12 ޖެނުއަރީ

January 12, 2020
ގޫގުލް ވައްކަންކުރާ ކަމަށް ބުނެ ސޮނޮސް ކޯޓަށް

ސޯނޮސް އަކީ ގެވެހި އިލެކްޓްރޯނިކްސް އުފައްދާ އެމެރިކާ ކުންފުންޏެކެވެ. މި ކުންފުނި އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ، ސޮނޮސްގެ ނަމުގައި އުފައްދާ ސްމާޓް ސްޕީކަރުތަކުގެ ސަބަބުންނެވެ.

28 ޑިސެމްބަރ

December 28, 2019 3
ގެލަކްސީ އެސް11އެއް ނޫން، ގެލަކްސީ އެސް20

މިހެން ދައްކާހާ ވާހަކައެއް ހަގީގަތަކަށް ނުވެ އެވެ. އެކަމަކު ވެސް ދެއްކެވެނީ އެވެ. ސްމާޓްފޯން ޑިޒައިންތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން، ފޯނަށް ކޮންމެ ނަމެއް ކިޔަސް، ބޭނުންކޮށްލާ ހިއްވާތީ އެވެ.

26 ޑިސެމްބަރ

December 26, 2019
"ކޮންސެޕްޓް ވަން" އަކީ ވަންޕްލަސްގެ ފަތްޖެހި ފޯނު؟

ސްމާޓްފޯން ކުންފުންޏެއް ނަމަ، ފަތްޖެހި ފޯނެއް އުފައްދަން ޖެހެ އެވެ. ވަންޕްލަސް ވެސް މި ލިސްޓަށް އަރަނީ އެވެ. ވަންޕްލަސްގެ ފަތްޖެހި ފޯނަށް ކިޔާ ނަމަކީ "ކޮންސެޕްޓް ވަން" އަށް ވެދާނެ ކަމަށް އެބަ ބުނެވެ އެވެ.

25 ޑިސެމްބަރ

December 25, 2019
ވާވޭ ޕީ40ގައި ގްރެފީން ބެޓެރީ

ސްމާޓްފޯނެއްގައި އެންމެ ފުރަތަމަ ގްރެފީން ބެޓެރީއެއް އަޅުވާނެ ކުންފުންޏަކަށް ސެމްސަންގް ވާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް، މަސްރަހުގައި ވާހަކަތައް ހުރި ގޮތުން، އެ ޝަރަފު...

December 25, 2019 1
ޓުޓޮކް އެޕް ގޫގުލް އާއި އެޕަލް ސްޓޯރުން ބޭރުކޮށްލައިފި

ދާދި ފަހުން ވުޖޫދަށް އައި ޔޫއޭއީގެ މޮބައިލް އެޕްލިކޭޝަނެއް ކަމަށްވާ ޓުޓްކޮކްގެ އެހީގައި އެ ގައުމުގެ ސަރުކާރުން ޖާސޫސްކުރާ ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް އެ އެޕް ގޫގޫލް އާއި...

07 ޑިސެމްބަރ

December 07, 2019
އެންޑްރޮއިޑް "ފޯކަސް މޯޑް" ބީޓާ މަރުހަލާއިން ބޭރަށް

އެންޑްރޮއިޑް "ފޯކަސް މޯޑް" އަކީ ސްމާޓްފޯން ފީޗާއެކެވެ. މަސައްކަތްކުރަނީ "ޑު ނޮޓް ޑިސްޓާބް"އާ ދާދި އެއް ގޮތަކަށެވެ. ބޭނުމަކީ އޮފީސް މަސައްކަތުގައި އުޅޭއިރު ނުވަތަ އެ ޒާތުގެ މުހިންމު ކަމެއްގައި ޝާމިލްވެވިފައި ވަނިކޮށް، ވައިބާ، ޓްވީޓާ، ޓެލެގްރާމް އަދި ފޭސްބުކް ފަދަ އެޕްލިކޭޝަންތަކުން އަންނަ ނޮޓިފިކޭޝަންތައް އަދި މެސެޖްތައް...

