11 ޑިސެމްބަރ

December 11, 2016 23
ޓޫރިސްޓުން މޫދަށް އެރުމަށް ހާއްސަ ތަނެއް ހަދައިފި

ހުޅުމާލޭގައި ޓޫރިސްޓުން މޫދަށް އެރުމަށް ހާއްސަ ސަރަހައްދެއް ހަދައިިފި އެވެ.

21 ނޮވެމްބަރ

November 21, 2016 9
ޓްރެވަލް އެވޯޑްސްގައި ބަނޑޮހާއި ރަންގަލި ވިދާލައިފި

ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތުގައި ދޭ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އެންމެ ގިނަ އެވޯޑުތައް މިފަހަރު ބަނޑޮސް އައިލެންޑް ރިސޯޓުން ހޯދައިފި އެވެ. އަދި އެންމެ މޮޅު ލަގްޒަރީ ރިސޯޓަކަށް ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓް ހޮވިއްޖެ އެވެ.

16 ނޮވެމްބަރ

November 16, 2016 5
ބަރެސްދޫގެ މަގަށް 4 މިލިއަން، 2017 ގައި ނިންމަނީ

ސަރުކާރުގެ ގެސްޓްހައުސް މަޝްރޫއު ހިންގަން ހަމަޖައްސާފައިވާ ލ. ބަރެސްދޫގެ މަގުތައް ހެދުމުގެ މަސައްކަތް 3.9 މިލިއަން ރުފިޔާ އަށް މިއަދު ބަޔަކާ ހަވާލުކޮށް، އަންނަ އަހަރުގެ ނިޔަލަށް އެ ރަށް ނިންމަން އަމާޒު ހިފައިފި އެވެ.

07 ނޮވެމްބަރ

November 07, 2016 28
އޯޝަން ގްރޭންޑް، ދުނިޔޭގެ އެވޯޑަކާ އެކު ދެ އަހަރު

ބޭރުން ފެންނައިރު ވެސް އެ ތަނުގެ ހައިބަތު ސިފަވެ އެވެ. ދޮރު ހުޅުވާލުމަށް ފަހު އެތެރެ އަަށް ވަނުމާ އެކު، އެ ތަނުގެ މުވައްޒަފަކު އައިސް ބޭނުންވަނީ ކޮން ކަމެއްތޯ ސުވާލު ކުރި އެވެ. އެހީތެރިވެދެވޭނެ ގޮތަކީ ކޮބައިތޯ އޮޅުންފިލުވި އެވެ. ކުރިއަށް ދާންވާ މަގު ދެއްކި އެވެ. ރިސެޕްޝަނާ ހިސާބަށް ގެންގޮސްދިނެވެ. ހިނިތުންވުމާ އެކީގަ އެވެ.

01 އޮކްޓޯބަރ

October 01, 2016 8
ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށައިފި

ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކުން މިރޭ 12:00 ން ފެށިގެން ބޮލަކަށް ދުވާލަކު ތިން ޑޮލަރުގެ މަގުން ގްރީން ޓެކްސް ނަގަން ފަށައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2016 25
މެދު ފަންތީގެ ޓޫރިޒަމްގެ ގިނަ މަޝްރޫއުތަކެއް ފަށާނަން

މެދު ފަންތީގެ ޓޫރިޒަމަށް އަމާޒުކޮށް ގިނަ މަޝްރޫއުތަކެއް ފެށުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

24 ސެޕްޓެމްބަރ

September 24, 2016 1
އެލައިޑުން ގެސްޓްހައުސްތަކަށް އިންޝުއަރެންސް ސްކީމެއް

ގެސްޓްހައުސްތަކަށް ހާއްސަ އިންޝުއަރެންސް ސްކީމެއް އެލައިޑް އިންޝުއަރެންސް އިން މިއަދު ތައާރަފްކޮށްފި އެވެ.

September 24, 2016 14
ޓޫރިޒަމް ފައިދާ އާއްމުންނަށް ލިބޭނީ ގެސްޓްހައުސް އިން

ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ފުޅާކޮށް، އާއްމުންނަށް އޭގެ ފައިދާ ލިބޭނެ ގޮތަކީ ގެސްޓްހައުސް ވިޔަފާރި ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

September 24, 2016 2
ފުރަތަމަ ގެސްޓްހައުސް ކޮންފަރެންސް ފަށައިފި

ގެސްޓްހައުސް ވިޔަފާރިއާ ބެހޭ ގޮތުން ބާއްވާ ފުރަތަމަ ކޮންފަރެންސް، 160 އަށް ވުރެ ގިނަ ގެސްޓްހައުސްގެ ވެރިންނާ އެކު މިއަދު ފަށައިފި އެވެ.

10 ސެޕްޓެމްބަރ

September 10, 2016
ދިރާގު އީދު ހަދިޔާ: އާާއިލާއަކަށް ޗުއްޓީ ދަތުރެއް

ދިރާގުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއް މެދުވެރިކޮށް، ކުރިއަށް އޮތް ބޮޑު އީދުގެ ބަންދުގައި ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު މިއަދު އާއިލާއަކަށް ދީފި އެވެ.

