21 ސެޕްޓެމްބަރ

September 21, 2020 2
ފަސް އަހަރަށް ފަހު ސުޖަން އީގަލްސް ދޫކޮށްލައިފި

އާއިލާއާ އެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވާތީ ކްލަބް އީގަލްސްގެ ސްރީލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ އެ ކްލަބް ދޫކޮށްލައިފި އެވެ.

16 މެއި

May 16, 2020 1
ސުޖަން އެނބުރި ގައުމަށް

ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ މާލެ ލޮކްޑައުން އަކަށް ދިއުމާ އެކު ބަންދުވި ބޭރު މީހުންގެ ތެރޭގައި ކްލަބް އީގަލްސް އަށް ކުޅޭ ސްރީ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ހިމެނެ އެވެ. ލިބުނު ފުރުސަތެއްގައި މީގެ ދެ ދުވަސް ކުރިން އޭނާ ވަނީ ލަންކާ އަށް ގޮސްފަ އެވެ.

14 މެއި

May 14, 2020
ނާއިމް: ސީޒަން ފަށަންވާއިރަށް ފިޓްވުމުގެ އަމާޒުގައި

މިދިޔަ ސީޒަނުގެ ފަހުބައިގެ ތެރޭގައި ކަކުލަށް އަނިޔާވެ ގައުމީ ޓީމުގެ ތިން ކުޅުންތެރިޔަކު ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުނެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގެ ކަކުލުގެ ލިގަމެންޓަށް ސީރިއަސް އަނިޔާއެއްވި ކްލަބް އީގަލްސްގެ ހުނަރުވެރި ފޯވާޑް މުހައްމަދު ނާއިމް ހިމެނެ އެވެ. އޭނާ މިހާރު އަންނަނީ...

15 އެޕްރީލް

April 15, 2020
ޒުވާން ޑިފެންޑަރު ހައިޝަމްގެ އޮޕަރޭޝަން ކާމިޔާބު

ކްލަބް އީގަލްސް އަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) ކަކުލުގެ އޮޕަރޭޝަނެއްކޮށްފި އެވެ.

07 މާޗް

March 07, 2020 2
ރިޒޭގެ 10 ގޯލާ އެކު އީގަލްސް ސެމީ އަށް

ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) 10 ގޯލް ޖަހައި، ރާއްޖޭގެ ރަސްމީ ފުޓްބޯޅަ މުބާރާތެއްގައި، އެއް މެޗެއްގައި ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ ހަމަކުރި މެޗުން ވިލިމާލެ ޔުނައިޓެޑް 12-0 އިން ބަލިކޮށް ކްލަބް އީގަލްސް އިން އެފްއޭ ކަޕުގެ ސެމީ ފައިނަލުން މިރޭ ފުރުސަތު ހޯދައިފި އެވެ.

03 މާޗް

March 03, 2020 2
ޗެމްޕިއަން މާޒިޔާ އިން ލީގުގެ އައްޑަނަ އުފުލާލައިފި

ފަހު މެޗުގައި ކްލަަބް އީގަލްސް އަތުން މިރޭ 2-1 އިން ބަލިވި ނަމަވެސް ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އަައްޑަނަ އުފުލާލައިފި އެވެ.

29 ޖެނުއަރީ

January 29, 2020
އީގަލްސް ލީގުގެ ދެ ވަނަ ކަށަވަރުކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 3-0 އިން މޮޅުވެ ބާކީ އެއް މެޗު އޮއްވައި ކްލަބް އީގަލްސް އިން ލީގުގެ ދެ ވަނަ ކަށަވަރުކޮށްފި އެވެ.

25 ޖެނުއަރީ

January 25, 2020 1
އީގަލްސް އަލުން ދެ ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ފަހަތުން އަރައި ކްލަބް ގްރީން ސްޓްރީޓްސް 4-2 އިން ބަލިކޮށް އީގަލްސް އަލުން ދެ ވަނަ އަށް އަރައިފި އެވެ.

20 ޖެނުއަރީ

January 20, 2020
ރިޒޭގެ ހަތަރު ގޯލާ އެކު އީގަލްސް އަށް ބޮޑު މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަހުމަދު ރިޒުވާން (ރިޒޭ) ޖެހި ހަތަރު ގޯލާ އެކު ކްލަބް އީގަލްސް އިން 7-0 އިން ށ. ފޯކައިދޫ ބަލިކޮށްފި އެވެ.

17 ޖެނުއަރީ

January 17, 2020 2
ޓީސީން އީގަލްސް ބަލިކޮށްފި، މާޒިޔާ ލީގާ ގާތަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން 1-0 އިން ދެ ވަނައިގައި އޮތް އީގަލްސް އަތުން މޮޅުވުމާ އެކު ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

14 ޖެނުއަރީ

January 14, 2020 2
ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފަހު ބުރުގެ ކުޅުން މިއަދު ފަށާއިރު ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގުގެ ފަހު ބުރުގައި ކޮންމެ ޓީމަކަށް ފަސް މެޗު އޮތްއިރު، ގިނަ ޓީމުތައް އޮތީ މާޒިޔާ އަތުލެވޭނެ ހިސާބެއްގައެއް ނޫނެވެ.

