11 އޯގަސްޓް

August 11, 2020 7
ޔުނައިޓެޑާއި އިންޓަ ޔޫރޮޕާ ލީގުގެ ސެމީ އަށް

ކޮލޯން (އޮގަސްޓް 11) - ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަތައް މެންޗެސްޓާ ޔުނައިޓެޑާއި އިންޓަ މިލާނުން ހޯދައިފި އެވެ.

06 އޯގަސްޓް

August 06, 2020
ޔޫރޮޕާ ލީގު: ޔުނައިޓެޑާއި އިންޓަ ކުއާޓާ އަށް

ލަންޑަން (އޮގަސްޓް 6) - ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ޔޫރޮޕާ ލީގުގެ ކުޅުން އަލުން ފެށިއިރު ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑާއި އިންޓަ މިލާން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

23 ޖުލައި

July 23, 2020
ޔޫރޮޕާގައި ސަންޗޭޒް ކުޅުވާނަމަ ފީ އެއް ދައްކަންޖެހޭނެ

މިލާން (ޖުލައި 23) - އަންނަ މަހު ޔޫރޮޕާ ލީގުގެ ކުޅުން އަލުން ފަށާއިރު އެ މުބާރާތްތަކުގެ މެޗުތަކުގައި އިންޓަ މިލާނުން އަލެކްސިސް ސަންޗޭޒް ކުޅުވާނަމަ މެންޗެސްޓާ ޔުނައިޓެޑަށް ފީ އެއް ދައްކަން ޖެހޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

29 ޖޫން

June 29, 2020 1
އިންޓަ އިން ފަނޑު އުއްމީދު ދަމަހައްޓައިފި

މިލާން (ޖޫން 29) – ޕާމާ 2-1 އިން ބަލިކޮށް އިންޓަ މިލާނުން، އިޓާލިއަން ލީގު ކާމިޔާބުކުރުމަށް ކުރަމުން އަންނަ ފަނޑު އުއްމީދު ދެމެހެއްޓިއިރު، އޭއެސް ރޯމާ 2-0 އިން ބަލިކޮށް އޭސީ މިލާނުން ޔޫރަޕުގެ ޖާގައަކަށް ކުރާ މަސައްކަތުގައި ކުރިއަށް ފިޔަވަޅެއް އަޅައިފި އެވެ.

25 ޖޫން

June 25, 2020 6
ލާޒިއޯ ބަލިވެއްޖެ، ޔުވެންޓަސް އަށް ހިތްހަމަޖެހުން

މިލާން (ޖޫން 25) – އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ޔުވެންޓަސްއާ، ތަށްޓަށް އެންމެ ބޮޑަށް ވާދަކުރާ ލާޒިއޯ ރޭ އެޓަލާންޓާ އަތުން 3-2 އިން ބަލިވެ، ނުވަ މަސް ދުވަހަށް ފަހު ފުރަތަމަ ފަހަރަށް ލީގުގައި ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. މިއީ ޔުވެންޓަސް އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

22 ޖޫން

June 22, 2020
އިންޓަގެ އެނބުރި އައުން މޮޅަކުން

މިލާން (ޖޫން 22) – ކޮވިޑުގެ މެދުކެނޑުމަކަށް ފަހު އިޓާލިއަން ލީގު އަލުން ފަށައި އިންޓަ މިލާން ކުޅުނު ފުރަތަމަ މެޗުން ރޭ އަމިއްލަ ދަނޑުގައި ސަމްޕްޑޯރިއާ އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

14 ޖޫން

June 14, 2020
ނަޕޯލީ ފައިނަލަށް އެކަމަކު ގަޓޫސޯ އެހާ އުފަލެއް ނުވޭ

ރޯމް (ޖޫން 14) - އިންޓަ މިލާނާ ރޭ 1-1 އިން އެއްވަރުކޮށް ނަޕޯލީ އަށް އިޓާލިއަން ކަޕުގެ ފައިނަލުން ޖާގައެއް ކަށަވަރުކޮށްދެވުނު ނަމަވެސް މި ވަގުތު ކޮވިޑް-19ގެ ހާލަތު އޮތް ގޮތުން އޭނާ އަށް އެހާ ބޮޑަށް އުފާފާޅުކުރެވެން ނެތް ކަމަށް ނަޕޯލީގެ ކޯޗު ޖެނާރޫ ގަޓޫސޯ ބުނެފި އެވެ.

