16 ޖެނުއަރީ

January 16, 2019
އެޕަލް ވަޔަލެސް ޗާޖަރުތައް ގަނޑުކޮށް އުފައްދަނީ

އައިފޯނުގެ އެކި މޮޑެލްތަކުގައި "ވަޔަލެސް ޗާޖިން" ގާއިމުކުރިތާ ދުވަސްތަކެއް ވެއްޖެ އެވެ. އެޕަލް އިން އެކަމަކު ވަޔަލެސް ޗާޖަރެއް އަދިވެސް ނުއުފައްދަ އެވެ. ނަމަވެސް، ވަޔަލެސް...

January 16, 2019 3
އައިފޯނު ވިޔަފާރި އިންޑިއާގައި ދަށަށް؛ ޗައިނާއާ ހެދި؟

އައިފޯނުގެ ވިޔަފާރި ދަށްވެގެން އުޅެނީ ވާދަވެރިންގެ ސަބަބުން ކަމަށް އެޕަލް އިން އަދިވެސް ގަބޫލެއް ނުކުރެ އެވެ. އެކަމަކު މިހާރު ވާ ގޮތެއް ބަލާބަލާށެވެ. އިންޑިއާގައި އައިފޯނަށް ވުރެ،...

13 ޖެނުއަރީ

January 13, 2019
އެޕަލްއިން ޗައިނާ ދަތުރުތަކަށް ދުވާލަކު 50 ޓިކެޓް

ޗައިނާ އަކީ އެޕަލް އަށް ވަރަށް މުހިންމު މާކެޓެކެވެ. އެ ގައުމަށް ކުރަންޖެހޭ ދަތުރުތައް ގިނަވަނީ އެހެންވެ އެވެ. އެޕަލްގެ ޑިވައިސްތަކަށް ބޭނުންވާ ހާޑްވެއާ ބައިތައް އުފައްދައިދޭ ކުންފުނިތައް ޗައިނާގައި ވަރަށް ގިނަ އެވެ. އެއިން ކޮންމެ ކުންފުންޏަކާ އެކު ގުޅުން ބަދަހިކުރަން އެ ގައުމަށް ދަތުރުކުރާ ވެރިން، އެޕަލްގެ މަތިފަޑީގައި ވަރަށް...

12 ޖެނުއަރީ

January 12, 2019 2
އައިފޯންގެ އާ ތިން މޮޑެލެއް މި އަހަރު ނެރެނީ؟

އެޕަލްގެ އައިފޯންގެ ވިޔަފާރި މިދިޔަ އަހަރު ލަފާކުރި ވަރަށް ވުރެ ދަށްވެފައިވާތީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އައިފޯން އުފައްދާ މިންވަރު މަދުކުރަން ނިންމި ނަމަވެސް މި އަހަރުގެ ތެރޭގައި އައިފޯނުގެ އާ ތިން މޮޑެލްއެއް ނެރެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

10 ޖެނުއަރީ

January 10, 2019 1
އައިފޯނު އުފައްދާ އަދަދު މަދުކުރަނީ

އެޕަލް އުޅެނީ އައިފޯނު ވިއްކަން އުނދަގޫވެގެންނެވެ. ވަރަށް ގިނަ މައްސަލަތަކަކާ ހެދި އެވެ. އެވްރެޖް މީހުންނަށް ގަނެވޭ ވަރަށް ވުރެ އައިފޯނުތަކުގެ އަގު ބޮޑުވުން ވެސް އެއީ މައްސަލައެކެވެ. އައިފޯނުތަކަށް، މި ހައިޓެކް ޒަމާނުގައި، އަންނަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ފީޗާތައް ނައުން ވެސް ސަބަބެކަށް ވެ އެވެ. ދުނިޔޭގައި ވިޔަފާރި މަސްރަހު...

