19 ޖުލައި

July 19, 2019 1
އައިއޯއައިޖީ: ދިވެހި ކުޅިވަރުގެ ހާއްސަ ބައިވެރިޔެއް

ބައިނަލްއަގްވާމީ ގޭމްސްތަކާއި ކުޅިވަރު މުބާރާތްތަކުގެ ބޭނުމަކީ ހަމައެކަނި ކުޅިވަރުތަކެއްގައި ވާދަކޮށްލުމެއް ނޫނެވެ. އެއީ އެ ގައުމެއްގެ ކުޅިވަރު ކޮންޓިންޖެންޓެއްގެ ވަރުގަދަ އެކުވުމަކާ އެކު، ތާރީހަށްޓަކައި ރައްކާކުރަން ގަތައިލެވޭ އަގުހުރި ހިނދުކޮޅުތަކެކެވެ. މޮރިޝަސްގައި މިއަދު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް...

18 ޖުލައި

July 18, 2019 9
ދިވެހި ކުޅުންތެރިން ބިރުކަނޑުވާލަން އެބަޖެހޭ: ކޯޗު

ރިޔޫނިއަން އައިލެންޑްސްގެ ކުޅުންތެރިން ފިޒިކަލީ މާ ވަރުގަދަވުމުން، ރާއްޖޭގެ ކުޅުންތެރިން އެކަމަށް މާބޮޑަށް އިހުތިރާމްކުރީ ކަމަށާއި ބިރުކަނޑުވާލައި ރާއްޖޭން އަމިއްލަ ގޭމް މިހާރު ކުޅެންވެއްޖެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.

July 18, 2019 12
ފުރަތަމަ މެޗުން ރިޔޫނިއަން އަތުން ރާއްޖެ ބަލިވެއްޖެ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން މިއަދު މެންދުރުފަހު ރިޔޫނިއަން އައިލެންޑްސް އަތުން 4-0 އިން ބަލިވެއްޖެ އެވެ.

July 18, 2019 10
އައިއޯއައިޖީ: "އިންތިޒާމްތައް ހާސްބައި ތަފާތު"

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ދިވެހިރާއްޖޭގެ އެތުލީޓުންނާއި އޮފިޝަލުން އިއްޔެ މޮރިޝަސް އަށް އައިސް ހަމަޖެހިލާފައިވާއިރު، ހުރިހާ އިންތިޒާމެއް ވެސް މިދިޔަ ދެ...

17 ޖުލައި

July 17, 2019
ގޭމްސް ރާއްޖޭގައި ބާއްވަން ކޮމޮރޯސްގެ ތާއީދަށް އެދިިއްޖެ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ރާއްޖޭގައި ބާއްވަން ގައުމުތަކުގެ ތާއީދު ހޯދަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފު ކުރައްވާ ދަތުރުގައި އިއްޔެ ކޮމޮރޯސް އަށް ވަަޑައިގެން އެ ގައުމުގެ ވެރިންނާ މަޝްވަރާ ކުރައްވައިފި އެވެ.

16 ޖުލައި

July 16, 2019 26
ޓިޝޫ ކަރުދާހުގައި މަރޭ ޖަހާ ހިސާބު

އެއީ މީގެ ހަތަރު އަހަރު ކުރި އެވެ. ރިޔޫނިއަން އައިލެންޑްސް ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ނިންމާލުމަށް ފަހު ދިވެހި ކޮންޓިންޖެންޓް ގޮވައިގެން މޯލްޑިވިއަންގެ ބޯޓް ރާއްޖެއާ ދިމާލަށް ދަތުރުކުރަމުން އަންނަނީ އެވެ. ބޯޓުގެ ތެރޭގައި އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ރާއްޖޭން ކަނޑައެޅި އަމާޒަށް...

14 ޖުލައި

July 14, 2019 7
ސަޕޯޓަރުންގެ އުންމީދުތައް މަތިވެއްޖެ، ބޭނުންވަނީ މެޑަލް: ރައީސް

ކުޅިވަރުގައި ދިވެހި ސަޕޯޓަރުންގެ އުންމީދުތައް މިހާރު ހުރީ ވަރަށް މަތީގައި ކަމަށާއި މިއީ މެޗަކުން އެއްވަރުވެގެން ނުވަތަ މެޗަކުން މޮޅުވެގެން އެކަނި، ހިތްހަމަޖައްސާލައިގެން ތިބެވޭ...

July 14, 2019 7
އައިއޯއައިޖީ: ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ޒަބީރަށް

އަންނަ ހުކުރު ދުވަހު މޮރިޝަސްގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ގައުމީ ބާސްކެޓްބޯޅަ ޓީމުގެ...

13 ޖުލައި

July 13, 2019 9
ރާއްޖެ އަށް ތާއީދުކޮށްދޭން މަޑަގަސްކަރައިގައި އެދިއްޖެ

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ކުޅިވަރު މުބާރާތް 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި، މަޑަގަސްކަރައިގެ ތާއީދު ހޯދުމަށް ރައީސް އިބްރާހިމް މުހައްމު ސޯލިހުގެ ސިޓީފުޅެއް އެ ގައުމުގެ ބޮޑުވަޒީރަށް އަރުވައިފި އެވެ.

11 ޖުލައި

July 11, 2019 4
އައިއޯއައިޖީ: ދިވެހި ކޮންޓިންޖެންޓް އުފުލާނީ މޯލްޑިވިއަން އިން

މޮރިޝަސްގައި އަންނަ ހަފުތާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓް އެ ގައުމަށް އުފުލައިދިނުމުގެ ޒިންމާއާ ގައުމީ އެއާލައިން މޯލްޑިވިއަން އިން ހަވާލުވެއްޖެ އެވެ.

09 ޖުލައި

July 09, 2019 3
ރާއްޖޭގައި އައިއޯއައިޖީ ބާއްވަން ސީޝެލްސް އިން ތާއީދު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ސީޝެލްސްގެ ތާއީދު ލިބިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

08 ޖުލައި

July 08, 2019 4
"އައިއޯއައިޖީ ބިޑަށް ސަރުކާރު އޮތީ ގުޅިލާމެހިފައި"

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ބާއްވަން ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތުގައި ބިޑް ކާމިޔާބު ކުރުމަށް ސަރުކާރު އޮތީ ގުޅިލާމެހިފައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

06 ޖުލައި

July 06, 2019 6
އައިއޯއައިޖީގެ މަަސައްކަތުގައި މިނިސްޓަރުން ގައުމުތަކަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ބާއްވަން ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތުގައި ބިޑް ކާމިޔާބު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބުންގެ ގޮތުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގައުމުތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

05 ޖުލައި

July 05, 2019 3
ރާއްޖޭގައި އައިއޯއައިޖީ ބޭއްވުމުގެ އުއްމީދު ބޮޑު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ބާއްވަން ރާއްޖޭން ކުރަމުން އަންނަ މަސައްކަތުގައި ބިޑް ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަމަށް ގޭމްސްގެ އިސް ޑެލިގޭޝަނުން ބުނެފި އެވެ.

21 ޖޫން

June 21, 2019 2
އައިއޯއައިޖީ ބާއްވަން ކުރާ މަސައްކަތް ވަރުގަދަކުރަނީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ކުރާ ބިޑް ކާމިޔާބުކުރަން ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

19 މެއި

May 19, 2019 4
ސާއިދާ އެކު އައިއޯއައިޖީ އަށް 16 ދުވުންތެރިން

އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރަން މެޑަލް ހޯދި ދުވުންތެރިޔާ ހަސަން ސާއިދު ހިމަނައިގެން، މި އަހަރުގެ ގޭމްސްގައި ވާދަކުރަން އެތުލެޓިކްސް އިން 16 އެތުލީޓުންގެ ސްކޮޑެއް އިއުލާންކޮށްފި އެވެ.

22 އެޕްރީލް

April 22, 2019 11
ރައީސްގެ ދަތުރުފުޅުން އިންޑިއާގެ އިތުރު އެހީއެއް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވޭތޯ ކުރަމުން އަންނަ މަސައްކަތަށް، އިންޑިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.

06 މާޗް

March 06, 2019 1
އައިއޯއައިޖީގެ ކުރިން ޝިފާޒް ޕްރާގުގައި ދުވަނީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން އަންނަ މަހު ޗެކް ރިޕަބްލިކުގެ ޕްރާގުގައި ހާފް މެރެތަން ރޭހެއް ޖަހަން ނިންމާފައިވާ ކަމަށާއި އެ ރޭހުގައި ވެސް ގައުމީ ރެކޯޑް އާކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޝިފާޒް މުހައްމަދު ބުނެފި އެވެ.

27 ފެބުރުއަރީ

February 27, 2019 2
އައިއޯއައިޖީއަށް ތައްޔާރުވާން ޝިފާޒަށް ރަނުގެ ފުރުސަތެއް

ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެ އަށް މެޑެއްޔެއް ހޯދައިދޭން ދިގު ރާސްތާ ދުވުންތެރިޔާ ޝިފާޒް މުހައްމަދު ކުރަމުން އަންނަ އުއްމީދު ހަގީގަތަށް ހެދުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެތުލެޓިކްސް އެސޯސިއޭޝަނުން މަގުކޮށައިދީފި އެވެ. މިނިސްޓްރީން ބަޖެޓް ދީގެން އެސޯސިއޭޝަނުން މިވަނީ އޭނާ އަށް،...

26 ފެބުރުއަރީ

February 26, 2019 3
އައިއޯއައިޖީ ރާއްޖޭގައި ބާއްވަން ރައީސްގެ ތާއީދު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ބާއްވަން ރާއްޖޭން ބިޑްކުރާނެ ކަމުގެ ފެހި ސިގްނަލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

20 ފެބުރުއަރީ

February 20, 2019 2
އައިއޯއައިޖީގައި ރާއްޖެ ވަރުގަދަ ގްރޫޕަކަށް

ޖުލައި މަހު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި އެންމެ ފަހުގެ ޗެމްޕިއަން ރިޔޫނިއަން އާއި ރަނަރަޕް މެޔޯޓް އަދި ކޮމޮރޯސްއާ އެއް ގްރޫޕެއްގައި ރާއްޖެ ލައްވާލައިފި އެވެ.

27 އޯގަސްޓް

August 27, 2018 11
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް 15 މެޑަލްގެ އަމާޒެއް!

މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސް އަށް ރާއްޖެ އަށް އެންމެ ރަނގަޅަށް ތައްޔާރުވެވުނު ކަމަށް ގަބޫލުނުކުރާ ކަމަށާއި އެކަމަކު ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން 15 މެޑަލް ހޯދަން އަމާޒު ހިފައި، އެކަމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވެސް ފަށައިފި ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު...

22 ފެބުރުއަރީ

February 22, 2018 5
އިންޑިއަން އޯޝަން ގޭމްސް: ޓާގެޓަކީ 15 މެޑަލް!

އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަމާޒަކީ 15 މެޑަލް ކަމަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވެއްޖެ އެވެ.

February 22, 2018 2
އިންޑިއަން އޯޝަން ގޭމްސްގައި ކައިޓް ސާފިން ހިމަނައިފި

އަންނަ އަހަރު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހޭންޑްބޯޅަ އާއި އަންހެން ފުޓްބޯޅަ ނުހިމެނޭ ކަމަށާއި އެކަމަކު ރާއްޖޭގައި އާލާވަމުން އަންނަ ކައިޓްސާފިން...