03 ޖޫން

June 03, 2020 1
އިންޓަ އިން ބާސާ އަށް މާޓީނޭޒް ވިއްކާލަން ތައްޔާރުވަނީ

މިލާން (ޖޫން 3) - އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓީނޭޒްގެ ބާސެލޯނާ އަށް ވިއްކާލަން އިންޓަ މިލާނުން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

01 ޖޫން

June 01, 2020 5
"އިންޓަ އަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތް"

މިލާން (ޖޫން 1) – އިޓާލިއަން ލީގު ކާމިޔާބުކުރުމުގައި ޔުވެންޓަސް އަށް އެޑްވާންޓޭޖް އެބައޮތް އެކަމަކު އިންޓަ މިލާނަށް އަދިވެސް ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އަދި އިޓަލީ ގައުމީ ޓީމުގެ މިހާރުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

31 މެއި

May 31, 2020
ޕީއެސްޖީން އިކާޑީގެ ކޮންޓްރެކްޓް ދާއިމީކޮށްފި

ޕެރިސް (މޭ 31) – އިޓަލީގެ އިންޓަ މިލާނުގެ ލޯނެއްގެ ދަށުން ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އައި ފޯވާޑް މައުކޯ އިކާޑީގެ ލޯން ޑީލް ދާއިމީ ކުރަން ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފައި ޕީއެސްޖީން އޭނާ ލައްވާ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުވައިފި އެވެ.

23 މެއި

May 23, 2020
ސިމޯނީ މަރުވުމުން ރޮނާލްޑޯ ހިތާމައިގައި

މިލާން (މެއި 23) - އިންޓަ މިލާނުގެ ކުރީގެ ކޯޗު ލުއިޖީ ސިމޯނީ މަރުވުމުން އޭނާ އަށް ކުރެވެނީ އެދުރެއް ގެއްލިގެންދިޔަކަމުގެ އިހުސާސް ކަމަށް އޭނާގެ ކޯޗުކަމުގައި އެ ޓީމަށް ކުޅުނު ބްރެޒިލްގެ ކުރީގެ އެއް ވަނަ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.

22 މެއި

May 22, 2020 4
ލުކާކޫ، ޗުއްޓީއެއްގައި ރާއްޖެ އަންނަން ބޭނުންވެފައި

ޗުއްޓީއެއްގައި ކޮންމެވެސް ދުވަހަކުން ދިވެހިރާއްޖެ އަށް އަންނަން ބޭނުންވާ ކަމަށާއި އެކަމަކު މައްސަލައަކީ "ލޯބިވެރިންގެ މަންޒިލަށް" ދާން ބަލާއިރު އޭނާ ހުސްހަށިބައިކޮށް ހުރުން ކަމަށް އިންޓަ މިލާނުގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.

15 މެއި

May 15, 2020 3
މެސީގެ ތައުރީފް މާޓިނޭޒަށް

ބާސެލޯނާ (މޭ 15) – ބާސެލޯނާ އިން އަންނަ ސީޒަނުގައި ގެންނަން އެންމެ މަސައްކަތްކުރާ އެއް ކުޅުންތެރިޔާ އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް ލޮޓާރޯ މާޓިނޭޒަށް ބާސެލޯނާގެ ކެޕްޓަން އާޖެންޓީނާގެ ލިއޮނަލް މެސީ ތައުރީފްކޮށްފި އެވެ.

23 އެޕްރީލް

April 23, 2020
މާޓިނޭޒް ހޯދަން ބާސާ އިން ކުޅުންތެރިން އޮފާކުރަނީ

ބާސެލޯނާ (އޭޕްރިލް 23) – އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް ލައުޓާރޯ މާޓިނޭޒްގެ ސޮއި ހޯދުމަށް ބާސެލޯނާ އިން އެ ޓީމަށް ކުޅުންތެރިން އޮފާކުރަން ފަށައިފި ކަމަށް ސްކައި ސްޕޯޓްސް އިން ރިޕޯޓްކޮށްފި އެވެ.

