29 އޮކްޓޯބަރ

October 29, 2020 7
ކޮވިޑް ޖެހުނު ރިސޯޓް ސްޓާފުންގެ އަދަދު 80 އިން މަތި

މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭން ކޮވިޑް-19 ގެ އާ 25 ކޭސް ފެނިފައިވާ ކަމަށާއި ރިސޯޓް މުވައްޒަފުންގެ ތެރޭ ކޮވިޑަށް ޕޮޒިޓިވް 89 މީހަކު އެބަތިބި ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

27 އޮކްޓޯބަރ

October 27, 2020 19
އެންޓިބޮޑީ ޓެސްޓަށް ދެކޮޅުހަދާތީ ކަންބޮޑުވުން ފާޅުކޮށްފި

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ރަނގަޅަށް ދެނެގަތުމަށް ހަދާ އެންޓިބޮޑީ ސާވޭ އަށް ސާމްޕަލް ދިނުމަށް ބައެއް މީހުން ދެކޮޅު ހަދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

October 27, 2020
ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވެ އުނގޫފާރު މޮނިޓަރިންއަށް

ރ. އުނގޫފާރުން ނެގި ރެންޑަމް ސާމްޕަލްތަކުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ އެ ރަށް އިއްޔެ މޮނިޓަރިން އަށް ލައިފި އެވެ.

22 އޮކްޓޯބަރ

October 22, 2020 2
ކޮވިޑް-19 އަށް 42 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް 42 މީހަކު ރާއްޖެއިން މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

20 އޮކްޓޯބަރ

October 20, 2020 5
ކުޅުދުއްފުއްޓަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައިފި

ހދ. ކުޅުދުއްފުށީގައި ކޮވިޑް-19ގެ ލޯކަލް ޓްރާސްމިޝަނެއް އޮތް ކަމަށް އިއުލާންކޮށް، އެ ރަށަށް ހާއްސަ ކޮށްގެން ޓާސްކް ފޯހެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދަވައިފި އެވެ.

19 އޮކްޓޯބަރ

October 19, 2020
ކުޅުދުއްފުށީގައި މިހާރު އޮތީ ލޯކަލް ޓްރާންސްމިޝަނެއް

ހދ. ކުޅުދުއްފުށީގައި ކޮވިޑް-19 ފެތުރޭ މިންވަރު ބަލާފައި އެ ރަށުގައި މިހާރު އޮތީ ލޯކަލް ޓްރާންސްމިޝަން ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިރޭ ވިދާޅުވެއްޖެ އެެވެ.

18 އޮކްޓޯބަރ

October 18, 2020 2
ކޮވިޑް-19 އަށް މިއަދު 32 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 32 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

October 18, 2020 1
ކޮވިޑުގައި ފަރުވާދިން 80 އަހަރުގެ މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި 80 އަހަރުގެ ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.

17 އޮކްޓޯބަރ

October 17, 2020 2
ކޮވިޑްގައި އަނެއްކާވެސް މަރެއް، ޖުމްލަ 36 އަށް

ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އައި ދިވެހި ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.

15 އޮކްޓޯބަރ

October 15, 2020 1
ކޮވިޑް-19 އަށް މިއަދު 51 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް މިއަދު 51 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

October 15, 2020
ރަނގަޅަށް އަމަލްކުރަންޏާ ގެސްޓްހައުސްތަކުން ބިރެއް ނެތް

މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސްތަކާއި ޓޫރިސްޓް ހޮޓާތައް މިއަދު ހުޅުވަނީ ފުރިހަމަ ގައިޑްލައިންތަކެއް އެކުލަވާލައިގެން ކަމަށާއި އެ ގައިޑްލައިންތަކަށް އަމަަލުކުރާ ނަމަ...

13 އޮކްޓޯބަރ

October 13, 2020 7
ގެސްޓު ހައުސް ހުޅުވާ ރަށްރަށުގައި މާސްކު މަޖުބޫރު

މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ފިޔަވައި އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް އަންނަ ބުރާސްފަތި ދުވަހު ހުޅުވާއިރު، އެ ތަންތަން ހުންނަ ރަށްރަށުގެ އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރުވާނެ ކަމަށް އެޗުޕީއޭ އިން ބުނެފި އެވެ.

12 އޮކްޓޯބަރ

October 12, 2020 30
ސާމްޕަލް ނެގި މީހާގެ ކިބައިން އިކްރާމް މާފަށް އެދިއްޖެ

ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާ އަށް ހަމަލާދީ، މަރާމާރީ ހިންގައި މަގާމުގެ ހައިސިއްޔަތު ބޭނުންކޮށް ބިރުދައްކަން މަސައްކަތް ކުރި ކަމަށް ބުނާ މައްސަލައިގައި އެ މީހާ ކިބައިން މާފަށް އެދިވަޑައިގެންފި އެވެ.

11 އޮކްޓޯބަރ

October 11, 2020 1
ކުޑަކުދިންގެ ހިޔާގެ ދެ ކުއްޖަކަށް ކޮވިޑް ޖެހިއްޖެ

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބި ދެ ކުއްޖަކަށް ކޮވިޑް ޖެހިއްޖެ އެވެ.

10 އޮކްޓޯބަރ

October 10, 2020 11
އެޗްޕީއޭގެ ރައްދު: ހިދުމަތް ދެނީ އޯގާތެރިކޮށް

ކޮވިޑަށް ޓެސްޓްކުރުމާއި އެނޫން ހިދުމަތްތައް ވެސް ދެނީ އޯގާތެރިކޮށް ކަމަށް ބުނެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަނަށް މިރޭ ރައްދު ދީފި އެވެ.

08 އޮކްޓޯބަރ

October 08, 2020 26
65 ވެންޓިލޭޓަރު ލިބޭނެ ދުވަހެއް އަދިވެސް ނޭނގެ!

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން ލިބެންޖެހޭ 65 ވެންޓިލޭޓަރު ރާއްޖެ އަށް ފޮނުވާނެ ދުވަހެއްގެ ޔަގީންކަން އެ ކުންފުނިން އަދިވެސް ނުދޭ ކަމަށް ހެލްތު މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

07 އޮކްޓޯބަރ

October 07, 2020
ފިޔަވަތިން ބައެއް ކުދިންނާއި މުވައްޒަފުން ޕޮޒިޓިވްވެއްޖެ

ހުޅުމާލޭގައި ކުޑަކުދިން ބަލަހައްޓާ ފިޔަވަތީގައި ތިބި ކުދިންތަކަކާއި އެތަނުގެ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

October 07, 2020 1
ކޮވިޑް-19 އަށް 35 މީހަކު މިއަދު ޕޮޒިޓިވް

ކޮވިޑް-19 އަށް މިއަދު ރާއްޖެއިން 35 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

06 އޮކްޓޯބަރ

October 06, 2020 13
ހާލަތު ރަނގަޅުވެ، އައިސީޔޫ ހުސްވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ވަރު ކޮންޓްރޯލް ކުރެވި، އެޑްމިޓު ކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު މަދުވެއްޖެ އެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން ރޭ ބުނީ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީތަކުގެ އައިސީޔޫތައް ހުސްކޮށް ހުންނަތާ ހަތަރު ދުވަސް ވެފައިވާ ކަމަށެވެ.

05 އޮކްޓޯބަރ

October 05, 2020 3
ކުޅުދުއްފުއްޓާއެކު އުތުރުގެ ހަ ރަށެއް މޮނިޓަރިން އަށް

ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވުމުން، އެ ރަށް ހިމެނޭ ގޮތުން އުތުރުގެ ހަ ރަށަކަށް އަރައިފޭބުން އެޗުޕީއޭ އިން މިރޭ މަނާކޮށްފި އެވެ.

29 ސެޕްޓެމްބަރ

September 29, 2020 12
ގެސްޓްހައުސް ހުއްޓަސް، ޒަރޫރީ ހާލަތްތަކުގައި ލުޔެއް

ގެސްޓްހައުސް ހުންނަ ރަށްރަށަށް ޚާއްސަ ހާލަތްތަކުގައި ދަތުރު ކުރިޔަސް، ކަރަންޓީން ވާން ނުޖެހޭނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.

28 ސެޕްޓެމްބަރ

September 28, 2020 4
ކޮވިޑް-19 އަށް 59 މީހަކު މިއަދު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް މިއަދު 59 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

25 ސެޕްޓެމްބަރ

September 25, 2020
އެމްއެންޔޫއާ ގުޅިގެން އެންޓި ބޮޑީ ޓެސްޓު ހަދަން ފަށަނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ ގުޅިގެން އަންނަ މަހު އެންޓި ބޮޑީ ޓެސްޓު ހަދަން ފަށާނެ ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

24 ސެޕްޓެމްބަރ

September 24, 2020 11
ނަމްބަރު މަދުވިޔަސް ގްރީން ޒޯނަކަށް ނުދޭ: ޑރ. ޝީނާ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު މަދުވަމުން ދިޔަ ނަމަވެސް ގްރީން ޒޯނަށް ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލާ ހިސާބަށް އަދި ނުދާ ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.