18 ފެބުރުއަރީ

February 18, 2020
މާބަނޑުއިރު ޕޮޓޭޓޯ ޗިޕްސްއާ ދުރުވާންޖެހޭ

މާބަނޑުވުމުން އަންހެނުންނަށް ކުރިމަތިވާ ކަންކަމުގެ ތެރޭގައި ބައެއް ކާނާ ކާ ހިތްނުވެފައި، ބައެއް ކަހަލަ އެއްޗެހި ކާން މާ ބޮޑަށް ބޭނުންވުން ހިމެނެ އެވެ. އެގޮތުން ޕޮޓޭޓޯ ޗިޕްސް އަކީ މާ...

February 18, 2020
ކިޑްނީގެ ބަލިތަކާ ދުރުވާން ކަސްރަތު މުހިންމު

ގިނައިން ކަސްރަތުކުރާ މީހުންނަށް ކިޑްނީގެ ބަލިތަައް ޖެހުމުގު ފުރުސަތު ކުޑަކޮށްދޭ ކަމެއް ދިރާސާއެއްގައި ބުނެފި އެވެ.

14 ފެބުރުއަރީ

February 14, 2020
ރަނގަޅަށް އަތް ދޮންނާނީ ކިހިނެއް؟

ބަލިތަކުން ރައްކާތެރިވުމަށް އަތްދޮވުމުގެ މުހިއްމުކަން އަންގައިދޭ ކަމަކީ ގްލޯބަލް ހޭންޑްވޮޝިން ޑޭގެ ނަމުގައި ހާއްސަ ދުވަހެއް ވެސް ކޮންމެ އަހަރަކު ފާހަގަކުރާތީ އެވެ. އެ ދުވަހަކީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހެވެ.

13 ފެބުރުއަރީ

February 13, 2020 3
ފެންއަޅާ ފުޅި ކިހާ ވަރަކަށް ދޮންނަން؟

ގެންގުޅޭ ފެންފުޅީގެ ސާފުތާހިރުކަމާ ދޭތެރޭ ކިހާ ވަރަކަށް ސަމާލުކަން ދެވޭ ހެއްޔެވެ؟ ދާ ކޮންމެ ތާކަށް ގެންދެވޭ ގޮތަށް ފެންއަޅާ ފުޅިއެއް ގެންގުޅުމަކީ މިހާރު ވަރަށް ގިނަ ބައެއްގެ އާދައެކެވެ. އެއާ އެކު ފުޅީގެ ސާފުތާހިރުކަމާ ދޭތެރޭ ސަމާލުނުވެއްޖެ ނަމަ މީހާ ބަލިވެދާނެ އެވެ.

12 ފެބުރުއަރީ

February 12, 2020
އާދައިގެ ޕާނަށް ބޮޑު އިންގިލާބެއް ގެންނަނީ

އާދައިގެ ހުދު ޕާނަށް ވުރެ ސިއްހީ ގޮތުން ރަނގަޅީ ބްރައުން ބްރެޑް ކަމަށް ބުނާތީ އެއަށް ބަރޯސާވާ މީހުން ގިނަ އެވެ. ބައެއް މީހުންނަށް ބްރައުން ބްރެޑަކީ ކާން އެހާ ކަމުދާ އެއްޗަކަށް ނުވިޔަސް، އެކަން މަޖޫބުރުވާ ހާލަތްތައް ވެސް މިހާރު މަދެއް ނޫނެވެ.

