24 މާޗް

March 24, 2020
ގޫގުލް "އައިއޯ ކޮންފަރެންސް" މި އަހަރު ނުބާއްވާނެ

ގޫގުލްގެ އަހަރީ ކޮންފަރެންސް، "އައިއޯ 2020" މި އަހަރު ނުބާއްވަން ނިންމައިފި އެވެ. މަޝްހޫރު ބްރޭންޑް މަރުކާތަކަށް ނިސްބަތްކޮށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައްދަލުވުންތަކާއި، މައުރަޒުތަކާއި އަދި ޝޯތައް މި އަހަރު ވަނީ ކެންސަލްކޮށްފަ އެވެ. އެއީ މުޅި ދުނިޔެ އަށް ފެތުރިގެންފައިވާ ކޮވިޑް-19 އާ ހެދި އެވެ.

20 މެއި

May 20, 2019
ޖާސޫސްކުރުމުގެ މަގްސަދެއް ނެތް: ގޫގުލް

ގޫގުލް އެކައުންޓެއް ބޭނުންކުރާ ނަމަ، އެ މީހަކު އޮންލައިންކޮށް ކުރާހާ ކަމެއް ގޫގުލް ދެނެގަނެ އެވެ. މިއީ އެކަމަކު ޖާސޫސްކުރުމެއް ނޫނެވެ. މިއީ ޖާސޫސީ އަމަލެއް ނޫން ކަމަށް އެ މީހުން ބުނެ އެވެ. އެ މީހުންގެ މަގުސަދަކީ، ބޭނުންކުރާ މީހުންނަށް އިންޓަނެޓް ފަސޭހަކޮށްދިނުމެވެ. ދިގު މަގު، ކުރުކޮށްދިނުމެވެ. އެއްޗެއް ހޯދަން މުޅި އިންޓަނެޓް...

21 މާޗް

March 21, 2019
ގޫގުލް އިންބޮކްސް ހުއްޓާލަނީ

"އިންބޮކްސް ބައި ޖީމެއިލް" އަކީ މުޅި ޖީމެއިލް ހުއްޓުވާލާނެ ވަކި އެޕްލިކޭޝަނަކަށް ވާނެ ކަމަށް ގަބޫލުކުރެވުނެވެ. ޖީމެއިލް އަދި "އިންބޮކްސް" ބިނާކޮށްފައި ވަނީ އެއް އަސާސަކަށް ނަމަވެސް، "އިންބޮކްސް" އަށް ލިބިދީފައި ހުރި ފީޗާތަކާ ހެދި، ޖީމެއިލް ދެކެ ފޫހިވާ ގޮތް ވެސް ވި އެވެ. ނަމަވެސް، "އިންބޮކްސް" ގައި ހުރި ނަމަ ހުރި ފަސޭހަކަމެއް،...

20 އޯގަސްޓް

August 20, 2018 1
ޖީމެއިލް "ކޮންފިޑެންޝަލް މޯޑް": ބޭނުމަކީ ކޮބާ؟

ގޫގުލް އިން ޖީމެއިލް ލޭއައުޓަށް މި އަހަރު ކުރީކޮޅު ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. އޭގެ ތެރޭގައި "ކޮންފިޑެންޝަލް މޯޑް" ހިމެނެ އެވެ. އެއިރު މި ބަދަލު ގެނެސްފައި ވަނީ ހަމައެކަނި ޑެސްކްޓޮޕް ކޮމްޕިއުޓަރުތަކުގައި ބޭނުންކުރާ ޖީމެއިލަށެވެ. އެކަމަކު މިހާރު އެންޑްރޮއިޑް ޑިވައިސްތަކަށް ވެސް "ކޮންފިޑެންޝަލް މޯޑް" އަތުވެއްޖެ އެވެ.

28 ޖޫން

June 28, 2017 2
ގޫގުލް އިން އިސްތިހާރުކުރަން ޖީމެއިލް ދެނެއް ނުހުޅުވާނެ

ޖީމެއިލް ބޭނުންކުރާ މީހުންގެ އީމެއިލްތައް ސްކޭންކުރުން ހުއްޓާލާނެ ކަމަށް ގޫގުލުން ބުނެފި އެވެ. މިއީ ޖީމެއިލް ބޭނުންކުރާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު އިތުބާރަކަށް ވާނެ އެވެ.