13 ފެބުރުއަރީ

February 13, 2019
ގޫގުލް ޗިޕް ޑިޒައިންކުރަނާނެ މީހުން ހޯދަނީ

ގޫގުލް އަށް މައިކްރޮޗިޕް އިންޖިނޭރުން އެބަ ހޯދަ އެވެ. ބޭނުމަކީ ގޫގުލްގެ ޑިވައިސްތަކަށް ބޭނުންވާ ޗިޕްތައް އަމިއްލަ އަށް ޑިޒައިންކުރުމެވެ. ގޫގުލްގައި މިހާރު ވެސް މައިކްރޮޗިޕް އިންޖިނޭރުން މަސައްކަތްކުރެ އެވެ. އެއީ މި ސިނާއަތުގައި ފުންނާބު އުސް ފަންނީ މާހިރުންނެވެ. ބުނެވޭ ގޮތުގައި، އެއީ ކުއަލްކޮމް، އިންޓެލް، ބްރޯޑްކޮމް އަދި...

04 ފެބުރުއަރީ

February 04, 2019
ގޫގުލް ޕްލަސް ބަންދުކުރަނީ

ވާދަވެރިންނާ އެއް ހަމައެއްގައި ހިންގޭނެ ކަމަށް އުންމީދުކޮށް ގޫގުލް އިން ތައާރުފުކުރި ގޫގުލް ޕްލަސް ދެމެހެއްޓޭނެ އެއްވެސް ގޮތެއް ނުވި އެވެ. އެހެންވެ، ގޫގުލް ޕްލަސް އުވާލަަން ނިންމައި ބޭނުންކުރާ މީހުންގެ ސަމާލުވުމަށް ގޫގުލުން އަންގައިފި އެވެ. ގޫގުލް ޕްލަސް އެކައުންޓެއް އޮތް ނަމަ ދެން އޮތް އިޚުތިޔާރަކީ، ބޭނުން އެއްޗެއް...

03 ފެބުރުއަރީ

February 03, 2019
ވަންޕްލަސް އިންޑިއާގައި ބާރުގަދަކުރަނީ

ސްމާޓްފޯން މާކެޓްގައި ފޯނުތައް ދަރަޖަކުރެވެނީ ތިން ގިންތިއަކަށެވެ. އެއީ "ބަޖެޓް"، "މިޑް ރޭންޖް" އަދި "ޕްރީމިއަމް" އެވެ.

30 ޖެނުއަރީ

January 30, 2019 7
ޗައިނާ ނޫން ގައުމެއްގައި ހެދި ސްމާޓްފޯނެއް އެނގޭތަ؟

ޗައިނާ ނޫން ގައުމުތަކުގައި ވެސް ސްމާޓްފޯން އުފައްދަ އެވެ. ޗައިނާ ނޫން ގައުމެއްގައި އުފެއްދި ސްމާޓްފޯނެއް ގަންނަން ބޭނުން ނަމަ އެއީ ވާނެ ކަމެއްކަން ކަށަވަރެވެ. އެކަމަކު، ޗައިނާ ނޫން ގައުމެއްގައި އުފެއްދި ސްމާޓްފޯނެއް ހޯދަން ކުރަންޖެހޭ މަސައްކަތް އިތުރުވެދާނެ އެވެ.

26 ޖެނުއަރީ

January 26, 2019 2
މައިކްރޮސޮފްޓް ބިންގް ޗައިނާގައި މަނާކޮށްފި

މައިކްރޮސޮފްޓް ބިންގް ޗައިނާގައި މަނާކޮށްފި އެވެ. އެކަމަކު ކޮން ސަބަބަކާ ހުރެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު މިކަން ކޮށްފިކަން، ޗައިނާ ސަރުކާރުގެ މުއާސަލާތީ ކުންފުނި، "ޗައިނާ ޔުނިކޮމް" އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

20 ޖެނުއަރީ

January 20, 2019
ކޯޓާނާ ދެކެ ވާދަވެރިން ޖެހިލުމެއްނުވޭ

އެމެޒޯން އެލެކްސާ އަދި ގޫގުލް އެސިސްޓެންޓަށް ވުރެ ކުޅަދާނަ ޑިޖިޓަލް "ވާޗުއަލް އެސިސްޓެންޓް"އެއް ނެތެވެ. އެޕަލް އަށް ސިރީ ހޯދައިދިން ކާމިޔާބު ވެސް ވަނީ ވާދަވެރިންނާ ޖެހި، ފަނޑުވެ ގޮސްފަ އެވެ. މައިކްރޮސޮފްޓް އުޅެނީ އަދި ވަކިން ފަހަތުގަ އެވެ.

