12 ފެބުރުއަރީ

February 12, 2020 8
ސޫދާނުގެ ކުރީގެ ރައީސް އައިސީސީއާ ހަވާލުކުރަނީ

ޚަރްތޫމް (ފެބްރުއަރީ 12) - ސޫދާންގެ ކުރީގެ ރައީސް އުމަރު ބަޝީރުގެ މައްޗަށް ތުހުމަތުކޮށްފައިވާ ގަތުލް އާއްމު ހިންގުމާއި ހަނގުރާމައިގެ ކުށްތަކާ ގުޅިގެން އޭނާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އާ ހަވާލު ކުރުމަށް ސޫދާންގެ މިހާރުގެ ވެރިން އެއްބަސްވެއްޖެ އެވެ.

18 މާޗް

March 18, 2019 3
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ފިލިޕީންސް ވަކިވެއްޖެ

މެނީލާ (މާޗް 18) - ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) އިން ރަސްމީކޮށް ފިލިޕީންސް ވަކިވެއްޖެ އެވެ.

08 މާޗް

March 08, 2019 4
އަސަދާ ދެކޮޅަށް އައިސީސީ އަށް މައްސަލަ ހުށަހަޅައިފި

ދަ ހޭގް (މާޗް 8) - ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ މައްސަލައެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް އިންސާނީ ހައްގުތަކާ ބެހޭ ވަކީލުންތަކެއް ހުށަހަޅައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2018
އެމެރިކާގެ އިންޒާރަށް ޖެހިލުމެއް ނުވޭ: އައިސީސީ

ދަ ހޭގު (ސެޕްޓެމްބަރު 12) - ވަކީލުން ހައްޔަރު ކުރާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދިން ނަމަވެސް ޖެހިލުމެއް ނެތި ކޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) އިން ބުނެފި އެވެ.

11 ސެޕްޓެމްބަރ

September 11, 2018 7
ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް އެމެރިކާ ބިރު ދައްކައިފި

ވޮޝިންޓަން (ސެޕްޓެމްބަރު 11) - އެމެރިކާ މީހުންގެ މައްސަލަ ބަލާ ނަމަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވޮޝިންޓަނުން ދީފި އެވެ.

23 މެއި

May 23, 2018 2
އިޒްރޭލުގެ މައްސަލަ ބަލަން ފަލަސްތީނުން އައިސީސީ އަށް

ގާޒާ (މެއި 23) - ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާ ޖަރީމާތައް ތަހުގީގު ކޮށްދިނުމަށް އެދި ފަލަސްތީނުން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) އަށް ހުށަހަޅައިފި އެވެ.

14 އެޕްރީލް

April 14, 2018 2
އައިސީސީގެ ޕްރޮސެކިއުޓަރު ހައްޔަރު ކުރާނަން: ޑުޓާޓެ

މެނީލާ (އެޕްރީލް 14) - ޑްރަގާ ދެކޮޅު ހަނގުރާމައިގައި ޝަރީއަތަކާ ނުލައި މީހުން މަރާ މައްސަލަ ތަހުގީގު ކުރަން ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) ގެ ޗީފް ޕްރޮސެކިއުޓަރު ފަޓޮއޫ ބެންސޫދާ ފިލިޕީންސަށް ވަޑައިގެންފި ނަމަ އެކަމަނާ ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ރައީސް ރޮޑްރިގޯ ޑުޓާޓެ ދެއްވައިފި އެވެ.

14 މާޗް

March 14, 2018 3
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ފިލިޕީންސް ވަކިވަނީ

މެނީލާ (މާޗް 14) - ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) އިން ވަކިވުމަށް ނިންމާފައިވާ ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އިއުލާން ކުރައްވައިފި އެވެ.

09 ފެބުރުއަރީ

February 09, 2018 1
ފިލިޕީންސްގައި މީހުން މަރާ މައްސަލަ އައިސީސީ އަށް

މެނީލާ (ފެބްރުއަރީ 9) - ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ފައްޓަވާފައިވާ ޑްރަގާ ދެކޮޅު ހަނގުރާމައިގައި ޝަރީއަތަކާ ނުލައި މީހުން މަރާ މައްސަލައިގެ ތަހުގީގު ކުރަން ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައިސީސީ) އިން ނިންމައިފި އެވެ.

19 ޖުލައި

July 19, 2017
ގަތަރު މައްސަލަ ބައިނަލްއަގުވާމީ ކޯޓަށް

ޖެނީވާ (ޖުލައި 19) - ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ގެއްލުންދޭ މައްސަލަ ބައިނަލްއަގުވާމީ ކޯޓަށް ހުށަހަޅައިފާނެ ކަމުގެ އިޝާރާތެއް އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޚާލިދު ބިން މުހައްމަދު އަލް އަތިއްޔާ ދެއްވައިފި އެވެ.

