04 އެޕްރީލް

April 04, 2020 7
އައިޑީކާޑު ނެތަސް މިދުވަސްވަރު އާސަންދަ ލިބޭނެ

ކޮވިޑް-19އާ ގުޅިގެން މި ދުވަސްވަރު އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް މެދުކަނޑާލާފައި ވާތީ، އައިޑީކާޑު ނެތަސް އެފަދަ އެހެން ލިޔެކިޔުމެއް އޮތް ނަމަ އާސަންދަ ހިދުމަތް ލިބޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

14 ޖެނުއަރީ

January 14, 2020 1
ބޮޑު ޗުއްޓީގައި 9،882 ޕާސްޕޯޓު ދޫކުރި

މިދިޔަ އަހަރުގެ ބޮޑު ޗުއްޓީ ދުވަސްވަރު 9،000 އަށް ވުރެ ގިނަ ޕާސްޕޯޓު އެކި މީހުންނަށް ދޫކުރި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

08 ޖެނުއަރީ

January 08, 2020 1
މައުލޫމާތު ބަދަލުވާ އައިޑީކާޑު ހެދުން މެދުކަނޑާލަނީ

މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހައްދައިދިނުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން މެދުކަނޑާލަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ނިންމައިފި އެވެ.

25 ފެބުރުއަރީ

February 25, 2019 2
ޓެޓޫއަކުން އައިޑީ ކާޑު މުލައްދަނޑީގައި

ޓައިވާނުގެ ޒުވާނަކު އޭނާގެ އައިޑީ ކާޑު ޓެޓޫއަކުން ކަނާއަތުގެ މުލައްދަނޑީގައި ކުރަހައިފި އެވެ.

18 ނޮވެމްބަރ

November 18, 2018 39
އާސަންދަ ހޯދަން އައިޑީ ކާޑުގެ މުއްދަތަކަށް ނުބަލާނެ

އާސަންދައިގެ ހިދުމަތް މިހާރު ލިބެނީ މުއްދަތު ހަމަނުވާ އައިޑީ ކާޑަށް ބަލައިގެން ނަމަވެސް، އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައެޅި ކަންކަމުގައި، އައިޑީ ކާޑަކީ ސިއްހީ ހިދުމަތުގައަި މުއްދަތު ހަމަވާ އެއްޗެއް ނޫން ކަމަށް، ހިމަނައިފި އެވެ.

22 ސެޕްޓެމްބަރ

September 22, 2018 5
އައިޑީކާޑު "ވިއްކި" ކަމަށް ބުނާ މީހުން ދޫކޮށްލައިފި

އައިޑީ ކާޑު "ވިއްކި" ކަމުގެ ތުހުމަތުގައި، ގދ. ރަތަފަންދޫން މިއަދު ހައްޔަރު ކުރި އިދިކޮޅު އެމްޑީޕީގެ ހަތަރު މީހުން ދޫކޮށްލައިފި އެވެ.

14 ސެޕްޓެމްބަރ

September 14, 2018 45
އައިޑީ ކާޑް ގަތުން ފަދަ ކަމެއް ނުކުރަން: ޕީޕީއެމް

މި މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ވޯޓު ހޯދުމުގެ ގޮތުން އައިޑީ ކާޑު ގަތުން ފަދަ އެއްވެސް ކަމެއް ޕީޕީއެމުން ނުކުރާކަމަށް އެޕާޓީން މިއަދު ބުނެފި އެވެ.

29 ނޮވެމްބަރ

November 29, 2017 24
އައިޑީކާޑުގެ ގޮތުގައި މިހާރު ޕާސްޕޯޓްކާޑު ބޭނުންކުރެވޭނެ

މޯލްޑިވްސް އިމިގްރޭޝަނުން އަލަށް ތައާރަފް ކުރި ޕާސްްޕޯޓު ކާޑު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ނުވަތަ އައިޑެންޓިޓީ ކާޑުގެ ގޮތުގައި ވެސް ބޭނުން ކުރެވޭ ގޮތަށް ރައީސްް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފި އެވެ.

26 ޑިސެމްބަރ

December 26, 2016 12
ކައިވެނިނުކޮށް ލިބޭ ކުދިންގެ މައުލޫމާތު ހިމެނުން ބަދަލު

ކައިވެނިން ބޭރުން އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ހިމަނާ މައުލޫމާތު، އެ ކުދިންނަށް ގެއްލުން ނުވާނެ ގޮތަށް ހިމެނުމަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު، ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

17 ޖުލައި

July 17, 2016 7
ބަޔޯމެޓްރިކްސް އައިޑީކާޑު ހަދަން ތައްޔާރުވަނީ

ދިވެހިންނަށް ބަޔޯމެޓްރިކް އައިޑެންޓިޓީ ކާޑު ތައާރަފްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހޯދަން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން މިއަދު ބުނެފި އެވެ.