04 ޖުލައި

July 04, 2017 2
މާޒިޔާ ޕްރިމިއާ ލީގުން ޖާގަ ހޯދައިފި

އެސްޓީއޯ މާލޭ ލީގުގައި މިރޭ އެކަކު މަދުކޮށް ކުޅެ ޓީސީ ސްޕޯޓްސް ކްލަބާ 0-0 އިން އެއްވަރުކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

03 ޖުލައި

July 03, 2017 6
"މިއީ ބަލަން ފަސޭހަ ކުޅެން އުނދަގޫ މެޗެއް"

އެސްޓީއޯ މާލޭ ލީގުގައި މިރޭ ޓީސީއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗަކީ ބަލަން ފަސޭހަވި ނަމަވެސް ކުޅެން ވަރަށް އުނދަގޫވާނެ މެޗެއް ކަަމަށް މާޒިޔާގެ މެސެޑޯނިއާ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

02 ޖުލައި

July 02, 2017 2
ގަދަ ހަތަރެއްގެ ވާދަވެރިކަން އިންތިހާގައި

އެއް ވަނަ ޑިވިޝަނުގެ ފޯމެޓަށް މި ފަހަރު އެފްއޭއެމުން ގެނައި ބަދަލާ އެކު ރާއްޖޭގެ އެންމެ މަތީ ފަންތީގެ ލީގު ކަމަށްވާ ޕްރިމިއާ ލީގުން ފުރުސަތު ލިބޭނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި ކުޅޭ މާލޭ ލީގުގެ ގަދަ ހަތަރު ޓީމަކަށެވެ. ދެ ބުރަކަށް ކުޅޭ މާލޭ ލީގުގެ ފަހު ހަތަރު މެޗަށް ޓީމުތަކުން ތައްޔާރުވަމުން އަންނައިރު، އަދި އެއްވެސް...

24 ޖޫން

June 24, 2017 6
ނިއު އިން ފަހު ވަގުތު ޓީސީ ބަލިކޮށްފި

ފޯރިގަދަ ކުރިމަތިލުމެއްގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް ފަހު ވަގުތު 4-3 އިން ބަލިކޮށް ނިއު ރޭޑިއަންޓުން އެސްޓީއޯ މާލޭ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ގަދަ ހަތަރެއް ކަށަވަރުކުރުމާ ގާތަށް ޖެހިލައިފި އެވެ.

23 ޖޫން

June 23, 2017 5
ޓީސީ ފޯމުގައި، ޕްރެޝަރު އޮތީ ނިއު އަށް: ނިޒާމްބެ

އެސްޓީއޯ މާލޭ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ޓީސީ ސްޕޯޓްސް ކްލަބް އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި އެހެން ނަމަވެސް އެ ޓީމާ ދެކޮޅަށް ނުކުންނަ ނިއު ރޭޑިއަންޓް އޮތީ ޕްރެޝަރުގައި...

June 23, 2017 5
މާޔޫސްކަމުން އަރައިގަންނަން ބޭނުންވަނީ މޮޅެއް: ޓަވަރޭޒް

އެސްޓީއޯ މާލޭ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ގްރީން ސްޓްރީޓްސް އަތުން ބަލިވުމުން ނިއު ރޭޑިއަންޓް އޮތީ ވަރަށް ބޮޑަށް މާޔޫސްވެފައިކަމަށާއި އެކަމުން އަރައިގަންނަން ބޭނުންވަނީ...

21 ޖޫން

June 21, 2017 1
ބޮޑު މެދުކެނޑުމުގެ ފައިދާ ނެގޭކަށް ނެތް

ގައުމީ ފުޓްބޯޅަ ޓީމަށް ވަގުތުދޭން އެސްޓީއޯ މާލޭ ލީގުގެ ކުޅުން މެދުކަނޑާލުމަށް ފަހު މާދަމާރޭ މެޗުތައް ފަށާއިރު މި ލިބުނު ބޮޑު ބްރޭކްގެ ބޭނުން އެންމެ ފުރިހަމަ އަށް މި ދަނޑިވަޅުގައި ނެގެންނެތް ކަމަށް ފުރަތަމަ ޑިވިޝަންގެ ބައެއް ކޯޗުން ބުނެފި އެވެ.

25 މެއި

May 25, 2017 6
ވެލެންސިއާ އަށް ދިވެހި ލީގުން ފުރުސަތު ގެއްލިއްޖެ

ޓީސީ ސްޕޯޓްސް ކްލަބް އަތުން މިއަދު 6-3 އިން ބަލިވެ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރެއްގައި ލައްވާ ނުލައި ދިވެހި ޕްރިމިއާ ލީގުން ކްލަބް ވެލެންސިއާ އަށް ޖާގަ ގެއްލިއްޖެ އެވެ.

May 25, 2017
"ފަސޭހަ ނުކުރާނަން، މެޗެއް ގެއްލެން ބޭނުމެއް ނޫން"

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަ ނުކުރާނެ ކަމަށާއި މި ވަގުތު ހާލަތު ހުރި ގޮތުން އިތުރު މެޗެއް ގެއްލެން ބޭނުންނުވާ ކަމަށް ޓީސީ ސްޕޯޓްސް...