12 ޖެނުއަރީ

January 12, 2020 3
ޓީސީ ބަލިކޮށް އީގަލްސް އަށް ދެ ވަނައިގައި ލީޑެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި މިއަދު އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް އަތުން 3-0 އިން މޮޅުވެ ކްލަބް އީގަލްސް އިން ދެ ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

10 ޖެނުއަރީ

January 10, 2020 1
ޗޯޓު އާއި ޓޮޝީކީ އީގަލްސް އަށް ސޮއިކޮށްފި

ކްލަބް އީގަލްސް އިން ށ. ފޯކައިދޫ އަށް ކުޅުނު ޒުވާން ފޯވާޑް ހަސަން ނަޒީމް (ޗޯޓު) އާއި ފ. ނިލަންދޫ ޓީމަށް ކުޅުނު ޖަޕާނުގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ (ޓޮޝީ)ގެ ސޮއި ހޯދައިފި އެވެ.

09 ޖެނުއަރީ

January 09, 2020 4
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރު ކުޅޭނީ ފުރަތަމަ ދެ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދި އަށް ޓީމުގެ މެދުގައި ކަމަށް ގަވާއިދުގައި ބުނި ނަމަވެސް އެންމެ ހަ ޓީމު ބައިވެރިކޮށްގެން ތިން ވަނަ ބުރު ކުޅޭ ގޮތަށް އެފްއޭއެމުން ނިންމައިފި އެވެ.

29 ޑިސެމްބަރ

December 29, 2019 4
ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އިން ނިލަންދޫ ބަލިކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަހުމަދު ރިޒުވާން (ރިޒޭ) ގެ ހެޓްރިކާ އެކު ކްލަބް އީގަލްސް އިން 4-2 އިން ފ. ނިލަންދޫ ބަލިކޮށްފި އެވެ.

27 ޑިސެމްބަރ

December 27, 2019 3
ފާޑުކިޔައިގެން ލިބުނު އެއްވެސް ހައްލެއް ނެތް: މޯހަން

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު މިހާރު އޮތީ މާޔޫސްވާންޖެހޭ ހިސާބެއްގައި ކަމަށާއި ފާޑުކިޔައިގެން އެއްވެސް ހައްލެއް ނުލިބުނުކަމަށާއި މަޝްވަރާކޮށްގެން ކުރިއަށްދިއުން ނޫން ގޮތެއް ފެންނަން ނެތް ކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

26 ޑިސެމްބަރ

December 26, 2019
އީގަލްސް ދެ ވަނަ އަށް އަރައިފި

ޔުނައިޓެޑް ވިކްޓްރީ 1-0 އިން ބަލިކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް ކްލަބް އީގަލްސް މިރޭ އަރައިފި އެވެ.

21 ޑިސެމްބަރ

December 21, 2019
ފޯކައިދޫ އަތުން އީގަލްސް ބަލިވެއްޖެ

ށ. ފޯކައިދޫ އަތުން 3-2 އިން ބަލިވެ ކްލަބް އީގަލްސް އަށް މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް ތިން ޕޮއިންޓް ގެއްލި، ދެ ވަނަ އަށް އަރަން އަލުން ލިބުނު ފުރުސަތު ވެސް ގެއްލިއްޖެ އެވެ.

22 އޮކްޓޯބަރ

October 22, 2019 5
ގައުމީ ޓީމު މައްސަލައިގައި ރިޒޭ މައާފަށް އެދިއްޖެ

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ގައުމީ ޓީމާ އެކު އަމިއްލަ ސަބަބެއްގައި ނުދިޔަ ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެކަމަށް މައާފަށް އެދިއްޖެ އެވެ.

20 އޮކްޓޯބަރ

October 20, 2019
އީގަލްސް އިން މާޒިޔާއާ ދެ ޕޮއިންޓަށް ކައިރިކޮށްފި

އަހުމަދު ރިޒްވާން (ރިޒޭ) ގެ ހެޓްރިކާ އެކު ދަ ގްރާންޑޭ އަތުން 4-2 އިން މޮޅުވެ ކްލަބް އީގަލްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ދެ ޕޮއިންޓަށް ކައިރިކޮށްފި...

October 20, 2019 5
"ބްރޭކްތައް އަންނާތީ ފެންވަރު ހިފަހައްޓަން އުނދަގޫ"

ދަ ގްރާންޑޭގެ ކުޅުން އެއް ފެންވަރެއްގައި ދަމަހައްޓަން ދިމާވާ އެއް ގޮންޖެހުމަކީ ބްރޭކްތަކެއް އައިސްގެން ކުޅުމަަށް ކުރާ އަސަރު ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ)...