13 މެއި

May 13, 2020
ކޮވިޑް-19ގެ މީހުންނާ އެކު އިންޓެލް މަސައްކަތުގައި

މުވައްޒަފުންގެ ސިއްހަތަށް އިސްކަންދިނުމަށް ވުރެ، ޗިޕް އުފައްދާ ފެކްޓަރީތައް ހިންގުން އިންޓެލް އަށް މުހިންމު ކަމަށް ބްލޫމްބާގް އިން ބުނެފި އެވެ. ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ތިބި މުވައްޒަފުންނަށް މަސައްކަތްތައް ހަވާލުކުރުވައި، ބަލިނުޖެހޭ މުވައްޒަފުނާ އެކު މަސައްކަތްކުރުމަށް އިންޓެލް އިން އަމުރުކުރާ ކަމަށް ބުނާ...

11 ފެބުރުއަރީ

February 11, 2020 2
އެޕަލް އިން އިންޓެލް ޗިޕްތައް ދޫކޮށްލަނީ

އެޕަލް މެކް ކޮމްޕިއުޓަރުތަކުގައި މިހާރު ބޭނުންކުރަނީ އިންޓެލް ޗިޕްތަކެވެ. ނަމަވެސް، އިންޓެލް ޗިޕްތައް ދޫކޮށް އެޕަލް އިން އޭއެމްޑީ ޗިޕްތަކަށް ބަދަލުވާން އުޅޭ ނިޝާންތަކެއް އެބަ ފެނެ އެވެ.

30 ޖުލައި

July 30, 2019 1
5ޖީ އައިފޯނަށް އެޕަލްގެ އަމިއްލަ މޯޑެމް އަވަސްވެދާނެ

އިންޓެލްގެ މޯޑެމް ޑިވިޒަން ގަތުމަށް އެޕަލް އިން އެއް ބިލިއަން ޑޮލަރު ހޭދަކުރާނެ އެވެ. އެޕަލް ބޭނުންވަނީ އައިފޯނުތަކުގައި ބޭނުންކުރާ 5ޖީ މޯޑެމްތައް އަމިއްލަ ނަމަށް ނިސްބަތްކުރާށެވެ. އެޕަލް އިން ގަބޫލުކުރާ ގޮތުގައި، އެ މީހުންގެ އުފެއްދުންތަކާ ގުޅުން ހުރި ހުރިހާ ކަމެއްގެ މުގޫ އޮންނަންޖެހޭނީ އެ މީހުންގެ އަތުގަ އެވެ.

28 ޖުލައި

July 28, 2019
އިންޓެލްގެ މޯޑެމް ޗިޕް ޑިވިޒަން އެޕަލް އިން ގަންނަނީ

އެޕަލްގެ ޑިވައިސްތަކުގައި، އެހެން ކުންފުންޏަކުން އުފައްދާ ބައިތައް، ހިމެނުމަކީ އެޕަލް ބޭނުންވާ ގޮތެއް ނޫނެވެ. އެހެން ބަޔަކަށް ކަމުނުކިޔައި، ޑިވައިސްތައް އުފެއްދޭ ފެންވަރުގެ ކުންފުންނަކަށް ވާން އެޕަލް އެދޭތާ ޒަމާންތަކެއް ވަނީ ފާއިތުވެފަ އެވެ.

30 ޖޫން

June 30, 2019 1
ވާވޭ އަށް އެމެރިކާގައި ވިޔަފާރިކުރަން ހުއްދަދީފި

ވާވޭ އަށް ދަތިކުރަން އެމެރިކާ ސަރުކާރުން އެޅި ފިޔަވަޅުތަކަށް ގިނަ ދުވަސްތަކެއް ނުވަނީސް އުވާލައިފި އެވެ. ޖަޕާނުގައި މިހާރު ހިގަމުންދާ "ޖީ20" ސަމިޓްގެ އަރިމަތިން، ޗައިނާގެ ރައީސް، ޝީ ޖިންޕިން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވައި، ކުރެއްވި މަޝްވަރާގައި، އެމެރިކާ ކުންފުނިތަކުން ވާވޭއާ އެކު ވިޔަފާރިކުރުން...

