14 އޮކްޓޯބަރ

October 14, 2019 71
ކޮމިޝަނާ ޖެނެރަލް ކަމަށް ފަތުހުﷲ އަދި ނާޝިދުގެ ނަން

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ފަތުހުﷲ ޖަމީލް އަދި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދު އައްޔަން ކުރަން އެ ދެ ބޭފުޅުންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

13 އޮކްޓޯބަރ

October 13, 2019 6
ކޮމިޝަނާ ޖެނެރަލް އައްޔަންކުރަން ނަން ފޮނުވައިފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި އޭނާގެ ނައިބުގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ބޭފުޅެއްގެ ނަން ފޮނުއްވައިފި އެވެ.

09 އޮކްޓޯބަރ

October 09, 2019 13
ބިލްތައް ޑްރާފްޓްކުރަން އެދި ރައީސް ސިޓީއެއް ނުފޮނުއްވާ

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ގާނޫނުތަކުގެ ބިލްތައް ސީދާ ރައްޔިތުންގެ މަޖިލީހުން ޑްރާފްޓް ކުރަން އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސިޓީފުޅެއް ފޮނުއްވާފައިނުވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

28 ސެޕްޓެމްބަރ

September 28, 2019 82
ދަތުރަށް ހަ މިލިއަން ރުފިޔާ ހަރަދެއް ނުވާނެ: ހޫދު

އދ. ގެ އާއްމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެ އިން ދިޔަ ވަފުދުގެ ބޭފުޅުންގެ ޚަރަދުތަކަށް ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާނެ ކަމަށް ކުރާ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު ރޭ ދޮގުކުރައްވައިފި އެވެ.

17 ޖުލައި

July 17, 2019 13
މިނިވަން ދުވަހާ ގުޅިގެން މި މަހުގެ 28 ބަންދު

މިނިވަން ދުވަހާ ގުޅިގެން މި މަހުގެ 28 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަމަޖައްސަވައިފި އެވެ. އެއާއެކު އަޟްހާ އީދާ ގުޅިގެން އަންނަ މަހުގެ 15 ވަނަ ދުވަހަކީ ވެސް ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ނިންމައިފަ އެވެ.

03 ޖުލައި

July 03, 2019 18
އަލުން ސިޓީ ފޮނުވުމުން ލުތުފީ މަގާމުން ވަކިވެއްޖެ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ މަގާމުން އިސްތިއުފާ ދެއްވަން ފޮނުއްވި ސިޓީގެ ސައްހަކަމާ މެދު ސުވާލު އުފެދިފައި ވަނިކޮށް އަލުން ސިޓީ ފޮނުއްވުމުން އޭނާ މަގާމުން ވަކިވެއްޖެ އެވެ.

28 މެއި

May 28, 2019 7
އޯއައިސީ ސަމިޓަށް ރައީސް މާދަމާ ފުރާވަޑައިގަންނަވަނީ

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ 14 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ސައޫދީ އަރަބިއްޔާ އަށް ފުރާވަޑައިގަންނަވާނެ އެވެ.

14 މެއި

May 14, 2019 97
ނައިބު ރައީސުންގެ އިނާޔަތުގެ ބިލް ތަސްދީގެއް ނުކުރެއްވި

ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވާ ބޭފުޅުންނަށް، ދައުލަތުން މަހަކު 35،000ރ. ގެ އިނާޔަތެއް ދޭން ފާސްކުރި ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފި އެވެ.

13 މެއި

May 13, 2019 60
ސިޔާސީ ފިކުރަށް ބަލައިގެން ކަނޑައެއް ނުލަން:ތަރުޖަމާން

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ގިނަ ބަޔަކަށް ވަޒީފާގެ ބިރު ދެއްކުމުގެ އިތުރުން ވަޒީފާ އިން ވެސް މީހުން ވަކިކުރަމުން ދާ ކަމަށް ކުރާ އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

21 އެޕްރީލް

April 21, 2019 22
200 ގައިދީއަކަށް ރައީސް އަދަބު ލުއިކޮށްދެއްވައިފި

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ 201 ގައިދީ އަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދަބު ލުއިކޮށްދެއްވައިފި އެވެ.

