16 ޖެނުއަރީ

January 16, 2019 13
ދޫނިދޫގައި މަރުވި މީހާ އޮޓޮޕްސީ ނުހަދައި ވަޅުލައިފި

ފުލުހުންގެ ބަންދުގައި ދޫނިދޫ ޖަލުގައި ހުއްޓާ ރޭ މަރުވި އަންހެން މީހާގެ އޮޓޮޕްސީ އާއިލާ އިން ބޭނުން ނުވުމުން، ނުހަދައި މިއަދު ވަޅުލައިފި އެވެ.

15 ޖެނުއަރީ

January 15, 2019 7
ޖަލުގައި އަންހެން މީހާ މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައި ހުރި 23 އަހަރުގެ އަންހެނަކު މިރޭ މަރުވި މައްސަލަ އެޗްއާރުސީއެމުން ބަލަން ފަށައިފި އެވެ.

January 15, 2019 215
ފަރުވާ ނުލިބި މަރު: ބިދޭސީންނަށް އެހެން ބިރެއް!

ހުން ގަދަކަމުން ކޮޅަށް ހުރެވޭވަރު ނުވިޔަސް ފިހާރައިގެ މަސައްކަތަށް ނިކުތުން ނޫން ގޮތެއް ބަންގްލަދޭޝްގެ ކޮބީރް ހުސެއިން އަށް ނެތީ އެވެ. އޭނާ ނުނިކުމެއްޖެ ނަމަ ސޭޓަކު ނެތިގެން ފިހާރަ...

27 ނޮވެމްބަރ

November 27, 2018 57
ހައްދުތަކާ ދެކޮޅުވުމަކީ ދީނަށް ގޮންޖެހުން: އިލްޔާސް

އިސްލާމްދީނުގެ ހައްދުތަކާ ދެކޮޅަށް ކަންކަން ނިންމުމަކީ އިސްލާމްދީނަށް ގޮންޖެހުން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޝޭހް އިލްޔާސް ހުސެއިން މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

22 ނޮވެމްބަރ

November 22, 2018 11
"އިސް ކުރާނީ ހައްގުތަކާއި ޑިމޮކްރަސީ އަދި ތިމާވެށި"

ކުރިމަގުގައި ދިވެހި ހާރިޖީ ސިޔާސަތުގެ އެންމެ އިސް ތަނބުތައް ކަމުގައި ވާނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އަދި ތިމާވެށި ރައްކާތެރި ކުރުމާއި ދުނިޔޭގެ އަމާންކަން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

16 އޮކްޓޯބަރ

October 16, 2018 57
ނަޝީދުގެ ސައުދީ ދަތުރުފުޅަށް އެތައް ބައެއްގެ ފާޑުކިޔުން

އިސްތަންބޫލުގައި ހުންނަ ސައޫދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަނުމަށް ފަހު، ވީނުވީއެއް ނޭނގި ގެއްލިފައިވާ ސައޫދީގެ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީގެ ހަބަރެއް ނުވާތާ ދެ ހަފުތާވީ އިރު، ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާ ގިނަ ބަޔަކު ސައޫދީ އަށް ގޮވާލަމުންދަނީ ޖަވާބުދާރީ ވުމަށެވެ. އެކަކު ފިޔަވަ އެވެ. އެއީ...

14 އޮކްޓޯބަރ

October 14, 2018 1
ހައްގުތަކަށް އިހްތިރާމް ނުކުރާ ގައުމުތަކެއް ކައުންސިލަށް

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 14) - އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކުރާ ގައުމުތަކެއް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް އިންތިޚާބު ކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

04 އޮކްޓޯބަރ

October 04, 2018 49
"ދިރިއުޅެން ނުވާވަރު ތަންތަނުގައި ބިދޭސީން ބައިތިއްބާ"

އިންސާނުން ދިރިއުޅެން އެކަށީގެން ނުވާވަރުގެ ތަންތަނުގައި ބިދޭސީން ބައިތިއްބާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

24 ސެޕްޓެމްބަރ

September 24, 2018 15
އިންތިޚާބު ބޭއްވީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބުގެ ކަންކަން ދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

10 ޖުލައި

July 10, 2018 17
ޖަލުތަކުގެ މަރު: އިހުމާލުގެ ބޮޑެތި ތުހުމަތުތަކެއް!

ޖަލުގައި، އެކަށީގެންވާ "ފަރުވާ ނުދީ މަރާލީ" އެވެ؛ މިއީ، އާދައިގެ ތުހުމަތެއް ނޫނެވެ. ހުކުމް ތަންފީޒުކުރާ ގައިދީންނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކާ ގުޅިގެން ކުރާ މި ތުހުމަތު، އިންތިހާ އަށް ސީރިއަސް އެވެ. އެންމެ މަރެއްގައެއް ނޫނެވެ. ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ހިނގި އެތައް މަރެއްގައި، ޖަލު ބަލަހައްޓާ އިދާރާތަކުގެ...