06 ޑިސެމްބަރ

December 06, 2019
އެންޑްރޮއިޑް 11: ބްލޫޓޫތު ކަނޑައިގެން ނުދާނެ

ސްމާޓްފޯނުތަކަށް އިތުބާރުކޮށް އޭގެ މައްޗަށް މުޅި ހަޔާތް ދޫކޮށްލެވޭ ހިސާބަށް ދުނިޔެ މި އޮތީ އައިސްފަ އެވެ. މި ފަދަ ފަސޭހަތައް އީޖާދުކުރެވޭތޯ ސްމާޓްފޯން އުފައްދާ ކުންފުނިތަކުން ވެސް އަންނަނީ އަބަދުވެސް ވިސްނަމުންނެވެ. އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގައި ގޫގުލުން ހިމަނަން އުޅެނީ ވެސް މި ބުނި ކަހަލަ ފަސޭހައެކެވެ.

01 ޑިސެމްބަރ

December 01, 2019
ނޯޓް 10 އަށް އެންޑްރޮއިޑް 10، 2020 ގައި

ސެމްސަންގަކީ އެންޑްރޮއިޑް މާކެޓްގައި އެންމެ ނުފޫޒު ގަދަ ކުންފުންޏެވެ. އެ މީހުން ބޭނުން ގޮތަކަށް އެންޑްރޮއިޑް މާކެޓް އަނބުރާލެވިދާނެ ކަމަށް ގަބޫލުކުރެވެ އެވެ. ނަމަވެސް، ހިތާމަ އަކީ، ވާދަވެރިންގެ ފޯނުތަކަށް އެންޑްރޮއިޑް 10 ލިބެމުން ދާއިރު ވެސް، ސެމްސަންގް ފޯނުތަކަށް ދިގުލައިގެން ދިއުމެވެ.

12 ނޮވެމްބަރ

November 12, 2019
ބިލް ގޭޓްސް އަދި ވެސް ވިންޑޯޒް ފޯންގެ ހިތާމައިގައި

ބިލް ގޭޓްސް ވިދާޅުވަނީ މައިކްރޮސޮފްޓަށް ސްމާޓްފޯން މާކެޓް ގެއްލުނީ ޖަސްޓިސް ޑިޕާޓްމަންޓާ ހެދި ކަމަށެވެ. އެންޓިޓްރަސްޓް ގާނޫނުގެ ދަށުން މައިކްރޮސޮފްޓް ކުށްވެރިވާ ކަމަށް ބުނެ ހިންގި ތަހުގީގު ދިގުލައިގެންދިއުމުގެ ސަބަބުން، ވިންޑޯޒް ފޯނުތަކަށް ސަމާލުކަން ނުދެވުނީ ކަމަށް އެނާ ދެކެވަޑަައިގަންނަވަ އެވެ.

10 ނޮވެމްބަރ

November 10, 2019
ގޫގުލް އިން ގަންނަ ކޮންމެ އެއްޗެއް "ގޮނޑަށް"

މިއީ އިންޓަނެޓް ފޯރަމްތަކުގައި އަޑުގަދަ ވާހަކަ އެކެވެ. ގޫގުލް އިން ގަންނަ ކޮންމެ އެއްޗެއް، އެއްލައިލާ ވާހަކަ އެވެ. މިސާލެއްގެ ގޮތުގައި ދައްކަނީ، ބޮޑު އަގު ދީފައި ގަނެ އަދި އެއްފަރާތްކޮށްފައި ހުރި ކުންފުނިތައް އަދި މުދަލުގެ ވާހަކަ އެވެ.

04 ނޮވެމްބަރ

November 04, 2019 1
މައިކްރޮސޮފްޓް "އެޖް" އަށް އާ ލޯގޯއެއް

މައިކްރޮސޮފްޓް އެޖް އަކީ ވެބް ބްރައުޒާ އެކެވެ. އިންޓަނެޓް ބްރައުޒާއެއް ކަމަށް ބުންޏަސް، ރަނގަޅެވެ. އެކަމަކު، ވެބްސައިޓްތަކަށް ވަދެ ނިކުތުމަށް ބޭނުންކުރާ އެޕްލިކޭޝަނެއްގެ ލޯގޯ ބަދަލުވުން، މުހިންމު މި ވަނީ ކީއްވެ ހެއްޔެވެ؟

02 ނޮވެމްބަރ

November 02, 2019
ގޫގްލް އިން 2.1 ބިލިއަނަށް ފިޓްބިޓް ގަނެފި

ގޫގްލް އިން އެމެރިކާގެ ފިޓްނެސް ޓްރެކިން ކުންފުނި ފިޓްބިޓް 2.1 މިލިއަން ޑޮލަރަށް ގަނެފި އެވެ.