10 ޖެނުއަރީ

January 10, 2020 11
ސްޓްރޯކް: ރާއްޖޭގައި އާއްމުވަމުން ދާ ނުރައްކަލެއް

އެ ޒުވާން އަންހެން ކުއްޖާއަށް ހަކުރު ބަލީގެ ނުރައްކާ އޮތީ ބޮޑުވެފަ އެވެ. ގަވައިދުން ބޭސްކާން ވެސް ޖެހެ އެވެ. ނަމަވެސް އޭނާ ދިޔައީ އެކަންކަމަށް ފަރުވާ ކުޑަކުރަމުންނެވެ. އޭގެ ސަބަބުން އެކި އުނދަގޫތައް ވެސް ކުރިމަތިވި އެވެ. ނަމަވެސް މާ ބޮޑު ކަމަކަށް ނުހަދާ އުޅުނީ އެވެ. އޭގެ ނަތީޖާއަކަށް ވީ އޮފީހުގައި މަސައްކަތުގައި އުޅެނިކޮށް ބޮޑު...

03 ޑިސެމްބަރ

December 03, 2019
ސްކޫލް ގައިޑް: މީހާ މީހަކަށް ހަދައިދެނީ ކަސްރަތު

ސުރުޚީގައި ވަނީ 2017 ގައި އެލެކްސެންޑަ ޑަބްލިޔު. ކަޕެލަން ހަދައިފައިވާ ދިރާސާއަކަށް ފަހު ބުނެފައިވާ ބުނުމެކެވެ. އޭނާ ބުނާ ގޮތުގައި އިންސާނާ އިންސާނަކަށް ހަދައިދެނީ ކަސްރަތެވެ. އޭނާގެ ދިރާސާގައި ބުނާ ގޮތުގައި އިންސާނާއާ އެހެން މަޚުލޫޤުންނާ ހުރި ތަފާތަކީ ވިސްނުމުގެ ކުޅަދާނަކަމާއި އަތްފައި، ލޯ، ކަންފަތާއި ސިކުނޑީގެ ބޭނުން ފުރިހަމަ...

20 އެޕްރީލް

April 20, 2019 26
މަރިޔަމް ވަހީދާގެ ފުރަތަމަ މެރެތަން، ތާރީޚީ ކާމިޔާބެއް

އިއްޔެ އޮތް ޓީއެފްޖީ ލޯންގް ރަންގައި މަރިޔަމް ވަހީދާ، އުމުރުން 67 އަހަރުގައި، މެރެތަން ފުރިހަމަކުރައްވައި، ރާއްޖޭގެ ތާރީޚުން ޖާގައެއް ހޯއްދަވައިފި އެވެ.

26 ފެބުރުއަރީ

February 26, 2019 4
ދުޅަހެޔޮ ދިރިއުޅުމަށް ޝައުގުވެރިކުރުވަން ޕްރޮގްރާމެއް

ދުޅަހެޔޮ ދިރިއުޅުމަކަށް ދަރިވަރުން ޝައުގުވެރިކުރުވަން އިސްކަންދަރު ސްކޫލުގައި ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

07 ނޮވެމްބަރ

November 07, 2017 1
ހެލިފެލިވެ އުޅެމުން ކެއުމުން ވައިގެ އުނދަގޫ ބޮޑުވޭ

ވަގުތު ނެތިގެން އުޅޭއިރު، ހިނގާފައި ދަމުން ނުވަތަ މަސައްކަތުގައި އުޅެމުން ކެއުމަކީ ބައެއް މީހުންގެ އާދައެކެވެ. އެކަމަކު ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި މިގޮތަށް ކެއުމަކީ ބަނޑުގައި ގޭސް އުފެދެން މެދުވެރިވާނެ ސަބަބެކެވެ.

25 އޯގަސްޓް

August 25, 2017
ކޮންމެ ދުވަހަކު އިރުކޮޅަކު ބާރަށް ހިނގާލަންޖެހޭ

ސިއްހަތު ސަލާމަތުން ތިބުމަށްޓަކައި، މެދު އުމުރުގެ މީހުން ހިނގަން ޖެހޭނީ ބާރަށް ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ. ތަޖުރިބާކާރުން މިހެން ބުނެފައިވަނީ ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން އިންސާނުންނަށް ތަފާތު ބަލިތައް ޖެހުން ކަންބޮޑުވާ މިންވަރަށް މަތިވަމުންދާ ދަނޑިވަޅެއްގަ އެވެ.

18 ޖޫން

June 18, 2017 20
މި މީހުން ބުނަނީ ނުކައި އުޅޭތާ ނުވަ އަހަރުވެއްޖެކަމަށް

ދެ ދަރިން ލިބިފައިވާ މި ދެމަފިރިން ބުނާ ގޮތުގައި ފާއިތުވީ ނުވަ އަހަރު ދުވަހު އެމީހުން ދިރިއުޅެފައި ވަނީ ވަރަށް ކުޑަކޮށް ނުވަތަ އެއްގޮތަކަށް ވެސް ނުކަ އެވެ. ސަބަބަކީ ކެއުމާއި ފެނަކީ އެހާ މުހިއްމު އެއްޗެއް ކަމަށް އެމީހުންނަށް ނުފެންނާތީ އެވެ.

06 ޖޫން

June 06, 2017 2
ހަކުރު ނުކައި ހުރި މީހާ 70 އަހަރުގައި ވެސް ޒުވާން

ކެރޮލީން ހާޓްޒް އަކީ ފޮނި އެއްޗިއްސަށް ދެވި ހިފާފައިހުރި މީހެކެވެ. ނަމަވެސް ކުއްލިއަކަށް އޭނާ ދިރިއުޅުމުގެ ވައްޓާފާޅި ބަދަލުކޮށްލައި ފޮނި އެއްޗެހި ކެއުން މުޅިން ހުއްޓާލަން ނިންމި އެވެ.

18 މެއި

May 18, 2017 3
ކޮކާ ކޯލާ ކުންފުނިން މިނިޓް މެއިޑް ޖޫސް ތައާރަފުކޮށްފި

ދުނިޔޭގެ ބާޒާރުގައި ކުރީގައި އުޅޭ މިނިޓް މެއިޑް ބްރޭންޑްގެ ޖޫސް ކޮކާ ކޯލާ ކޮމްޕެނީން މިއަދު ރާއްޖެއަށް ތައާރަފް ކޮށްފި އެވެ. ރޯދަމަހާ ދިމާކޮށް މި ޖޫސް ތައާރަފް ކުރީ ރޯދަ ވީއްލާ ގަޑިއަށް ސިއްހަތަށް ރަނގަޅު ބުއިމެއް ބޯން ބާރު އެޅުމަށް ކަމަށް ކޮކާ ކޯލާ ކުންފުނިން ބުންޏެވެ.

15 މެއި

May 15, 2017 4
ސަމުސަލަކުން ބަލިތައް ދެނެގަނެވޭނެތަ؟

ޑޮކްޓަރަށް ދައްކައި، އެއްވެސް ބައްޔެއް ހުރިތޯ ޗެކްކުރާ މީހުން މަދެއް ނޫނެވެ. ނަމަވެސް ބަލިތައް ހުރިތޯ ބަލަން މީހުން ކޮށް އުޅޭ ތަފާތު ކަމެއް އޮވެ އެވެ. އެއީ ސަމުސާ ޓެސްޓެވެ.

06 މެއި

May 06, 2017
ހަކަތަ ގެންނަން ކޮފީއަކަށް ވުރެ ރަނގަޅީ ސިޑިން އެރުން

މަސައްކަތްކުރުމުގެ ރޫހު ގެއްލި، ހަކަތަ ނެތް ކަމުގެ އިހްސާސްވާ ނަމަ ކޮފީއެއް ބޯލައިގެން ނުވަތަ ކެފެއިން ހުންނަ ކޮންމެވެސް އެއްޗަކުން ހައްލު ހޯދަމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް...

May 06, 2017 2
ހާޓް އެޓޭކެއް ޖެހިދާނެ ކަމަށް ނުވިސްނާ މީހުން ގިނަ

ދުންފަތުގެ އިސްތިއުމާލުކުރުމާއި އެކަށީގެންވާ ވަރަށް ވުރެ ފަލަވުމާއި ހަރަކާތްތެރިކަން ކުޑަވުން ފަދަ، ހާޓް އެޓޭކަށް މަގުފަހިވާ ކަންކަން ހުންނަ މީހުންގެ ތެރޭގައި ވެސް ހާޓް އެޓޭކެއް...

30 އެޕްރީލް

April 30, 2017
50 އިން މައްޗަށް ދިއުމުން ކަސްރަތު ވަރަށް މުހިންމު

އުމުރުން 50 އަހަރު ވުމަށް ފަހު ސިކުނޑީގެ ދުޅަހެޔޮކަން ދަމަހައްޓަން ބޭނުން ނަމަ ކޮންމެ ހަފުތާއަކު ވެސް އާދައިގެ ކަސްރަތު، ތަކުރާރުކުރުން ވަރަށް މުހިންމު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

28 އެޕްރީލް

April 28, 2017 5
ނަފްރަތާއި ރުޅި: ސާދާ ދިރިއުޅުމަކާ ނުގުޅޭ

މީހަކާ ވާހަކަ ދައްކާއިރު، އޭނާ އެދައްކާ ވާހަކަތައް ކަނުލައި އަޑުއެހުމަކީ އަޅުގަނޑުގެ އާދައަކަށް ހެދޭތޯ އަބަދު ވެސް ބަލަމެވެ. އާންމު ގޮތެއްގައި، އެދައްކާ ވާހަކައެއްގެ ރާގާއި އަދި ވަކިން ހާއްސަކޮށް އެމީހާގެ ވާހަކައިގައި އުއްމީދީ އަދި ނާއުއްމީދީ ބަސްތައް ބޭނުންކުރަނީ ކިހާ މިންވަރަކަށްތޯ ބެލުމަކީ ވެސް އަޅުގަނޑު ކުރާ ކަމެކެވެ....

08 އެޕްރީލް

April 08, 2017 3
އޮޕްރާ ވިންފްރީ މުޅިން ބަދަލުވެފައި

ބަރުދަން ލުއިކޮށް، ހިކެން ބޭނުން ނަމަ، މަޝްހޫރު ޓީވީ ހޯސްޓް އޮޕްރޭ ވިންފްރީއަކީ މިހާރު ނަމޫނާއަކަށް ބަލަން ޖެހޭ ވަރުގެ މީހެއް ކަމަށް ހޮލީވުޑްގެ ބަތަލާ ކޭޓް ހަޑްސަން ބުނެފި އެވެ.

28 މާޗް

March 28, 2017 1
ރޭގަނޑު ފާހާނާޔަށް ދާންޖެހޭ ނަމަ ލޮނު މަދުކޮށްލާ

ކުޑަކަމުދާން ޖެހި، އަވަސް އަވަހަށް ރޭގަނޑު ނިދިން ހޭލެވުމަކީ އާންމު ކަމަކަށް ވެފައިވާ ނަމަ އެއީ ލޮނު ހުންނަ ކާނާ މާގިނައިން ކާތީ ދިމާވާ ކަމަކަށް ވެދާނެ ކަމަށް ޖަޕާނުގެ ޑޮކްޓަރުންގެ ޓީމަކުން ބުނެފި އެވެ.

08 މާޗް

March 08, 2017 2
އަވަހަށް ހޭލާ މީހުންގެ ސިއްހަތު ރަނގަޅު

އަވަހަށް ނިދައި، ހެނދުނު ހޭލާ މީހުންގެ ސިއްހަތު ރޭގަނޑު ލަހުން ނިދާ މީހުންނާ އަޅާބަލާއިރު ރަނގަޅުވުމަށް އޮންނަ ފުރުސަތު ބޮޑު ކަމަށް ފިންލެންޑުގައި ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.