07 ޖެނުއަރީ

January 07, 2019 2
އައިފޯނުން ޓްވީޓްކޮށްގެން ވާވޭގެ ބަޔަކަށް އަދަބު ދީފި

އެޕަލްގެ އައިފޯނުން ވާވޭ ޓެކްކޮލޮޖީޒްގެ ނަމުގައި އާ އަހަރުގެ ތަހުނިޔާ ޓްވިޓްކޮށްގެން ވާވޭގެ ދެ މުވައްޒަފަކާ ދޭތެރޭ އެ ކުންފުނިން ފިޔަވަޅު އަޅައިފި އެވެ.

31 ޑިސެމްބަރ

December 31, 2018 2
އައިފޯން 4 އަށް ކިޑްނީ ވިއްކި މީހާ މަރު އެނދުގައި

އާ އައިފޯނެއް ބާޒާރަށް ނެރޭ ކޮންމެ ފަހަރަކު، އައިފޯނު ހުމުގައި އެތައް ޒުވާނުންނެއް ޖެހެ އެވެ. މިއީ ވެސް އެކަހަލަ މީހެއްގެ ވާހަކަ އެވެ.

29 ޑިސެމްބަރ

December 29, 2018 1
އައިފޯނުގެ އަގުބޮޑު މޮޑެލްތައް އިންޑިއާގައި އުފައްދަނީ

އިންޑިއާގައި އައިފޯނުގެ ވިޔަފާރި ހަރުދަނާކުރަން އެޕަލް އިން ކުރާ މަސައްކަތްތަކުގައި، އައިފޯނުގެ އަގު ބޮޑު މޮޑެލްތައް، އެ ގައުމުގައި އުފައްދަން އުޅޭ ކަމަށް ބުނެވެން ފަށައިފި އެވެ. ވާހަކަތައް ހުރި ގޮތަށް ބަލާއިރު، އަމަލީ މަސައްކަތްތައް އަންނަ އަހަރު ފަށައިގަންނާނެ އެވެ.

27 ޑިސެމްބަރ

December 27, 2018
2020ގެ ކުރިން އައިފޯނުގެ ސިފަ ބަދަލެއް ނުވާނެ؟

އެޕަލް އިން މި އަހަރު ބާޒާރަށް ނެރުނު ފޯނުތަކުުގެ ފީޗާތަކަށް ބަދަލުތަކެއް ގެނެސް އާ ނަމެއްގައި އަންނަ އަހަރުވެސް ބާޒާރަށް ނެރޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ. އެކަމަކު ފޯނުގެ ޑިޒައިނަށް ބަދަލެއް އަންނާނެ ކަމަށް ނުބެލެވެ އެވެ. އަދި މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނަނީ 2020ގެ ކުރިން އައިފޯނުގެ ޑިޒައިނަށް އެއްވެސް ބަދަލެއް...

18 ޑިސެމްބަރ

December 18, 2018
ޗައިނާއިން ބޭރުގައި އައިފޯނު އުފައްދަންޖެހިދާނެ: އެޕަލް

އެމެރިކާއިން ވިޔަފާރީގެ ގޮތުން ޗައިނާ އަށް ދަތިކުރަން ކުރާ މަސައްކަތްތަކުގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަމަލުކުރާ ސިޔާސަތަކީ، ޗައިނާގައި އުފައްދާ ނަމަ އެ މުދަލަކުން ޓެކްސް ނެގުމެވެ.

13 ޑިސެމްބަރ

December 13, 2018 3
ޗައިނާގައި އައިފޯން ވިއްކުން މަނާކޮށްފި

ބެއިޖިން (ޑިސެމްބަރު 13) - ޗައިނާގައި އައިފޯނު ވިއްކުން މަނާކޮށްފި އެވެ.

December 13, 2018 1
އައިފޯނުތަކަށް އެޕަލްގެ މޯޑެމްތައް 2021 އަށް ފަހު

އެޕަލް އަށް މިއީ ނުތަނަވަސް ދުވަސްވަރެކެވެ. އައިފޯނުތަކުގެ މުސްތަގުބަލު އޮތީ އުނދަގޫ ހީކުރުންތަކެއްގަ އެވެ. ވަށައިގެން ވަނީ ދެމިއޮތުމަށް އޮތް ފިކުރުތަކެވެ. އެމެރިކާ އިސްވެ އޮވެ...

