03 ފެބުރުއަރީ

February 03, 2017 3
"ގާބިލް" އަށް ފަހު ރިތިކްގެ ލޯ ހަދިޔާކޮށްފި

ރިތިކް ރޯޝަން އިންސާނިއްޔަތަށްޓަކައި އޭނާގެ ދެ ލޯ ހަދިޔާކުރާނެކަން އޭނާގެ 43 ވަނަ އުފަން ދުވަހު އިއުލާނުކޮށްފި އެވެ.

02 ފެބުރުއަރީ

February 02, 2017
ސަލްމާނާއި ރިތިކްގެ ރުޅިވެރިކަން ނިމުމަކަށް

ރިތިކް ރޯޝަން ގެ ބައްޕަ ރާކޭޝް ރޯޝަން 1995 ގައި އުފެއްދި ބްލޮކްބަސްޓާ ފިލްމު "ކަރަން އަރްޖުން" އުފެއްދި ދުވަސްވަރު ރިތިކް އާއި ސަލްމާން ޚާންގެ ގުޅުން ބަދައްސެވެ. ރިތިކް އޭރު މަސައްކަތް ކުރީ އެ ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.

27 ޖެނުއަރީ

January 27, 2017 1
އެޑްވާންސް ބުކިންސްގެ ކުރީގައި އުޅެނީ "ރައީސް"

ޝާހްރުކް ޚާންގެ "ރައީސް" އާއި ރިތިކް ރޯޝަންގެ "ގާބިލް"ގެ ވަރުގަދަ ކުރިމަތިލުމެއް ފެށިފައިވާއިރު އެޑްވާންސް ބުކިންސް އަށް ބަލާއިރު ރިތިކްގެ ފިލްމު މާ ފަހަތުގައި އުޅޭ ކަމަށް ޒީ ނިއުސް އިން ބުނެފި އެވެ.

26 ޖެނުއަރީ

January 26, 2017
"ގާބިލް" ބަލާނަން، "ރައީސް" ނުބަލާނަން: ރާކޭޝް ރޯޝަން

އަދިވެސް އިތުރަށް އެއްފަހަރު "ގާބިލް" ބަލާހިތުން ހުރި ކަމަށް މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ޑައިރެކްޓަރު ރާކޭޝް ރޯޝަން ބުނެފި އެވެ. ރާކޭޝް ރޯޝަން އަކީ "ގާބިލް"ގެ ޕްރޮޑިއުސަރު ވެސް މެ އެވެ.

23 ޖެނުއަރީ

January 23, 2017 4
ބޮލީވުޑް ފަންނާނުންގެ ތައުރީފު "ގާބިލް" އަށް

ރިތިކް ރޯޝަންގެ "ގާބިލް" އަކީ ވަރަށް މޮޅު ފިލްމެއް ކަމަށް ބޮލީވުޑްގެ ގިނަ ބަޔަކު ބުނެފި އެވެ. ރިތިކްގެ އާއިލާގެ މީހުންނާއި ބޮލީވުޑްގެ ފުންނާބު އުސް ގިނަ ބަޔަކަށް ދައުވަތު ދީގެން މިދިޔަ އާދިއްތަ ދުވަހުގެރޭ ބޭއްވި ޚާއްސަ ޝޯ ބެލުމަށްފަހު އެންމެން ވެސް ބުނީ މިއީ މި އަހަރު ނުކުންނާނެ އެންމެ މޮޅު އެއް ފިލްމަށް ވާނެ ކަމަށެވެ.

18 ޖެނުއަރީ

January 18, 2017 3
"ގާބިލް"އަށް ބޮކްސް އޮފީސް ރެކޯޑްތައް މުގުރާލެވިދާނެ

ރާކޭޝް ރޯޝަން އުފައްދާ ހުރިހާ ފިލްމެއްގައި އޭނާގެ ދަރިފުޅު ރިތިކް ރޯޝަން އެކަނި ބައިވެރިކުރަނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އެގޮތުން ޖެނުއަރީ 25 ގައި ރިލީޒްކުރާ ރާކޭޝް އެންމެ ފަހުން ޕްރޮޑިއުސްކުރި "ގާބިލް"ގެ ވެސް ބަތަލަކީ ރިތިކް އެވެ.