20 މެއި

May 20, 2017 3
ޓީސީ އާއި ގްރީން ސްޓްރީޓްސް އެއްވަރު

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް 1-1 އިން އެއްވަރުވެއްޖެ އެވެ.

14 މެއި

May 14, 2017 4
ބޮންޑާ ދެން ނުފެނިދާނެ: ނިޒާމްބެ

ޓީސީ ސްޕޯޓްސް ކްލަބުގެ މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) މިހާރު ނުފެންނަނީ އޭނާ އަމިއްލަ ސަބަބަކާ ހުރެ އުފަން ރަށުގައި ހުރުމުން ކަމަށާއި ފަހަރުގައި އޭނާ ދެން ނުފެނިދާނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

13 މެއި

May 13, 2017 6
ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހަނުހުރެފި

އެސްޓީއޯ މާލޭ ލީގުގައި މިރޭ މާޒިޔާ އަތުން 3-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިވި މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަނުހުރެފި އެވެ.

12 މެއި

May 12, 2017 9
ފުރަތަމަ ބުރުން މާޒިޔާ އަށް ސައްތައިން ސައްތަ ރެކޯޑެއް

ކެޕްޓަން އަސަދުﷲ އަބްދުﷲގެ ދެ ލަނޑާ އެކު ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ސައްތައިން ސައްތަ ރެކޯޑަކާ އެކު މާޒިޔާ އިން އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރު މިރޭ ނިންމާލައިފި އެވެ.

May 12, 2017 3
މާޒިޔާ ހުއްޓުވަން ޓީސީ ކެތްމަދުވެފައި

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މިރޭ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވާ އެންމެ ބޮޑު ހިތްވަރަކީ މާޒިޔާގެ މޮޅުވުމުގެ ސިލްސިލާ...

08 މެއި

May 08, 2017 6
ޓީސީ ބަލިކޮށް ގްރީން ސްޓްރީޓްސް ތިން ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ ތިން ވަނަ މަގާމަށް ގްރީން ސްޓްރީޓްސް އަރައިފި އެވެ.

07 މެއި

May 07, 2017 2
ޓީސީ އެންމެ އުނދަގޫ، އެންމެ މުހިއްމު މެޗަށް

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ އެންމެ އުނދަގޫ އަދި އެންމެ މުހިއްމު އެއް މެޗު ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

28 އެޕްރީލް

April 28, 2017
އީގަލްސް އަތުން ޓީސީ އަށް މުހިއްމު މޮޅެއް

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ވާދަވެރި ކްލަބް އީގަލްސް އަތުން ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން މުހިއްމު މޮޅެއް ހޯދައިފި އެވެ.

27 އެޕްރީލް

April 27, 2017
ޓީސީއާ ދެކޮޅަށް ކުޅޭއިރު އީގަލްސް ތަފާތު ވާނެ: ނިޒާމް

ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭއިރު ކްލަބް އީގަލްސް ތަފާތު ވާނެ ކަމަށާއި އެހެންކަމުން އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު އެ ޓީމާ ދެކޮޅަށް އޮތީ ފަސޭހަ މެޗެއް ނޫން ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

25 އެޕްރީލް

April 25, 2017 9
ޓީސީ ބަލިކޮށް ނިއު އެއް ވަނަ އަށް އަރައިފި

ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ އެއް ވަނަ މަގާމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މިރޭ އަރައިފި އެވެ.

24 އެޕްރީލް

April 24, 2017 6
މިހާރު އެ އޮތީ އަސްލު ނިއު ރޭޑިއަންޓް: ނިޒާމްބެ

މި ސީޒަނުގައި ފެނިގެންދަނީ އަސްލު ނިއު ރޭޑިއަންޓް ކަމަށް އެސްޓީއޯ މާލޭ ލީގުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

13 އެޕްރީލް

April 13, 2017 6
ޓީސީ ދެ ވަނަ އަށް، ވިކްޓަރީއަށް އިތުރު ގޮންޖެހުމެއް

އެސްޓީއޯ މާލޭ ލީގުގައި މިރޭ ވިކްޓަރީއާ 2-2 އިން އެއްވަރުކޮށް ތާވަލުގެ ދެ ވަނަ އަށް ޓީސީ ސްޕޯޓްސް ކްލަބް އެރިއިރު، ވިކްޓަރީއަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

11 އެޕްރީލް

April 11, 2017 7
ހާލަތު ބަދަލުވެއްޖެ، މިއީ އުއްމީދީ މެޗެއް: ސުޒޭން

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ކަމަށާއި އަޑިގަނޑުން އަރައިގަންނަން ބޭނުންވާ ތިން ޕޮއިންޓް މާދަމާރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން ލިބޭނެ ކަމަށް ވަރަށް ބޮޑު އުއްމީދުކުރާ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

07 އެޕްރީލް

April 07, 2017 2
ޔުނައިޓެޑް ވިކްޓަރީ އަތުން ޓީސީއަށް އުނދަގޫ މޮޅެއް

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ އަތުން ޓީސީ ސްޕޯޓްސް ކްލަބް 2-0 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.