12 އޯގަސްޓް

August 12, 2016 27
ޓޫރިސްޓް ހޮޓާތަކަށް ހުއްދަ ދޭ ގަވައިދަށް ބޮޑު ބަދަލެެއް

ޓޫރިސްޓް ހޮޓާ ހިންގުމަށް ހުއްދަ ދޭ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެތަންތަން ހިންގޭނީ ސިއްހީ ހިދުމަތާއި 24 ގަޑިއިރު ކަރަންޓް އަދި ފުލުހުން ތިބޭ ރަށްރަށުގައި ކަމަށް ހަމަޖައްސައިފި އެވެ.

14 ޖުލައި

July 14, 2016
ގެސްޓްހައުސް ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު

ގެސްޓްހައުސްތަކަށް ހާއްސަ ކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

12 ޖުލައި

July 12, 2016 1
ގެސްޓްހައުސް ތަރައްގީކުރަން މުލިން ބިމެއް ކުއްޔަށް ދެނީ

ގެސްޓްހައުސް ތަރައްގީކޮށް ހިންގުމަށް ބިމެއް ކުއްޔަށް ދޫކުރަން ނިންމާ، ދެ ވަނަ ފަހަރަށް މ. މުލީ ކައުންސިލުން އިއުލާންކޮށްފި އެވެ.

29 ޖޫން

June 29, 2016 2
މިވަގުތު ގްރީން ޓެކްސް ނެގުން ރަނގަޅެއް ނޫން: ނަޝީދު

ގެސްޓް ހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ތިން ޑޮލަރުގެ ގްރީން ޓެކްސް ނަގަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކުރި ނަމަވެސް މި ވަގުތު އެކަން ކުރުން ރަނގަޅު ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

28 ޖޫން

June 28, 2016 8
ގެސްޓްހައުސްތަކުގެ ގްރީން ޓެކްސް ތިން ޑޮލަރަށް ހަދައިފި

ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން އަންނަ އޮކްޓޯބަރު މަހުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި ތިން ޑޮލަރު ނެގުމަށް މުޅި މަޖިލީހުގެ ކޮމެޓީން މިއަދު ނިންމައިފި އެވެ.

June 28, 2016 3
ގެސްޓް ހައުސް ގްރީން ޓެކްސް އާ އެމްޑީޕީ ދެކޮޅު

ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމާއި ޓޫރިޒަމްގެ މަސައްކަތްތަކަށް ބިޑަކާ ނުލައި ރަށްރަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނު ބަދަލުކުރަން ސަރުކާރުން މަޖިލީހަށް...

27 ޖޫން

June 27, 2016 11
ޓެކްސް އިތުރުވެއްޖެ ނަމަ ގެސްޓްހައުސް މާކެޓް ގެއްލޭނެ

ގެސްޓްހައުސްތަކުން މިހާރު ނަގަމުން އަންނަ ޓެކްސްތަކުގެ އިތުރުން ގްރީން ޓެކްސް ނަގަން ފަށައިފި ނަމަ ސަރަހައްދީ ގައުމުތަކުގެ ބަޖެޓް ރޭޓްތަކާ ވާދަ ނުކުރެވޭ ވަރަށް އަގު ބޮޑުވެ މާކެޓް ގެއްލި، އިންޑަސްޓްރީ ހުއްޓުމަކަށް އަތުވެދާނެ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.

26 ޖޫން

June 26, 2016 9
ގެސްޓް ހައުސްތަކުގެ ގްރީން ޓެކުހަކީ 4 ޑޮލަރު

ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން އަންނަ އޮކްޓޯބަރު މަހުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި ހަތަރު ޑޮލަރު ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން މިއަދު ނިންމައިފި އެވެ.

22 ޖޫން

June 22, 2016 20
އެންމެ ބޮޑު ގެސްޓް ހައުސް ދިއްފުށީގައި އަޅަނީ

ރާއްޖޭގައި އަޅާ އެންމެ ބޮޑު ގެސްޓްހައުސް ގަތަރު ކުންފުންޏަކުން ކ. ދިއްފުށީގައި އަޅަން ފަށައިފި އެވެ.

21 ޖޫން

June 21, 2016 12
ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގަން ހުށަހަޅައިފި

ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ވެސް ގްރީން ޓެކްސް ނަގާ ގޮތަށް ސަރުކާރުން އިއްޔެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

17 މެއި

May 17, 2016
ދިރާގުން ގެސްޓް ހައުސްތަކަށް އިންޓަނެޓް ހިދުމަތް ދެނީ

ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ގެސްޓް ހައުސްތަކަށް ހާއްސަ އިންޓަނެޓް ޕެކޭޖުތަކެއް ދިރާގުން ތައާރަފް މިއަދު ކޮށްފި އެވެ.