07 ނޮވެމްބަރ

November 07, 2016 19
ސުއޫދު ސުޕްރީމް ކޯޓަށް ހާޒިރުކޮށް އިންޒާރު ދީފި

ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ ގާނޫނީ ވަކީލް ހުސްނުއްސުއޫދު މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އިންޒާރު ދީފި އެވެ.

02 ނޮވެމްބަރ

November 02, 2016 8
ފިޔަވަޅު އެޅީ ކީއްވެ ކަމެއް ނޭނގެ: އަލީ ހުސެއިން

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުން ވަގުތީ ގޮތުން، ސުޕްރީމް ކޯޓުން މަނާކުރިއިރު އޭނާގެ ކުށެއް އަދި ފިޔަވަޅު އެޅި މައްސަލައެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ގާނޫނީ ވަކީލް، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

31 އޮކްޓޯބަރ

October 31, 2016 29
ސުއޫދާއި އަލީ ހުސެއިން ވަކާލާތު ކުރުން މަނާ ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުން ވަގުތީ ގޮތުން، ސުޕްރީމް ކޯޓުން މިރޭ މަނާކޮށްފި އެވެ.

27 އޮކްޓޯބަރ

October 27, 2016
މައުމޫންގެ ބާރުތައް އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބާރުތައް އަތުލި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެ މަނިކުފާނުގެ ވަކީލު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

October 27, 2016 42
ސުއޫދުގެ އަސްލު ނިޔަތަކީ ކޮބާ؟

ޝަރުއީ ނިޒާމަށް ފާޅުގައި ފާޑުވިދާޅުވެ ޓުވީޓެއް ކުރައްވަފާނެ އެވެ. ދިފާއުގައި ނުކުންނަވާފާނެ ކަމަށް ހީވެސް ނުކުރެވޭ ކަހަލަ ބޭފުޅުންގެ ހައްގުގައި ބަސް ވިދާޅުވެދާނެ އެވެ. ސިޔާސީ...

25 އޮކްޓޯބަރ

October 25, 2016 3
ސުއޫދު ހާޒިރުކުރީ ފޮޓޯއެއް އާންމުކޮށް ފާޑު ވިދާޅުވެގެން

ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ހައި ކޯޓަށް ހާޒިރުކުރީ އެ ކޯޓުން ތަފާތުކުރުން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވެފައި ވާތީ އާއި ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލައާ ގުޅޭ ގޮތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ހިމެނޭ ފަރާތްތަކާ އެކު އެ ކޯޓުގެ ރަޖިސްޓްރާ އިންނެވި ފޮޓޯއެއް އާންމުކުރުމުންނާއި ކޯޓާ ބެހޭ ގޮތުން...

24 އޮކްޓޯބަރ

October 24, 2016 16
ސުއޫދު ހައި ކޯޓަށް ހާޒިރުވާން އަންގައިފި

ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސްނުއްސުއޫދު މާދަމާ ހައި ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

23 އޮކްޓޯބަރ

October 23, 2016 41
"ޕީޕީއެމް ރައީސް ކޮބައިތޯ ސުޕްރީމް ކޯޓުގައި އަހާނަން"

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޒިންމާތައް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައި ކޯޓުން މިއަދު ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ޕީޕީއެމްގެ ރައީސް، މައުމޫން އަބްދުލްގައްޔޫމްގެ ވަކީލް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

21 އޮކްޓޯބަރ

October 21, 2016 33
"މައުމޫނަށް ނޭނގި ހައި ކޯޓަށް ދިޔައީ ހައްގު ގެއްލުވާލަން"

ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނަށް ލިބޭ ގޮތަށް ކުރި ހުކުމް އިސްތިއުނާފް ކުރަން އަމިއްލަ މީހަކު ހައި ކޯޓަށް މައްސަލަ ހުށަހެޅީ އިސްތިއުނާފްގެ ހައްގު އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ގެއްލުވާލުމަށް ކަމަށް މައުމޫންގެ ވަކީލް ހުސްނުއްސުއޫދު މިރޭ ވިދާޅުވެއްޖެ އެވެ.

25 ސެޕްޓެމްބަރ

September 25, 2016 1
ރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ގާނޫނާ ގުޅޭ ފޮތެއް ނެރެފި

ރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ގާނޫނާ ގުޅޭ ގޮތުން މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ފޮތެއް ނެރެފި އެވެ.

30 ޖޫން

June 30, 2016 3
ނާޒިމްގެ މައްސަލަ މުރާޖައާ ކުރުމަށް ކޯޓުގައި އެދިއްޖެ

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލާގައި ފުލުހުން ތައްޔާރު ކުރި ޑީއެންއޭ ރިޕޯޓު މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ނާޒިމްގެ ވަކީލު ހުސްނުއް ސުއޫދު ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅުއްވައިފި އެވެ.

28 ޖޫން

June 28, 2016 22
ނާޒިމަށް ދޮރުތައް ބަންދު އެކަމަކު ޝައްކުތަކުން ފުރިފައި

އޭނާ ދިރިއުޅުއްވާ އެޕާޓްމެންޓުން ބަޑިއެއް ފެނުނު މައްސަލަ ސާބިތުވެ މުހައްމަދު ނާޒިމްގެ މައްޗަށް 11 އަހަރުގެ ހުކުމެއް އިއްވިތާ އަހަރެއްހާ ދުވަސް ފަހުން، އެ ބަޑިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްގެ ޑީއެންއޭ ފެނުނު ކަން ފުލުހުން ޔަގީންކޮށް ދިނުމުން އެތައް ބައެއްގެ ހިތުގައި މިހާރު ވަނީ، ނާޒިމްގެ ހުކުމާ މެދު، ޝައްކު އުފެދިފަ...

21 ޖޫން

June 21, 2016 17
ހަތިޔާރުން ފެނުނު ޑީއެންއޭ ދިމާވަނީ އަދީބުއާ: ވަކީލުން

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ފެނުނު ޑީއެންއޭ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ދިމާވެފައިވާ ކަމަށާއި އެކަމުގެ އަޑީގައި ހުންނެވީ އަދީބު ކަން ފުލުހުންގެ ތަހުގީގަށް މިހާރު ސާބިތުވެފައިވާ ކަމަށް ނާޒިމްގެ ވަކީލް ހުސްނުއްސުއޫދު މިރޭ ވިދާޅުވެއްޖެ އެވެ. ނާޒިމްގެ...

19 ޖޫން

June 19, 2016 41
އާ ހެކިތަކެއް، ނާޒިމްގެ ޝަރީއަތް ޝައުގުވެރި ދިމާއަކަށް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިިހާރު ފަށާފައިވާއިރު، ފެންނަނީ ވަރަށް ޝައުގުވެރި އަދި ހައިރާންވާ ކަހަލަ ވާހަކަތަކެކެވެ. ކްރިމިނަލް ކޯޓުގަ އާއި ހައި ކޯޓުގައި އޮތް ޝަރީއަތްތަކުގައި ނުއިވޭ ކިތަންމެ ގިނަ...