26 ސެޕްޓެމްބަރ

September 26, 2019 13
ހަ ލައްކަ ރުފިޔާ އިން ފެނަކަ ޖޫރިމަނާކޮށްފި

އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ހުއްދައާ ނުލައި، ފަސް ރަށެއްގައި އިންޖީނު ބެހެއްޓުމުގެ މަސައްކަތް ކުރުމުން ހަ ލައްކަ ރުފިޔާ އިން ފެނަކަ ކޯޕަރޭޝަން މިއަދު ޖޫރިމަނާކޮށްފި އެވެ.

18 އެޕްރީލް

April 18, 2019 34
ހޯރަފުށި އެއާޕޯޓަށް ތަކަންދޫ ކައިރިން ވެލިނަގާތީ ޝަކުވާ

ހއ. ހޯރަފުށީ އެއާޕޯޓު ހަދަން، އެ ރަށުގެ ފަޅުތެރެއިން ބައެއް ހިއްކުމަށްޓަކައި އެ އަތޮޅު ތަކަންދޫ ކައިރިން ވެލި ނަގާތީ ތަކަންދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

31 ޑިސެމްބަރ

December 31, 2018 49
ތަކަން-މާރަންދޫ: ހިދުމަތުގެ ގޮތުން އެއްކުރެވިދާނެ

ހއ. ތަކަންދު އާއި މާރަންދުއަކީ ރާއްޖޭގައި ދެ ރަށެއްގެ ދެމެދު އޮތް ކަނޑުގެ ނިސްބަތުން ބަލާ ނަމަ އެންމެ ކައިރި ދެ އަވަށްޓެރިންނެވެ. ދެ ރަށާ ދެމެދު ހުރީ އެންމެ 690 މީޓަރުގެ ރާސްތާއެކެވެ. ކުޑަ ޑިންގީއެއްގައި ނަމަ އެންމެ ތިން މިނިޓުން އެއް ރަށުން އަނެއް ރަށަށް ދެވެ އެވެ. ފެރީ ދޯންޏެއްގައި ނަމަ ގިނަވެގެން ހަތް މިނެޓެވެ. އެކި ބޭނުންތަކަށާއި...

23 ޑިސެމްބަރ

December 23, 2018 61
ތަކަންދޫ: ކެންސަރު އިތުރު ކުޑަ އާބާދީއެއް!

ސަމާ އަލީ، 25، އާއި އޭނާގެ އެއްބަނޑު އެއްބަފާ ހަތަރު ކުދިން ސްކޫލު ބަންދުގައި އުފަން ރަށް، ހއ. ތަކަންދޫގައި އުފާކުރަމުން އަންނައިރު އޮތް އެންމެ ބޮޑު ފަޅުކަމަކީ ބައްޕަ ދުނިޔޭގައި ނެތުމެވެ. އެކުދިންގެ ބައްޕަ މީގެ ތިން އަހަރު ކުރިން މަރުވީ ކެންސަރު ބަލީގަ އެވެ. އެ ހިތާމަ އޮތީ ހަމައެކަނި އެ އާއިލާއަކަށް ނޫނެވެ. ކެންސަރު ބަލީގައި ބައްޕަ...

06 ސެޕްޓެމްބަރ

September 06, 2018 27
ވޯޓުން ބަލިވެގެން ވެރިކަމުގައި ނުހުންނެވޭނެ: އިބޫ

ރިޔާސީ އިންތިހާބުގެ ބަލިވެވަޑައިގަތަސް "ހުވާކުރައްވާނީ ރައީސް ޔާމީން" ކަމަށް ޕީޕީއެމްގެ ބައެއް މީހުން ދައްކާ ވާހަކައަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު، ތަކަންދޫގައި ހުންނަވައި، ރައްދު ދެއްވައިފި އެވެ.

29 އެޕްރީލް

April 29, 2018 6
ކާނިގަސް އަންދައިލި މައްސަލައިގަ މީހަކު ހައްޔަރެއްނުކުރޭ

ހއ. ތަކަންދޫގައި މީގެ 400 ވަރަކަށް އަހަރު ކުރިން އުތީމު އަލީ ތަކުރުފާނު އިންދެވި ކަމަށް ބުނާ އާސާރީ ކާނި ގަހުގައި ރޯކޮށް އަންދާލި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

21 އެޕްރީލް

April 21, 2018 25
އަލިތަކުރުފާނު އިންދެވި ކާނިގަހުގައި ރޯކޮށްލައިފި

ހއ. ތަކަންދޫގައި މީގެ 400 ވަރަކަށް އަހަރު ކުރިން އުތީމް އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ އާސާރީ ކާނިގަހުގައި މިއަދު ރޯކޮށްލުމުން އެގަހަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

14 މެއި

May 14, 2017 7
ހަތަރު ރަށެއްގައި އަންހެން ކައުންސިލަރުންގެ މެޖޯރިޓީ

ލޯކަލް ކައުންސިލް އިންތިހާބުގައި ފިރިހެނުންނާ ވާދަކޮށްގެން އަންހެނުން ކުރި ހޯދީ ހަމައެކަނި ހއ. ކެލާ ކައުންސިލަކުން އެކަންޏަކުން ނޫނެވެ. އެ އަތޮޅު ތަކަންދު އާއި ޅ. ކުރެންދޫ އަދި އއ. ތޮއްޑޫ ކައުންސިލްގެ ވެސް މެޖޯރިޓީ ވެސް އަންހެން ކައުންސިލަރުން ވަނީ ނަގައިފަ އެވެ.

14 ފެބުރުއަރީ

February 14, 2017
ތަކަންދޫ ޕްރޮފައިލް

ރާއްޖޭގެ ތާރީޚާ ގުޅުންތަކެއް ހުރި ހއ. ތަކަންދު އަކީ އެ އަތޮޅުގެ ގިނަ ރަށްރަށް ފަދައިން ގުދުރަތީ ރީތިކަން ލިބިފައިވާ ރަށެކެވެ. ބޮޑުމިނުގައި 36 ހެކްޓަރު ހުންނަ ރަށުގެ އުތުރު ކޮޅުގައި އޮންނަ ކުޅި އާއި އެ ސަރަހައްދުގެ ރީތި މޫދާއި ދޮންވެލިގަނޑު ފާހަގަކޮށްލެވެ އެވެ. ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމުގެ ޖިހާދުގައި...

12 ފެބުރުއަރީ

February 12, 2017 50
ހޯރަފުއްޓާއި ތަކަންދޫން ގުދުރަތީ ދެ ބަދަލެއްގެ މަންޒަރު

މިދިއަ އަހަރުގެ މޭ މަހާ ހަމައަށް ވެސް ހއ. ތަކަންދޫ އުތުރު ކޮޅު ކުޅި އޮތީ، ރަށު ރައްޔިތުންނަށް އޭގެ ކުރިން ވެސް ފެންނަ ހިތްގައިމު ސިފަތަކާ އެކު އެވެ. މޫދާއި ކުޅިއާ ދެމެދު، ކުރެދި ގަސްތަކުން ފުރިފައިވާ، ހޭޅިފަށެއް އޮވެ އެވެ. އެކަމަކު މިދިއަ އަހަރުގެ ޖޫން/ޖުލައިގައި ހޭޅިފަށް ގިރާލައި، ކުރެދިގަސްތައް ވެއްޓި، ކުޅި އާއި މޫދު ގުޅުނެވެ....