24 މެއި

May 24, 2019 20
"މިހާރު" ތިން އަހަރު: ފަސް އެނބުރި ބެލުމެއް ނެތް

މާޗް 31، 2016 ގެ މެންދުރު ސިވިލް ކޯޓުން އެ ހުކުމް އައިއިރު ދުވަހު ނޫސް "ހަވީރު"ގެ ނިއުސް ރޫމް އޮތީ ވަރަށް ބިޒީކޮށެވެ. ކޯޓުގައި އެ މައްސަލަ ހިނގަމުން ދިޔައިރު، އެފަދަ އަމުރަކާ ކުރިމަތިލާން ޖެހިދާނެއެކޭ އެއްވެސް ނޫސްވެރިއަކު، އަދި "ހަވީރު"ގެ މެނޭޖްމަންޓުން ކުޑަކޮށް ވެސް ހީކޮށްފައެއް ނެތެވެ. އެކަމަކު ސިވިލް ކޯޓުގެ އަމުރާ އެކު، "ހަވީރު"ގެ...

31 ޖެނުއަރީ

January 31, 2019 4
"ހަވީރު"ގެ ހުކުމް ބާތިލް، އަލުން ބަލަން އަންގައިފި

"ހަވީރު" ނޫހުގެ މައްސަލާގައި ސިވިލް ކޯޓުން ހުކުމްކުރީ ދައުވާގައި އެދިފައި ނެތް ކަންތައްތަކެއްގެ މައްޗަށް ކަމަށް ވާތީ އެ ހުކުމް ބާތިލްކޮށް، ދައުވާގައި އެދިފައިވާ ކަންކަން ދަށު ކޯޓުން އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

13 ސެޕްޓެމްބަރ

September 13, 2018 7
"ކައްކަކާކޯ" އެނބުރި އަތުވެއްޖެ

ދުވަހު ނޫސް "ހަވީރު"ގައި އާންމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ކާޓޫން ސީރީޒް "ކައްކަކާކޯ" "މިހާރު" ނޫހަށް އެނބުރި އަތުވެއްޖެ އެވެ. މިއަދު މި ގެނެސްދެނީ "ކައްކަކާކޯ"ގެ އާ ސީރީޒްގެ ފުރަތަމަ ކާޓޫނެވެ.

02 މެއި

May 02, 2018 16
ހަވީރު މުވައްޒަފުންގެ ހުކުމް ލިޔުނީ އަލީ ހަމީދު

ހަވީރު" ނޫހާއި "ހަވީރު އޮންލައިން"ގައި ކުރިން މަސައްކަތްކުރި މުވައްޒަފުން ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކޮށް، ސިވިލް ކޯޓުން ހުކުމްކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، އެގޮތަށް ހުކުމް ބަދަލުކުރުމުން ކަމަށް ހުކުމް ކުރެއްވި ގާޒީ މުހައްމަދު ހަލީމް ވިދާޅުވެއްޖެ އެވެ.

11 މާޗް

March 11, 2018 12
"ހަވީރު" މުވައްޒަފުންނަށް ހުކުމްކުރީ އެދިގެނެއް ނޫން"

"ހަވީރު" ނޫހާއި "ހަވީރު އޮންލައިން"ގައި ކުރިން މަސައްކަތްކުރި މުވައްޒަފުން ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކޮށް، ސިވިލް ކޯޓުން ހުކުމްކުރީ ދައުވާކުރި ފަރާތުން އެދިގެން ނޫން ކަމަށް ދަށު ކޯޓުގައި ދައުވާކުރި އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގް ހަސަންގެ ފަރާތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

29 އޯގަސްޓް

August 29, 2016 6
ދެ މައްސަލައިގެ ތެރެއަށް ހައި ކޯޓުން ޒާހިރު ވައްދައިފި

"ހަވީރު"ގައި ކުރިން އުޅުނު މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން ދެ އަހަރަށް މަނާކޮށް ދަށު ކޯޓުން ކުރި ހުކުމާ ގުޅޭ އިސްތިއުނާފް ދެ ޝަރީއަތް ވެސް "ހަވީރު"ގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން ތަދައްހުލްކޮށްގެން ކުރިއަށް ގެންދާ ގޮތަށް ހައި ކޯޓުން ނިންމައިފި އެވެ.

23 އޯގަސްޓް

August 23, 2016
ހަވީރު މުވައްޒަފުންނަށް ކުރި ހުކުމް ފަސްކޮށްދޭން އެދެފި

"ހަވީރު" ނޫހާއި އޮންލައިންގައި ކުރިން މަސައްކަތްކުރި މުވައްޒަފުން ކުރިއަށް އޮތް ދެ އަހަރު އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކޮށް، ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެދޭން ދައުލަތުން މިއަދު ހައި ކޯޓުގައި އެދެފި އެވެ.

