26 ޖުލައި

July 26, 2018 14
"އާއްމުން ރައީސްއާ މުއާމަލާތު ކުރުމުގައި ހުރަހެއްނެތް"

ރައީސް އަބްދުﷲ ޔާމީނަށް މެސެޖްކޮށް، އެމަނިކުފާނާ މުއާމަލާތު ކުރުމުގައި އެއްވެސް ދިވެއްސަކަށް ހުރަހެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

22 ޖުލައި

July 22, 2018 21
ވޯޓުލާ ދުވަސް ބަންދުކުރުމާ މެދު އަދި ގޮތެއް ނުނިންމާ

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އަންނަ ސެޕްޓެމަބަރު 23 ގައި ބާއްވަން ނިންމާފައިވާ އިރު، އެ ދުވަސް ބަންދުކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

21 މެއި

May 21, 2018 8
ޑރ. މަޖީދަށް އަވަސް ޝިފާއަކަށް އެދެން: ރައީސް

އެމްޑީޕީގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ ހާލު ދެރަވެ، ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓް ކުރި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

29 އެޕްރީލް

April 29, 2018 21
ރޯދަ މަހުގެ ރަސްމީގަޑި: 10:00-2:00

މި އަހަރު ވެސް ރޯދަމަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 10:00 އިން މެންދުރު 2:00 އަށް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޯދަ މަހާއި ޝައްވާލް މަހުގެ ހަތް ދުވަސް ނިމެންދެން ރަސްމީ ގަޑިއަކީ، ހެނދުނު 10:00 އިން މެންދުރު 2:00 އަށް ކަމަށެވެ.

01 ފެބުރުއަރީ

February 01, 2018 2
އެންއައިސީގެ މެމްބަރުކަމަށް ހަތް މީހަކު ކުރިމަތިލައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރު ކަމަށް ހަތް މީހަކު ކުރިމަތިލައިފި އެވެ.

17 ޖެނުއަރީ

January 17, 2018 6
ރައީސް ޔާމީންގެ ކެމްޕޭނަށް ފަސްޓް ލޭޑީ ރަށްތަކަށް

ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނަށް ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް ރަށްތަކަށް ވަޑައިގަންނަވަން ފައްޓަވައިފި އެވެ.

07 އޮކްޓޯބަރ

October 07, 2017 16
ދުވަސްވީ މީހުންނާ ރައީސް ބައްދަލުކުރެއްވުން ފަސްކޮށްފި

އުމުރުން ދުވަސްވީ މީހުންނާ، ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ބައްދަލުކުރެއްވުން ހޯމަ ދުވަހަށް ފަސްކުރައްވައިފި އެވެ.

October 07, 2017 29
ދުވަސްވީ މީހުންނާ ރައީސް މިރޭ ބައްދަލުކުރައްވަނީ

އުމުރުން ދުވަސްވީ މީހުންނާ، ރައީސް އަބްދުﷲ ޔާމީންގެ ދެ ކަނބަލުން މިރޭ ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.

20 ޖުލައި

July 20, 2017 25
ކޮމިޝަނަށް އާންމުންނަށް މައްސަލަ ހުށައެއްނޭޅޭނެ

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އުފެއްދެވި ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީއަކީ އާންމުންނަށް މައްސަލަ ހުށަހެޅޭނެ ކޮމިޝަނެއް ނޫން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

15 ޖުލައި

July 15, 2017 91
ވައިބާ ގްރޫޕް ހޫނުވެ، ސަލީމަށް ބަހުގެ ހަމަލާތަކެއް!

ޕީޕީއެމްގެ ވައިބާ ގްރޫޕް ހޫނުވެ، ސަރުކާރުގެ އިސް ބައެއް ބޭފުޅުން އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

04 ޖުލައި

July 04, 2017 94
ރައީސަކީ މެމްބަރުންނަށް ރިޝްވަތު ދެއްވާނެ ބޭފުޅެއް ނޫން

ރައީސް އަބްދުﷲ ޔާމީނަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމުގެ ޔަގީން ދެއްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

05 ޖޫން

June 05, 2017 55
ގަތަރާ އެކު ވިޔަފާރީގެ ގުޅުން އޮންނާނެ: ސަރުކާރު

ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ރާއްޖެ އިން ކަނޑާލިޔަސް ވިޔަފާރީގެ ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