18 ޖޫން

June 18, 2019
ވާވޭ އަށް ލުޔެއް ލިބޭތޯ ޗިޕް ކުންފުނިތަކުން ބަލަނީ

އެމެރިކާގެ ކުންފުނިތަކުން ޗައިނާގެ ވާވޭއާ އެކު މުއާމަލާތްކުރުން، އެމެރިކާ ސަރުކާރުން މަނާކުރުމުން، ޚަބަރު ސުރުޚީތަކުގައި އެކަން ފާހަގަކުރަމުން ދިޔައީ އެއީ ހަމައެކަނި ވާވޭ އަށް ލިބުނު ގެއްލުމެއް ކަމަށެވެ.

23 މެއި

May 23, 2019
ވާވޭ ވެއްޓިއްޖެ ނަމަ ފައިދާވާނެ ބަޔަކީ ކޮބާ؟

ސްމާޓްފޯން މާކެޓްގައި ވާދަވެރިކަން އޮތް މިންވަރު، މިހިރަ ދަނީ އެނގެމުންނެވެ. ވާވޭ އަށް ދަތިކުރުމަށް އެމެރިކާއިން ފިޔަވަޅުއެޅި ހިސާބުން، ވާވޭ އަކީ ސްމާޓްފޯން މާކެޓްގައި ނުވެސް ނެތް ބަޔަކަށް ހަދައިފި އެވެ. އެންޑްރޮއިޑް މާކެޓަށް ފޯނެއް ނެރުމުގެ ނަސީބު ވާވޭ އަށް ދެން ނެތް ކަހަލަ އެވެ. ވާވޭ އަށް ފުރުސަތު ގެއްލުނު ކަމަށް ބަލައި، އެ...

20 މެއި

May 20, 2019 9
ގޫގުލްގެ ހިދުމަތްތަކެއް ވާވޭ ފޯނުތަކަށް ހުއްޓާލަނީ

އެމެރިކާގެ ކުންފުނިތަކުން ޗައިނާގެ "ވާވޭ ޓެކްނޮލޮޖީޒް"އާ އެކު ވިޔަފާރިކުރުން ސަރުކާރުން މަނާކުރުމާ އެކު، ވާވޭ ސްމާޓްފޯނުތަކަށް ބޭނުންވާ ސޮފްޓްވެއާ ލައިސަންސް ވިއްކުން ގޫގުލުން ހުއްޓާލައިފި އެވެ. މިއީ ވާވޭ އަށް ކަޑައްތުކުރަން އުނދަގޫ މަރުހަލާއަކަށް ވާނެ ކަމަށް ބެލެވެ އެވެ.

21 ފެބުރުއަރީ

February 21, 2019 2
އެޕަލް އަށް ހުކުމަކުން ނުރެކެވޭނެ: ކުއަލްކޮމް

އިންޓަނޭޝަނަލް ޓްރޭޑް ކޮމިޝަނުން، މާޗް 26 ގައި، އެޕަލް އަށް ހުކުމްކުރާނެ އެވެ. އެޕަލް އަށް ހުކުމް އަންނަ ގޮތަކުން އެއީ ހިތާމަވެރި ޚަބަރަކަށް ވެސް ވެދާނެ އެވެ. މައްސަލަ ކުރި އަށްދާ ގޮތުން ބޮޑަށް ބެލެވެނީ، އައިފޯނުގެ ބައެއް މޮޑެލްތައް އެމެރިކާ އަށް އެތެރެނުކުރެވޭނެ ކަމަށެވެ. އަދި އެތެރެކޮށްފައި ހުރި އެ މޮޑެލްތަކުގެ އައިފޯނުތައް...

