19 ނޮވެމްބަރ

November 19, 2017
އެންޑްރޮއިޑް ފޯނުތަކަށް ތްރީޑީ ސެންސިން

އެންޑްރޮއިޑް ފޯނުތަކުގައި ތްރީޑީ ސެންސިން ހިމަނަނީ އެވެ. އެ ކަމަށް ބޭނުންވާ ހާޑްވެއާ ހޯދުމަށްޓަކައި ސްމާޓްފޯން ކުންފުނިތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. ވާވޭ، ޝޯމީ އަދި އޮޕޯއިން 2018 ގައި ނެރޭ ފޯނުތަކުގައި އެ ފީޗާ ހިމަނާނެ ކަމަށް ބުނެވެ އެވެ.

26 އޮކްޓޯބަރ

October 26, 2017 1
ވަޔަލެސް ޗާޖިން، ތަންކޮޅެއް ދުރުން

ސެމްސަންގް ބެލެވިފައި ވަނީ ސްމާޓް އިލެކްޓްރޯނިކްސް އަށް ފަރިތަ ކުންފުންޏެއް ގޮތުގަ އެވެ. އާ ފަސޭހަތައް ތައާރުފުކޮށް ބޭނުންކުރާ މީހުންނަށް ފަސޭހައިން އަތުޖެހޭ ގޮތް ހަދައިދޭ ކުންފުންޏެއްގެ ގޮތުގަ އެވެ. މި ފަހަރު މި އޮތީ ވަޔަލެސް ޗާޖިން ތަރައްގީކުރަން އެ ކުންފުނިން ކުރާ މަސައްކަތުގެ ވާހަކަ އެވެ.

23 އޮކްޓޯބަރ

October 23, 2017 3
ފޯނެއް ފަތްޖަހާލެވޭތޯ ވާވޭ ބުރަ މަސައްކަތުގައި

މި އަހަރު ނިމުމަކަށް އަންނަނީ އެވެ. ސްމާޓްފޯން ކުންފުނިތަކުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. ހުރިހާ އެންމެން ވެސް ބަލާފައި ވަނީ އެއް މީޒާނަކަށް ދެވޭތޯ އެވެ. ސްމާޓްފޯން ކުންފުނިތަކުގެ އަމާޒަކަށް މި އަހަރު ވެފައި ވަނީ ފޯނުތަކުން ދާރަ ދުއްވާލުމެވެ. އެއްގޮތަކަށް ވެސް ދާރަ ނެތް ފޯނެއް އުފެއްދޭތޯ އެވެ.

11 އޮކްޓޯބަރ

October 11, 2017
ވާވޭ އަށް ވެސް ޑިޖިޓަލް އެސިސްޓޭންޓެއް

ވާވޭ އަށް ދެން ނުވެ އޮތް ކަމަކީ ޑިޖިޓަލް އެސިސްޓޭންޓެއް ތައާރުފުކުރުމެވެ. ޑިޖިޓަލް އިލެކްޓްރޯނިކް މާކެޓްގައި މިހާރު ފެޝަނަކަށް ވެފައި އޮތް ކަމަކީ އެއީ އެވެ. އެޕަލް، ސެމްސަންގް، ގޫގުލް އަދި އެމެޒޯން އަށް ވެސް ޑިޖިޓަލް އެސިސްޓޭންޓެއް ލިބިފައި ވެ އެވެ.

20 ސެޕްޓެމްބަރ

September 20, 2017 1
"ވާވޭ ޕޭ" އެމެރިކާ އަށް

ވާވޭގެ އަމާޒަކީ އެއްވަނަ ދަރަޖަ އެވެ. ސްމާޓްފޯން މާކެޓްގައި، އެއްވަނަ ކުންފުންޏަކީ އެއީ ކަމަށް ވުމަށް ވާވޭ އެދެ އެވެ. އެ އުންމީދުގައި އެ މީހުން މަސައްކަތްކުރަނީ 2021 އަކީ ސުންގަޑި...

