05 ނޮވެމްބަރ

November 05, 2019 7
ގިނަ އަދަދެއްގެ ވަޒަން އިންޑިއާ އިން ހަދިޔާކޮށްފި

ދިވެހި ސިފައިންގެ ބޭނުމަށް، އިންޑިއާ އިން ގިނަ އަދަދެއްގެ ވަޒަން ހަދިޔާކޮށްފި އެވެ.

11 ޖުލައި

July 11, 2019
އުމުރުން 13؛ މިހާތަނަށް 135 ފޮތް ލިޔެފި

އުމުރަކީ ހަމަ ނަމްބަރެކޭ ބުނަނީ މިފަދަ ސަބަބުތަކާ ހެދި އެވެ. މީހާގެ އުމުރަކީ އެ މީހާގެ ކުޅަދާނަކަމާއި ގާބިލްކަން ވަޒަންކުރެވޭނެ ކަމެއް ނޫން އިންޑިއާގެ 13 އަހަރުގެ ފިރިހެން ކުއްޖަކު ވެސް މި ވަނީ ސާބިތުކޮށްފަ އެވެ.

16 ފެބުރުއަރީ

February 16, 2019 16
އިންޑިއާ އިން ހިފެހެއްޓި ދޯނި ދޫކޮށްލައިފި

އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަނުމުން އެ ގައުމުގެ ކަނޑުގެ ސިފައިން އިއްޔެ ހިފެހެއްޓި ދޯނި ދޫކޮށްލައިފި އެވެ.

15 ފެބުރުއަރީ

February 15, 2019 35
އިންޑިއާގެ ސަރަހައްދުން ދިވެހި މަސް ދޯންޏެއް އަތުލައިފި

އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ދިވެހި މަސް ދޯންޏެއް އިންޑިއާ ކޯސްޓް ގާޑުން ހިފަހައްޓައި އެ ގައުމުގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.

25 ޖުލައި

July 25, 2018 5
ހެލިކޮޕްޓަރު ބާއްވާ މުއްދަތު އިތުރެއް ނުކުރޭ: ސަރުކާރު

ރާއްޖޭގައި ބޭނުންކުރުމަށް އިންޑިޔާ އިން ގެނެސްފައި އޮތް ދެ ހެލިކޮޕްޓަރު މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ރާއްޖޭގައި ބާއްވަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނި ނަމަވެސް، ދިވެހި ސަރުކާރުން މިއަދު އެކަން ދޮގު ކޮށްފި އެވެ.

18 ޖޫން

June 18, 2018 10
އިންޑިޔާއާ ގުޅިގެން އިގުތިސޯދީ ސަރަހައްދުގެ އޮޕަރޭޝަނެއް

ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބެލުމުގެ އޮޕަރޭޝަނެއް، އިންޑިޔާގެ ކަނޑުގެ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން މިއަދު ފަށައިފި އެވެ.

28 ފެބުރުއަރީ

February 28, 2018 10
"ތަމްރީނުތަކުގައި ބައިވެރިނުވީ ރާއްޖޭގެ ހާލަތާ ހެދި"

އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވާން އިންޑިއާ އިން ދިން ދައުވަތު ރާއްޖޭން ގަބޫލުނުކުރީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކާ ހެދި ކަމަށް މީޑިއާތަކުގައި ރިޕޯޓްކުރި ވާހަކަތައް ދޮގުކޮށް، އިންޑިއާގައި ހުންނަ ދިވެހި އެމްބަސީން ރޭ ބަޔާނެއް ނެރެފި އެވެ.

20 ފެބުރުއަރީ

February 20, 2018 28
ރާއްޖެ ސަރަހައްދުގައި ބޭރުގެ މަނަވަރެއް ނެތް: ޑިފެންސް

ރާއްޖޭ ސަރަހައްދުގައި ބޭރު ގައުމެއްގެ މަނަވަރެއް ނޫޅޭ ކަމަށާއި ސިފައިން އަންނަނީ ކަނޑުގެ ސަރަހައްދު ބަލަހައްޓަމުން ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

18 ފެބުރުއަރީ

February 18, 2018 28
ރާއްޖޭގައި ހުރި ރާޑަރުތައް މަސައްކަތެއްނުކުރޭ: އިންޑިއާ

ރާއްޖޭގައި އިންޑިއާ އިން ބަހައްޓާފައި ހުރި ރާޑަރުތައް މަސައްކަތް ނުކުރާ ނުކުރާ ކަމަށް އެ ގައުމުގެ ނޫހަކުން މިއަދު ބުނެފި އެވެ.

