30 އެޕްރީލް

April 30, 2019 9
ހައްޖަށް ދާން ހިންމަފުށިން ހޮވުނީ ރާފިއާ ރަގީބް

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ކ. ހިންމަފުށީ ކައުންސިލުން އެ ރަށު މީހަކަށް ފުރުސަތު ދީފި އެވެ. މި ފުރުސަތު ގުރުއަތުން މި އަހަރު ލިބުނީ އެ ރަށު ނަންރީތިގޭގެ ރާފިއާ ރަގީބަށެވެ.

29 އެޕްރީލް

April 29, 2019 3
ހިންމަފުށީގައި ގުރުއާން މުބާރާތެއް ބާއްވައިފި

ކ. ހިންމަފުށީގައި މި އަހަރު ވެސް ގުރްއާން މުބާރާތެއް ބާއްވައިފި އެވެ. މި މުބާރުން އެއް ވަނަ އަށް ދިޔައީ 19 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވި މުހައްމަދު ނަޒާން އެވެ.

05 ފެބުރުއަރީ

February 05, 2017 28
މިފަހަރު ވެސް މަރުގެ އެތިފަހަރެއް، ސިފައިން ހިމޭނުން!

ހިންމަފުށީ ގެއެއްގެ ދޮރަށް، 2015 ގައި، އެރި ވަޒަން މީހަކަށް އަމާޒުވި ނަމަ އެކަން ވާނީ މަރުގެ އެތިފަހަރަކަށެވެ. އޭގެ ދެވަނަ ހާދިސާ ހިިނގީ މިދިއަ ބުދަދުވަހު އެވެ. ރަށާ ކައިރީގައި ސިފައިން ތަމްރީން ހަދާ ގިރިފުށި އޮތް އިރު، ވަޒަން އެރުމުގެ ދެ ހާދިސާ އަށް ފަހު އަނެއްކާވެސް މި ވަނީ ނުރައްކާތެރި ރަނގަބީލު ޖެހެން ފަށައިފަ އެވެ.

04 އޮކްޓޯބަރ

October 04, 2016 6
ހިންމަފުއްޓާއި ހުރައަށް ފެރީ ލޯންޗުތައް ފަށައިފި

ކ. ހިންމަފުއްޓާއި ހުރައަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ފެރީ ލޯންޗުގެ ހިދުމަތް އެމްއެންއެޗްޑީ އިންވެސްޓްމަންޓުން ފަށައިފި އެވެ.

18 ޖުލައި

July 18, 2016 7
ކައުންސިލަކުން ފުރަތަމަ ފަހަރަށް ހައްޖަށް ފޮނުވައިދެނީ

ކ. ހިންމަފުށީ ކައުންސިލުން ކޮންމެ އަހަރަކު، ރަށުގެ ރައްޔިތަކު ހައްޖަށް ފޮނުވުމަށް މިއަދު ނިންމައިފި އެވެ. މިއީ ރަށެއްގެ ކައުންސިލަކުން ބަޔަކު ހައްޖަށް ފޮނުވަން ނިންމި ފުރަތަމަ ފަހަރެވެ.

15 ޖުލައި

July 15, 2016 4
ހިންމަފުށި ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތަށް

ކ. ހިންމަފުށީ ދެކުނު ފަރާތު ފަޅު ތެރެއިން 21.6 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

05 ޖުލައި

July 05, 2016 12
130 މިލިއަނަށް ހިންމަފުށި ބިން ހިއްކަން ފަށައިފި

ކ. ހިންމަފުށީ ދެކުނު ފަރާތު ފަޅު ތެރެއިން 21.6 ހެކްޓަރުގެ ބިން ހިއްކަން އިއްޔެ ފަށައިފި އެވެ.

02 ޖޫން

June 02, 2016 1
ހިންމަފުށީ ރޯދަ ހަދިޔާ: ކޮންމެ މީހަކަށް 200ރ.!

ރޯދަމަސް ފެށެން ދެތިން ދުވަހަށް ވެފައިވާ އިރު އެކި ރަށްރަށުގެ ކައުންސިލްތަކުން އަންނަނީ ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ތަފާތު ހަދިޔާތައް ބަހަމުންނެވެ. ކަރަންޓް ބިލުގެ އެއްބައި ދައްކައިދިނުމާއި ކާޑުގެ ބާވަތްތައް ބެހުން ފަދަ ކަންތައް އެކި ރަށްރަށުން ކުރެ އެވެ. މިފަހަރު ކ. ހިންމަފުށީ ކައުންސިލުން ދޭން ނިންމާފައިވަނީ އެ...