05 ޑިސެމްބަރ

December 05, 2018 2
ގޫގުލް އިން އެންޑްރޮއިޑް ދޫކޮށްލަނީ

ގޫގުލް އިން، މި އަހަރުގެ ކޮންމެވެސް ހިސާބެއްގައި، އެންޑްރޮއިޑް ދޫކޮށްލަފާނެ ކަމަށް ބުނެވެން ފަށައިފި އެވެ. މި ގޮތަށް ޚަބަރުތައް ފެތުރެން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ، ގޫގުލުން އިން އެހެން މޮބައިލް އެޕަރޭޓިން ސިސްޓަމެއް އުފައްދާކަން ކަށަވަރުވެފައި ވާތީ އެވެ. ޓެކްނޮލޮޖީ ޚަބަރުތައް ބުނާ ގޮތުގައި، ގޫގުލް އިން އުފައްދާ...

23 ނޮވެމްބަރ

November 23, 2018
އަލި ހެޔޮވަރުކުރަން ޑިވައިސްތަކަށް ދަސްކޮށްދެނީ

އެންޑްރޮއިޑް ޑިވައިސްތަކުގެ ސްކްރީން ދިއްލޭ މިންވަރު ހެޔޮވަރުކުރެވެނީ އެ ޑިވައިސްއެއް އޮންނަ މާހައުލަކަށެވެ. އެ ތަނެއް އަލިގަދަ ނަމަ، ސްކްރީން އަލިގަދަވެ އެވެ. އަދި އަލި ފަނޑު މާހައުލެއް ނަމަ، ސްކްރީން ވެސް ފަނޑުވެ އެވެ.

20 ނޮވެމްބަރ

November 20, 2018 1
ޖީމެއިލްގެ އާ ލޭއައުޓު ހުތުރު، އެކަމަކު ބަދަލުކުރެވޭނެ

އާ ކަންތައްތަކަށް ފަރިތަވުމަކީ އުނދަގޫކަމެކެވެ. އެކަމަކު، އެއިން ކަމަކަށް ފަރިތަވެ، އާދަވުމުން، އެ ކަމެއް ކުރެވުން ލަސްކުރެވުނީތީ ދެރަވާ ކަންތައްތައް ވެސް ހުރެ އެވެ. އެކަމަކު ވެސް ބުނަން ޖެހެނީ، ގޫގުލް އިން ޖީމެއިލް އަށް އެންމެ ފަހުން ގެނައި ބަދަލުތައް ކަމުދާނެ އެއްވެސް ގޮތެއް އަދި ވެސް ނުފެންނަ ވާހަކައެކެވެ.

07 ނޮވެމްބަރ

November 07, 2018
ޗައިނާ ސާޗް އިންޖީން އަކީ އެކްސްޕެރިމެންޓެއް: ގޫގުލް

ޗައިނާ މާކެޓަށް ޚާއްސަކޮށް އުފައްދަން މަސައްކަތްކުރި ސާޗް އިންޖީން އަކީ އެކްސްޕެރިމެންޓެއް ކަމަށް ގޫގުލުން ބުނެފި އެވެ. މިހެން ބުނީ މި ޕްރޮޖެކްޓާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

30 އޮކްޓޯބަރ

October 30, 2018 1
އެންޑްރޮއިޑް އެޕްތަކުން އަހަރީ ފީއެއް ނަގަނީ

ގޫގުލް ހިތްހަމަޖެހޭ ވަރަށް އެންޑްރޮއިޑް އެޕް ސްޓޯރުން ފައިދާއެއް ނުލިބެ އެވެ. މިއީ ގޫގުލް އަށް ބޮޑު ނުތަވަސް ކަމެކެވެ. ސަބަބަކީ، ވާދަވެރި އެޕަލް އަށް، އެޕަލް އެޕް ސްޓޯރުން ލިބޭ ފައިދާ ބިލިއަން ފަހަނައަޅައި ދާން އުޅޭތީ އެވެ.