13 ޖެނުއަރީ

January 13, 2017
ރިތިކް އާއި ކުރީގެ އަނބިމީހާގެ ގުޅުން ބަދަހިވަނީ

ރިތިކް ރޯޝަން އާއި ކުރީގެ އަނބިމީހާ ސުޒާން ޚާންގެ ގުޅުން އަނެއްކާވެސް ރަނގަޅުވަމުން އަންނަކަން ގިނަ ބަޔަކު ފާހަގަކުރަން ފަށައިފި އެވެ. އެގޮތުން ދާދިފަހުން އެ މީހުން ވަނީ ދެ ދަރިންނާ އެކު ދުބާއީގައި ދިގު ޗުއްޓީއެއް ހޭދަކޮށްފަ އެވެ. އަދި ރިތިކްގެ 43 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު އެ އާއިލާއިން ބޭއްވި...

07 ޖެނުއަރީ

January 07, 2017
ސާރާއާ އެކު ފިލްމެއް ކުޅޭ ވާހަކަ ރިތިކް ދޮގުކޮށްފި

ސައިފް އަލީ ޚާނާއި އަމްރިތާ ސިންގުގެ ދަރިފުޅު ސާރާ އަލީ ޚާން ފިލްމީ ދުނިޔެއަށް ތައާރަފްކުރުމުގެ ގޮތުން ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އުފައްދާ ފިލްމުގެ ބަތަލަކީ ރިތިކް ރޯޝަން ކަމަށް ބުނެ އޮންލައިން ނޫސްތަކުގައި ޖަހާފައިވާ ޚަބަރުތައް ރިތިކް ދޮގު ކޮށްފި އެވެ.

06 ޖެނުއަރީ

January 06, 2017
ރިތިކްގެ "ގާބިލް" ރިލީޒްކުރުމުގެ ކުރިން ފައިދާވާން ފަށައިފި

ރިތިކް ރޯޝަންގެ އާ ފިލްމު "ގާބިލް" ރިލީޒްކުރަން ހަމަޖެހިފައި ވަނީ ޖެނުއަރީ 25 ވަނަ ދުވަހު އެވެ. ނަމަވެސް ފިލްމު ރިލީޒްކުރުމުގެ ކުރިން މިހާރުވެސް ފިލްމުގެ ޚަރަދު ފޫބެދި ފައިދާ ވާން ފަށައިފި ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

29 ޑިސެމްބަރ

December 29, 2016
ރިތިކް އެދެނީ "ރައީސް" ވެސް ކާމިޔާބު ފިލްމަކަށް ވާން

ރިތިކް ރޯޝަންގެ "ގާބިލް" އާއި ޝާހްރުކް ޚާންގެ "ރައީސް" ރިލީޒްކުރާ ދުވަސް ކައިރިވާ ވަރަކަށް ދެ ފިލްމުގެ ވާދަވެރިކަން ވެސް އަންނަނީ ބޮޑުވަމުންނެވެ. ފިލްމު އިންޑަސްޓްރީގެ މީހުންނާއި ހިންދީ ފިލްމަށް ލޯބިކުރާ ގިނަ ބަޔަކު މިހާރު ތިބީ މި ދެ ފިލްމުގެ ތެރެއިން ކުރި ހޯދަނީ ކޮން ފިލްމެއްތޯ ބަލާލަން ބޭނުންވެފަ އެވެ. ނަމަވެސް "ގާބިލް"ގެ ބަތަލު...

21 ޑިސެމްބަރ

December 21, 2016
"ގާބިލް"ގެ ދެ ވަނަ ޓްރެއިލާ އަދި މާ މޮޅު

ރިތިކް ރޯޝަން އާއި ޔާމީ ގޯތަމްގެ އާ ފިލްމު "ގާބިލް"ގެ ފުރަތަމަ ޓްރެއިލާ ބެލި ކޮންމެ މީހަކަށް ވެސް ބުނެލެވުނީ ހާދަ މޮޅޭ އެވެ. އެ ފިލްމު ބަލާލުމުގެ ޝައުގުވެރިކަން ގިނަ ބައެއްގެ ހިތުގައި އުފެދުނެވެ. ސޯޝަލް މީޑިއާގައި ވެސް އެންމެން މި އިޝްތިހާރުގެ މޮޅުކަމާއި ރީތިކަމުގެ ވާހަކަ ވަރަށް ގަދަޔަށް ދެއްކި އެވެ. ޔޫޓިއުބާއި ފޭސްބުކްގައި މި...

17 ޑިސެމްބަރ

December 17, 2016
"ގާބިލް"ގެ ކެމްޕެއިނަށް އާމިރު ޚާން އެހީތެރިވަނީ

ރިތިކް ރޯޝަންގެ "ގާބިލް"ގެ ޓްރެއިލާ ބެލުމަށް ފަހު އާމިރު ޚާން ވެސް މިހާރު ހިމެނެނީ އެ ފިލްމުގެ ފޭނުންގެ ތެރޭގަ އެވެ. އާމިރުގެ އާ ފިލްމު "ޑަންގަލް" އާ އެކު ސިނަމާތަކުގައި އެ ޓްރެއިލާ ލޯންޗުކުރުމުގެ ހުއްދަ ވެސް އާމިރު މިހާރު ވަނީ ދީފަ އެވެ.

13 ޑިސެމްބަރ

December 13, 2016 1
"ރައީސް" އަށް ވުރެ "ގާބިލް" ކާމިޔާބުވެދާނެ

ރިތިކް ރޯޝަންގެ "ގާބިލް" ޖެނުއަރީ 25 ގައި ރިލީޒްކުރާނެ އެވެ. ޝާހްރުކް ޚާންގެ "ރައީސް" ވެސް ރިލީޒްކުރަން އޮތީ އެ ދުވަހު އެވެ. ނަމަވެސް ރިތިކްގެ ފިލްމުގެ ފިލްމަށް "ރައީސް" ބަލިކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން، ޕްރޮޑިއުސަރުންނަށް އެބަ އޮތެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ޖެނުއަރީ އަކީ މާޒީ އަށް ބަލާއިރު ރިތިކް އަށް 100 ޕަސެންޓް...

09 ޑިސެމްބަރ

December 09, 2016 2
ޝާހުރުކް ދެކެ ރާކޭޝް ރޯޝަން ރުޅިގަަދަ ވެއްޖެ

ޝާހްރުކް ޚާންގެ "ރައީސް" އާއި ރާކޭޝް ރޯޝަންގެ ރިތިކް ރޯޝަން ބަތަލުގެ ބައި ކުޅެފައިވާ "ގާބިލް" އެއް ދުވަހެއްގައި ރިލީޒްކުރާނެ ކަމަށް އިއުލާން ކުރީއްސުރެ ދެ ފިލްމުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ.

04 ޑިސެމްބަރ

December 04, 2016
ރިތިކްގެ "ގާބިލް" ރިލީޒްކުރުން އެއްދުވަސް އަވަސްކޮށްފި

އަންނަ އަހަރު ފެށޭއިރު ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށް ދާން އޮތް ދެ ފިލްމުގެ ތެރެއިން ރިތިކް ރޯޝަންގެ "ގާބިލް" ރިލިޒްކުރުން އެއް ދުވަސް އަވަސް ކޮށްފި އެވެ. ރިތިކްގެ ފިލްމާ 26 ޖެނުއަރީ 2017 ގައި ވާދަކުރަން ހަމަޖެހިފައި އޮތީ ޝާހްރުކް ޚާންގެ "ރައީސް" އެވެ. މިހާރު ހަމަޖެހިފައި އޮތް ގޮތުން ރިތިކްގެ ރިލްމު ރިލީޒްކުރާނީ ޖެނުއަރީ 25 ގަ...

27 ނޮވެމްބަރ

November 27, 2016 17
ތިން ވަނަ އަށް އެންމެ ރީތި ފިރިހެނަކީ ރިތިކް

ރިތިކް ރޯޝަން އަކީ ދުނިޔޭގައި ހުރި އެންމެ ރީތި ފިރިހެނާ ކަމަށް އިންޑިއާގެ ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. މިހާރު މުޅި ދުނިޔެ ވެސް އެކަން ގަބޫލުކުރާކަމަށް ބެލެވެ އެވެ.

24 ނޮވެމްބަރ

November 24, 2016
"މިސްޓަ ބަޖާޖް" ރިތިކްގެ ބޮޑީގާޑަކަށް އުޅުނު

ރޯނިތު ރޯއީ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ސްޓާ ޕްލަސްގެ މަޝްހޫރު ސިލްސިލާ "ކަސައުޓީ ޒިންދަގީކީ" ގައި އޭނާ އަދާކުރި މިސްޓަ ބަޖާޖްގެ ރޯލުންނެވެ. އޭގެ ކުރިން ވެސް ރޯނިތު ބައެއް ހިންދީ ފިލްމުތަކުގައި މަސައްކަތް ކުރި އެވެ.

19 ނޮވެމްބަރ

November 19, 2016 1
ކަންގަނާއަށް ރިތިކް މެއިލް ނުފޮނުވާކަން ސާބިތެއް ނުވި

ރިތިކް ރޯޝަންގެ ނަމުގައި ކަންގަނާ ރަނާވަތަށް ލޯބީގެ އީމެއިލް ފޮނުވީ އެހެން މީހަކު ކަމަށް ބުނެ އިންޑީއާގެ ސައިބަ ކްރައިމް ބްރާންޗަށް ރިތިކްހުށަހެޅި މައްސަލައިގައި އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ މައްސަލައިގެ ފައިލް ބަންދުކޮށްފި އެވެ.

09 ނޮވެމްބަރ

November 09, 2016 2
"ގާބިލް" ގައި ރިތިކްގެ ފުރިހަމަ ހުނަރު

"ގާބިލް" ގައި ރިތިކް ރޯޝަން ކުޅެފައިވާ، ލޮލަށް ނޭނގޭ މީހެއްގެ ބައި އެ ފިލްމުގެ ޓްރެއިލާ ދައްކަން ފެށުމާ އެކު ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެވެ.

27 އޮކްޓޯބަރ

October 27, 2016 1
ރިތިކް މަޝްހޫރުވީ މައިންބަފައިންގެ ސަބަބުން: ކަންގަނާ

ރިތިކް ރޯޝަން އާއި ކަންގަނާ ރަނާވަތުގެ ހަނގުރާމަ އަށް އަދިވެސް ފިނިކަމެއް ނާދެ އެވެ. ރިތިކް އެއްޗެކޭ ނުބުންޏަސް ދޭތެރެ ދޭތެރެއިން ކަންގަނާ ރިތިކަށް ހަމަލާތައް ދެ އެވެ.

October 27, 2016
ގާބިލް: ރިތިކް އާއި ޔާމީ އަކީ ލޯފަން ދެ މީހުން

ރިތިކް ރޯޝަންގެ "ގާބިލް" އަކީ މިހާރު އޭނާގެ ފޭނުން އެންމެ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންދާ އެއް ފިލްމެވެ. ރިތިކް އެންމެ މޮޅަށް ކުރާ ކަމަކީ އެކްޝަން ކަމަށް ވާއިރު މި...