25 ޑިސެމްބަރ

December 25, 2018
އިނގިރޭސި ޕްރޮފެސަރު އީރާނޫން ދޫކޮށްލައިފި

ލަންޑަން (ޑިސެމްބަރު 25) - އީރާނުން ހައްޔަރުކުރި އިނގިރޭސި ވިލާތުގެ ޕްރޮފެސަރު އައްބާސް އަދާލާތު މިނިވަންކޮށްފައިވާ ކަމަށް ފޮރިން އޮފީހުން ބުނެފި އެވެ.

13 ޑިސެމްބަރ

December 13, 2018
ޖަލުގައި ހުރި އީރާނުގެ އެކްޓިވިސްޓް މަރުވެއްޖެ

ތެހެރާން (ޑިސެމްބަރު 13) - ސޯޝަލް މީޑިއާގައި ކުރި މެސެޖަކާ ގުޅިގެން ޖަލަށްލި އީރާނުގެ އެކްޓިވިސްޓް ކުރަމުން ދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި އޭނާ މަރުވެއްޖެ ކަމަށް އާއިލާ އިން ބުނެފި އެވެ.

08 ޑިސެމްބަރ

December 08, 2018 2
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅަކީ އިގްތިސާދީ ޓެރަރިޒަމް

ތެހެރާން (ޑިސެމްބަރު 8) - އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އިގްތިސާދީ ޓެރަރިޒަމް ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

06 ޑިސެމްބަރ

December 06, 2018 4
ގަލްފުގެ ތެޔޮ ބަންދު ކުރަން ޖެހިދާނެ: ރޫހާނީ

ތެހެރާން (ޑިސެމްބަރު 6) - ގަލްފުން ބޭރު ކުރާ ތެޔޮ ބަންދު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުގެ ރައީސް ހަސަން ރޫހާނީ ދެއްވައިފި އެވެ.

03 ޑިސެމްބަރ

December 03, 2018 3
އީރާނުން މިސައިލް އުފައްދަމުން ގެންދާނެ ކަމަށް ބުނެފި

ތެހެރާން (ޑިސެމްބަރު 3) - ދިފާއީ ބޭނުންތަކަށް މިސައިލް އުފައްދާ ޓެސްޓް ކުރަމުންދާނެ ކަމަށް އީރާނުން ބުނެފި އެވެ.

01 ޑިސެމްބަރ

December 01, 2018 4
އީރާނުގައި އުފެއްދި ހަނގުރާމަމަތީ މަނަވަރެއް ދައްކާލައިފި

ތެހެރާން (ޑިސެމްބަރު 1) - އީރާނުގައި އުފެއްދި ހަނގުރާމަމަތީ މަނަވަރެއް މިއަދު ދައްކާލައިފި އެވެ.

24 ނޮވެމްބަރ

November 24, 2018 1
އިޒްރޭލަކީ މެދުއިރުމަތީގެ ނުރައްކާތެރި ޓިއުމަރެއް: ރޫހާނީ

ތެހެރާން (ނޮވެމްބަރު 24) - އިޒްރޭލަކީ ހުޅަނގުގެ ގައުމުތަކުގެ މަސްލަހަތު މެދުއިރުމަތީގައި ކުރިއެރުމަށް ގާއިމްކޮށްފައިވާ ނުރައްކާތެރި ކެންސަރެއްގެ ގޮތުގައި އީރާނުގެ ރައީސް ހަސަން ރޫހާނީ ސިފަ ކުރައްވައިފި އެވެ.

21 ނޮވެމްބަރ

November 21, 2018
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ބޭކާރު އެއްޗެއް

ތެހެރާން (ނޮވެމްބަރު 21) - އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ އަގެއް ނެތް ބޭކާރު އެއްޗެއް ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާ އިން ބުނެފި އެވެ.

07 ނޮވެމްބަރ

November 07, 2018 4
ދަތިކުރުމުގެ ފިޔަވަޅުގައި އަށް ގައުމަކަށް ލުއި ދީފި

ވޮޝިންޓަން (ނޮވެމްބަރު 7) - އީރާނާ ދެކޮޅަށް އެމެރިކާ އިން ހޯމަ ދުވަހު އެޅި ދަތި ކުރުމުގެ ފިޔަވަޅުގައި އަށް ގައުމަކަށް ލުއި ދީފި އެވެ.

November 07, 2018
އީރާނާ ދެކޮޅަށް އެމެރިކާ އެޅި ފިޔަވަޅަށް ތުރުކީ ބޯނުލަނބާނެ

އަންކަރާ (ނޮވެމްބަރު 7) - އީރާނާ ދެކޮޅަށް އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ތުރުކީން ބޯނުލަނބާނެ ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

06 ނޮވެމްބަރ

November 06, 2018 1
އެމެރިކާއިން އެޅި ފިޔަވަޅުތަކުން އަރައިގަނެވޭނެ: ރޫހާނީ

ތެހެރާން (ނޮވެމްބަރު 6) - އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުން އަރައިގަނެވޭނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

05 ނޮވެމްބަރ

November 05, 2018 4
އީރާނަށް ބިރު ނުދެއްކުމަށް އެމެރިކާ އަށް އިންޒާރު ދީފި

ތެހެރާން (ނޮވެމްބަރު 5) - އެމެރިކާ އިން އީރާނަށް ބިރު ނުދެއްކުމަށް އީރާން ސިފައިންގެ ވެރިޔާ ރިވޮލިއުޝަނަރީ ގާޑުގެ މޭޖާ ޖެނެރަލް މުހައްމަދު އަަލީ ޖައުފަރީ އިންޒާރު ދެއްވައިފި އެވެ.

04 ނޮވެމްބަރ

November 04, 2018
އީރާނާ ދިމާކުރުމުން ނާކާމިޔާބުވަނީ އެމެރިކާއަށް:ޚާމަނާއީ

ތެހެރާން (ނޮވެމްބަރު 4) - އީރާނަށް އެމެރިކާ އިން ދިމާކޮށް، ގޮންޖަހަމުންދާތާ 40 އަހަރު ވެއްޖެ ކަމަށާއި އެއިން ކޮންމެ ފަހަރަކު އެމެރިކާ އިން ވަނީ އީރާނާ ދެކޮޅަށް އަސްކަރީ، އިގްތިސާދީ އަދި މީޑިއާގެ ހަނގުރާމައެއް ކޮށްފައި ކަމަށާއި އެކަމަކު އާޚިރުގައި ކާމިޔާބު ލިބިފައި ވަނީ އީރާނަށް ކަމަށް ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ...

03 ނޮވެމްބަރ

November 03, 2018 9
އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހުރިހާ ފިޔަވަޅެއް އަޅަނީ

ތެހެރާން (ނޮވެމްބަރު 3) - ދެހާސް ފަނަރަ ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އީރާނަށް ދިން ހުރިހާ ލުޔެއް އުވާލުމަށް ފަހު އެ ގައުމާ ދެކޮޅަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

14 އޮކްޓޯބަރ

October 14, 2018
އެމެރިކާގެ ބޭނުމަކީ ވެރިކަން ބަދަލުކުރުން: ރޫހާނީ

ތެހެރާން (އޮކްޓޯބަރު 14) - އެމެރިކާ އިން ކެނޑިނޭޅި ދަނީ އީރާނުގެ ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ރައީސް ހަސަން ރޫހާނީ މިއަދު ވިދާޅުވެއްޖެ އެވެ.

03 އޮކްޓޯބަރ

October 03, 2018
އީރާނަށް އެޅި ފިޔަވަޅުތަކަށް ލުއިދޭން ކޯޓުން އަންގައިފި

ދަ ހޭގު (އޮކްޓޯބަރު 3) - އެމެރިކާ އިން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ހިމެނޭ އިންސާނިއްޔަތާ ގުޅުން ހުރި އަސާސީ ތަކެތީގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އދ.ގެ އެންމެ މަތީ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

01 އޮކްޓޯބަރ

October 01, 2018
ބަދަލު ހިފަން އީރާނުން މިސައިލް ހަމަލާ ދީފި

ތެހެރާން (އޮކްޓޯބަރު 1) - އީރާނުގައި މިދިޔަ މަހު ބޭއްވި އަސްކަރީ ޕެރޭޑަކަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ސީރިއާގައިވާ "ޓެރަރިސްޓުންނަށް" އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބެލިސްޓިކް މިސައިލް އިން ހަމަލާދީފި އެވެ.

28 ސެޕްޓެމްބަރ

September 28, 2018
އީރާނުން ތެޔޮ ގަތުން އިންޑިއާ އިން ހުއްޓާނުލާނެ

ނިއު ޔޯކް (ސެޕްޓެމްބަރު 28) - ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާ އިން ބިރު ދެއްކި ނަމަވެސް އީރާނުން ތެޔޮ ގަތުން އިންޑިއާ އިން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވިދާޅުވެއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2018 5
އީރާނުގެ ވެރިކަން ބަދަލު ކުރަން ޖެހޭ: ސައުދީ- ޔޫއޭއީ

ނިއު ޔޯކް (ސެޕްޓެމްބަރު 27) - އީރާނުގައި މިހާރު އޮތް ސަރުކާރު ބަދަލު ކުރަން ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރާއި އެމެރިކާ އަށް ކަނޑައަޅާފައި ހުންނަ ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ސަފީރު ގޮވާލައިފި އެވެ.

26 ސެޕްޓެމްބަރ

September 26, 2018 5
އެމެރިކާ އަށް ގެއްލުން ދޭން އުޅުމަކީ އީރާނުން އަލިފާނާ ކުޅުން

ވޮޝިންޓަން (ސެޕްޓެމްބަރު 26) - އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނަށް ގެއްލުން ދޭން އުޅޭ ނަމަ އީރާނުން އެ އުޅެނީ އަލިފާނާ ކުޅެން ކަމަށް ވިދާޅުވެ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ...

September 26, 2018 2
ޓްރަމްޕް އުޅެނީ އީރާނުގެ ސަރުކާރު ވައްޓާލަން: ރޫހާނީ

ނިއު ޔޯކް (ސެޕްޓެމްބަރު 26) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވަނީ އީރާނުގެ ވެރިކަން ވައްޓާލަން ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

23 ސެޕްޓެމްބަރ

September 23, 2018 2
ޓްރަމްޕުގެ ސަރުކާރަކީ ދުނިޔެ އަށް ހުރި ބިރެއް: އީރާން

ތެހެރާން (ސެޕްޓެމްބަރު 23) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރަކީ މެދުއިރުމަތީގެ ސުލްހައިގެ އިތުރުން މުޅި ދުނިޔެ އަށް ވެސް ކުރިމަތިވެފައިވާ ބޮޑު ބިރެއް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވިދާޅުވެއްޖެ އެވެ.