05 ފެބުރުއަރީ

February 05, 2017 2
ޖީންގެ އުނިކަމުން ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހޭ

އިނގިރޭސި ވިލާތުގައި އެކަނިވެސް ފޯލްޓީ ޖީންގެ ސަބަބުން ކޮރޮނަރީ ހާޓް ޑިޒީޒް ނުވަތަ ކުއްލިއަކަށް މަރުވުމުގެ ނުރައްކާއޮތް 620،000 މީހުން އެބަތިބިކަމަށް އެ ގައުމުގެ ޗެރިޓީއަކުން އިންޒާރުދީފި އެވެ. ފޯލްޓީ ޖީން އަކީ ޖީން އެއް އުފެދޭއިރު އޭގައި ކޮންމެވެސް އުނިކަމެއް ހުރުމެވެ. މިފަދަ ކަމެއް ހުންނަ މީހަކަށް އެކަމެއް ނުވެސް އެނގޭނެ އެވެ.

21 ޖެނުއަރީ

January 21, 2017
އަދިވެސް ކޮފީގެ މޮޅު ވާހަކަ، ހިތަށް ވެސް ރަނގަޅު

ކޮފީއާ ބެހޭ ގޮތުން ކުރާ ދިރާސާތަކުން، އޭގެ ގެއްލުމަށް ވުރެ ފައިދާގެ ލިސްޓް ވަނީ ދިގެވެ. ކެފެއިންގެ މައިގަނޑު ވަސީލަތް ކަމަށްވާ ކެފެއިން އަކީ ހިތުގެ ބަލިތަކާ ގުޅުން ހުރި އިންފްލެމޭޝަންތަކާ ދެކޮޅަށް މަސައްކަތްކުރާ އެއްޗެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

15 ޖެނުއަރީ

January 15, 2017 1
ލޭމައްޗަށް ދިއުމުގެ މައްސަލަ އިތުރަށް ގޯސްވަނީ

ލޭމައްޗަށް ދިއުމުގެ މައްސަލަ ކުރިމަތިވާ މީހުންގެ އަދަދު މުޅި ދުނިޔޭގައި ވެސް ބޮޑުވަމުން އަންނަ ކަމަށާއި އެ މައްސަލާގައި މަރުވާ މީހުންގެ އަދަދު ވެސް އިތުރުވެއްޖެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

21 ނޮވެމްބަރ

November 21, 2016 5
އޭޑީކޭ ކެތުލެބު ސާމާނު ގެނެސްފި، ހުޅުވުން ޖެނުއަރީިގައި

ހިތުގެ ޒަމާނީ ފަރުވާއަށް ހާއްސަ ކެތު ލެބަށް ބޭނުންވާ މުހިންމު ސާމާނު މިހާރު ގެނެސްފި ކަމަށާއި ޖެނުއަރީ މަހު އެތަން ހުޅުވާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

21 އޮކްޓޯބަރ

October 21, 2016
ހިތުގެ ބަލީގެ މީހުން ކޮފީ ބޯންވާނެތަ؟

(ހެލްތުޑޭ ނިއުސް) - ކެފެއިން ހުންނަ ބުއިންތަކުން، ހިތުގެ ބަލިތައް ހުންނަ މީހުންގެ ހިތުގެ ހިނގުން ހަމައިން ނެއްޓި ނުރައްކާތެރި ހާލަތެއް މެދުވެރި ވެދާނެ ކަމަށް ޑޮކްޓަރުން އިންޒާރު ދެއްވަ އެވެ. ނަމަވެސް ބްރެޒިލްގައި އަލަށް ކުރި ދިރާސާއަކަށް ފަހު ބުނަނީ ޑޮކްޓަރުންގެ މި އިންޒާރަކީ ތެދެއް ކަމަށް ނުބެލެވޭ ކަމަށެވެ.

17 އޮކްޓޯބަރ

October 17, 2016
ރުޅި އައުމުން ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު އިތުރުވޭ

ރުޅި އައުމާއި ކަންކަމާ ހާސްވުމާއި ޖިސްމާނީ ގޮތުން މާބުރަކޮށް މަސައްކަތް ކުރުމުން ހާޓް އެޓޭކްގެ ނުރައްކާ ދެ ގުނަ އަށް އިތުރުވުން އެކަށީގެންވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

14 އޮކްޓޯބަރ

October 14, 2016 1
މެދުއުމުރުގެ އަންހެނުންނަށް ޑިޕްރެޝަނުން ހިތުގެ ބަލި

މެދުއުމުރުގެ އަންހެނުންނަށް ޑިޕްރެޝަންގެ ސަބަބުން ހިތުގެ ބަލީގެ ނުރައްކާ ބޮޑުވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

