12 ޖުލައި

July 12, 2019 8
"އިންޑިއާ ސަޕޯޓަރުން ޖަޒުބާތުގައި ނުޖެހެން އެދެން"

ބާމިންހަމް، އިންގްލެންޑް (ޖުލައި 12) - މި ފަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގެ ފޭވަރިޓެއްގެ ގޮތުގައި މުބާރާތަށް ނުކުމެ ހައިރާންކުރަނިވި ގޮތަކަށް ސެމީ ފައިނަލުގައި ނިއު ޒީލެންޑް އަތުން ބަލިވި ނަމަވެސް އިންޑިއާގެ ސަޕޯޓަރުން ޖަޒުބާތުގައި ޖެހި ޓީމަށް ފާޑުނުކިޔުމަށް އިންޑިއާގެ ކެޕްޓަން ވިރާތު ކޯލީ އެދިއްޖެ އެވެ.

10 ޖުލައި

July 10, 2019 26
އިންޑިއާ ކަޓުވާލައި ނިއު ޒީލެންޑް ފައިނަލަށް

މެންޗެސްޓާ، އިންގްލެންޑް (ޖުލައި 10) - މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވިފައި އޮތް އިންޑިއާގެ މައްޗަށް 18 ލަނޑުން ކުރި ހޯދައި ނިއު ޒީލެންޑުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

07 ޖުލައި

July 07, 2019 4
ރޯހިތަށް ތާރީހީ ރެކޯޑެއް، އިންޑިއާ އަށް އެއް ވަނަ

ލީޑްސް، އިންގްލެންޑް (ޖުލައި 7) - ކްރިކެޓް ވޯލްޑް ކަޕްގައި އިއްޔެ ކުޅުނު މެޗުގައި އިންޑިއާ އިން ހަތް ވިކެޓުން ސްރީ ލަންކާ ބަލިކޮށް އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ފުރުސަތު ހޯދިއިރު، ވޯލްޑް ކަޕެއްގެ ފަސް މެޗުގައި ސައްތަ ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފްވެރި ރެކޯޑް އިންޑިއާގެ ތަރި ރޯހިތު ޝަރްމާ ހޯދައިފި އެވެ.

03 ޖުލައި

July 03, 2019 3
ބަންގްލަދޭޝް ބަލިކޮށް އިންޑިއާ ސެމީ އަށް

ބާމިންހަމް (ޖުލައި 2) – ބަންގްލަދޭޝް އަތުން 28 ލަނޑުން މޮޅުވެ ކްރިކެޓް ވޯލްޑް ކަޕުގެ ސެމީ ފައިނަލުން އިންޑިއާ ޖާގަ ހޯދައިފި އެވެ.

22 ޖޫން

June 22, 2019 2
މޮޅުވީ އިންޑިއާ، އަފްގާނިސްތާނަށް ސާބަސް!

ސައުތުހެމްޓަން (ޖޫން 22) – ކްރިކެޓް ވޯލްޑް ކަޕުގައި މިރޭ ގަދަފަދަ އިންޑިއާ އަތުން އަފްގާނިސްތާން މޮޅުވުމާ ދާދި ގާތުގައި އޮއްވާ މުހައްމަދު ޝާމީ ހެދި ހެޓްރިކުން ނަތީޖާ އަނބުރާލައި އިންޑިއާ އިން 11 ލަނޑުން އަފްގާނިސްތާން ބަލިކޮށްފި އެވެ.

17 ޖޫން

June 17, 2019 5
އިންޑިއާ އިން ވާދަވެރި ޕާކިސްތާން ބަލިކޮށްފި

މެންޗެސްޓާ (ޖޫން 17) – މުބާރާތުގައި ރޯހިތު ޝަރްމާ ހެދި ދެ ވަނަ ސައްތައާ އެކު، ވާދަވެރި ޕާކިސްތާން 89 ލަނޑުން ބަލިކޮށް އެ ގައުމު އަތުން ކްރިކެޓް ވޯލްޑް ކަޕުގައި މޮޅުވުމުގެ ރެކޯޑް އިންޑިއާ އިން ދަމަހައްޓައިފި އެވެ.

16 ޖޫން

June 16, 2019 3
އިންޑިއާ-ޕާކިސްތާނުގެ ކުރިމަތިލުން: ކުޅިވަރުގެ ބޮޑު ދުވަހެއް!

މެންޗެސްޓާ (ޖޫން 16) – މިއަދަކީ ދުނިޔޭގެ ކުޅިވަރުގެ ވަރަށް ބޮޑު ދުވަހެކެވެ. ސިޔާސީ ގޮތުން ދެ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާ އާއި ޕާކިސްތާނުން ކްރިކެޓް ވޯލްޑް ކަޕުގައި ވާދަކުރާ ދުވަހެވެ. އިނގިރޭސި ވިލާތުގެ ފިނި މާހައުލުގައި މިއަދު ފެނިގެންދާނީ ކުޅިވަރުގެ ވާދައިގެ ހޫނާއި އުދާސްތައް އިހުސާސްކުރެވޭނެ މެޗެކެވެ.

10 ޖޫން

June 10, 2019 2
އިންޑިއާ އިން ޗެމްޕިއަން އޮސްޓްރޭލިއާ ބަލިކޮށްފި

ލަންޑަން (ޖޫން 10) – ކްރިކެޓް ވޯލްޑް ކަޕުގައި ރޭ ޗެމްޕިއަން އޮސްޓްރޭލިއާ އަތުން 36 ލަނޑުން މޮޅުވެ އިންޑިއާ އިން އެ ޓީމަށް ފޭވަރިޓުންގެ ޓެގްލައިން ހައްގުކަން ސާބިތުކޮށްދީފި އެވެ.

06 ޖޫން

June 06, 2019
ރޯހިތުގެ ސައްތަ އިން އިންޑިއާ އަށް ރަނގަޅު ފެށުމެއް

ސައުތުހެމްޓަން (ޖޫން 6) – ނުބައިނުވެ ރޯހިތު ޝަރްމާ ހެދި 122 ލަނޑާ އެކު އިންޑިއާ އިން ކްރިކެޓް ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ މެޗުން ރޭ ދެކުނު އެފްރިކާ އަތުން ހަ ވިކެޓުން މޮޅުވެއްޖެ އެވެ.

24 މެއި

May 24, 2019 1
ކްރިކެޓް ވޯލްޑް ކަޕަށް ސަމާލުކަން ބޮޑުވާނެ: ވިރާތު

ލަންޑަން (މެއި 24) - އަންނަ ބުރާސްފަތި ދުވަހު އިންގްލެންޑާއި ވޭލްސްގައި ފަށާ ކްރިކެޓް ވޯލްޑް ކަޕް ވެގެންދާނީ މި މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ސަޕޯޓަރުން ބަލާނެ މުބާރާތަށް ކަމަށް އިންޑިއާގެ ކެޕްޓަން ވިރާތު ކޯލީ ބުނެފި އެވެ.

21 އެޕްރީލް

April 21, 2019 25
ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް އިންޑިއާ އަށް

އިންޑިއަން ޕްރިމިއަ ލީގު (އައިޕީއެލް) ގެ ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.

26 ފެބުރުއަރީ

February 26, 2019
އިންޑިއާ-ޕާކިސްތާން މެޗު ނޯންނާނެކަމުގެ އިޝާރާތެއް ނެތް

ދުބާއީ (ފެބްރުއަރީ 26) – އަންނަ މޭ މަހު ފަށާ ކްރިކެޓް ވޯލްޑް ކަޕުގައި އިންޑިއާ އާއި ޕާކިސްތާން ކުޅެން ހަމަޖެހިފައިވާ މެޗު ކުރިއަށްނުދާނެ ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައިނުވާ ކަމަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ބުނެފި އެވެ.

20 ފެބުރުއަރީ

February 20, 2019 1
ޕާކިސްތާން މެޗު ބޮއިކޮޓްކުރަން ހަރްބަޖަން ގޮވާލައިފި

ނިއު ދިއްލީ، އިންޑިއާ (ފެބްރުއަރީ 20) - ކަޝްމީރުގައި އިންޑިއާ އިން ކޮންޓްރޯލްކުރާ ސަރަހައްދުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާގައި ޕާކިސްތާނުގެ އަތެއް ވާކަމަށް ތުހުމަތުކޮށް، ކްރިކެޓް ވޯލްޑް ކަޕްގެ ޕާކިސްތާނާ ދެކޮޅަށް އަންނަ ޖޫން މަހު ކުޅެން ހަމަޖެހިފައި އޮތް މެޗު އިންޑިއާ އިން ބޮއިކޮޓްކުރަން ޖެހޭ ކަމަށް އިންޑިއާއާ އެކު ކްރިކެޓް...

19 ޖެނުއަރީ

January 19, 2019
ޓެންޑުލްކާއާ ވާދައެއް ނުކުރާނަން: ވިރާތު

ނިއު ދިއްލީ، އިންޑިއާ (ޖެނުއަރީ 19) - ކެރިއަރުގައި މިހާތަނަށް ވެސް ކުރިއެރުމެއް ލިބިފައި އޮތީ ކުރީގެ ލެޖެންޑުންނަށް އިހުތިރާމްކޮށްގެން ކަމަށާއި އެ ގޮތުން އިންޑިއާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކާއާ ޗެލެންޖުކުރުމަކީ އޭނާ ކުރާނެ ކަމެއް ނޫން ކަމަށް އިންޑިއާގެ ކެޕްޓަން ވިރާތު ކޯލީ ބުނެފި އެވެ.

12 ޖެނުއަރީ

January 12, 2019 1
އިންޑިއާގެ ކްރިކެޓުގެ ދެ ތަރިން ހޫނު ފެނަށް

ނިއު ދިއްލީ (ޖެނުއަރީ 12) - އިންޑިއާގެ މަޝްހޫރު ޓޯކްޝޯ "ކޮފީ ވިތު ކަރަން" ގައި ބައިވެރިވި އިންޑިއާގެ ދެ ކްރިކެޓް ކުޅުންތެރިން ކަމަށްވާ ހާޑިކް ޕާންޑިޔާ އާއިކޭއެލް ރާހުލް އަންހެނުނަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އެ ދެ ކުޅުންތެރިންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ، ޓީމުން ބާކީކުރަން އިންޑިއާގެ ކްރިކެޓް ބޯޑުން...