04 މެއި

May 04, 2018 1
މުހުތާޒަށް ބޭސްފަރުވާ ނުކުރާ މައްސަލަ މުއައްސަސާތަކަށް

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ ބޭސްފަރުވާގެ ކަންކަމުގައި ކަރެކްޝަންސް އިން އިހުމާލުވަމުންދާ ކަމަށް ބުނެ، އާއިލާ އިން އެ މައްސަލަ ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅައިފި އެވެ.

16 އެޕްރީލް

April 16, 2018 37
އދ.ގެ ނިންމުން ސަރުކާރުން ބަލައެއްނުގަތް

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދޭންޖެހޭނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ނިންމި ނިންމުމަކީ ސަރުކާރުން...

April 16, 2018 130
އިންތިޚާބުގައި ނަޝީދަށް ވާދަކުރެވެން ޖެހޭނެ: އދ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހައްގުތައް އިއާދަކޮށް، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ދޭން ޖެހޭ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން...

11 އެޕްރީލް

April 11, 2018 22
މުއައްސަސާތައް ރަނގަޅަށް މަސައްކަތެއް ނުކުރޭ

ސަރުކާރުގެ މުއައްސަސާތައް ރަނގަޅަށް މަސައްކަތްނުކުރާތީ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކުރުމަށް މަޑުޖެހުމެއް އަންނަ ކަމަށް އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް މިއަދު ވިދާޅުވެއްޖެ އެވެ.

27 މާޗް

March 27, 2018 3
އިންސާނީ ހައްގުތަކުގެ ހާލަތު އދ.އިން އޮޅުންފިލުވައިފި

ރާއްޖޭގެ ސިޔާސީ ނުތަނަވަސްކަމަށް ހައްލެއް ހޯދުމަށް، މިހާރު ރާއްޖެ އައިސް އުޅޭ އދ.ގެ ޓީމުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާ އިއްޔެ ބައްދަލުކޮށް، ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އޮޅުންފިލުވައިފި އެވެ.

16 މާޗް

March 16, 2018 10
"ފާރިސްގެ ގޮޅި އެޗްއާރުސީއެމަށް ކަމަކު ނުދިޔަ"

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދޫނިދޫ ޖަލުގައި ބަހައްޓާފައި ވަނީ އިންސާނުންނަށް ފުރިހަމަވާން ޖެހޭ އެންމެ އަސާސީ މިންގަނޑަށް ވެސް ނުފެތޭ ގޮޅިއެއް ގައި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާ ހަވާލާދީ، އޭނާގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.

12 މާޗް

March 12, 2018 3
ޝަހީމަށް ބޭސްފަރުވާގެ ހައްގު ނުލިބޭތީ ކަންބޮޑުވެއްޖެ

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ހައްޔަރުކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝަހީމަށް ބޭސްފަރުވާގެ ހައްގު ނުލިބޭ ކަމަށް ބުނެ އެ ޕާޓީން ކަންބޮޑުވެއްޖެ އެވެ.

08 މާޗް

March 08, 2018 38
އެސްއޯއީ އުވާލަން 41 ގައުމަކުން ސަރުކާރަށް ގޮވާލައިފި

ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ 5 ގައި އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށް 41 ގައުމަކުން ސަރުކާރަށް މިރޭ ގޮވާލައިފި އެވެ.

March 08, 2018 7
އަންހެނުންނަށް ދިމާވާ ހުރަސްތައް ނައްތާލަން ގޮވާލައިފި

ދިރިއުޅުމާއި ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ގޮވާލައިފި އެވެ.

05 މާޗް

March 05, 2018 3
އަދުހަމްގެ މައްސަލަ ހެލްތު މިނިސްޓްރީ އަށް

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ފޭދޫ ދާއިރާގެ ރައީސް އަހްމަދު އަދުހަމް، ދޫނިދޫގައި ކުރަމުން ދާ ބަނޑުހައިހޫނު ކަމުގެ ހަޅުތާލު، ހެލްތު މިނިސްޓްރީގެ ސަމާލު ކަމަށް އޭނާގެ ވަކީލުން ގެނެސްފި އެވެ.

04 މާޗް

March 04, 2018 16
އަދުހަމްގެ ހަޅުތާލާ ގުޅިގެން އެމްޑީޕީން އެޗްއާރުސީއެމަށް

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ފޭދޫ ދާއިރާގެ ރައީސް އަހްމަދު އަދުހަމް، ދޫނިދޫގައި ކުރަމުން ދާ ބަނޑުހައިހޫނު ކަމުގެ ހަޅުތާލާ ގުޅިގެން އެމްޑީޕީން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާ މިއަދު ބައްދަލުކޮށްފި އެވެ.

28 ފެބުރުއަރީ

February 28, 2018 6
އެޗްއާރުސީއެމުން ދޫނިދޫ ޖަލުގެ ހާލަތު ބަލައިފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ދޫނިދޫ ޖަލަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބަލައިފި އެވެ.