31 އޮކްޓޯބަރ

October 31, 2019 1
މޯޝަން ސެންސް: ޕިކްސެލް 4 ގައި ރާޑަރު ޓެކްނޮލޮޖީ

ގޫގުލް "ޕިކްސެލް 4" އަދި "ޕިކްސެލް 4 އެކްސްއެލް" ގައި ހިމެނޭ އެންމެ ބާރުގަދަ ފީޗާ އަކީ "މޯޝަން ސެންސް" އެވެ. މިއީ ފޯނުގެ ސްކްރީންގައި ނުޖެހޭ ފަށުގައި ކުރެވޭ ހަރަކާތްތައް، ފޯނަށް ބުނެދޭ ޓެކްނޮލޮޖީއެކެވެ. ޕިކްސެލް 4ގެ ފޯނުތަކުގައި މި ޓެކްނޮލޮޖީ ގާއިމުކުރުމަށް ބޭނުންކޮށްފައި ވަނީ "ސޮލީ" ޗިޕް އެވެ. މި ޓެކްނޮލޮޮޖީ އަށް "ރޭޑާ ޓެކްނޮލޮޖީ"އޭ...

30 އޮކްޓޯބަރ

October 30, 2019
ފޯނު އެޑިކްޝަނަށް ގޫގުލް ދޭ ހައްލަކީ "ޕޭޕަ ފޯން"

ސްމާޓްފޯނަށް ދެވިހިފައި އެއާ ނުލައި މިހާރު ހިނދުކޮޅަކަށް ވެސް ނޫޅެވޭ މީހުން ބައިވަރެވެ. އެކަމަކު މި އާދައިގެ ސަބަބުން ވަރަށް ގިނަ ނޭދެވޭ ކަންކަން ދަނީ ކުރިމަތިވަމުންނެވެ. ފޯނު އެޑިކްޝަން ނުވަތަ ޑިޖިޓަލް އެޑިކްޝަނުން މީހުން ސަލާމަތްކުރެވޭތޯ ގޫގްލް އިން މިހާރު މި ވަނީ އާ ގޮތެއް ތައާރަފުކޮށްފަ އެވެ. އެއީ "ޕޭޕަ ފޯން" އެވެ. މިއީ...

19 އޮކްޓޯބަރ

October 19, 2019 2
ޕިކްސެލް 4 އިންޑިއާގައި ވިއްކުން މަނާ

މި ވެގެން އުޅޭ ގޮތް އިހަށް އަޑުއަހާލާށެވެ. އިންޑިއާގައި ގޫގުލް ޕިކްސެލް 4 ވިއްކުން މަނާ ސަބަބު މި ކިޔައިދެނީ އެވެ.

17 އޮކްޓޯބަރ

October 17, 2019
ޕިކްސެލް 4 ގަންނައިރު ހެޑްފޯނެއް ނުލިބޭ

އައިފޯނުން 3.5އެމްއެމް ހެޑްފޯން ޖެކް އުނިކުރުން ބަޔަކަށް ވީ ބޮޑު މަޖާގަނޑަކަށެވެ. ގޫގުލް ވެސް މި ކަމުގައި ބައިވެރިވެ، މަލާމާތްކޮށް ހެދި އެވެ. އެކަމަކު އަހަރު ނުވަނީސް، ގޫގުލްގެ ޕިކްސެލް ފޯނުތަކުން ހެޑްފޯން ޖެކް އުވާލި އެވެ. ގޫގުލުން މިހާރު އަނެއްކާ ވެސް އެ އަށް ވުރެ މޮޅު ކަމެއް ކޮށްގެން އުޅޭ ކަމަށް އެބަ ބުނެވެ އެވެ.

13 އޮކްޓޯބަރ

October 13, 2019
ހޮންކޮންގު މުޒާހަރާ އެޕް ގޫގުލް ސްޓޯރުން ނަގައިފި

ޗައިނާއާ ދެކޮޅަށް ހޮންކޮންގުގައި ކުރާ މުޒާހަރާތަކަށް ހިތްވަރު ލިބޭ ގޮތަށް ތައްޔާރުކުރި މޮބައިލް ގޭމެއް ގޫގުލް ސްޓްރުން ނަގައިފި އެވެ.