12 ޖުލައި

July 12, 2016 14
ހަވީރު މުވައްޒަފުންގެ ހައްގު ހިފެހެއްޓި މައްސަލަ ބަލަނީ

ހަވީރު ނޫހުގެ ކުރީގެ މުވައްޒަފުން ކުރި އަށް އޮތް ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކޮށް ސިވިލް ކޯޓުން ކުރި ހުކުމުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

11 ޖުލައި

July 11, 2016 31
އޭޖީގެ ނިންމުމަކީ ހަމަހަމަކަމާ ޚިލާފް ނިންމުމެއް: ކޯޓު

ހަވީރުގެ ކުރީގެ މުވައްޒަފުންނަށް ސިވިލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރަން އެޓާނީ ޖެނެރަލް ނިންމި ނިންމުމަކީ ހަމަހަމަކަމާ އެކު އެޅި ފިޔަވަޅެއް ނޫން ކަމަށާއި ކޯޓުގެ ހުކުމްތަކަށް ތަބާނުވާން އެޓާނީ ޖެނެރަލް ހިތްވަރު ދޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ސިވިލް ކޯޓުން މިއަދު ބުނެފި އެވެ.

09 ޖުލައި

July 09, 2016 3
ހަވީރުގެ މުވައްޒަފުންގެ މައްސަލައަށް އެމްއެމްސީ ވަންނަނީ

"ހަވީރު"ގެ ކުރީގެ މުވައްޒަފުންނަށް އެއްވެސް މީޑިއާއެއްގައި ދެ އަހަރު ވަންދެން މަސައްކަތް ނުކުރެވޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމުގެ ތެރެއަށް ވަންނަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސް ނިންމައިފި އެވެ.

08 ޖުލައި

July 08, 2016 17
އަނިލްގެ ނިންމެވުމަށް ޝިފާގްގެ ތައުރީފު

"ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރު ދައުލަތުން އިސްތިއުނާފު ކުރަން ބަންޑާރަ ނައިބު މުހައްމަދު އަނިލް ނިންމަވާފައިވާތީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނައިބު ރައީސް ޝިފާގު މުފީދު ތައުރީފު ކުރައްވައިފި އެވެ.

07 ޖުލައި

July 07, 2016 45
ހަވީރުގެ މުވައްޒަފުންނަށް އައީ ޣައިރު ގާނޫނީ އަމުރެއް

"ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކޮށްފައިވާ އަމުރަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފު، ޣައިރު ގާނޫނީ އަމުރެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެ އަމުރުގައިވާ މުވައްޒަފުންގެ ބައި ދައުލަތުން އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

06 ޖުލައި

July 06, 2016 8
ހަވީރު މައްސަލާގައި ޝިފާގުގެ ނުރުހުން އެޗްއާރުސީއެމަށް

މިހާރު ހުއްޓިފައިވާ "ހަވީރު"ގައި ކުރިން މަސައްކަތްކުރި މުވައްޒަފުންނަށް ކުރި އަށް އޮތް ދެ އަހަރު މީޑިއާގެ އެހެން ތަނެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ހުކުމުގެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިހާތަނަށް ހިމޭނުން އޮތުމުން، އެ ކޮމިޝަންގެ ނައިބު...

05 ޖުލައި

July 05, 2016 56
ހުކުމްތަކުގެ ތެރެއިން މިއީ ވަރުގަދަ ހުކުމެއް!

މިދިޔަ އާދީއްތަ ދުވަހު އޮފީހުގައި އިންދާ އަހަންނަށް އިވުނީ ކުރިއަށް އޮތް ދެ އަހަރު، އަހަރެން ބޭނުން ތާކު ވަޒީފާ އަދާނުކުރެވޭނެ ކަމަށް ކޯޓުން ހުކުމް ކުރި ވާހަކަ އެވެ. ދިޔައީ ސިއްސައިގެންނެވެ. ފުރަތަމަ ހަމަ ހަގީގަތުގައި ވެސް ހީކުރީ އެއީ ސަމާސާއެއް ކަމަށެވެ. ސަބަބަކީ، އެވަރުގެ ހުކުމެއް އަހަރެންގެ މައްޗަށް އަންނަ ވަރުގެ އެއްވެސް...

04 ޖުލައި

July 04, 2016 57
އަނިލްގެ ވާހަކަ ތަކަށް ސިވިލް ކޯޓުން ގޮންޖަހައިފި

ހަވީރު ނޫހުގެ ކުރީގެ މުވައްޒަފުން ކުރި އަށް އޮތް ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާ ކުރެވޭނެ ގޮތެއް ނެތް ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވި ވިދާޅުވުމަށް ސިވިލް ކޯޓުން މިއަދު ގޮންޖަހައި އެ ވާހަކަތައް ދޮގުކޮށްފި އެވެ.

July 04, 2016 15
އަޅުގަނޑުގެ މައްޗަށް ކުރީ ބާތިލް ދައުވާއެއް: ޒާހިރު

ހަވީރު ނޫސް އޭޖެންސީއަކީ ހަވީރު ނޫހާއި އަދި އޮންލައިނާ އެއްވެސް ގުޅުމެއް ހުރި އެެއްޗެއް ނޫން ކަމަށް ހަވީރުގެ ޗެއާމަނަކަށް މިހާތަނަށް ހުންނެވި ޑރ. މުހައްމަދު ޒާހިރު ހުސައިން މިއަދު...

July 04, 2016 37
ބޮޑީ ތިން މީހުންގެ ހައްގުތަ؟ 70 މީހުންގެ ހައްގުތަ؟

ސިވިލް ކޯޓުގެ އަނިޔާވެރި އަމުރަކުން، ހަވީރު ނޫސް ހުއްޓުވި އިރު، އެ ނޫހުގައި އެެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރި އެއްވެސް މީހަކަށް އިއްޔެ އިން ފެށިގެން ދެ އަހަރު ދުވަހުގެ...

03 ޖުލައި

July 03, 2016 17
ހަވީރުގެ ހުކުމަށް ކުރީގެ ފަނޑިޔާރަކު ފާޑު ވިދާޅުވެއްޖެ

"ހަވީރު" ނޫހާއި އެ ނޫހުގައި މިދިޔަ ފެބްރުއަރީ މަހާ ހަމަ އަށް މަސައްކަތް ކުރި އެއްވެސް މީހަކު އެހެން މީީޑިއާއެއްގައި މިއަދުން ފެށިގެން ދެ އަހަރު ވަންދެން މަސައްކަތް ކުރުން މަނާކޮށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.

July 03, 2016 26
"ހަވީރުގެ ކުރީގެ ސްޓާފުންނަށް އަމުރުކުރީ ބިރުން"

"ހަވީރު" ނޫހާއި އޮންލައިންގެ ކުރީގެ މުވައްޒަފުން ކުރިއަށް އޮތް ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރަން އަންގައި، ސިވިލް ކޯޓުން މިއަދު ހުކުމްކުރީ ރައީސް އަބްދުﷲ...

July 03, 2016 179
ހަވީރުގެ ކުރީގެ މުވައްޒަފުން މީޑިއާގައި އުޅުން މަނާ

"ހަވީރު" ނޫހާއި އެ ނޫހުގައި މިދިޔަ ފެބްރުއަރީ މަހާ ހަމަ އަށް މަސައްކަތް ކުރި އެއްވެސް މީހަކު އެހެން މީީޑިއާއެއްގައި މިއަދުން ފެށިގެން ދެ އަހަރު ވަންދެން މަސައްކަތް ކުރުން މަނާކޮށް...

28 ޖޫން

June 28, 2016 31
ކޮލަމް 27: މަރަށް ތެޅޭ ރޯމަސްތަކެއް ފަދަ...

ތިރީސް އަހަރަށް ވުރެ ގިނަ ދުވަހު މެދުނުކެނޑި ހިންގާފައިވާ "ހަވީރު"ގައި އެތަކެއް މިލިއަން ރުފިޔާއެއްގެ މުދަލާ އެކު ތަޅު އެޅުވުމަށް ފަހު މިހާރު އެތަން އެހުރީ ފަޅަށެވެ. އިއްޔެ ވަރަށް ބާރުގަދަ، ވަރަށް ނުފޫޒު ގަދަ އަދި އެންމެ ގިނަ ދުވަސްވީ ނޫސް ވުޖޫދުން މިހާރު ވަނީ ގެއްލިފަ އެވެ. އޭގެ ފަހުން، މީގެ ދެތިން ދުވަސް ކުރިން ފެނިގެން މި ދިޔައީ...

14 ޖޫން

June 14, 2016 7
ހަވީރު މައްސަލަ އަށް ހަވީރު މީޑިއާ ގްރޫޕް ވައްދައިފި

ހަވީރު ނިއުސް އޭޖެންސީގެ ތިން ހިއްސާދާރުން، ހަވީރު ނޫހުގެ ކުރީގެ މަސްއޫލުވެރިޔާގެ މައްޗަށް ދައުވާ ކުރުމުން ސިވިލް ކޯޓުން ބަލަމުންދާ މައްސަލައިގެ ތެރެއިން ނުކުމެފައި ވިޔަސް ހަވީރު ނޫހުގެ މިހާރުގެ ވެރިފަރާތް ކަމަށްވާ ހަވީރު މީޑިއާ ގުރޫޕް، ކޯޓުގެ ފަރާތުން މިއަދު އަލުން ތަދައްޚުލު ކުރުވައިފި އެވެ.