޭ

އިއްޔެ ހަވީރު މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

27 ޖުލައި

July 27, 2017 50
ޒަހަމްކޮށްލި މީހާ ދިރިއޮންނާނެ ކަމުގެ ޔަގީންކަމެއް ނެތް

މާލޭގައި މިރޭ ވަޅިން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ ދިރި އޮންނާނެ ކަމުގެ ޔަގީންކަން ގެއްލިއްޖެ އެވެ.

July 27, 2017 17
މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި

މާލޭގެ ކެފޭއެއްގެ ތެރޭގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މިރޭ ޒަހަމްކޮށްލައިފި އެވެ.

July 27, 2017 4
މާރާމާރީއަކާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި

މާލޭގެ އެލްސިއޯން ބޭކަރީ ކައިރީގައި މިދިޔަ ހަފުތާގައި ހިންގި މާރާމާރީއަކާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި އެވެ.