October 13, 2019
ލޯފަން މީހުންނަށް ގޫގުލް މެޕުން އެހީއެއް

ލޯފަން މީހުންނަށް ފަސޭހަ އިން ބޭނުންކުރެވޭ ގޮތަށް ގޫގުލް މެޕުން އަޑުން މިސްރާބު އަންގައިދޭ ފީޗާއެއް އިތުރުކޮށް ބޭނުންކުރަން ފަށއިފި އެވެ.

07 އޮކްޓޯބަރ

October 07, 2019 1
ގޫގުލް މެޕްސްގައި ފިލައިގެން އުޅެން އިކަގްނީޓޯ މޯޑް

ގޫގުލް މެޕްސް އަށް "އިންކަގްނީޓޯ މޯޑް" ގެނައުމަށް ގޫގުލް އިން ކުރި މަސައްކަތް ކާމިޔާބުކޮށް، އެންޑްރޮއިޑް ފޯނުތަކަށް އެ ފީޗާ ދޫކުރަން ފަށައިފި އެވެ. މިއީ ސެކިއުރިޓީ ފީޗާއެއްގެ ގޮތުގައި، ގޫގުލްގެ އެޕްލިކޭޝަންތަކުގައި ހިމަނަމުން އަންނަ ފަށަލައެކެވެ. އެ ގޮތުގައި، ކްރޯމް އަދި ޔޫޓިއުބް ބޭނުންކުރާ މީހުންނަށް ވެސް މިއީ ހިމާޔަތްވުމަށް...

21 ސެޕްޓެމްބަރ

September 21, 2019
ގޫގުލް ޕިކްސެލް ގަޑިއެއް މި ފަހަރު ވެސް ނުފެންނާނެ

ގޫގުލްގެ ޕިކްސެލް އަކީ ހަމައެކަނި ސްމާޓްފޯން އުފައްދާ މަރުކާއެއް ނޫން ކަމަށް އެ ކުންފުނިން ބުނެ އެވެ. ޕިކްސެލް އަށް ނިސްބަތްކުރަން އެދޭ އާލާތްތަކުގެ ގެރޭގައި ސްމާޓް ގަޑި ވެސް ހިމެނެ އެވެ. އެއީ "ޕިކްސެލް ވޮޗް" އެވެ. ގޫގުލް އަކީ އިންޓަނެޓް ސޮފްޓްވެއާ އަށް ބާރުގަދަ ކުންފުންޏެއް ނަމަވެސް، ހާޑްވެއާ މާކެޓަށް އަދި އެހާ ގާބިލުކަމެއް...

11 ސެޕްޓެމްބަރ

September 11, 2019
ގެލަކްސީ ފޯލްޑަށް ވަކި އެޕްލިކޭޝަންތަކެއް އުފައްދަނީ

ގެލަކްސީ ފޯލްޑަށް ޚާއްސަ އެޕްލިކޭޝަންތަކެއް އުފެއްދުމަށްޓަކައި، ސެމްސަންގް އަދި ގޫގުލް އެކުގައި މަސައްކަތްކުރަން ފަށައިފި އެވެ. މި މަސައްކަތްތަކުގައި ޑިވެލޮޕަރުން ހިމަނާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. ސެމްސަންގް ފަތްޖެހި ފޯނު، ގެލަކްސީ ފޯލްޑްގައި އެޕްލިކޭޝަންތައް ފުރިހަމަ އަށް މަސައްކަތްކުރުވަން ޑިވެލޮޕަރުންގެ...

09 ސެޕްޓެމްބަރ

September 09, 2019 1
ވަންޕްލަސް ފޯނުތަކަށް އެންޑްރޮއިޑް 10 ރިލީޒްކޮށްފި

ގޫގުލް އިން އެންޑްރޮއިޑް 10 ދޫކޮށްލި ދުވަހު، ގޫގުލްގެ ޕިކްސެލް ފޯނުތަކަށް ލިބެން ފަށައިފި އެވެ. އެންޑްރޮއިޑް އަކީ ގޫގުލް އިން އުފައްދައި ބަލަހައްޓާ އޮޕަރޭޓިން ސިސްޓަމެކެވެ. އެހެންކަމުން، އެ ކުންފުނިން ޑިޒައިންކޮށް މާކެޓްކުރާ ސްމާޓްފޯނަކަށް، އެންޑްރޮއިޑް 10 ފުރަތަމަ ލިބުމަކީ ބޭއިންސާފެއް ނޫނެވެ.