September 20, 2017 1
ވާވޭ، ހުވާވޭ؟ ރަނގަޅީ ހަމަ "ވާވޭ"

މި ނޫހުގައި ލިޔެފައި ހުންނަ ޓެކްނޮލޮޖީގެ ބައެއް ޚަބަރުތަކުގައި "ވާވޭ" އޭ ލިޔެފައި ހުންނާތީ އެއީ ކޯއްޗެއްހޭ ކިޔައި ކޮމެންޓްކުރާ މީހުން ގިނަ އެވެ. ޗައިނާގެ މި ޓެކްނޮލޮޖީ ކުންފުނީގެ...

16 ސެޕްޓެމްބަރ

September 16, 2017 2
ސްމާޓްފޯން މާކެޓްގައި ދެވަނަ ޖާގަ ވާވޭ އަށް

ސްމާޓްފޯން މާކެޓަށް އެންމެ ގިނަ ފޯނު ނެރެނީ ސެމްސަންގް އިންނެވެ. ސްމާޓްފޯން މާކެޓްގައި އެއްވަނަ ކުންފުންޏަކީ އެއީ އެވެ. ދެވަނަ ދަރަޖަ، ދާދިމިދާކަށް ދުވަހާ ޖެހެދެން އޮތީ އެޕަލް އަށެވެ. މާކެޓްގައި ދެވަނަ އަށް މިހާރު ލިސްޓްކުރެވިފައި ވަނީ ވާވޭ އެވެ.

06 އޯގަސްޓް

August 06, 2017
ވާވޭ އެމެރިކާ އަށް

ދެކުނު އިރުމަތީ އޭޝިއާގައި ވާވޭ އަކީ މަޝްހޫރު ނަމެކެވެ. އެކަމަކު އެމެރިކާގައި އެކަން އޮތީ އެ ގޮތަކަށް ނޫނެވެ. ވާވޭ އަކީ އެމެރިކާ މީހުން ދަންނަ ކުންފުންޏެއް ނޫނެވެ.

24 މެއި

May 24, 2017 13
ފޮޓޯ ނެގުމަށް އެންމެ ރަނގަޅު ފޯނު އޫރީދޫން ވިއްކަނީ

ޗައިނާގެ ހުއާވޭގެ ޕީ ސީރީސް ގެ އެންމެ ފަހުގެ ދެ ފޯނު އުރީދޫން ރޭ ތައާރަފްކޮށްފި އެވެ.

17 މާޗް

March 17, 2017 8
އެންމެ މޮޅު ޗައިނާ ފޯނަކީ ކޮބާ؟

ސްމާޓްފޯން މާކެޓްގައި ޗައިނާ ކުންފުނިތަކުގެ ހައިސިއްޔަތު ހާމަކަން ބޮޑެވެ. އެޕަލް އަދި ސެމްސަންގަށް އެ އަށް ވުރެ ބޮޑު އުނދަގުލެއް ނެތެވެ. އެއްއިރެއްގައި އެޕަލް ޗައިނާގައި ރަސްކަންކުރި ނަމަވެސް މިހާރު އެ ބާރެއް ނެތެވެ. ސެމްސަންގް ވެސް އުޅެނީ ދެން ހަދާނެ ގޮތެއް ނޭނގިގެންނެވެ.

13 މާޗް

March 13, 2017 5
ފޯނަށް އަޅަންޖެހޭ އެޕްލިކޭޝަންތަކަކީ ކޮބާ؟

މި ސުވާލުގެ ޖަވާބުގައި އެކި މީހުން ބުނާނީ އެކި އެޕްލިކޭޝަންގެ ނަމެވެ. ފޯނު ކިތަންމެ މޮޅުވެފައި އަގު ބޮޑު ނަމަވެސް، ފަރިތަ އެޕްލިކޭޝަންތަކެއް ނެތް ނަމަ، ކުރި ޚަރަދު ވެސް ނުލިބުނީ އެވެ.

