31 ޖުލައި

July 31, 2020 2
ދިއްދުއާއި ވަށަފަރަށް ވެސް އަރައިފޭބުން މަނާކޮށްފި

ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނާ އެކު އެ ބޯޓުން ދަތުރުކުރި 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު އެ މީހުންނާ ކޮންޓެކްޓްވެފައިވާ މީހުން ތިބުމުން ކެލާގެ އިތުރުން އެއަތޮޅު ދިއްދު އާއި ވަށަފަރު އަދި ހދ. ނޮޅިވަރަންފަރަށް ވެސް އަރައިފޭބުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

28 ޖުލައި

July 28, 2020 7
އުތުރުގައި މުދާ އުފުލާ ބޯޓެއްގެ ފަޅުވެރިޔަކު ޕޮޒިޓިވް

އެންމެ އުތުރުގެ ދެ އަތޮޅަށް މުދާ އުފުލާ ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

10 ޖުލައި

July 10, 2020 12
ނޮޅިވަރަމާއި ތޮއްޑޫގެ ކަރަންޓީނުން ތިން މީހަކު ޕޮޒިޓިވް

ހދ. ނޮޅިވަރަމާއި އއ. ތޮއްޑޫގެ ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު، ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

15 ޖެނުއަރީ

January 15, 2020 29
ރައީސް ދައްކަވާ ހައްލަކީ 3 އިންތިޚާބު އެކީ ބޭއްްވުން

ރާއްޖޭގެ ތަރައްގީ އާއި ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ލަސްވެ ޝަކުވާތައް ހުންނަ ކަމަށާއި އެކަމަށް އޮތް އެންމެ ރަނގަޅު ފަރުވާ އަކަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެކުގައި ބޭއްވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ...

19 ޑިސެމްބަރ

December 19, 2019 9
ޖަމާއަތުގައި ނަމާދުކުރާ ޕްރޮގްރާމްގައި 18 ކުދިން

ހދ. ނޮޅިވަރަމްގައި ޖަމާއަތުގައި ފަތިސް ނަމާދުކޮށްގެން ފައިސާގެ އިނާމު ދޭ ޕްރޮގްރާމްގައި 18 ކުދިން ބައިވެރިވެފައިވާ ކަމަށް، އެ ހަރަކާތް ހިންގާ ޖަމިއްޔާ އިން މިއަދު ބުނެފި އެވެ.

16 ޑިސެމްބަރ

December 16, 2019 31
ނޮޅިވަރަމްގައި ޖަމާއަތުގައި ނަމާދުކުރާ ކުދިންނަށް އިނާމް

ހދ. ނޮޅިވަރަމްގައި ޖަމާއަތުގައި ފަތިސް ނަމާދުކުރާ ކުދިންނަށް އެ ރަށުގެ ޖަމިއްޔާއަކުން ފައިސާގެ އިނާމު ހުށަހަޅައިފި އެވެ.

15 ނޮވެމްބަރ

November 15, 2019 9
ހަމައެކަނި މީހުން ހައްޔަރުކުރާ ބަޔަކަށް ފުލުހުން ނުވާނެ

ފުލުހުންގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ބައްޓަންކުރާނީ ހަމައެކަނި މީހުން ހައްޔަރުކުރަން ނޫން ކަމަށާއި ދެމިތިބޭނީ ރައްޔިތުންނާ އެކުގައި މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

31 އޮކްޓޯބަރ

October 31, 2019 1
ނޮޅިވަރަމުން ގޯތި ދޭން އަލުން ގުރުއަތުލާން އަމުރުކޮށްފި

ހދ. ނޮޅިވަރަމުން ގޯތި ދޫކުރުމުގައި ކައުންސިލުން ޕޮއިންޓު ދީފައިވަނީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި، އަލުން ގުރުއަތުލުމަށް ފަހު ގޯތި ދޭން އެ ރަށު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

30 އޯގަސްޓް

August 30, 2019 12
ހިނދުކޮޅެއްތެރޭ މުޅި އާއިލާ ގެއްލި އެކަނިވެރިވެފައި!

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދު އަށް ދަތުރު ކުރި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި އެންމެ ބޮޑު ހިތާމަ އާއި މޮޅިވެރިކަމެއް ކުރިމަތިވީ މުހައްމަދު ގިޔާސް، 24، އަށެވެ. ގިޔާސްގެ މަންމަ އާއި ބައްޕަ އާއި ދައްތަ އާއި ދައްތަގެ ހުރި ހަމައެކަނި ދަރިފުޅު މި ދުނިޔެއާ ވަކިވެގެން ދިޔައީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބިންދާލި ބިޔަ...

01 އެޕްރީލް

April 01, 2019 86
ސަރުކާރު މެމްބަރުންގެ ދާއިރާތަކަށް ކަންކަން ފަސޭހަވާނެ

ރަށްތައް ތަރައްގީ ކުރުމަށް ޓަކައި ސަރުކާރަށް އެއްބާރުލުން ދެއްވާ މަޖިލިސް މެމްބަރުން އެ ދާއިރާތަކަށް އިންތިޚާބުކުރުން މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

28 މާޗް

March 28, 2019 4
ފަސް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަނީ

ފަސް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ޕްލޭނިން މިނިސްޓްރީން ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

10 މާޗް

March 10, 2019 46
ލީޑަރުންނަށް ތާއީދުކުރާ މީހުންގެ ވޯޓު ލިބޭނެ: އަރީފް

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ނޮޅިވަރަމް ދާއިރާގެ ގޮނޑި އަށް އޭނާ ހޮވުމަށްޓަކައި، މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންނަށް ތާއީދުކުރާ މީހުންގެ ވޯޓު ލިބޭނީ އޭނާ އަށް ކަމަށް އެ ދާއިރާ އަށް ވާދަކުރައްވާ ހުސައިން އަރީފް ރޭ ވިދާޅުވެއްޖެ އެވެ.

21 ޑިސެމްބަރ

December 21, 2018 4
ގެނބިގެން މަރުވި ކުއްޖާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

ހއ. ދިއްދޫ ކައިރި ފަޅު ރަށެއްގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެން އިއްޔެ މަރުވި ފަސް އަހަރުގެ ކުއްޖާގެ އާއިލާއާ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްދަލު ކުރައްވައިފި އެވެ.

20 ޑިސެމްބަރ

December 20, 2018 4
ނައިބު ރައީސް ހދ. އަތޮޅަށް ފުރާވަޑައިގެންފި

ނައިބު ރައީސް ފައިސަލް ނަސީމް، ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރު ފަހު ފުރާވަޑައިގެންފި އެވެ.

14 އޯގަސްޓް

August 14, 2018 26
ސައްހަކަން ޔަގީން ނުވަނީސް ލިސްޓުގައި ސޮއެއް ނުކުރާނަން

ވޯޓުލާ މީހުންގެ ލިސްޓުގައި ސޮއި ކުރައްވާނީ ރީ ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

17 ޖުލައި

July 17, 2018 61
ފެބުރުއަރީގެ އަމުރާ ހެދި ރާއްޖެއަށް މަލާމާތްކުރޭ:ރައީސް

ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ޖަލުން ދޫކުރަން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސަބަބުން، މުޅި ދުނިޔެ ރާއްޖެ އަށް މަލާމާތްކުރާ ކަމަށް...

July 17, 2018 13
ރައީސް ހއ. އާއި ހދ. އަތޮޅަށް ވަޑައިގެންފި

މި ސަރުކާރުން ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކެއްގެ ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން ހއ. އާއި ހދ. އަތޮޅަށް މިއަދު...

15 ޖުލައި

July 15, 2018 48
ރައީސް ޔާމީން، ހއ. ހދ ދަތުރުފުޅު ފަސްކުރައްވައިފި

ރައީސް އަބްދުﷲ ޔާމީން، ހއ. އާއި ހދ. އަތޮޅުގެ ބައެއް ރަށްތަކަށް މާދަމާ ފައްޓަވަން ނިންމެވި ދަތުރުފުޅު، މޫސުން ގޯސްވުމާ ގުޅިގެން ފަސްކުރައްވައިފި އެވެ.

12 އެޕްރީލް

April 12, 2018
ޝާހިދާ ފިރިމީހާގެ ބަންދަށް 15 ދުވަސް

ހދ. ނޮޅިވަރަމްގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ، މަރުގެ މައްސަލާގައި އިއްޔެ ހައްޔަރު ކުރި އޭނާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

11 އެޕްރީލް

April 11, 2018 15
ޝާހިދާގެ މަރުގެ މައްސަލާގައި ފިރިމީހާ ހައްޔަރުކޮށްފި

ހދ. ނޮޅިވަރަމްގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މިއަދު ހައްޔަރުކޮށްފި އެވެ.

09 މާޗް

March 09, 2018 3
ޝާހިދާގެ ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލައިފި

ހދ. ނޮޅިވަރަމްގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ރާއްޖެއިން ބޭރުން ހެދުމަށް ފަހު ރާއްޖެ ގެނެސް، ވަޅުލައިފި އެވެ.