October 14, 2016 1
ކެލްސިއަމް ބޭހުން ހިތަށް ގެއްލުންވޭ: ސައިންސްވެރިން

ކެލްސިއަމް ސަޕްލިމެންޓްސް ނުވަތަ ކެލްސިއަމް ގުޅަ މާގިނައިން ބޭނުންކުރާ ނަމަ ހިތާއި ވެސްކިއުލާ ސިސްޓަމަށް ގެއްލުން ވެދާނެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

October 14, 2016 3
ހަކުރު ހުއްޓާލާތާ ނުވަ ދުވަހުން ތަފާތު ފެނޭ

ހަކުރު ބޭނުންކުރުން ހުއްޓާލާތާ އެންމެ ނުވަ ދުވަސް ތެރޭ ހަށިގަނޑުން ރަނގަޅު ބަދަލުތައް ފެންނަން ފަށާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

01 އޮކްޓޯބަރ

October 01, 2016
ތަދުކަނޑުވާ ބައެއް ބޭހުން ހިތަށް ނުރައްކާ

އާއްމުކޮށް ބޭނުންކުރާ ތަދުކަނޑުވާ ބޭސްތަކުގެ ތެރޭގައި ހިމެނޭ އައިބިއުޕްރޮފެން ކަހަލަ ބޭސްތަކުން "ހާޓް ފެއިލް"ވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ތަޖުރިބާކާރުން އިންޒާރު ދީފި އެވެ.

29 ސެޕްޓެމްބަރ

September 29, 2016 10
ހިތުގެ ބަލީގައި މަރުވާ މީހުންގެ އަދަދު މަތީގައި!

ރާއްޖޭގައި އަދިވެސް އެންމެ ގިނަ މީހުން މަރުވަނީ ހިތުގެ ބަލީގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2016
ނިދި ގިނަވިޔަސް، މަދުވިޔަސް ހިތަށް ގެއްލުން

ނިދި މާ ބޮޑަށް މަދުވިޔަސް ނުވަތަ ގިނަވިޔަސް އެކަމުގެ ސަބަބުން ހިތުގެ ބަލިތަކަށް ހުށަހެޅިދާނެ ކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނެފި އެވެ.

18 ސެޕްޓެމްބަރ

September 18, 2016
އަވަހަށް އިއްދައިންކެނޑުމުން ހާޓް އެޓޭކް ނުރައްކާ ބޮޑު

އަވަހަށް އިއްދައިން ކެނޑޭ މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ 50 ޕަސެންޓް އިތުރުކަމަށް ސައިންސްވެރިން ބުނެފި އެވެ.

02 ސެޕްޓެމްބަރ

September 02, 2016
ނިދަން ގާތްކޮށްފައި ކެއުމަކީ ހެޔޮވާވަރު ކަމެއް ނޫން

ރޭގަނޑުގެ ދަން ވަގުތުތަކުގައި ކެއުމުގެ ސަބަބުން އިނގިރޭސި ވިލާތުގެ އެތައް މިލިއަން ބަޔަކަށް ހާޓް އެޓޭކްގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް އެ ގައުމުގެ ޑޮކްޓަރުން އިންޒާރު ދެއްވައިފި އެވެ.

26 އޯގަސްޓް

August 26, 2016
ޒުވާން އަންހެނުންގެ ހިތަށް ސްޓްރެސްގެ ނުރައްކާ ބޮޑު

ސްޓްރެސްގެ ސަބަބުން ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމަށާއި ޒުވާން އަންހެނުންގެ ހިތަށް ވަކިން ބޮޑަށް ނުރައްކާވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

23 އޯގަސްޓް

August 23, 2016 1
މައިންބަފައިންގެ އުމުރާ ދަރިންގެ އުމުރާ ގުޅުމެއް ވޭތަ؟

ޔުނިވަސިޓީ އޮފް އެސްޓާ މެޑިކަލް ސްކޫލްގެ ތަޖުރިބާކާރުން ވިދާޅުވަނީ މިހެންނެވެ. އުމުރުން 70 އިން މައްޗަށް ދާންދެން ދުނިޔޭގައި އުޅެފައިވާ މީހުންނަށް ލިބިފައިވާ ދަރިން ހާޓް އެޓޭކެއް ޖެހިގެން، މައިންބަފައިން މަރުވި އުމުރުގައި މަރުވުމަށް އޮންނަ ފުރުސަތު އެހެން މީހުންނާ އަޅާބަލާއިރު ކުޑަ އެވެ.

09 ޖުލައި

July 09, 2016 5
ހިތުގެ އާލާސްކަންފުޅެއްގައި ޒަމީރު ފަރުވާ ހޯއްދަވަނީ

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހިތުގެ އާލާސްކަންފުޅެއްގައި ސްރީ ލަންކާގައި މިރޭ ފަރުވާ ހޯއްދަވަން ފައްޓަވައިފި އެވެ.

05 ޖުލައި

July 05, 2016 7
"ގައުމީ ކަމެއް، އެތައް ބައެއްގެ ފުރާނަ ސަލާމަތް ވާނެ"

އެއީ މިދިޔަ ހަފުތާގެ ކުރީކޮޅެވެ. އެ ރޭ ވެސް އޭނާ ހޮސްޕިޓަލަށް ދިޔައީ އަންހެނުން ގޮވައިގެން ޑަޔަލިސިސް ހަދާށެވެ. އަންހެނުން ބޭއްވުމަށް ފަހު، އާދައިގެ މަތިން މަޑު ހިނގުމެއްގައި އަމީނީމަގުން ގެއާ ދިމާ އަށް ދަނިކޮށް މެ އަށް އެރީ ކުއްލި ތަދެކެވެ. ނޭވާ ހާސްވާން ފެށުމުން ދަރިއަކަށް ގުޅައި ބަލާ އަންނަން ވެސް އޭނާ އެދުނެވެ. އެކަމަކު،...

03 ޖުލައި

July 03, 2016 21
ސިއްހީ ދާއިރާގެ ބޮޑު ދުވަހެއް، ހިތްތައް ހަމަޖެހިއްޖެ

އެންމެ ފަސް މިނެޓްގެ ފަރުވާއަކަށް ރާއްޖެއިން ބޭރަށް ދާން ޖެހުން މިދިޔަ ހުކުރު ދުވަހު ނިމުމަކަށް އައީ އެވެ. އައިޖީއެމްއެޗުގައި ހިތުގެ ފަރުވާ ފަށައިފި އެވެ. މިއީ، އާދައިގެ ކަމެއް ނޫނެވެ. ރާއްޖޭގެ ސިއްހީ ނިޒާމަށް ވެސް މި އައީ ވަރަށް ބޮޑު އިންގިލާބެކެވެ. އާދައިގެ ފަރުވާތަކަށް ހާއްސަވެފައި އޮތް ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް މިހާރު...

01 ޖުލައި

July 01, 2016 1
މަސް ކެއުމުން ހާޓް އެޓޭކްގެ ނުރައްކާ ކުޑަވޭތަ؟

އާންމުކޮށް މަސް ކެއުމާއި އޮމެގާ-3 ފެޓީ އެސިޑްސް ހުންނަ ކާނާ ބޭނުންކުރުމުން ނުރައްކާތެރި ހިތުގެ ބަލީގެ ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

July 01, 2016
ފިރިހެން އެތުލީޓުންގެ މެދުގައި ކުއްލި މަރު އިތުރު

މަރަކީ ވަކި އުމުރެއްގެ ވަކި މީހަކަށް ހާއްސަ އެއްޗެއް ނޫނެވެ، ކޮންމެ ވަގުތަކު ވެސް މަރުވެދާނެ އެވެ. އެކަމަކު ހިތުގެ ބަލިތަކާ ދުރުވާން ކަސްރަތު ކުރުމާއި ހަރަކާތްތެރި ދިރިއުޅުމެއްގެ...

26 ޖޫން

June 26, 2016 24
ބިޔަ މަޝްރޫއަކާ އެކު އޭޑީކޭ އާ ހަރުފަތަކަށް

ރާއްޖޭގައި ހުރި އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް، އޭޑީކޭގެ ހިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން ތިއޭޓަރު ކޮމްޕްލެކްސްއަކާއި 10 ބުރީގެ އިމާރާތެއް އެޅުމަށް އެ ހޮސްޕިޓަލުން މިއަދު ނިންމައިފި އެވެ. މި ބޮޑު މަޝްރޫއުގެ އަގަކީ 18.2 މިލިއަން ޑޮލަރެވެ.

23 ޖޫން

June 23, 2016 2
އެއާޕޯޓާ ކައިރީގައި އުޅޭ ނަމަ ލޭމައްޗަށް ހިނގައިދާނެ

އެއާޕޯޓަކާ ކައިރީގައި އުޅުމަކީ ހަމައެކަނި ކަންފަތަށް ބާރުކުރާ ކަމެއް ނޫން ކަމަށާއި އެއީ ހިތަށް ވެސް ބާރު ބޮޑުވާ ކަމެއްގެ ގޮތުގައި އާ ދިރާސާއަކުން ފާހަގަވެއްޖެ އެވެ.