22 ފެބުރުއަރީ

February 22, 2017 11
ވާވޭ އަކީ އެޕަލް އާއި ސެމްސަންގަށް ބިރެއް

ސްމާޓްފޯން މާކެޓްގައި ވާވޭ އޮތީ އެޕަލް އަދި ސެމްސަންގް އަށް ވުރެ ފަހަތުގަ އެވެ. އެކަމަކު ގާޓްނާ ކޮންސަލްޓޭންސީ ގުރޫޕުން ބުނާ ގޮތުގައި އެ ދެ ކުންފުންޏަށް ވުރެ ވާވޭގެ ދުވެލި ބާރެވެ. ފާއިތުވި އަހަރު ވާވޭ ހޯދި ކާމިޔާބީ އަށް ބަލާއިރު އެޕަލް އަދި ސެމްސްންގަށް ވުރެ ވެސް ވިޔަފާރި ރަނގަޅެވެ. މާނަ އަކީ ނިސްބަތުން ބޮޑު ފައިދާއެއް ވާވޭ...

15 ޑިސެމްބަރ

December 15, 2016 5
ދިރާގު 4ޖީ މަޝްރޫއަށް ދެ ކުންފުންޏަކާ އެކު ސޮއިކޮށްފި

އަންނަ އަހަރު މުޅި ރާއްޖެއަށް 4ޖީގެ ހިދުމަތް ފޯރުކޮށްދޭން ދިރާގުން ފަށާފައިވާ ބޮޑު މަޝްރޫއު އަށް ބޭނުންވާ ސިސްޓަމްތަކާއި އެހެނިހެން އާލާތްތައް ހޯދަން ނޮކިޔާ އަދި ޗައިނާގެ ވާވޭ ކުންފުންޏާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

20 ނޮވެމްބަރ

November 20, 2016 1
ނޯޓް 7 އެނދިޔަސް އެޕަލް އާއި ގޫގުލް އަށް މޮޅެއްނުވި

ގެލަކްސީ ނޯޓް 7 އަށް ދިމާވި ހާދިސާއިން އެޕަލް އާއި ގޫގުލް ރަނގަޅު ފައިދާއެއް ނަގާނެ ކަމަށް ބެލެވުނު ނަމަވެސް އެކަން އެ ގޮތަށް ނުވި ކަމަށް މާކެޓް ދިރާސާ ފާމް، ގާޓްނާ ބުނެފި އެވެ. ސެމްސަންގް އަށް ކުރިމަތިވި ހިތާމަވެރި ހާދިސާއިން އެންމެ ރަނގަޅު ފައިދާއެއް ހޯދީ ޗައިނާ ސްމާޓްފޯން ކުންފުނިތަކުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

05 ނޮވެމްބަރ

November 05, 2016
އެޗްޓީސީ އަށް ހެޔޮ ބަދަލުތަކެއް އަތުވެދާނެ

އެޗްޓީސީ އަށް ވިޔަފާރިން ފައިދާއެއް ނުހެދި ދެ އަހަރު ފާއިތުވެއްޖެ އެވެ. އުފުލަން ޖެހިފައި އޮތް ބޮޑު ދަރަނީގެ ސަބަބުން ހަށިފުރާ ނޭވާލެވޭ ވަރު ވެސް ވަނީ ނުވެފަ އެވެ. ނަމަވެސް، މާކެޓް ދިރާސާކުރާ ފާމްތަކުން ބުނާ ގޮތުގައި، މި އަހަރުގެ ތިން ވަނަ ކްއާޓަރުގައި ރަނގަޅު މުއާމަލާތުތަކެއް އެޗްޓީސީ ކޮށްފައި ވެ އެވެ.

19 އޮކްޓޯބަރ

October 19, 2016 3
ވާވޭ މޭޓް 9، ގެލަކްސީ ނޯޓް 7ގެ ހިޔަނީގައި

ބިޔަ ފޯނެއް ނުނެރެވިގެން ވާވޭ ތެޅިފޮޅެނީ އެވެ. ސަބަބެއް ވެސް އޮންނާނެ އެވެ. ގެލަކްސީ ނޯޓް 7 އަށް ލިބުނު ގެއްލުމަކީ ވާދަވެރިންނަށް ރަނުގެ ފުރުސަތަކަށް ވެއްޖެ އެވެ. މި އަށް ވުރެ ވަކިން ރަނގަޅު ފުރުސަތެއް ލިބޭނެ ކަމަށް ތިބޭނެ ކަމެއް ނެެތެެވެ.