28 އޮކްޓޯބަރ

October 28, 2018
ކޮންމެ ފަސް މީހަކަށް ޖީމެއިލް އެކައުންޓެއް

ޖީމެއިލް ބޭނުންކުރާ މީހުންގެ އަދަދު 1.5 ބިލިއަނަށް އަރައިފި އެވެ. ޖީމެއިލްގެ ރަސްމީ ޓްވީޓާ އެކައުންޓުން ފޮނުވި ޓްވީޓަކުން މިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. މި އަދަދު ފަހަނައަޅައި ހިނގައިދާނެ ކަމަށް މިހާރު ދެން ބަލަންވީ އެވެ.

17 އޮކްޓޯބަރ

October 17, 2018
"ގޫގުލް ސާޗް" ޗައިނާ ބޭނުންވާ ގޮތަށް

ގޫގުލް ސާޗް އިންޖީން ޗައިނާގައި މަނާކޮށްފައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ސަބަބަކީ، އިންޓަނެޓް ބޭނުންކުރާ މީހުން ހޯދަން ބޭނުންވާ އެއްޗެއް، ޗައިނާއިން ބޭނުންވާ ގޮތަށް، ގޫގުލް އަށް ދެއްކެން ނެތުމެވެ. އެކަމަކު ވެސް، ގޫގުލް އަށް ޗައިނާ ދޫކޮށްލެވޭކަށް ނެތެވެ. އެއީ އިންޓަނެޓް ބޭނުންކުރާ މީހުން ގިނަ ގައުމަކަށް ވާތީ އެވެ

10 އޮކްޓޯބަރ

October 10, 2018 1
ޗައިނާ އަށް ޚާއްސަ ގޫގުލް ސާޗް ހުއްޓާލަން ގޮވާލައިފި

ސްމާޓްފޯން ކުންފުނިތަކަށް ޗައިނާ ދޫކޮށްލެވޭކަށް ނެތެވެ. ގޫގުލް ވެސް އުޅެނީ ޗައިނާ ދޫކޮށްނުލެވިގެންނެވެ. ސަބަބަކީ ގޫގުލުން ކުރަނީ އާންމުންނާ ގުޅުން ހުރި މަސައްކަތްތަކަށް ވުމެވެ. ވިޔަފާރިވެރިންގެ މުދަލާއި ޚިދުމަތްތައް، އިންޓަނެޓްގައި ކުރާ އިޝްތިހާރުގެ ޒަރިއްޔާއިން، ބޭނުންުރާ މީހުންނާ ހަމަ އަށް ފޯރުކޮށްދިނުމަކީ ގޫގުލްގެ ވަޒީފާ...

07 އޮކްޓޯބަރ

October 07, 2018
ބައެއް ޑިވައިސްތަކުގައި ކްރޯމް މަސައްކަތެއް ނުކުރޭ

ސްމާޓްފޯން ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ މޮބައިލް އޮޕަރޭޓިން ސިސްޓަމަކީ ގޫގުލް އެންޑްރޮއިޑް އެވެ. އެންޑްރޮއިޑް ސްމާޓްފޯނުތައް ބޭނުންކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލު އިންޓަނެޓް ބްރައުޒާ އަކީ "ގޫގުލް ކްރޯމް މޮބައިލް ބްރައުޒާ" އެވެ. އެހެން ނަމަވެސް، "އެކްސްޑީއޭ" ޑިވެލޮޕާސް ފޯރަމްގައި ބުނެފައިވާ ގޮތުން، ކްރޯމް...

30 ސެޕްޓެމްބަރ

September 30, 2018
ގޫގުލް އިން އެޕަލް އަށް 9 ބިލިއަން ޑޮލަރު

އެޕަލް އިން ކޮށްދޭ ވަރަށް ކުޑަ ކަމަކަށް، ގޫގުލް އިން ނުވަ ބިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. މި މުއާމަލާތާ ގުޅޭ ގޮތުން، ދެ ކުންފުނިން ކުރެ ކުންފުންޏަކުން، އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް، އެޕަލް އަށް އެހާ ބޮޑު އަދަދެއް ގޫގުލް އިން ދައްކަނީ އައިއޯއެސް ޑިވައިސްތަކުގައި ބޭނުންކުރާ ސަފާރީ އިންޓަނެޓް ބްރައުޒާގެ...

28 ސެޕްޓެމްބަރ

September 28, 2018
އަޑުނުއިއްވައި ރިންގް ޓޯން ވޮލިއުމް މައްޗަށް

މިއީ އެންޑްރޮއިޑް ފޯނުތަކުގެ ތަބީއަތުގައި ހުންނަ ކަމެކެވެ. ރިންގްޓޯން، ނޮޓިފިކޭޝަން، އެލާމް އަދި މީޑީއާ މޮލިއުމް ހެޔޮވަރުކޮށްލަން ހެންޑެލީގައި އިނގިލި ހަމަ ޖައްސާލާއިރަށް، އެއިރަކު ވޮލިއުމް ހެޔޮވަރުކޮށްފައި ހުންނަ މިންވަރުގައި، އަޑު ފެތުރިގަނެ އެވެ. މިއީ ބައެއް ފަހަރު ލަދުގަންނަން ޖެހޭ ކަމެކެވެ.

27 ސެޕްޓެމްބަރ

September 27, 2018
އެންޑްރޮއިޑް މޮބައިލް އޯއެސް އަށް 10 އަހަރު

ގޫގުލް އަށް އެޗްޓީސީ އަކީ ވަރަށް މުހިންމު ކުންފުންޏެކެވެ. ސްމާޓްފޯން މާކެޓްގައި އެކަށީގެންވާ ފައިދާއެއް ނުހެދި، ކުންފުނި ބަނގުރޫޓުވާ ހިސާބުގައި އޮތަސް، އެޗްޓީސީ ކޮޅަށްޖެހޭތޯ ގޫގުލް ބުރަ މަަސައްކަތްތަކެއް ކުރެ އެވެ. އެންމެ ބޮޑު ސަބަބަކީ، މިހާރު އެންމެ ގިނަ ބަޔަކު ބޭނުންކުރާ މޮބައިލް އޯއެސް، ކޮޅަށްޖެހުމުގައި އެޗްޓީސީން ގޫގުލް...

24 ސެޕްޓެމްބަރ

September 24, 2018
އެންޑްރޮއިޑް ޕައި: ވަންޕްލަސް ސްޓައިލް

ވަންޕްލަސް ފޯނުތައް ހިންގަނީ "އެންޑްރޮއިޑް އޯއެސް" އިން ނެވެ. އެ މީހުން އެކަމަކު އެ އަށް ކިޔަނީ "އޮކްސިޖަން އޯއެސް" އެވެ. ބިންގަލަކީ އެންޑްރޮއިޑް ނަމަވެސް، ވަންޕްލަސް ފޯނުތަކަށް އެޅުމުގެ ކުރިން ވަރަށް ބޮޑެތި ބަދަލުތަކެއް އެންޑްރޮއިޑް އޯއެސް އަށް ގެނެވެ އެވެ. އޮކްސިޖަން އޯއެސް ކިޔާ ސަބަބަކީ މިއީ އެވެ.

09 ސެޕްޓެމްބަރ

September 09, 2018
އަނުޝްކާ ގޫގުލް ފޯނު ޕްރޮމޯޓްކުރީ އައިފޯނަކުން

މާ ބޮޑު ކަމަކަށް ނުހަދައި ކޮށްލެވޭ ކުޑަކުޑަ ކަމަކުން ވެސް އާންމުންގެ މަލާމާތާއި ފުރައްސާރަ އަމާޒުވާ ފަހަރު މަދެއް ނޫނެވެ. މި ފަހަރު މި ކަހަލަ ކަމެއް ދިމާވީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާއަށެވެ.