19 ޖެނުއަރީ

January 19, 2018
ރިތިކް، ސުޒާންއާ އަލުން ކައިވެނި ކުރަނީ؟

ރިތިކް ރޯޝަން އާއި އޭނާގެ ކުރީގެ އަންހެނުން ސުޒާން ޚާން އަލުން ކައިވެނި ކުރަން އުޅޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

17 ޖެނުއަރީ

January 17, 2018 4
ދުނިޔޭގެ އެންމެ ރީތި ފިރިހެނަކީ ރިތިކް ރޯޝަން

އޮންލައިން ވެބްސައިޓަކުން ހޮވި ދުނިޔޭގެ އެންމެ ރީތި 10 ފިރިހެނުންގެ ލިސްޓުގެ އެއްވަނަ ބޮލީވުޑް ބަތަލު ރިތިކް ރޯޝަން ހޯދައިފި އެވެ. ރިތިކް މި މަގާމް ހޯދީ ރޮބާޓް ޕެޓިންސަން، ކްރިސް އިވާންސް، ހެންރީ ކެވިލް އަދި ޓޮމް ހިޑްލްސްޓަން ފަހަތަށް ޖައްސާލުމަށް ފަހުގަ އެވެ.

12 ޖެނުއަރީ

January 12, 2018 1
ރިތިކްގެ އުފަން ދުވަހު ހަދިޔާއަކަށް "ކްރިޝް 4"

ރިތިކް ރޯޝަންގެ އެތައް ހާސް ފޭނުންނެއް ޖެނުއަރީ 10 ވަނަ ދުވަހު ވަނީ އޭނާގެ 44 ވަނަ އުފަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. މި މުނާސަބަތުގައި ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ވަނީ ދަރިފުޅުގެ ފޭނުންނަށް ވަރަށް ވަރުގަދަ ހަދިޔާއެއް ދީފަ އެވެ. އެއީ "ކްރިޝް 4" އެވެ.

09 ޖެނުއަރީ

January 09, 2018 1
މިދިޔަ އަހަރުގެ އެންމެ ރީތި ފިލްމަކީ "ގާބިލް"

މިދިޔަ އަހަރު ނުކުތް އެންމެ ރީތި ހިންދީ ފިލްމަކީ ރިތިކް ރޯޝަންގެ "ގާބިލް" ކަމަށް ބޮލީވުޑްލައިފް އޮންލައިން ނޫހުގެ ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފި އެވެ.

14 އޮކްޓޯބަރ

October 14, 2017
ރިތިކާއި ޓައިގާގެ ފިލްމުގެ ބަތަލާއަކީ ވާނީ ކަޕޫރު

ޔާޝްރާޖް ފިލްމްސް އިން މިދިޔަ ހަފުތާގައި އިއުލާންކުރި ފިލްމަކީ ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ފިލްމެކެވެ. އެއީ ކުރިން ހީކޮށްފައި ވެސް ނުވާ ދެ އެކްޓަރަކު ފިލްމުގައި ބައިވެރިކޮށްފައިވާތީ އެވެ. އެއީ ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް އެވެ.

13 އޮކްޓޯބަރ

October 13, 2017 4
އެއްވެސް މީހަކު އަހަންނަށް ތާއީދު ނުކުރާތި: ރިތިކް

ކަންގަނާ ރަނާވަތާއި ރިތިކް ރޯޝަންގެ މައްސަލައިގެ ތެރެއަށް އެހެން މީހުން ނުވަނުމަށް ރިތިކް އެދިއްޖެ އެވެ. ރިތިކް މިގޮތަށް އެދިފައިވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި ޖެހި ޕޯސްޓެއްގަ އެވެ.

10 އޮކްޓޯބަރ

October 10, 2017 2
ވަރިވާން ޖެހުނީ ބޭވަފާތެރި ވެގެންނެއް ނޫން: ރިތިކް

ރިތިކް ރޯޝަން އަކީ ކުރިން މީޑިއާ އަށް މާ ގިނައިން އިންޓަވިއު ދޭ އެކްޓަރެއް ނޫނެވެ. ނަމަވެސް ކަންގަނާ ރަނާވަތާ ޖެހިގެން އުޅޭ މައްސަލައިގައި މަޑުން ނުހުންނަން ރިތިކް ވަނީ ނިންމާފަ އެވެ. އޭނާއާ ސުވާލުކުރާ ކޮންމެ ނޫސްވެރިއަކަށް ވެސް މިކަމުގެ ހަގީގަތް އޮޅުން ފިލުވައިދޭން ރިތިކް ވަނީ ގަސްތުކޮށްފަ އެވެ.

08 އޮކްޓޯބަރ

October 08, 2017 8
ރިތިކް ބުނަނީ ކަންގަނާ އަކީ ބޮޑު ފޭކެއް ކަމަށް

ކަންގަނާ ރަނާވަތު އާއި ރިތިކް ރޯޝަންގެ ބަހުގެ ހަނގުރާމަ އަނެއްކާވެސް ހޫނުވެއްޖެ އެވެ. މި މައްސަލަގަނޑު ފެށުނީއްސުރެ ރިތިކާ ދެކޮޅަށް ވާހަކަ ދައްކަމުންދިޔައީ ކަންގަނާ ނަމަވެސް މިފަހަރު ރިތިކް ވެސް ވަނީ އޭނާއާ ދޭތެރޭ ކަންތައްތައް ވަމުން ދިޔަ ގޮތް ފޭނުންނާ ހިއްސާ ކޮށްފަ އެވެ.

29 ސެޕްޓެމްބަރ

September 29, 2017
ޔާޝްރާޖްގެ އާ ފިލްމުގައި ރިތިކް އާއި ޓައިގާ

ޓައިގާ ޝްރޮފް އަކީ އަބަދުވެސް ރިތިކް ރޯޝަންގެ ފޭނެކެވެ. އަދި ރިތިކް ކޮޕީކުރުމަކީ ޓައިގާ ވަރަށް ފަޚުރުވެރިކަމާއެކު ކުރާ ކަމެކެވެ. ޓައިގާ ބުނާ ގޮތުގައި އޭނާގެ އައިޑަލް އަކީ ރިތިކެވެ.

05 ސެޕްޓެމްބަރ

September 05, 2017 2
ކަންގަނާ އަނެއްކާވެސް ރިތިކާ ދިމާކޮށްލައިފި

ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒާން ޚާންގެ ހިތްހެޔޮކަމުގެ ސަބަބުން އޭނާ ވަރަށް ގިނަ މީހުންނަށް މަގުބޫލެވެ. ރިތިކާއި ސުޒާން ވަރި ވިޔަސް އެ ދެ މީހުންނަށް ލިބިފައިވާ ދެ ދަރިންގެ ހައްގުގައި އުޅެނީ ވަރަށް އެކުވެރިކޮށެވެ.

26 އޯގަސްޓް

August 26, 2017
"ސުޕާ 30" ކުޅެން ރިތިކް އަދި ސޮޔެއް ނުކުރޭ

އިންޑިޔާގެ މަޝްހޫރު މެތެމެޓީޝިއަން ނުވަތަ ހިސާބު އިލްމުގެ މާހިރު އާނަންދު ކުމާރުގެ ބައޮޕިކްގެ ބަތަލަކަށް ރިތިކް ރޯޝަން ހަމަޖެހިއްޖެ އެވެ. ދާދިފަހުން ރިތިކް ދީފައިވާ އިންޓަވިއު އެއްގައި މިކަން ވަނީ ޔަގީން ކޮށްދީފަ އެވެ. ނަމަވެސް އެ ފިލްމު ކުޅެން އޭނާ އަދި ސޮޔެއް ނުކުރެ އެވެ.

09 އޯގަސްޓް

August 09, 2017 1
ރިތިކް އިންޑިއާގެ އެންމެ އަގުބޮޑު އެމްބެސެޑަރަށް

އިންޑިއާ ރައްޔިތުންނަށް ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމަކަށް ހިތްވަރު ދީ އެކަމަށް ފުރުސަތު ހުޅުވައި ދިނުމުގެ ގޮތުން ކިޔޯ.ފިޓް އިން ކުރިއަށް ގެންދާ ސްޓާޓް-އަޕް ޕްރޮގްރާމް ޕްރޮމޯޓް ކުރަން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަނާ އެކު 100 ކްރޯޑް (10 މިލިއަން) ރުޕީސްގެ އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.

03 ޖުލައި

July 03, 2017
އަހަންނަކީ މޮޅު އެކްޓަރެއް ނޫން: ރާކޭޝް ރޯޝަން

ރާކޭޝް ރޯޝަން މިހާރު ގިނަ ބަޔަކު ދަންނަނީ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަންގެ ބައްޕަގެ ހައިސިއްޔަތުންނެވެ. ނަމަވެސް އެއް އިރެއްގައި އެއީ ބަތަލެކެވެ. މިއީ މިހާރުގެ ޕްރޮޑިއުސަރު/ޑައިރެކްޓަރު ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާތާ 50 އަހަރު ފުރޭ އަހަރެވެ.