April 21, 2019 25
ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް އިންޑިއާ އަށް

އިންޑިއަން ޕްރިމިއަ ލީގު (އައިޕީއެލް) ގެ ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.

16 އެޕްރީލް

April 16, 2019 58
މަހުލޫފްގެ ސަސްޕެންޝަން އުވާލައިފި

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ އެސްއޯއެފާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގެވުމުން ސަސްޕެންޑްކުރި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ ސަސްޕެންޝަން އުވާލައިފި އެވެ.

13 އެޕްރީލް

April 13, 2019 174
މަލިކާ ބެހޭ ގޮތުން ޖާބިރު ވިދާޅުވީ އަމިއްލަ ޚިޔާލެއް

ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކާ ބެހޭ ގޮތުން ކާށިދޫ ދާއިރާގެ އިންތިޚާބީ ކެންޑިޑޭޓު އަބްދުﷲ ޖާބިރު ވިދާޅުވީ، އޭނާގެ އަމިއްލަ ޚިޔާލެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ވިދާޅުވެއްޖެ އެވެ.

24 މާޗް

March 24, 2019 68
100 ދުވަސް ވާނީ އެޕްރީލް 12 ގައި: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މަސައްކަތުގެ 100 ދުވަސް ހަމަވާނީ އަންނަ މަހުގެ 12 އަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

18 މާޗް

March 18, 2019 14
މަހުލޫފްގެ މައްސަލަ ބަލައި އަދި ނުނިމޭ: ރައީސް އޮފީސް

ސަސްޕެންޑް ކޮށްފައިވާ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނި ނަމަވެސް...

March 18, 2019 60
އުމަރު ދައްކާ ވާހަކައިގެ ހަގީގަތެއް ނެތް:ސަރުކާރު

އައްޑޫގައި އިންޑިއާ ސިފައިންގެ އަސްކަރީ މަރުކަޒެއް ހަދަން މަސައްކަތްކުރާ ކަމަށާއި އެކަން އެކަމަށް އެއްބަސްވެފައިވާކަން ދިވެހި ސިފައިންނަށް އެނގޭނެ ކަމަށް ވިދާޅުވެ ކުރީގެ ހޯމް...

13 މާޗް

March 13, 2019 84
ކެމްޕެއިނަށް ރަސްމީލޯންޗު ބޭނުންކުރަނީ ސަލާމަތީ ސަބަބަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުތަކުގައި ރަސްމީ ލޯންޗުކޮޅު ބޭނުން ކުރައްވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

06 މާޗް

March 06, 2019 25
ރައީސް ކުރައްވާ ކެމްޕޭނަށް ދައުލަތުން ހޭދަ ނުކުރާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދެއް ނުކުރާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

04 މާޗް

March 04, 2019 22
ސިޔާސީ ދެ މަގާމެއް އުފައްދައި ބޭފުޅުން އައްޔަންކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި ސީނިއަ ޕޮލިސީ އެގްޒެކެޓިވް މަގާމުގެ އިތުރުން މުޅިން އަލަށް ޕޮލިސީ އެގްޒެކެޓިވްގެ މަގާމު އުފައްދަވައި، ބޭފުޅުން އައްޔަންކުރަން ފަށައިފި އެވެ.

26 ފެބުރުއަރީ

February 26, 2019 41
ދެ ބިލަށް ވޯޓަށް ނޭހޭތީ ރައީސް ކަންބޮޑުވޭ: ހޫދު

ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ވިދާޅުވެއްޖެ އެވެ.

21 ފެބުރުއަރީ

February 21, 2019 10
މައުސޫމާ މެދު ވެސް އަމަލުކުރީ އެއް އުސޫލަކުން

އެމްއެމްޕީއާރުސީން ހިންގި 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމު ކުރި ތަހުގީގީ ރިޕޯޓާ ގުޅިގެން، ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމާ މެދު ވެސް ފިޔަވަޅު އެޅީ ރިޕޯޓުގައި ނަން ހިމެނޭ، މި ސަރުކާރުގެ އެހެން ބޭފުޅުންނާ އެއް އުސޫލަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު...