ކިއުންތެރިން ފޮނުވާ ޚިޔާލު ޝާއިއުކުރުމުގައި "މިހާރު"ން ބަލާނެ މިންގަނޑު

"މިހާރު" އޮންލައިނަށް ކިއުންތެރިން ފޮނުވާ ޚިޔާލުތަކުގެ ތެރެއިން ޝާއިއުކުރާނީ ތިރީގައިވާ ކަންކަމާ ޚިލާފުނުވާ ލިޔުންތަކެވެ.

1- އިސްލާމް ދީނާ ޚިލާފު އަދި އިސްލާމް ދީނާ ދެކޮޅު އަމަލުތަކަށް ގޮވާލައި އެފަދަ ކަންކަމަށް ހިތްވަރު ދީފައި ހުންނަ ލިޔުންތައް.
ދީނުގައި ޚިލާފު ހުންނަ މައްސަލައެއްގައި ވަކި ގޮތެއް ރަނގަޅުކޮށް އަދި އެހެން ގޮތްތައް ގޯސްކޮށްފައި ހުންނަ ލިޔުންތައް.

2- ވަކި މީހަކަށް ނުވަތަ ވަކި ފަރާތަކަށް ޒާތީ ގޮތުން ނިސްބަތްކޮށްފައި ހުންނަ ލިއުންތައް.

3- އަނެކުންގެ ހައްގުތަކަށް އަރައިގަތުމަށް ގޮވާލައި ނުވަތަ ހިތްވަރު ދީފައި ހުންނަ ލިޔުންތައް.

4- އަނިޔާވެރިކަމާއި މާރާމާރީ އާއި ހަމަނުޖެހުންތަކަށް ހިތްވަރުދީ ނުވަތަ އެފަދަ ކަންކަމަށް ގޮވާލާ ލިއުންތައް.

5- ގާނޫނާއި ގަވާއިދުތަކާ ޚިލާފުވާން ގޮވާލައި ނުވަތަ ހިތްވަރު ދޭ ލިޔުންތައް.

6- އެއްވެސް ކަމަކަށް އިންޒާރެއް ދީ ނުވަތަ ބިރު ދައްކަން ލިޔާ ލިޔުންތައް.

7- ވަކި ފަރާތެއް އިޝްތިހާރުކުރާށާއި ވަކި ކަހަލަ އުފެއްދުމެއް އިޝްތިހާރުކުރަން ލިއާ ލިއުންތަކާއި ވަކި އުފެއްދުމެއް ނުވަތަ ވަކި ފަރާތެއް ބަދުނާމްކުރަން ލިޔާ ލިއުންތައް.

8- އާންމު މުޖުތަމައު ގަބޫލްނުކުރާ އަދި ގަދަރު ވެއްޓޭ ފަދަ ވަނަންތަކުގައި ފޮނުވާ ޚިޔާލުތައް.

9- ޖިންސީ އަދި ބަދުއަޚުލާގީ ވާހަކަތަކާއި ހަޑިހުތުރު ބަހުން ލިޔެފައި ހުންނަ ލިޔުން. އަދި އެފަދަ ކަންކަމަށް ހިތްވަރުދޭ ގޮތަށް ލިއާ ލިޔުންތައް.

10- ވަކި ގައުމެއްގެ ބަޔަކު، ނުވަތަ ވަކި ޖަމާއަތެއްގެ ބަޔަކު ނުވަތަ ވަކިވަކި ފަރުދުންގެ ހުރުމަތަށް އުނިކަމެއް ލިބިދޭ ފަދަ ލިޔުންތައް.

11- އެއްވެސް މީހަކާ ނުވަތަ އެއްވެސް ޖަމާއަތަކާ ނުވަތަ އެއްވެސް ކަމަކާ ބެހޭ ގޮތުން، ސާބިތު ނުހިފޭ ފަދަ ދޮގު ތުހުމަތުކޮށް ލިޔާ ލިޔުންތައް.

"މިހާރު" އަށް ފޮނުވާ ލިޔުންތަކާއި ފޮޓޯ އާއި ވީޑިއޯގެ ރައިޓްސް

"މިހާރު" އަށް ފޮނުވާ ލިޔުމާއި ފޮޓޯ އަދި ވީޑިއޯ ފަދަ އުފެއްދުންތައް "މިހާރު" އޮންލައިން އާއި "މިހާރު" ނޫހުގައި އަދި "މިހާރު"ގެ އެހެން އުފެއްދުންތަކުގައި ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު "މިހާރު" އަށް ލިބިގެންވެ އެވެ. އަދި އެފަދަ ލިޔުމެއް، ފޮޓޯ އަދި ވީޑިއޯ އަކީ އެ ފޮނުވާ ފަރާތުގެ ފުރިހަމަ މިލްކުވެރި އެއްޗަކަށް ވާން ޖެހޭނެ އެވެ. އެހެން ބައެއްގެ ލިޔުމެއް، ފޮޓޯއެއް ނުވަތަ ވީޑިއޯއެއް، އޭގެ ހަގީގީ މިލްކުވެރިޔާގެ ހުއްދައެއް ނެތި ބޭނުންކުރުމަކީ ކޮޕީ ރައިޓްސްގެ އުސޫލުތަކާ ޚިލާފު ކަމެކެވެ. "މިހާރު" އޮންލައިނަށް އެ އުފެއްދުންތައް ފޮނުވަން ވާނީ މިކަންކަމަށް އެއްބަސްވާ ފަރާތްތަކުންނެވެ.

24 މޭ 2016

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!