14 ޖޫން

June 14, 2017 4
ހަރްމަން ބަވޭޖާ މިހާރު ރިތިކާ ވައްތަރެއް ނޫން

ހަރްމަން ބަވޭޖާ އޭ ބުނުމުން ގިނަ މީހުން ހަނދާންވަނީ ރިތިކް ރޯޝަން މަތިންނެވެ. ރިތިކް ގޮތަށް ހަރްމަން އަކީ ވެސް މޮޅު ނެށުންތެރިއެކެވެ. އޭނާގެ ފިލްމު "ލަވްސްޓޯރީ 2050"ގައި ހަރްމަން ވަނީ އޭނާގެ ނެށުމުގެ ދައްކާލައިފަ އެވެ.

24 މެއި

May 24, 2017 1
ދަރިންނަށްޓަކައި ރިތިކް އާއި ސުޒާން އަލުން ގުޅެނީ؟

ބޮލީވުޑް މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އާއި އޭނާގެ ކުރީގެ އަންހެނުން ސުޒާން ޚާންގެ ލޯބީގެ ވާހަކަ ބޮލީވުޑްގައި ކިޔައި އުޅުނީ މިސާލެއްގެ ގޮތުގަ އެވެ. އެކަމަކު ކައިވެންޏަށް އެތައް އަހަރެއްވެ ދެ ދަރިން ވެސް ލިބުނު ފަހުން މި ދެ މީހުން ވަކިވާކަން އިއުލާންކުރި އެވެ. ގިނަ ބަޔަކަށް އެކަން ގަބޫލުކުރަން ވެސް ދަތިވި އެވެ. މާ ގިނަ...

09 މާޗް

March 09, 2017
ރިތިކް ދެން ފިލްމެއް ފަށާނީ ސެޕްޓެމްބަރު މަހު

ކަބީރް ޚާންގެ ފިލްމެއް ރިތިކް ރޯޝަން ކުޅެން އުޅޭ ވާހަކަ ދެކެވޭތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކުރާ މިފިލްމު ކުޅެން ސޮއިކޮށްފައިވާކަން ރިތިކް ވެސް ވަނީ ތަންކޮޅެއް ކުރިން ޔަގީން ކޮށްދީފަ އެވެ.

03 މާޗް

March 03, 2017 1
ރިތިކް ހުރީ ޔާމީ ގޯތަމްގެ ނުބައި ރޯލެއް ބަލާހިތުން

ޔާމީ ގޯތަމްގެ "ސަރްކާރް 3" ގައި އޭނާ ފެންނާނީ ތަފާތު ރޯލަކުން ކަމަށް ވާތީ އެ ފިލްމު ބަލާހިތުން ކެތް މަދުވެފައި ހުރި ކަމަށް "ގާބިލް"ގައި ޔާމީއާ އެކު ލީޑް ރޯލު ކުޅުނު ރިތިކް ރޯޝަން ބުނެފި އެވެ.

06 ފެބުރުއަރީ

February 06, 2017 1
ރިތިކްގެ "ގާބިލް" އަށް 100 ކްރޯޑު

ޝާހްރުކް ޚާންގެ "ރައީސް" އަކީ 2017 ވަނަ އަހަރު 100 ކްރޯޑު (1 ބިލިއަން ރުޕީސް) ލިބުނު ފުރަތަމަ ފިލްމަށް ވިޔަސް އެ ފިލްމާ އެ ދުވަހު ރިލީޒްކުރި ރިތިކް ރޯޝަންގެ "ގާބިލް" އަށް ވެސް 100 ކްރޯޑު ލިބިއްޖެ އެވެ.

03 ފެބުރުއަރީ

February 03, 2017 3
"ގާބިލް" އަށް ފަހު ރިތިކްގެ ލޯ ހަދިޔާކޮށްފި

ރިތިކް ރޯޝަން އިންސާނިއްޔަތަށްޓަކައި އޭނާގެ ދެ ލޯ ހަދިޔާކުރާނެކަން އޭނާގެ 43 ވަނަ އުފަން ދުވަހު އިއުލާނުކޮށްފި އެވެ.

02 ފެބުރުއަރީ

February 02, 2017
ސަލްމާނާއި ރިތިކްގެ ރުޅިވެރިކަން ނިމުމަކަށް

ރިތިކް ރޯޝަން ގެ ބައްޕަ ރާކޭޝް ރޯޝަން 1995 ގައި އުފެއްދި ބްލޮކްބަސްޓާ ފިލްމު "ކަރަން އަރްޖުން" އުފެއްދި ދުވަސްވަރު ރިތިކް އާއި ސަލްމާން ޚާންގެ ގުޅުން ބަދައްސެވެ. ރިތިކް އޭރު މަސައްކަތް ކުރީ އެ ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.