09 މާޗް

March 09, 2020 7
ފަޅު ދަނޑެއްގައި އިންޓަ ބަލިކޮށް ޔުވެންޓަސް ކުރިއަށް

ޓިއުރިން (މާޗް 9) – ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން ސަޕޯޓަރުން ނުވައްދާ ކުޅުނު މެޗުން އިންޓަ މިލާން 2-0 އިން ބަލިކޮށް ޔުވެންޓަސް އިން އިޓާލިއަން ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

28 ފެބުރުއަރީ

February 28, 2020 16
ޔުނައިޓެޑް އަނެއް ބުރަށް، އާސެނަލް ކަޓައިފި

ލަންޑަން (ފެބްރުއަރީ 28) - ޔުރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖް 5-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ހޯދިއިރު، އޮލިމްޕިއާކޯސް އަތުން 2-1 އިން ބަލިވެ މިދިޔަ އަހަރުގެ ރަނަރަޕް އާސެނަލް މުބާރާތުން ކަޓައިފި އެވެ.

25 ފެބުރުއަރީ

February 25, 2020
ކޮވިޑުގެ ސަބަބުން އިންޓަ ކުޅޭނީ ސަޕޯޓަރުން ނުވައްދާ

ރޯމް (ފެބްރުއަރީ 25) – އިޓަލީގެ އުތުރުގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން، ޔުރޮޕާ ލީގުގައި އިޓަލީގެ އިންޓަ މިލާނާއި ބަލްގޭރިއާގެ ލުޑޮގޮރެޓްސް ބުރާސްފަތި ދުވަހުގެރޭ މިލާނުގައި ކުޅޭ މެޗު ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

24 ފެބުރުއަރީ

February 24, 2020
އިންޓަގެ ވިސްނުން އޯބަމެޔަން އަށް؟

މިލާން (ފެބްރުއަރީ 24) – އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް ލަޓާރޯ މާޓިނޭޒް ގެންދަން ބާސެލޯނާ އިން މަސައްކަތްކުރާތީ، އޭނާ ދޫކޮށްލަން ޖެހިއްޖެ ހިނދެއްގައި އެ މަގާމް ފުރުވަން އިންޓަ އިން އާސެނަލްގެ ގެބޯން ފޯވާޑް ޕިއެރޭ-އެމެރިކް އޯބަމެޔަން އަށް ބިޑްކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

23 ފެބުރުއަރީ

February 23, 2020
ކޮވިޑް-19: އިޓާލިއަން ލީގުގެ މެޗުތަކެއް ފަސްކޮށްފި

މިލާން (ފެބްރުއަރީ 23) – އިޓަލީގެ އުތުރުގެ ހިސާބުތަކުގައި ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ ބޮޑުވުމުން، އިތުރަށް ފެތުރިދާނެކަމުގެ ބިރަށްޓަކައި އިޓާލިއަން ލީގުގައި މިރޭ އިންޓަ މިލާނާއި ސަމްޕްޑޯރިއާ ކުޅެން އޮތް މެޗާއި އިތުރު ދެ މެޗެއް ފަސްކޮށްފި އެވެ.

17 ފެބުރުއަރީ

February 17, 2020 5
ޔުވެންޓަސް އާއި ލާޒިއޯ ކުރިއަށް، އިންޓަ ވެއްޓިއްޖެ

ރޯމް (ފެބްރުއަރީ 17) – އިޓާލިއަން ލީގުގައި އިއްޔެ ކުޅުނު ދެ މެޗުގެ ނަތީޖާއާ އެކު، ތާވަލުގެ އެއް ވަނަ އަށް ޔުވެންޓަސް އަލުން އެރިއިރު ލާޒިއޯ ދެ ވަނަ އަށް އަރައި އިންޓަ މިލާން ތިން ވަނަ އަށް ވެއްޓިއްޖެ އެވެ.