22 މެއި

May 22, 2017 19
މީޑިއާތަކުގެ މައްސަލައެއް ހުށައެއްނާޅަން: ރައީސް އޮފީސް

ރައީސް އޮފީހުން އެއްވެސް ނޫސްވެރިޔަކާ ދެކޮޅަށް ނުވަތަ މީޑިއާއަކާ ދެކޮޅަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މައްސަލައެއް ހުށަހަޅާފައި ނުވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

11 އެޕްރީލް

April 11, 2017 32
ތަރައްގީ އަށް ހުރަސް އަޅާ އަތްފައި ވާނީ ބަލި: މުއާޒު

ރާއްޖޭގައި މިދިޔަ 33 އަހަރު "ފިނިހަކަ ދުވެލީގައި" އޮތް ތަރައްގީ ތިން އަހަރުން ބާރު ސްޕީޑަށް ބަދަލުކޮށްލިއިރު، އެ ތަރައްގީ އަށް ހުރަސް އަޅާ އަތްފައި ވާނީ ބަލި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

07 އެޕްރީލް

April 07, 2017 7
ރައުދާގެ މަރާ މެދު ހުރި ސުވާލުތަކަށް ޖަވާބު ލިބެންޖެހޭ

ބަންގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބެންޖެހޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

04 އެޕްރީލް

April 04, 2017 39
ސިޔާސީ ކުށްވެރިންނެއް ނެތް! އެކަމަކު މި ކުރަނީ ކީއް؟

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ތިން އަހަރު ވެރިކަން ކުރެއްވި ގޮތާ މެދު ރައީސް އަބްދުﷲ ޔާމީން ތަކުރާރުކޮށް ވިދާޅުވާ ވާހަކަފުޅެއް އޮވެ އެވެ؛ އެމަނިކުފާނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ހައްޔަރުކުރީ ގާނޫނާ ހިލާފަށް، ސިޔާސީ މަގްސަދެއްގަ އެވެ.

28 ފެބުރުއަރީ

February 28, 2017 21
ތަރައްގީ ގެނައުމުގައި ގާނޫނީ ޗާޓުން ބޭރެއް ނުވާނެ

ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީ ރައްޔިތުންނަށް ހޯދައި ދިނުމުގައި ގާނޫނީ ޗާޓުން އެންމެ އިންޗިއެއް ވެސް ބޭރު ނުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

13 ފެބުރުއަރީ

February 13, 2017 48
މަޖުބޫރުން ސޮއިކުރުވި ނަމަ ސާބިތުކޮށްދީ: ޕީޕީއެމް

ވެރިކަން ކުރާ ޕީޕީއެމަށް ސޮއިކުރުމަށް މީހުންނަށް މަޖުބޫރުކުރާ ކަމަށް ބުނާ ނަމަ، އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި އެ ޕާޓީއާ މީހުން ގުޅެނީ އަމިއްލަ އިހުތިޔާރުގައި ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

08 ޑިސެމްބަރ

December 08, 2016 25
ސިޔާސީ ބޭފުޅުން ވަކިކުރާ ހާއްސަ ސަބަބެއް ނެތް: މުއާޒް

ރައީސް އަބްދުﷲ ޔާމީން، ސަރުކާރުގެ ބައެއް އިސްވެރިން މަގާމުތަކުން ވަކިކުރެއްވުމުގައި ހާއްސަ ސަބަބެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

17 ނޮވެމްބަރ

November 17, 2016 14
"ކުރިއަށް އޮތް ދެ އަހަރު ގިނަ ކަންކަން ހާސިލްކޮށްދޭނެ"

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފުރިހަަމަ ކޮށްދީފައިވާ ކަންކަމަށް ވުރެ ގިނަ ކަންކަން، ކުރިއަށް އޮތް ދެ އަހަރު ހާސިލް ކޮށްދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

30 އޮކްޓޯބަރ

October 30, 2016 31
ޕީޕީއެމަށް މެމްބަރުން އިތުރުކުރަން ފަސްޓް ލޭޑީ ފަށައިފި

ދެ ފަޅިވެފައިވާ ޕީޕީއެމަށް މެމްބަރުން އިތުރުކުރަން ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހާއްސަ ކެމްޕޭނެއް މިއަދު ފައްޓަވައިފި އެވެ.

October 30, 2016 44
"ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް ސަރުކާރު ނުހިންގާނެ"

ސަރުކާރާ ދެކޮޅަށް ތެދުވިޔަސް ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް ސަރުކާރު ނުހިންގާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ރޭ ވިދާޅުވެއްޖެ އެވެ.