17 ނޮވެމްބަރ

November 17, 2018
5ޖީ ރޭސް ފެށިއްޖެ، އިންޓެލްގެ މޯޑެމް ދައްކާލައިފި

މި އޮތީ 5ޖީ ރޭސް ފެށިފަ އެވެ. ސްމާޓްފޯނުތަކަށް 5ޖީ ގެނައުމަށްޓަކައި، އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތް ނިމުމަކާ ހަމަ އަށް އައީ އެވެ. ނަމަވެސް، އިންޓެލް 5ޖީ މޯޑެމްތައް މާކެޓަށް ނެރޭނެ ތާރީޚެއް އަދި ނޭނގެ އެވެ. ބެލެވެނީ 2019ގެ މެދާ ހިސާބުގައި ކަމަށެވެ.

06 ނޮވެމްބަރ

November 06, 2018
5ޖީ އައިފޯނުގައި އިންޓެލް މޯޑެމްއެއް

އެންޑްރޮއިޑް ސްމާޓްފޯނުތައް އުފައްދާ ކުންފުނިތަކުން 5ޖީ ނެޓްވޯކަށް ތައްޔާރުވަނީ އެވެ. ނެޓްވޯކް ޚިދުމަތްދޭ ކުންފުނިތަކުން ވެސް 5ޖީ އަށް ތައްޔާރުވަނީ އެވެ. މަސްރަހުގައި ޚަބަރުތައް ހުރި ގޮތަށް ބަލާއިރު، 2019 ގައި 5ޖީ ފޯނުތައް ބޭނުންކުރަން ފަށާނެ އެވެ.

11 އެޕްރީލް

April 11, 2018 2
އިންޓެލް ދޫކޮށް އެޕަލް އަމިއްލަ ފައިމައްޗަށް

މެކް ކޮމްޕިއުޓަރުތައް ހިންގަން ކުރިން ބޭނުންކުރި މޮޓޮރޯލާ ޕަވާޕީސީ ޗިޕްތައް ދޫކޮށް، އިންޓެލް ޗިޕްތަކަށް އެޕަލް ބަދަލުވީ 2006 ވަނަ އަހަރު އެވެ. އެ އަށް ފަހު މެކްބުކް ޕްރޮ، އައިމެކް އަދި އެ ނޫން ޑިވައިސްތަކުގައި ވެސް އިންޓެލް ޗިޕް ހާޑްވެއާ އެޕަލްއިން ބޭނުންކޮށްފައިވެ އެވެ.

21 ނޮވެމްބަރ

November 21, 2017 3
ދެން ކޮން އައިފޯނެއް؟

އައިފޯނު 10 ނެރެފި އެވެ. އެކަމަކު އަދިވެސް އެ ފޯރި ނުކެނޑެ އެވެ. އައިފޯނަށް 10 އަހަރު ފުރޭ އަހަރު ފާހަގަކުރަން، އެޕަލްއިން އައިފޯން 10 ނެރުނުއިރު، އައިފޯން 9 ވީ ތަނެއް ނޭނގެ އެވެ. އެކަމާ ކަންބޮޑުވެގެން މީހަކު ވާހަކަދައްކާތީ ވެސް ނުއިވެ އެވެ.

22 ޖެނުއަރީ

January 22, 2017 2
"ޖެއްސުންކުރާތީ" ކުއަލްކޮމް ގޮވައިގެން އެޕަލް ކޯޓަށް

އައިފޯނު ބޭނުންކުރާ މީހުން ދޭތެރެ ދޭތެރެއިން ކުރާ ޝަކުވާއެކެވެ. އައިފޯނުގެ ވަކި މޮޑެލެއްގެ އަޑު ސާފުވެފައި ބައެއް މޮޑެލްތަކުން ކޯލްކުރަން އުނދަގޫވުމެވެ. ވާ ގޮތެެއް ނޭނގެ އެވެ.

14 ޖޫން

June 14, 2016
އައިފޯން 7 ގައި އިންޓެލް ޗިޕެއް؟

އެޕަލްއޭ ކިޔައިގެން މި ކަހަލަ ވާހަކަތައް އަބަދުވެސް ދެކެވެ އެވެ. އައިފޯނަށް ކޮންމެވެސް ބަދަލެއް ގެންނަން އުޅޭ ވާހަކަ ދޭތެރެ ދޭތެރެއިން އިވެ އެވެ.