05 އޮކްޓޯބަރ

October 05, 2016 1
ގޫގުލް އާއި ވާވޭ، ގާތް ގުޅުމެއް އޮވޭތަ؟

ނެކްސަސް މަރުކާގެ ފޯނެއް ވާވޭ ލައްވާ އުފައްދަން ގޫގުލުން އުޅޭ ވާހަކަ އިވުމުން ހައިރާންވި އެވެ. ވާވޭ އަކީ ޗައިނާ ކުންފުންޏަކަށް ވެފައި، ޗައިނާ ސަރުކާރުން ގޫގުލް އަށް އެތައް އުނދަގުލެއް ކުރާ ކަމަށް އެ ކުންފުނިން ތުހުމަތުކޮށްފައި ވާތީ އެވެ. ވާވޭ އަކީ ގޫގުލް އަށް ހުރި ނުރައްކަލެއް ކަމަށާއި، ގޫގުލް އަށް ކުރިއަރައި ދެވޭނީ ވާވޭ...

27 އޯގަސްޓް

August 27, 2016 4
ޓްރޫކޯލާ ދުނިޔެ ކާލަން ބޭނުންވެފައި

ޓްރޫކޯލާ ލަސްތަކެއް ނުވެ ވާވޭއާ ގުޅޭނެ އެވެ. އެ ވާހަކަތަކުގައި ރަސްމީ ސިފަ ޖެހި ވަރަށް ބާރަށް ކުރިއަށް ދާކަން ޚަބަރުތަކުން އެނގެ އެވެ. ބޭނުމަކީ ޓްރޫކޯލާ ނުގެންގުޅޭ ގައުމުތަކުގައި، ވާވޭ ފޯނުތައް މެދުވެރިކޮށް ފެތުރިގަތުމެވެ.

24 ޖުލައި

July 24, 2016
ވާވޭ ގޮވައިގެން ސެމްސަންގް ކޯޓަށް

ވާވޭ ގޮވައިގެން ކޯޓަށް ދާން ސެމްސަންގުން ނިންމައިފި އެވެ. ސެމްސަންގުން ތުހުމަތުކުރާ ގޮތުގައި ވާވޭ ވަނީ އެ ކުންފުނީގެ ފިކުރީ މުދަލުން ވައްކަންކޮށްފަ އެވެ. ވާވޭއާ ދެކޮޅަށް ބީޖިންގެ ކޯޓަކަށް ހުށަހެޅި މައްސަލާގައި ސެމްސަންގުން ބަދަލުހޯދައި ދިނުމަށް އެދިފައި ވަނީ "މޮބައިލް އިމޭޖިން އާއި ޑާޓާ ސްޓޯރޭޖް" ޓެކްނޮލޮޖީން ވާވޭ ވައްކަންކުރި...

30 ޖޫން

June 30, 2016 6
ހުއާވޭ "ފީ9" ފޯނު ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފި

ހުއާވޭ ބްރޭންޑުގެ އެންމެ ފަހުގެ ފޯނުތައް ކަމަށްވާ، ޕީ9 އަދި ޕީ9 ލައިޓް ފޯނު ރާއްޖޭގެ ބާޒާރަށް އުރީދޫ އިން މިރޭ ތައާރަފް ކޮށްފި އެވެ.

12 ޖޫން

June 12, 2016 7
ވާވޭ ސްމާޓްފޯން މާކެޓްގެ ރަސްކަން އަތުލަނީ

ސްމާޓްފޯން މާކެޓްގެ ރަސްކަން 2021 ލައިގަތުމުގެ ކުރިން އަތުލާނެ ކަމަށް ވާވޭ ބުނެފި އެވެ. ސްމާޓްފޯން މާކެޓްގައި ވާވޭގެ ނިސްބަތް ކުޑަ ނަމަވެސް ވާދަވެރިން ބިރުގަންނަ ވަރުގެ ބޮޑު ބުނުމެކެވެ. އެ ބުނާ އެއްޗަކަށް ކަޅިއެއް އެއްލަމާ ހިނގާށެވެ.