16 ފެބުރުއަރީ

February 16, 2018 55
ރާއްޖެއަށް ހާއްސަ އިންޑިއާ ސިފައިންގެ ތަމްރީނުތަކެއް

ރާއްޖެ ހިމެނޭ ސަރަަހައްދު ބަލަހައްޓަން ހާއްސަކޮށްފައިވާ އިންޑިއާ ސިފައިންގެ ވަރުގަދަ ކުއްލި ތަމްރީނުތަކެއް މި ހަފުތާގެ ތެރޭގައި ފަށާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

10 ޖެނުއަރީ

January 10, 2018
ގެއްލުނު މަސްބޯޓެއް އަދިވެސް ނުފެނޭ: އެމްއެންޑީއެފް

ތޫފާން "އޮކްޝީ" ގައި ގެއްލުނު މަސްވެރިން ހޯދަން ރާއްޖެ ކައިރީގައި ހަރަކާތްތެރިވާ އިންޑިއާގެ ބޯޓްތަކަށް މަސްވެރިންގެ އެއްވެސް ބަޔަކު މިހާތަނަށް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

04 ޖެނުއަރީ

January 04, 2018 9
އިންޑިއާ މަސްވެރިންގެ ސަބަބުން ނުރައްކަލެއް ނެތް

އިންޑިއާ އާއި ސްރީ ލަންކާ އަށް އެރި ތޫފާން "އޮކްޝީ" ގައި ގެއްލުނު އިންޑިއާގެ މަސްވެރިން ހޯދަން އެ ގައުމުގެ އެހެން މަސްވެރިންތަކެއް ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ކައިރީގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ މީހުންގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ...

10 ޑިސެމްބަރ

December 10, 2017 9
ގެއްލުނު މަސްވެރިން ހޯދަން އިންޑިއާ ސިފައިން ރާއްޖޭގައި

އިންޑިއާ އާއި ސްރީ ލަންކާ އަށް އެރި ތޫފާން "އޮކްޝީ" ގައި ގެއްލުނު އިންޑިއާގެ މަސްވެރިންނާއި މަސްބޯޓުތައް ހޯދުމަށް، އިންޑިއާ ކަނޑުގެ ސިފައިން ރާއްޖެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

03 ނޮވެމްބަރ

November 03, 2017 18
ނޮވެމްބަރު 3ގެ އެންމެ ކުޑަ ރަހީނުގެ ދުލުން އެ ދުވަސް

ހަތިޔާރު އަޅައިގެން ތިބި ބަޔަކު ކުއްލިއަކަށް ތިމާގެ ކުރިމައްޗަށް ޖެހިގަނެ ތިމާ ރަހީނު ކުރުމަކީ ކިހާވަރެއްގެ ބިރުވެރި ކަމެއްކަން، އެކަން ތަޖުރިބާކުރި މީހަކަށް ނޫނީ އިހްސާސް ވެސް ނުކުރެވޭނެ އެވެ. ތިމާގެ ކުރިމަތީގައި ބޮޑުބޭބެގެ ގަޔަށް ވަޒަން އަރައި ޒަޚަމްވެގެން، މަރަށް ތެޅިތެޅި އޮންނަ މަންޒަރު ބަލަން، ހިތެއް ހުރި އިންސާނަކަށް...

24 މެއި

May 24, 2017 3
ދޫކޮށްލާފައިވާ ކޮޅުވެއްޓި ސަލާމަތްކުރަން ޓަގެއް ގެނެސްފި

ކ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރު ކުރަނިކޮށް މިދިޔަ ހަފުތާގައި ބެހުނު ކޮޅުވެއްޓީގައި ތިބި މީހުން ސަލާމަތްކުރުމަށް ފަހު، ކަނޑަށް ދޫކޮށްލާފައިވާ ކޮޅުވެއްޓި ސަލާމަތްކުރަން ސްރީ ލަންކާގެ ޓަގެއް ގެނެސްފި އެވެ.

23 މެއި

May 23, 2017 26
ނައީމާއި ޒުލޭޚާ: ކަނޑުމަތީގައި ވެސް އެކަކު އަނެކަކަށް

ފިރިމީހާ އާދަމް ނައީމް ދުއްވާ ކޮޅުވެއްޓީގައި މީގެ ކުރިން ވެސް ޒުލޭހާ އުސްމާން ދަތުރުކުރި އެވެ. ބެހިގެން ދެވޭނުދެވޭ ތަނެއް ނޭނގި ކަނޑުމަތީގައި ދުވަސްތައް ހޭދަކުރުމަކީ އެކަކު ވެސް...

May 23, 2017 15
ކޮޅުވެއްޓީގައި ތިބި މީހުން މާލެ ގެނެސްފި

ކ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރުކުރަނިކޮށް ބެހުނު ކޮޅުވެއްޓީގައި ތިބި ހަ މީހުން އިންޑިއާ މަނަވަރެއްގައި މިއަދު ހެނދުނު މާލެ ގެނެސްފި އެވެ.

21 މެއި

May 21, 2017 24
މަނަވަރުގެ އެހީގައި ކޮޅުވެއްޓި މާލެ އަށް ދަތުރުކުރަނީ

ކ. ތުލުސްދޫން ފުރައިގެން ލ. ގަމަށް ދަތުރުކުރަނިކޮށް ބެހުނު ކޮޅުވެއްޓި، އޭގައި ތިބި ހަ މީހުންނާ އެކު، މިހާރު މާލެ އަންނަން މިސްރާބު ޖަހައިފި ކަމަށާއި އެ ދަތުރުކުރަނީ އިންޑިއާ މަނަވަރު ކައިރީގައި އޮވެގެން ކަމަށް، އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.