18 މެއި

May 18, 2017 2
ޓްރަމްޕް ސަމިޓުގެ ދައުވަތު އައިސީސީ އިން ހޯދާ ބަޝީރަށް

ރިޔާޒް (މެއި 18) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ބާއްވާ ސަމިޓަށް، ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ ކުށުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ސޫދާންގެ ރައީސް އުމަރު އަލް ބަޝީރަށް ސައުދީ އަރަބިއާ އިން ދައުވަތު ދީފި އެވެ.

16 މެއި

May 16, 2017 1
އިންޑިއާގެ ޖާސޫސް ޕާކިސްތާނުން މެރުން ކޯޓުން ހުއްޓުވައިފި

ނިއު ދިއްލީ (މެއި 16) - އިންޑިއާގެ ކުރީގެ ނޭވީ އޮފިސަރު ކުލްބުޝާން ޖަދާވް "ޖާސޫސް" ކުރި ކަމަށް ބުނެ ޕާކިސްތާނުން އޭނާ އަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒު ކުރުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ހުއްޓުވައިފި އެވެ.

25 އެޕްރީލް

April 25, 2017 2
ޑުޓާޓެގެ މައްސަލަ ބައިނަލްއަގުވާމީ ކޯޓަށް ހުށަހަޅައިފި

މެނީލާ (އެޕްރީލް 25) - މަސްތުވާތަކެއްޗާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި މީހުން މަރާފައިވާ ކަމަށް ބުނެ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެގެ މައްސަލަ އެ ގައުމުގެ ވަކީލަކު ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓު (އައިސީސީ) އަށް ހުށަހަޅައިފި އެވެ.

22 ފެބުރުއަރީ

February 22, 2017
ބައިނަލްއަގުވާމީ ކޯޓުން ދެކުނު އެފްރިކާ ވަކިވެވޭ ގޮތެއް ނުވި

ޕްރިޓޯރިއާ (ފެބްރުއަރީ 22) - ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ މެމްބަރުކަމުން ވަކިވާން ދެކުނު އެފްރިކާ އިން ނިންމި ނަމަވެސް އެކަން ގޮތަށް ނުކުރެވޭނެ ކަމަށް އެ ގައުމުގެ ހައި ކޯޓުން ނިންމައިފި އެވެ.

17 ނޮވެމްބަރ

November 17, 2016 7
ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ރަޝިއާ ވެސް ވަކިވަނީ

މޮސްކޯ (ނޮވެމްބަރު 17) - ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ މެމްބަރުކަމުން ވަކިވާން ރަޝިއާ އިން ވެސް ނިންމައިފި އެވެ.

26 އޮކްޓޯބަރ

October 26, 2016 3
އައިސީސީން ވަކިވާ ތިން ވަނަ ގައުމަކަށް ގެމްބިއާ

ބަންޖުލް (އޮކްޓޫބަރު 25)- ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ މެމްބަރުކަމުން ވަކިވާން އެފްރިކާގެ ދެ ގައުމަކުން ނިންމާފައި ވަނިކޮށް އެފްރިކާގެ ގައުމެއް ކަމަށް ގެމްބިއާ އިން ވެސް އެ ގޮތަށް ނިންމައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2016
އާސާރީ ތަންތަން ހަލާކުކުރި ލީޑަރު ނުވަ އަހަރަށް ޖަލަށް

ދަ ހޭގް ސެޕްޓެމްބަރު 27) - ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ މާލީގެ އިސްލާމީ ތާރީޚާއި ގުޅޭ މުހިންމު ސިޓީއެއް ކަމަށްވާ ޓިމްބުކްޓޫގެ އާސާރީ ބިނާތަކަކަށް 2012 ވަނަ އަހަރު ގެއްލުން ދިން މައްސަލައިގައި ހަނގުރާމަވެރި ޖަމާއަތެއްގެ މެމްބަރެއް ކަމަށްވާ އަހުމަދު އަލް ފަގީ އަލް މަހްދީ ނުވަ އަހަރަށް ޖަލަށްލާން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު...

28 އޯގަސްޓް

August 28, 2016
އާސާރީ ތަނެއް ހަލާކުކުރި މައްސަލައިގެ ހުކުމް އަންނަމަހު

ދަ ހޭގް (27 އޮގަސްޓް) - އާސާރީ ބިނާތަކަކަށް ގެއްލުން ދިން މައްސަލައެއްގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގައި ފުރަތަމަ ފަހަރަށް ހިންގާ ޝަރީއަތުގެ ހުކުމް އަންނަ މަހު އިއްވަން އެ ކޯޓުން ހަމަޖައްސައިފި އެވެ.

22 އޯގަސްޓް

August 22, 2016 7
އާސާރީ ތަނެއް ހަލާކުކުރުމުން ބައިނަލްއަގުވާމީ ޝަރީއަތެއް

ދަ ހޭގް (22 އޮގަސްޓް) - އާސާރީ ބިނާތަކަކަށް ގެއްލުން ދިން މައްސަލައެއްގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގައި ފުރަތަމަ ފަހަރަށް ޝަރީއަތެއް ހިންގަން މިއަދު ފަށައިފި އެވެ.