06 ޑިސެމްބަރ

December 06, 2018 1
އެޕަލް އިން 2020ގެ ކުރިން 5ޖީ އައިފޯނެއް ނުނެރޭނެ

އެޕަލް އިން 5ޖީ އައިފޯނެއް ތައާރުފުކުރުން ލަސްކުރުމުން ވާދަވެރިންނަށް ވާނީ ފައިދާ އެވެ. އެހެން ނަމަވެސް، ލަސްކުރުން ނޫން ގޮތެއް މި ވަގުތު އެޕަލްއަކަށް ނެތެވެ. ސަބަބުތަކެއް ހުރުމުންނެވެ.

04 ޑިސެމްބަރ

December 04, 2018
އައިފޯނު ޔޫއެސްބީ-ސީ އަށް ބަދަލުކޮށްފާނެތަ؟

އެޕަލް ކުންފުނިން ވަކި ގޮތެއް ނިންމާފައި ނެތް ނަމަ، މިއީ އެއްވެސް މީހަކަށް ޖަވާބުދޭން އެނގޭ ސުވާލެއް ނޫނެވެ. އެހެން ނަމަވެސް، މިކަމާ ގުޅޭ ގޮތުން ވިސްނައި، ފެންނަ އެއްޗެއް ބުނަން ފުރަސަތު ކޮންމެ މީހަކަށް ވެސް އެބަ އޮތެވެ.

28 ނޮވެމްބަރ

November 28, 2018 2
ޗައިނާގެ އައިފޯނުން ޓެކްސް ނަގަން ޖެހިދާނެ: ޓްރަމްޕް

ޗައިނާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ޓެކްސް ނެގުމުގައި މިހާތަނަށް އައިފޯން އިސްތިސްނާ ކޮށްފައި އޮތަސް ވެސް، ޗައިނާގައި އުފައްދައިގެން އެމެރިކާ އަށް އެތެރެކުރާ އައިފޯނުތަކުން 10 ޕަސެންޓް ނުވަތަ 25 ޕަސެންޓްގެ ޓެކުހެއް ނަގަންޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

18 ނޮވެމްބަރ

November 18, 2018
ފޯނެއް ގަތީ ބިލިގާއެއް ފުރައި ވަކި ލާރިން

ވަކިލާރި އެއްކޮށްގެން އުޅެންޏާ އޭގެ ބޭނުން ކޮންމެވެސް ގޮތަކުން ހިފަން ވާނެ އެވެ. އެހެން ނޫނީ ވަކިލާރީގެ ބޭނުމެއް ކޮބައި ހެއްޔެވެ؟

06 ނޮވެމްބަރ

November 06, 2018
5ޖީ އައިފޯނުގައި އިންޓެލް މޯޑެމްއެއް

އެންޑްރޮއިޑް ސްމާޓްފޯނުތައް އުފައްދާ ކުންފުނިތަކުން 5ޖީ ނެޓްވޯކަށް ތައްޔާރުވަނީ އެވެ. ނެޓްވޯކް ޚިދުމަތްދޭ ކުންފުނިތަކުން ވެސް 5ޖީ އަށް ތައްޔާރުވަނީ އެވެ. މަސްރަހުގައި ޚަބަރުތައް ހުރި ގޮތަށް ބަލާއިރު، 2019 ގައި 5ޖީ ފޯނުތައް ބޭނުންކުރަން ފަށާނެ އެވެ.

05 ނޮވެމްބަރ

November 05, 2018 1
އެސް10 ގައި އަލްޓްރާސޮނިކް ފިންގާޕްރިންޓް ސްކޭނާއެއް

ސެމްސަންގް ގެލަކްސީ އެސް10 އާ ބެހޭ ގޮތުން ދެކެވެނީ އުންމީދީ ވާހަކަތަކެވެ. ސްމާޓްފޯން މާކެޓަށް އާ ޓެކްނޮޖީ ތައާރުފުކުރަން ސެމްސަންގް އުޅޭ ވާހަކަ އެވެ. މާނަ އަކީ، ސްމާޓްފޯނަކުން މީގެ ކުރިން ފެނިފައި ނެތް ޓެކްނޮލޮޖީތަކެއް، ގެލަކްސީ އެސް10 ގައި ހިމަނާނެ ކަމެވެ.

04 ނޮވެމްބަރ

November 04, 2018
އައިފޯނު ވިކޭ ވަރު އެޕަލް އިން ސިއްރުކޮށްފާނެ

އައިފޯނު ވިކޭ އަދަދު، ދުވަހަކަށް ވުރެ ދުވަހެއް ދަށްވަމުން ދާ ކަމަށް ބުނެވެ އެވެ. އެކަމަކު، އެޕަލް އަށް ލިބޭ ފައިދާ ދަށަށް ދާ ކަމަށް ބުނާތީއެއް ނުއިވެ އެވެ. އައިފޯން އަދި އައިޕެޑް ވިކޭ އަދަދު ދަށްވާ ކަމަށް ވާހަކަ ދެކެވި ދެކެވި ހުއްޓައި، އެޕަލް ވަނީ ޓްރިލިއަން ޑޮލަރު އަގުހުރި ކުންފުންޏަކަށް ވެފަ އެވެ.

22 އޮކްޓޯބަރ

October 22, 2018 1
އެޕަލް ގަޑި އަށް ޔޫއެސްބީ-ސީ މެގްނެޓިކް ޗާޖަރެއް

ޔޫއެސްބީ ޓައިޕް-ސީ އަށް އެޕަލް ބަދަލުވަނީ އެވެ. މުޅިން ބަދަލުވާން އަދި ދުވަސްތަކެއް ނެގި ނަމަވެސް، އެޕަލްގެ ޑިވައިސްތަކަށް ޓައިޕް-ސީ ސަޕޯޓްކުރާތީ އެބަ ފެނެ އެވެ. މާ ބޮޑު ކަމަކަށް ނުހަދައި، އެޕަލް ގަޑި އަށް ޓައިޕް-ސީ މެގްނެޓިކް ޗާޖަރެއް ވަނީ އޮންލައިން ސްޓޯރަށް ލައިފަ އެވެ.

18 އޮކްޓޯބަރ

October 18, 2018 2
ދިރާގުން އެންމެ ފަހުގެ އައިފޯނު މާދަމާ ދޫކުރަނީ

ދިރާގުން، ޕްރީ އޯޑަރަށް ހުޅުވާލުމުން އެންމެ ފަހުގެ ދެ އައިފޯން ގަތް މީހުންނަށް އެ ފޯނު މާދަމާ ދޫކުރަން ފަށާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

16 އޮކްޓޯބަރ

October 16, 2018
އައިފޯން ބަލިކަށި ނުކުރަން އެޕަލް އިން ގޮވާލައިފި

އޮސްޓްރޭލިއާގެ މުވާސަލާތީ ގާނޫނަށް ބަދަލުތަކެއް ގެންނަން މަސައްކަތްތަކެއް އެބަ ކުރެ އެވެ. އެ ގޮތުން ގެންނަ ބަދަލުތަކުގެ ތެރޭގައި، އެޕަލް ކަހަލަ، މުއާސަލާތީ ޑިވައިސްތައް އުފައްދާ ކުންފުނިތަކުން އަމަލުކުރަންޖެހޭ ނުކުތާއެއް ވެސް އޮވެ އެވެ. އޭގައި ބުނަނީ، ތަންފީޒީ އިދާރާއަކުން އެދެފި ނަމަ، "ތަންކޮޅެއް ބޮޑަށް" އެއްބާރުލުން ދޭން...